Aanmelden
Aanmelden
Aanmelden
Taal selecteren
016

An-Nahl 16:34 فاصابهم سييات ما عملوا وحاق بهم ما كانوا به يستهزيون ٣٤

16:34
فَأَصَابَهُمۡ
سَيِّـَٔاتُ
مَا
عَمِلُواْ
وَحَاقَ
بِهِم
مَّا
كَانُواْ
بِهِۦ
يَسۡتَهۡزِءُونَ
٣٤
(34) ދެންފަހެ އެމީހުން ކުރިކަންތަކުގެ ނުބައިކަން އެބަހީ: ފާފައިގެ عقوبة އެމީހުންނަށް ޖެހިއްޖެއެވެ. އަދި އެކަމަކާއިމެދު އެމީހުން މަލާމާތްކޮށް ފުރައްސާރަކުރި ކަންތައް އެބަހީ: (ﷲ ގެ ކޯފާއާއި عذاب) އެމީހުން ލާވަށައިލައިފިއެވެ.
Lees verder

Lees Tafsir

Ibn Kathir (Abridged)

The Disbelievers' Refrain from Faith means that They were simply awaiting Punishment

Threatening the idolators for their persistence in falsehood and their conceited delusions about this world, Allah says: Are these people waiting only for the angels to come and take their souls Qatadah said:

أَوْ يَ
…

The Disbelievers' Refrain from Faith means that They were simply awaiting Punishment

Threatening the idolators for their persistence in falsehood and t

…
Meer Tafsirs

Lees in context

Hoofdstuk 16, Pagina 270, Juz 14

26. (26) އަދި ހަމަކަށަވަރުން މި مكَة ގެ مشرك ންގެ ކުރީގެމީހުން ނުބައި ރޭވުންތައްރާވާ رسول ންނާ އިދިކޮޅަށް مَكَرُ ތައްކުރިއެވެ. ދެންފަހެ ﷲ ގެ ކޯފާގެ أمر ފުޅު އެމީހުންގެ بِنَاء ތަކަށް އައިސް ބިންގަލުން ފެށިގެން އެތަން ހަލާކުވީއެވެ. އަދި ފުރާޅުވެސް އެމީހުންގެމައްޗަށް ވެއްޓި އެމީހުން ހަލާކު ކުރެއްވީއެވެ. އެމީހުންނަށް އެއްވެސް އެނގުމެއް إحساس އެއްވެސްނެތި އެމީހުންގެމައްޗަށް عذاب އައީއެވެ. • ދަންނައެވެ! މިއާޔަތުން މިއިޝާރަތްކުރައްވާ މީހުންނަކީ نَمْرُودُ بنُ كَنْعَان އާއި އޭނާގެ މީހުންކަމުގައިވިއެވެ. އޭނާ إبراهيم عليه السّلام ގެ إله ހޯދާ އެ إله قتل ކުރުމަށް މައްޗަށް އެރުމަށް ބޮޑުގަނޑުވަރެއް އަރުވައި އުސްކުރިއެވެ. އަދި އެ ގަނޑުވަރުގެމައްޗަށް އަރައި މަތިބަލައިވެސް إله ނުފެނުނެވެ. އަދި ﷲ تعالى އެބޮޑު ބިނާ ބިންގަލުން ފެށިގެން ހަލާކުކުރައްވައި އެތާނގެ ފުރާޅުވެސް އެމީހުންގެމައްޗަށް ވައްޓައިލެއްވިއެވެ. އަދި އެސޮރު ހަތަރުސަތޭކަ އަހަރު ދުނިޔޭގައިއުޅެ ދުނިޔެ ފާސިދުކުރިއެވެ. ދެންފަހެ ﷲ تعالى އެސޮރުގެ ނޭފަތަށް މަދިރިއެއް ވައްދަވައި އެމަދިރި ސިކުނޑީގައި ދައިގަނެ ދައިގަނެ އިންނަކަމުގައިވިއެވެ. އަދި އެ نَمْرُود އަށް ލުއިވެލާކަމުގައިވަނީ މަރުތޭލަކުން އޭނާގެ ބޮޑުގައި ތެޅީމައެވެ. އޭނާ މަރުވިކަމުގައިވަނީ އެތެޅުމުގެ ތެރޭގައިކަމުގައިވިއެވެ. والله أعلم = تفسير الطّبري = 27. (27) ދެން قيامة ދުވަހުން ﷲ تعالى އެމީހުން ދެރަކުރައްވައި ނިކަމެތިކުރައްވާހުއްޓެވެ. އަދި އެމީހުނަށް އެކަލާނގެ وحي ކުރައްވާހުއްޓެވެ. ކަލޭމެން ތިމަންރަސްކަލާނގެއާ އިދިކޮޅަށް خلاف އަށް ގެންގުޅުނު شريك ންތައް ކޮބައިހެއްޔެވެ؟ ދެންފަހެ علم ވެރިން ބުނާނެއެވެ. ހަމަކަށަވަރުން މިއަދުގެ ދެރަކަމާއި ނުބައިކަން ކާފަރުންގެމައްޗަށް ހުންނަހުއްޓެވެ. 28. (28) މިބުނާ ކާފަރުންނަކީ އެމީހުން އެމީހުންގެ نفس ތަކަށް އަނިޔާވެރިވެގެންވާ حال މަލާއިކަތްބޭކަލުން އެމީހުންގެ ފުރާނަތައް ހިއްޕަވާނެ މީހުންނެވެ. އަދި އެމީހުން އެދުވަހުން ﷲ ގެ أمر ފުޅަށް ކިޔަމަންތެރިވެ ބޯލަނބާހުއްޓެވެ. (އަދި އެމީހުން އެދުވަހުން ދަންނަވާނެއެވެ.) އަޅަމެން އެއްވެސް ނުބައިކަމެއް ނުކުރަމެވެ. (އޭގެ ޖަވާބުގައި ﷲ تعالى وحي ކުރައްވާނެތެވެ.) އެއްގޮތަކަށްވެސް އެހެންނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ކަލޭމެންކުރާ ކަމުގައިވި ކަންތައްތައް ﷲ تعالى ހަމަކަށަވަރުން ދެނެވޮޑިގަންނަވައެވެ. 29. (29) (އަދި އެމީހުންނަށް އެންގޭނެއެވެ.) ކަލޭމެން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތާ ދެމިތިބޭގޮތަށެވެ. ހަމަކަށަވަރުން ބޮޑާވެ كِبْرُ ވެރިވީމީހުންގޮސް ތިބޭތަން ވަރަށްވެސް ނުބައިވެގެންވެއެވެ. 30. (30) އަދި تقوى ވެރިވާ މީހުންނަށް ބުނެވޭނެއެވެ. އެމީހުންކުރެން އެހެވޭނެއެވެ. ކަލޭމެންގެ ربّ ބާވައިލެއްވީ ކޮންއެއްޗެއްތޯއެވެ؟ އެމީހުން ދަންނަވާނެއެވެ. "އެކަލާނގެ ބާވައިލެއްވީ ހެވެވެ." އަދި މިދުނިޔޭގައި إحسان ތެރިވީ މީސްތަކުންނަށް (އެބަހީ: ﷲ އާއި رسول އާއަށް إيمان ވެ ހެޔޮ عمل ކުރިމީހުންނަށް) ހެޔޮކަން ހުއްޓެވެ. އެބަހީ: ދުނިޔޭގެ حياة ގައި ﷲ ގެ كرامة އާއި މާތްކަން ހުއްޓެވެ. އަދި آخرة ގެ ގޮވަތި މާހެޔޮވެގެންވެއެވެ. އަދި تقوى ވެރިވީ މީސްތަކުންގެ ގޮވައްޗަކީ ކަނޑައެޅިގެން نعمة ގެ ގޮވައްޗެވެ. 31. (31) އެއީ قائم ވެތިބޭ ބަގީޗާތަކެވެ. ސުވަރުގެތަކެވެ. (އެއީ تقوى ވެރިންގެ آخرة ގެގޮވައްޗެވެ.) އެތަންތާނގެ ދަށުން އާރުތައް ހިނގާނެއެވެ. (އާރުތައް ދެމޭނެއެވެ.) އެމީހުންނަށް އެތާނގައި އެމީހުން އެދޭހާ އެއްޗެއްވެއެވެ. ﷲ تعالى تقوى ވެރިންނަށް جزاء ދެއްވަނީ އެފަދައިންނެވެ. 32. (32) އެމީހުންނަކީ އެބަހީ: އެ تقوى ވެރިންނަކީ - އެމީހުން طاهر ވެ މާތްވެގެންވާ حال އެމީހުންގެ ފުރާނަތައް ملائكة ބޭކަލުން ހިއްޕަވާ މީހުންނެވެ. މަރުގަންނަވާ ބޭކަލުންނެވެ. އަދި އެ ملائكة ބޭކަލުން ވިދާޅުވާނެއެވެ. "ކަލޭމެންގެ މައްޗަށް سلام ހުއްޓެވެ. (އަމާންކަންހުއްޓެވެ.) ކަލޭމެން (ދުނިޔޭގައި ތިބިއިރު) ކުރަމުންގެންދިޔަ (ރަނގަޅު) ކަންތަކުގެ ސަބަބުން ކަލޭމެން ސުވަރުގެ ވަންނާށެވެ!" 33. (33) އެމީހުންގެގާތަށް - އެބަހީ: އެ مكّة ގެ مشرك ންގެ ގާތަށް - އެމީހުންގެ ފުރާނަތައް ހިއްޕެވުމަށް ملائكة ބޭކަލުން ވަޑައިގެންނެވުމަށްމެނުވީ އެމީހުން އެބަ إنتطار ކުރޭހެއްޔެވެ؟ ނުވަތަ ކަލޭގެފާނުންގެ ربّ ގެ أمر ފުޅު އައުމަށްމެނުވީ އެމީހުން އެބަ إنتطار ކުރޭހެއްޔެވެ؟ (އެމީހުން އެ إنتطار ކުރަނީ އެކަމަށެވެ.) (އެކަލާނގެ أمر ފުޅޭ ބުނެވުނު ބަހުގެ مراد އަކީ ދުނިޔޭގައި އެމީހުންނަށް عذاب އައުމެވެ. ނުވަތަ محشر އަށް ފޮނުއްވުމެވެ.) مكّة ގެ مشرك ންގެ ކުރީގެ مشرك ންވެސް ކަންތައްކުރީ ހަމައެފަދައިންނެވެ. އަދި ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑި ނުގަންނަވައެވެ. އަދި އެކަމަކު އެމީހުންވީ އެމީހުންގެ އަމިއްލަ نفس ތަކަށް އަނިޔާކުރާ ބަޔަކުކަމުގައެވެ. 34. (34) ދެންފަހެ އެމީހުން ކުރިކަންތަކުގެ ނުބައިކަން އެބަހީ: ފާފައިގެ عقوبة އެމީހުންނަށް ޖެހިއްޖެއެވެ. އަދި އެކަމަކާއިމެދު އެމީހުން މަލާމާތްކޮށް ފުރައްސާރަކުރި ކަންތައް އެބަހީ: (ﷲ ގެ ކޯފާއާއި عذاب) އެމީހުން ލާވަށައިލައިފިއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notities en reflecties

Je hebt geen aantekeningen of overwegingen bij dit vers.

Notes placeholders

Blijf verbonden met de Koran ❤️

Korte, betekenisvolle herinneringen om tot rust te komen, te reflecteren en verbonden te blijven met de Koran.

Lees, luister, zoek en reflecteer over de Koran

Quran.com is een vertrouwd platform dat wereldwijd door miljoenen mensen wordt gebruikt om de Koran in meerdere talen te lezen, te doorzoeken, te beluisteren en erover na te denken. Het biedt vertalingen, tafseer, recitaties, woord-voor-woordvertalingen en tools voor een diepere studie, waardoor de Koran voor iedereen toegankelijk is.

Als Sadaqah Jariyah zet Quran.com zich in om mensen te helpen een diepe verbinding met de Koran te maken. Ondersteund door Quran.Foundation , een non-profitorganisatie. Quran.com blijft groeien als een gratis en waardevolle bron voor iedereen, Alhamdulillah.

Navigeren
Home
Koran Radio
reciteurs
Over ons
Ontwikkelaars
Product updates
Feedback
Hulp
Doneren
Onze projecten
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profitprojecten die eigendom zijn van, beheerd worden door of gesponsord worden door Quran.Foundation.
Populaire links
Gebeden uit de Koran
Koranvers van de dag
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
SitemapPrivacyAlgemene voorwaarden
© 2026 Quran.com. Alle rechten voorbehouden
Bijdragen