• ދަންނައެވެ! مُحَمَّدٌ صلّى الله عَلَيْهِ وَسَلَّمَ ނަބީކަމާއިގެން ފޮނުއްވައި އެކަލޭގެފާނު ﷲ ގެ އެއްކައުވަންތަ ކަމާއި ޤިޔާމަތް ދުވަހުގެ ވާހަކައާއި ޤުރްއާން ކިޔަވައި ވިދާޅުވުމާއި ގުޅިގެން އޭރު ތިބި މައްކާގެ މުޝްރިކުން އެއްބަޔަކު އަނެއްބަޔަކާ ސުވާލު ކުރަން ފެށިއެވެ. އެމީހުން ބުނެއެވެ. مُحَمَّد ގެ ފާނަށްވީ ކީއްހެއްޔެވެ؟ އެކަލޭގެފާނު އެ ގެންންނެވީ ކޮންއެއްޗެއް ހެއްޔެވެ؟ އެ ދައްކަވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މިބާވަތުގެ ސުވާލު ތަކުގެ ޖަވާބަކަށް މިސޫރަތް ބާވައި ލެއްވިކަމަށް މުފައްސިރުން ވިދާޅު ވިއެވެ. وَ الله أَعْلَم = ذبدة التفسير =
(1) އެމީހުން އެބަހީ (މުޝްރިކުން) އެއްބަޔަކު އަނެއް ބަޔަކާ ސުވާލުކޮށް އެހަދަނީ ކޮންކަމެއްގެ ވާހަކައިން ހެއްޔެވެ؟