登入
登入
登入
选择语言
028

Al-Qasas 28:73 ومن رحمته جعل لكم الليل والنهار لتسكنوا فيه ولتبتغوا من فضله ولعلكم تشكرون ٧٣

28:73
وَمِن
رَّحۡمَتِهِۦ
جَعَلَ
لَكُمُ
ٱلَّيۡلَ
وَٱلنَّهَارَ
لِتَسۡكُنُواْ
فِيهِ
وَلِتَبۡتَغُواْ
مِن
فَضۡلِهِۦ
وَلَعَلَّكُمۡ
تَشۡكُرُونَ
٧٣
(73) އަދި ތިޔަބައިމީހުންނަށްޓަކައި އެކަލާނގެ ރޭގަނޑާއި ދުވާލު ލެއްވުން އެއީ އެކަލާނގެ رحمة ގެ ތެރެއިންވާ ކަމެކެވެ. އެއީރޭގަނޑުގެތެރޭގައި ތިޔަބައިމީހުން މައިތިރިވެ ހަމަޖެހި އަރާމު ކުރުމަށެވެ. އަދި ދުވާލުގެ ވަގުތު އެކަލާނގެ فضل ވަންތަކަން އެދިގަތުމަށެވެ. ނުވަތަ ރޭގަނޑާއި ދުވާލު އެކަލާނގެ فضل ވަންތަކަން އެދިގަތުމަށެވެ. އަދި ތިޔަބައިމީހުން އެކަލާނގެއަށް شكر ކުރުމަށެވެ.
继续阅读

阅读《古兰经注》

Ibn Kathir (Abridged)

Night and Day are among the Blessings of Allah and are Signs of Tawhid

Allah reminds His servants of His favors towards them by subjugating for them the night and day, without which they could not survive. He explains that if He made the night continuous, lasting until the Day of Resurrection, that w

…

Night and Day are among the Blessings of Allah and are Signs of Tawhid

Allah reminds His servants of His favors towards them by subjugating for them th

…
更多经注

结合上下文阅读

章 28, 页 394, Juz 20

68. (68) އަދި (އޭ رسول ﷲ އެވެ.) ކަލޭގެފާނުންގެ ربّ އެދިވޮޑިގަންނަވާ އެއްޗެއް ހައްދަވައެވެ. އަދި އެދިވޮޑިގެންނެވި މީހަކު (ތެދުމަގާއި إيمان ކަމަށާއި އަދި صَالح عمل ކުރުމަށް) إختيار ކުރައްވައި خاصّ ކުރައްވައެވެ. އަދި އެމީހުންނަށް (އެބަހީ: مشرك ންނަށް - އެމީހުން ބޭނުންމީހަކު رسول ކަމަށާއި نبي ކަމަށް) إختيار ކުރުމެއް ނުވެއެވެ. އަދި އެމީހުން އެ شرك ކުރާ ކަންތައް ފިޔަވައި ﷲ ހުސް طاهر ވެ އަދި މަތިވެރިވެވޮޑިގެންވެއެވެ. 69. (69) އަދި ކަލޭގެފާނުންގެ رَبّ އެމީހުންގެ ހިތްތަކުގައި ފޮރުވި ވަންހަނާވެގެންވާ ތަކެއްޗާއި އަދި އެމީހުން ފައުޅުކުރާ ތަކެތިވެސް ދެނެވޮޑިގެންވެއެވެ. 70. (70) އަދި އެކަލާނގެއީ އެކަލާނގެ މެނުވީ އަޅުކަންވެވުން حقّ ވެގެންވާ އެހެން އެއްވެސް إله އަކުނުވާ ﷲ އެވެ. ދުނިޔެއާއި آخرة ގައިވެސް އެންމެހައި حمد އާއި تعريف އެއް حقّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި (އެކަލާނގެ خلق ތަކުންގެ މެދުގައި) حكم ކުރައްވައި ނިޔާކުރެއްވުން خاصّ ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ ހަމަ އެކަލާނގެ حضرة އަށެވެ. 71. (71) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަށް އެކީއެކަށްޗަކަށް دائمي ގޮތެއްގައި قيامة ދުވަހާއި ހަމައަށްދާންދެންވެސް ﷲ تعالى ރޭގަނޑު ލައްވައިފިއްޔާ ދެން ކަލޭމެނަށް އަލިކަމެއް ގެނަސްދޭނީ ﷲ ނޫން ދެން ކޮން إله އެއްހެއްޔެވެ؟ ކަލޭމެން ފަހެ (އެއްޗެއްވިސްނާ فكر ކުރާފަދަ ގޮތަކަށް) ނުއަހާނޭހެއްޔެވެ؟ 72. (72) (އޭ رسول ﷲ އެވެ؟) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެންނަށް އެކީއެކަށްޗަކަށް دائمي ގޮތެއްގައި قيامة ދުވަހާއި ހަމައަށްދާންދެންވެސް ﷲ تعالى ދުވާލު ލައްވައިފިއްޔާ އެރޭގަނޑުގެތެރޭގައި ކަލޭމެން މައިތިރިވެ ހިމޭންވާނޭ ރޭގަނޑެއް ކަލޭމެނަށް ގެނަސްދޭނީ ﷲ ނޫން ދެން ކޮން إله އެއްހެޔެއްވެ؟ ކަލޭމެން ފަހެ (ރޭދުވާ ތަކުރާރުވާތީ) ނުދެކޭހެއްޔެވެ؟ (މިހުރީ ހައްތާވެސް ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމެވެ.) 73. (73) އަދި ތިޔަބައިމީހުންނަށްޓަކައި އެކަލާނގެ ރޭގަނޑާއި ދުވާލު ލެއްވުން އެއީ އެކަލާނގެ رحمة ގެ ތެރެއިންވާ ކަމެކެވެ. އެއީރޭގަނޑުގެތެރޭގައި ތިޔަބައިމީހުން މައިތިރިވެ ހަމަޖެހި އަރާމު ކުރުމަށެވެ. އަދި ދުވާލުގެ ވަގުތު އެކަލާނގެ فضل ވަންތަކަން އެދިގަތުމަށެވެ. ނުވަތަ ރޭގަނޑާއި ދުވާލު އެކަލާނގެ فضل ވަންތަކަން އެދިގަތުމަށެވެ. އަދި ތިޔަބައިމީހުން އެކަލާނގެއަށް شكر ކުރުމަށެވެ. 74. (74) އަދި އެމީހުންނަށް - އެބަހީ: مشرك ންނަށް - އެކަލާނގެ ނިދާއިއްވަވާދުވަހުން ފަހެ އެކަލާނގެ وحي ކުރައްވާނެއެވެ. ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ހީކޮށްގެން އުޅުނު شريك ންތައް ފަހެ ކޮބައިހެއްޔެވެ؟ އެމީހުންނަށް އެ شريك ން ނުފެންނާނެއެވެ. 75. (75) އަދި (قيامة ދުވަހުން) ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވެރިއަކު ވަކިކުރައްވައި حاضر ކުރައްވާހުށީމެވެ. އެއީ އެ أمّة ގެ نبي އާއެވެ. ދެންފަހެ مشرك ންނަށް ތިމަންރަސްކަލާނގެ އަންގަވާ ހުށީމެވެ. (އެއީ نبي އާ، ނަބީކަން އެންގެވިކަމަށް ވިދާޅުވުމަށްފަހުގައެވެ.) އެއަށްފަހު مشرك ންނަށް އަންގަވާނަމެވެ. ކަލޭމެން ކަލޭމެން އަޅުކަންކުރިތަކެއްޗަށް އަޅުކަންކުރުން ހުއްދަވާނެކަމުގެ حجّة އާއި برهان ނިކަން ގެނަސްބަލާށެވެ! (އެހިނދު އެމީހުންނަކަށް އެއްވެސް دليل އެއް حجّة އެއް ނުވާނެއެވެ.) އަދި ހަމަކަށަވަރުން حقّ ވަނީ ﷲ އަށް ކަން ރަނގަޅަށް އެމީހުންނަށް އެނގޭނެއެވެ. އަދި އެމީހުން (ދުނިޔޭގައި) ދޮގުހަދާކަމުގައިވިތަކެތި - ބުދުތައް - (ﷲ ފިޔަވައި އަޅުކަން އެފަރާތްތަކަށް ވެވުނު ހުރިހާތަކެތި) އެމީހުން ކިބައިން ގެއްލިގެން ހިނގައިދާނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献