Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
016

An-Náhl 16:1 اتى امر الله فلا تستعجلوه سبحانه وتعالى عما يشركون ١

16:1
أَتَىٰٓ
أَمۡرُ
ٱللَّهِ
فَلَا
تَسۡتَعۡجِلُوهُۚ
سُبۡحَٰنَهُۥ
وَتَعَٰلَىٰ
عَمَّا
يُشۡرِكُونَ
١
(1) ﷲ ގެ أمر ފުޅު އަތުވެއްޖެއެވެ. ފަހެ އެކަން އަވަސްވުމަށް ކަލޭމެން ނޭދޭށެވެ. مشرك ންގެމީހުން ﷲ އާއި ބައިވެރިކޮށް އެ شريك ކުރާ އެންމެހައި ތަކެތިން އެކަލާނގެ ހުސް طاهر ވަންތަވެ މަތިވެރިވެވޮޑިގެންވެއެވެ. • ދަންނައެވެ! މިއާޔަތުގައި މިވާ ﷲ ގެ أمر ފުޅާމެދު ބަސްތަފާތުވެގެންވެއެވެ. (1) ބައެއްބޭކަލުން ވިދާޅުވަނީ އެއީ رسول ﷲ ﷺ ފޮނުއްވުންކަމެވެ. (2) އަނެއްބައި ބޭކަލުން ވިދާޅުވީ އެއީ مشرك ންގެ މީހުންގެމައްޗަށް ﷲ ގެ عقوبة އައުމުގެ ވާހަކައެވެ. (3) އަދި އަނެއްބައިބޭކަލުން ވިދާޅުވީ އެއީ قيامة ދުވަސް އަންނާނެވާހަކައެވެ. والله أعلم.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Which was revealed in Makkah

بِسْمِ اللَّهِ الرَّحْمَـنِ الرَّحِيمِ

In the Name of Allah, the Most Gracious, the Most Merciful.

Warning about the approach of the Hour

Allah is informing about the approach of the Hour in the past tense in Arabic in order to confirm that it will undoubtedly come to pass.

…

Which was revealed in Makkah

بِسْمِ اللَّهِ الرَّحْمَـنِ الرَّحِيمِ

In the Name of Allah, the Most Gracious, the Most Merciful.

Warning about the approac

…
Más Tafsires

Leer en contexto

Capítulo 16, Página 267, Juz 14

1. (1) ﷲ ގެ أمر ފުޅު އަތުވެއްޖެއެވެ. ފަހެ އެކަން އަވަސްވުމަށް ކަލޭމެން ނޭދޭށެވެ. مشرك ންގެމީހުން ﷲ އާއި ބައިވެރިކޮށް އެ شريك ކުރާ އެންމެހައި ތަކެތިން އެކަލާނގެ ހުސް طاهر ވަންތަވެ މަތިވެރިވެވޮޑިގެންވެއެވެ. • ދަންނައެވެ! މިއާޔަތުގައި މިވާ ﷲ ގެ أمر ފުޅާމެދު ބަސްތަފާތުވެގެންވެއެވެ. (1) ބައެއްބޭކަލުން ވިދާޅުވަނީ އެއީ رسول ﷲ ﷺ ފޮނުއްވުންކަމެވެ. (2) އަނެއްބައި ބޭކަލުން ވިދާޅުވީ އެއީ مشرك ންގެ މީހުންގެމައްޗަށް ﷲ ގެ عقوبة އައުމުގެ ވާހަކައެވެ. (3) އަދި އަނެއްބައިބޭކަލުން ވިދާޅުވީ އެއީ قيامة ދުވަސް އަންނާނެވާހަކައެވެ. والله أعلم. 2. (2) އަދި އެކަލާނގެ أمر ފުޅަށް وحي އާއިގެން އެކަލާނގެ އަޅުތަކުންގެތެރެއިން އެކަލާނގެ އެދިވޮޑިގަންނަވާ އަޅެއްގެ އަރިހަށް އެކަލާނގެ ملائكة އާ ފޮނުއްވައެވެ. އެއީ އެ نبي ބޭކަލަކު ނުވަތަ رسول ބޭކަލަކު ތިމަންރަސްކަލާނގެ ފިޔަވައި އެހެން އެއްވެސް إله އަކުނުވާކަން މީސްތަކުންނަށް އަންގަވައި އެކަމުގެ إنذار ކުރައްވައި ބިރުގެންނެވުމަށެވެ. ފަހެ ކަލޭމެން ތިމަންރަސްކަލާނގެއަށް ބިރުވެތިވާށެވެ! (ތިމަންރަސްކަލާނގެއާއި އެހެން ފަރާތަކާ شريك ކުރުމާ މެދު ބިރުވެތިވާށެވެ!) 3. (3) އެކަލާނގެ އުޑުތަކާއި ބިން ހެއްދެވީ ހަމަ عدل ވެރިގޮތުގައެވެ. حقّ ގޮތުގައެވެ. އެ مشرك ންގެ މީހުން އެކަލާނގެއާ އެ شريك ކުރާ ތަކެތި ފިޔަވައި އެކަލާނގެ މާމަތިވެރިވެވޮޑިގެންވެއެވެ. 4. (4) އަދި މަނިފޮދުވަރަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (އެކަލާނގެ އެއިންސާނާ ހެއްދެވުމުގައި އެތައް دَوْرُ ތަކެއްގައި ވޭތިކުރެއްވުމަށްފަހު ފުރިހަމަ އިންސާނަކަށް އޭނާ ދުނިޔެއަށް ފޮނުއްވައެވެ.) ދެން އެހައިރުން އެއިންސާނާ ވަނީ ދެކޮޅުވެރިއަކު ކަމުގައެވެ. (ﷲ ގެ قدرة ތެރިކަން قبول ނުކުރާ އެކަލާނގެއާ ދިމާ ދެކޮޅުވެރި އަކު ކަމުގަ އެވެ.) 5. (5) އަދި އެކަލާނގެ نَعَم ސޫފި ހެއްދެވިއެވެ. (އެއީ جمل އާއި، ގެރިއާއި، ބަކަރިއެވެ.) އޭގައި ކަލޭމެންގެ ހީފިލުވުންވެއެވެ. (އެބަހީ: އޭގެ ކެހެރިޔާ އިސްތަށިން ފިނިން ސަލާމަތްވާނޭ ފޭރާން ހެދޭނެގޮތް ލެއްވީމެވެ.) އަދި އެހެނިހެންވެސް ގިނަގުނަ منفع ތައް ތިމަންރަސްކަލާނގެ އޭގައި ލެއްވީމެވެ. (އޭގެ ކިރާއި - އޭގެމައްޗަށް ސަވާރުވުމާއި - ދަނޑުހެއްދުމުގައި ފަސްގަނޑުޖެހުމުގެ ކަންތަކާއި ފެންއުފުލައިދިނުމާއި އަދިވެސް އެތަކެއް ބައިވަރު މަންފާތަކެވެ.) އަދި އޭގެ މަހާއި ސަރުބީ ކަލޭމެން ކައި ހަދަމުއެވެ. 6. (6) އަދި ހަވީރުގެ ވަގުތުގައި އެސޮރުމެނަށް ހުއިހައްޕާންދީގެން ގެންނަހިނދުގައްޔާއި އަދި ހެނދުނުގެ ވަގުތު އެސޮރުމެން ހުއިހެއްޕުމަށްޓަކައި ނެރެގެން ގެންދިއުމުގައި ކަލޭމެނަށް ނުހަނު ރިވެތިކަމާއި ފުރިހަމަކަންވެއެވެ. 7. (7) އަދި އެއްރަށުން އަނެއްރަށަށް ކަލޭމެންގެ ބަރުތަކެތި އެސޮރުމެން އުފުލައިދެއެވެ. އެތައްބައިވަރު އުނދަގޫތަކާއި ބުރަމަސައްކަތުންމެނުވީ އެތަކެއްޗާއިގެން އެރަށްރަށަށް ފޯރޭނޭ ބަޔަކު ކަމުގައި ކަލޭމެން ނުވެއެވެ. (އެފަދަ ތަންތަނަށް އެސޮރުމެން އެތަކެތި އުފުލައިދެއެވެ.) ހަމަކަށަވަރުން ކަލޭމެންގެ ربّ އެއީ އޯގާވަންތަ އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެކަން يقين އެވެ. 8. (8) އަދި އަހާއި بَغَل އާއި حِمار އެކަލާނގެ ހެއްދެވިއެވެ. އެކަލާނގެ އެތަކެތި ހެއްދެވީ އެތަކެއްޗަށް ކަލޭމެން ދަތުރުފަތުރު ކުރުމަށާއި ޒީނަތްތެރިކަމެއްގެގޮތުން ސަވާރުވެ ހެދުމަށެވެ. އަދި ކަލޭމެންނަށް ނޭނގޭހާތަކެތި އެކަލާނގެ ހައްދަވައެވެ. (އޭގެތެރޭގައި ރޮކެޓާއި މިސައިލް އަދި މަތިންދާބޯޓުވެއެވެ. އަދި މުސްތަޤުބަލުގައި އެހެންތަކެތިވެދާނެއެވެ.) 9. (9) އަދި حقّ ސީދާމަގު ބަޔާންކޮށްދެއްވުން އެއީ ﷲ تعالى އަށް خاصّ ވެގެންވާ ކަމެކެވެ. އަދި މަގުތަކުގެތެރޭގައި ގުދުމަގުވެއެވެ. އަނިޔާވެރިމަގު ވެއެވެ. (އެއީ شيطان އާގެ މަގެވެ.) އަދި ﷲ تعالى އިރާދަކުރައްވައިފިއްޔާ ތިޔަ އެންމެންނަށް އެކުގައި އެކަލާނގެ ތެދުމަގު ދައްކަވައިފީހެވެ.

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir