登入
登入
登入
选择语言
016

An-Nahl 16:101 واذا بدلنا اية مكان اية والله اعلم بما ينزل قالوا انما انت مفتر بل اكثرهم لا يعلمون ١٠١

16:101
وَإِذَا
بَدَّلۡنَآ
ءَايَةٗ
مَّكَانَ
ءَايَةٖ
وَٱللَّهُ
أَعۡلَمُ
بِمَا
يُنَزِّلُ
قَالُوٓاْ
إِنَّمَآ
أَنتَ
مُفۡتَرِۭۚ
بَلۡ
أَكۡثَرُهُمۡ
لَا
يَعۡلَمُونَ
١٠١
(101) އަދި ތިމަންރަސްކަލާނގެ قرآن ގެ އާޔަތެއްގެ ބަދަލުގައި آية އެއް އޮތްތަނަށް އެހެން آية އެއް - ނުވަތަ ކުރީއޮތް حكم އެއްގެ ބަދަލުގައި އެހެން حكم އެއް ބަދަލުކުރަންޏާވެސް (އެހެނީ ﷲ ބާވައިލައްވާނެ حكم އެއް ނުވަތަ آية އެއް ދެނެވޮޑިގަތުންބޮޑީ ހަމަ ﷲ އެވެ.) އޭރުންވެސް އެމީހުށް يعني: مشرك ން ބުނާނީ ކަލޭގެފާނަކީ ހަމަދޮގުވެރިއެކެވެ. އަދި ކިއެއްހެއްޔެވެ. އެހެންނަކުންނޫނެވެ. އެމީހުންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ.
继续阅读

阅读《古兰经注》

Ibn Kathir (Abridged)

The Idolators' Accusation that the Prophet was a Liar since some Ayat were abrogated, and the Refutation of their Claim

Allah tells us of the weak minds of the idolators, and their lack of faith and conviction. He explains that it is impossible for them to have faith when He has decreed that they are

…

The Idolators' Accusation that the Prophet was a Liar since some Ayat were abrogated, and the Refutation of their Claim

Allah tells us of the weak mind

…
更多经注

结合上下文阅读

章 16, 页 278, Juz 14

101. (101) އަދި ތިމަންރަސްކަލާނގެ قرآن ގެ އާޔަތެއްގެ ބަދަލުގައި آية އެއް އޮތްތަނަށް އެހެން آية އެއް - ނުވަތަ ކުރީއޮތް حكم އެއްގެ ބަދަލުގައި އެހެން حكم އެއް ބަދަލުކުރަންޏާވެސް (އެހެނީ ﷲ ބާވައިލައްވާނެ حكم އެއް ނުވަތަ آية އެއް ދެނެވޮޑިގަތުންބޮޑީ ހަމަ ﷲ އެވެ.) އޭރުންވެސް އެމީހުށް يعني: مشرك ން ބުނާނީ ކަލޭގެފާނަކީ ހަމަދޮގުވެރިއެކެވެ. އަދި ކިއެއްހެއްޔެވެ. އެހެންނަކުންނޫނެވެ. އެމީހުންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ. 102. (102) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآن ބާވައިލެއްވީ ކަލޭގެފާނުންގެ رَبُّ ގެ حضرة ން حقّ ގޮތުގައި طاهر ވެގެންވާ روح يعني: جبريل عليه السّلام އެވެ. އެއީ إيمان ވެގެންވާ މީހުން ސާބިތުކުރެއްވުމަށްޓަކައެވެ. (އެ قرآن ގެ نَاسِخُ مَنْسُوخُ އަށް އެމީހުން إيمان ވުމުން އެމީހުންގެ إيمان ކަން ގަދަވެ ހަރުދަނާވާނެއެވެ.) އަދި އެއީ ﷲ ގެ أمر ފުޅުތަކަށް ކިޔަމަންވެ ބޯލަނބާމީހުންނަށްވާ ތެދުމަގާއި އުފާވެރިކަމެކެވެ. 103. (103) އަދި ހަމަކަށަވަރުން އެ مشرك ންގެމީހުން ބުނާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. (އެމީހުން ބުނެއެވެ.) ހަމަކަށަވަރުން އެކަލޭގެފާނަށް يعني: محمّد ގެފާނަށް އެ قرآن އުގަންނަވައިދެއްވަނީ آدم ގެ ދަރިއެކެވެ. އެމީހުން އެފަރާތަކަށް އެލެނބޭ ބަހަކީ عَجَمِي ބަހެކެވެ. އެބަހީ: އެކަލޭގެފާނަށް އެ قرآن އެ އުގަންނައިދޭ މީހަކީ عَجَمِي އެކެވެ. عرب ނޫން މީހެކެވެ. (އެމީހަކީ بَلْعَام ކިޔާމީހެކެވެ. ނުވަތަ رُومي ންގެ خبر ކިޔާ މީހެކެވެ. ނުވަތަ يَعِيش ކިޔާ މީހެކެވެ. މިއީ ހައްތާވެސް عرب ނޫން މީހުންނެވެ.) = تفسير الطبري = އަދި މި قرآن އަކީ ބަޔާންވެގެން عرب ބަހުންވާ ފޮތެކެވެ. (އެހެންވީއިރު އެވާހަކައަކީވެސް ތާކުންތާކުޖެހޭ ވާހަކައެއްނޫނެވެ.) 104. (104) ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހާއަށް ﷲ ތެދުމަގު ނުދައްކަވައެވެ. ނުވަތަ އެކަލާނގެ ތެދުމަގު ނުދައްކަވާނެއެވެ. އަދި އެމީހުންނަށް (آخرة ގައި) ހުރީ ވޭންދެނިވި عذاب އެވެ. 105. (105) ދޮގުއުފައްދައި ދޮގުހަދާކަންކަށަވަރީ ﷲ ގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެމީހުން އެއީ ކަނޑައެޅިގެން ދޮގުވެރިންނެވެ. 106. (106) އެމީހަކު އީމާންވުމަށްފަހު އަދި އެމީހާގެ ހިތް އީމާންކަމަށް ހަމަޖެހި މައިތިރިވެގެންވާ حال مجبور ކުރެވިގެން ﷲ އަށް ކާފަރުވާފަދަކަމެއް ކުރެވިއްޖެމީހާ (ދަންނައެވެ!) ފަހެ އެމީހާ ބުނާބަހަކުން އަދި ކަމަކުން އެމީހާގެ މައްޗަށް ފާފައެއްނެތެވެ. އަދި އެހެންނަމަވެސް އެމީހެއްގެ ހިތް ކާފަރުކަމަށް ތަނަވަސްވެ ގަސްދުގައި ކުފުރުގެ ބަސްބުނުމުން ނުވަތަ ކާފަރުވާފަދަ ކަންތައް ކުރުމުން އެމީހުންގެ މައްޗަށް ﷲ ގެ ކޯފާ ވެއެވެ. އަދި އެމީހުންނަށް (آخرة ދުވަހުން) ހުރީ ބޮޑުވެގެންވާ عذب އެވެ. 107. (107) އެ عذاب އެމީހުންނަށް حقّ ވީ ހަމަކަށަވަރުން އެމީހުން آخرة ގެ މައްޗަށް ދުނިޔޭގެ حياة އަށް ލޯބިކުރުމުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން ކާފަރުވެއްޖެ ބަޔަކަށް ﷲ تعالى ތެދުމަގު ނުދައްކަވައެވެ. 108. (108) އެމީހުންނަކީ ﷲ تعالى އެމީހުންގެ ހިތްތަކުގައި އަދި އެމީހުންގެ އިވުންތަކުގައްޔާއި އަދި ލޯތަކުގައި ސިއްކަޖައްސަވާފައިވާ މީހުންނެވެ. އަދި ކަނޑައެޅިގެން غافل ންނަކީ އެމީހުންނެވެ. 109. (109) عجائب އެއްނޫނެވެ. حَقُّ ކަމެކެވެ. އެމީހުންނަކީ آخرة ގައި ހަމަކަށަވަރުން ގެއްލި ހަލާކުވެގެންވާ މީހުންނެވެ. 110. (110) ދެންފަހެ އެބައިމީހުންނަށް އުނދަގޫތަކާއި إمتحان ތައް ޖެހުމަށްފަހު (ﷲ ގެމަގުގައި) هجرة ކޮށް ދެން جهاد ކޮށް އަދި ކެތްތެރިވީމީހުން (ދަންނައެވެ!) ހަމަކަށަވަރުން ކަލޭގެފާނުގެ ربّ އެއީ އެކަންކަމަށްފަހު ގިނަގިނައިން އެމީހުންނަށް ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献