Войти
Войти
Войти
Выберите язык
028

Al-Qasas 28:49 قل فاتوا بكتاب من عند الله هو اهدى منهما اتبعه ان كنتم صادقين ٤٩

28:49
قُلۡ
فَأۡتُواْ
بِكِتَٰبٖ
مِّنۡ
عِندِ
ٱللَّهِ
هُوَ
أَهۡدَىٰ
مِنۡهُمَآ
أَتَّبِعۡهُ
إِن
كُنتُمۡ
صَٰدِقِينَ
٤٩
(49) (އޭ محمّد ﷺ އެވެ!) ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! އެދެފޮތަށްވުރެ ތެދުމަގުގެ ގޮތުން މޮޅުފޮތެއް ﷲ ގެ حضرة ކަލޭމެން ނިކަން ގެނަސްބަލާށެވެ. އެފޮތަށް ތިމަންކަލޭގެފާނު تبع ވުމަށެވެ. ކަލޭމެން ތިޔަބުނީ ތެދެއްކަމުގައިވަންޏާ ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން މިކަން ކޮށްބަލާށެވެ!
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Но разве они смогут принести Писание, которое будет лучше Торы или Корана? Ни они, ни кто-либо иной не сумеют сделать этого, потому что со времен сотворения Вселенной свет не видывал более мудрых, правильных, ясных и прекрасных Писаний! Только справедливый и беспристрастный проповедник может сказать…
Но разве они смогут принести Писание, которое будет лучше Торы или Корана? Ни они, ни кто-либо иной не сумеют сделать этого, потому что со времен сотв…
Больше тафсиров

Читать в контексте

Глава 28, Страница 391, Джуз 20

43. (43) އަދި އިސްވެދިޔަ أُمَّة ތައް ހަލާކުކުރެއްވުމަށްފަހު ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى عليه السّلام އަށް ފޮތްދެއްވީމެވެ. އެއީ توراة އެވެ. ދެންފަހެ موسى عليه السّلام އަށް އެފޮތް ބާވައިލެއްވީ އެމީހުންނަށްވާ އަލިކަމެއްގެގޮތުންނެވެ. ނުވަތަ އެމީހުން ބަލާ ވިސްނާހެދުމަށެވެ. އަދި ތެދުމަގަކާއި رحمة އެއްގެގޮތުންނެވެ. އެއީ އެމީހުން ﷲ ގެ نعمة ހަނދާންކޮށް شكر ކުރުމުގެ أمّيد ގައެވެ. • ދަންނައެވެ. ކިތަންމެ تفسير ފޮތެއްގައި ލިޔެވިގެންވެއެވެ. موسى عليه السّلام އަށް توراة ބާވައިލެއްވުމަށްފަހު ރާމާމަކުނަށް ބަދަލުވީ މީހުން އުޅުނު ރަށް މެނުވީ ﷲ ހަލާކު ނުކުރައްވައެވެ. ހަލާކު ކުރެއްވީ އޭގެ ކުރީގެ أمّة ތަކެވެ. والله أعلم. = تفسير قرطبي އިން =. 44. (44) (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ موسى عليه السّلام އަށް أمر އާއި نهي ގެ ކަންތައްތައް فرض ކޮށްދެއްވިހިނދު ނުވަތަ އެކަލޭގެފާނަށް އެކަމުގެ تَكْلِيفُ ޖެއްސެވިހިނދު ހުޅަނގުފަރާތު ފަރުބަދައިގެ ކައިރީގައި ކަލޭގެފާނު ނުވަމުއެވެ. އަދި އެތަނަށް حاضر ވީމީހުންގެތެރޭގައި ކަލޭގެފާނު ނުވަމުއެވެ. 45. (45) އަދި އެހެނެއްކަމަކު (އޭގެ ފަހުގައި) ތިމަންރަސްކަލާނގެ أمّة ތަކެއް ހެއްދެވީމެވެ. ދެންފަހެ އެމީހުންގެ މައްޗަށް މުއްދަތު ދިގުވެ عمر ދިގުވީއެވެ. އަދި އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ އާޔަތްތައް ކިޔަވާ ވިދާޅުވެދެއްވާކަށް ކަލޭގެފާނު مَدْيَنُ ގެ أهل ވެރިންގެގާތުގައި قَائم ވެވަޑައިގެން ނުހުންނަވަމުއެވެ. އެހެނެއްކަމަކު ތިމަންރަސްކަލާނގެ ވޮޑިގެންވީ رسولބޭކަލުން ފޮނުއްވާ ކަލަކުކަމުގައެވެ. 46. (46) އަދި ތިމަންރަސްކަލާނގެ (موسى عليه السّلام އަށް) ނިދާއިއްވެވިހިނދު ކަލޭގެފާނު طور ފަރުބަދައިގެ ކައިރީގައި ނުވަމުއެވެ. އެހެނެއްކަމަކު އެހެންހެއްދެވީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްގެ ގޮތުންނެވެ. އެއީ ކަލޭގެފާނުންގެ ކުރީން އެބައެއްގެގާތަށް އެއްވެސް نَذِير އަކު ފޮނުވިގެން ނުވާ ބަޔަކަށް (مكّة أهل ވެރިންނަށް) إنذار ކުރެއްވުމަށްޓަކައެވެ. އެއީ އެމީހުން އެތިބަ ނުބައި ގޮތްތައް ހަނދާންކޮށް توبة ވޭތޯއެވެ. • ދަންނައެވެ. ﷲ تعالى موسى عليه السّلام އަށް محمّد ގެފާނުންގެ أمّة ގެމީހުންގެ މާތްކަމުގެ ވާހަކަ وحي ކުރެއްވީމާ موسى عليه السّلام އެމީހުން ދުށުމަށް އެދިވަޑައިގެންނެވިއެވެ. އެވަގުތު ﷲ އެންގެވީ އެމީހުން އަދި ނުފެންނާނެކަމަށެވެ. އެކަމަކު އެމީހުންގެ އަޑުއިއްވަވާފާނެކަމަށެވެ. ދެން އެވަގުތު محمّد ގެފާނުންގެ أمّة ގެމީހުންނަށް ﷲ ނިދާއިއްވެވުމުން (ގޮވައިލެއްވުމުން) ބަފައިންގެ ބުރަކަށިތަކުގައި ތިބެފައި އެބަސްފުޅަށް ޖަވާބުދެއްވިކަމުގައިވެއެވެ. موسى عليه السّلام އަށް އިއްވެވިކަމުގައި ވެއެވެ. އަދި އެމީހުންނާ مخاطب ކުރައްވައި ކިތަންމެ ބަސްފުޅުތަކެއް އެވަގުތު وحي ކުރެއްވިކަމުގައިވެއެވެ. والله أعلم އިސްވެދިޔަ އާޔަތުން إشارة ވަނީ އެ واقعة އަށް ކަމުގައިވެއެވެ. = تفسير طبري - تفسير قرطبي =. 47. (47) އަދި އެމީހުންގެ އަތްތަކުން ކުރިކަންތަކުގެ ސަބަބުން (އެމީހުންކުރި ފާފައިގެ ސަބަބުން) އެމީހުންނަށް مصيبة އެއް ނުޖެހުނީ ކީއްވެގެންބާވައެވެ؟ (مصيبة އެއް ޖެހުނުނަމަ އެމީހުން) މިފަދައިން ބުނީހެވެ. އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެގާތަށް އިބަރަސްކަލާނގެ رسول ބޭކަލަކު ފޮނުއްވެވިނަމައެވެ. އޭރުން އަޅަމެން އިބަރަސްކަލާނގެ އާޔަތްތަކާއި تبع ވީހެވެ. އަޅަމެން ތެދުކުރާ މީހުންކަމުގައި (مؤمن ންކަމުގައި) ވީހެވެ. 48. (48) ދެންފަހެ ތިމަންރަސްކަލާނގެ حضرة ން އެމީހުންގެގާތަށް حقّ އައިހިނދުން (محمّد ﷺ ރަސޫލުކަމާއިގެން ވަޑައިގެންނެވުމުން އެމީހުން ހެދީ އިދިކޮޅެވެ.) އެމީހުން ބުނީ موسى عليه السّلام އަށް ދެއްވުނުފަދަ އެއްޗެއް - އެފަދަފޮތެއް - މި رسول އަށް ނުދެއްވުނީ ކީއްވެގެންބާވައެވެ؟ ނުވަތަ އެފަދަ ފޮތެއް މިކަލޭގެފާނަށްވެސް ދެއްވޭނެނަމައެވެ. (އޭގެ جواب ގައި ﷲ وحي ކުރައްވަނީ) އެމީހުން ފަހެ موسى عليه السّلام އަށް ބާވައިލެއްވުނު ތަކެއްޗަށް ކާފަރުނުވޭހެއްޔެވެ؟ އަދި އެމީހުން ބުނީ އެއީ ފައުޅުވެގެންވާ ދެ سحر ކަމުގައެވެ. (އެބަހީ: توراة އާއި قرآن އަކީ ދެ سحر ކަމުގައެވެ.) ނުވަތަ موسى عليه السّلام އާއި محمّد ﷺ އާއި ދެބޭކަލުންނަކީ ދެ سحر ވެރިންކަމުގައެވެ. އަދި އެމީހުން ބުނީ އަހުރެމެން މިވަނީ އެހުރިހާ އެއްޗަކަށް ކާފަރުވެގެންނެވެ. • ދަންނައެވެ. މިއާޔަތުގެ تفسير ގައި علم ވެރިން ގޮތްގޮތަށް ކިޔާފައިވެއެވެ. މިތާ ލިޔެވިފައި ވަނީ އެތަނުން އެއްގޮތެވެ. قِرَاة ތަފާތުވުމުގެ ސަބަބުންވެސް إختلاف ވާން ދިމާވީއެވެ. والله أعلم بالصّواب. 49. (49) (އޭ محمّد ﷺ އެވެ!) ކަލޭގެފާނު އެމީހުނަށް ވިދާޅުވާށެވެ! އެދެފޮތަށްވުރެ ތެދުމަގުގެ ގޮތުން މޮޅުފޮތެއް ﷲ ގެ حضرة ކަލޭމެން ނިކަން ގެނަސްބަލާށެވެ. އެފޮތަށް ތިމަންކަލޭގެފާނު تبع ވުމަށެވެ. ކަލޭމެން ތިޔަބުނީ ތެދެއްކަމުގައިވަންޏާ ކަލޭމެންނަކީ ތެދުވެރިންކަމުގައިވަންޏާ ނިކަން މިކަން ކޮށްބަލާށެވެ! 50. (50) ފަހެ އެމީހުން ކަލޭގެފާނަށް إجابة ނުދީފިއްޔާ ކަލޭގެފާނު ރަނގަޅަށް ދެނެވަޑައިގަންނަވާށެވެ. އެމީހުން އެ تبع ވަނީ ހަމަކަށަވަރުންވެސް އެމީހުންގެ هوى نفس އާއިއެވެ. އަމިއްލަ އެދުމާއިއެވެ. އަދި ﷲ ގެ حضرة ންވާ ތެދުމަގަކާއި ނުލައި ތިމާގެ އަމިއްލަ އެދުމަށް (ތިމާގެ هوى نفس އަށް) تبع ވާ މީހަކަށްވުރެ ވަކިންބޮޑަށް މަގުފުރެދިފައިވާ މީހަކީ ފަހެ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑަށް މަގުފުރެދިފައިވާ މީހަކު ނުވެއެވެ.)

- Abu Bakr Ibrahim Ali (Bakurube)

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать