Al-Qasas 28:26 قالت احداهما يا ابت استاجره ان خير من استاجرت القوي الامين ٢٦
قَالَتۡ
إِحۡدَىٰهُمَا
يَٰٓأَبَتِ
ٱسۡتَـٔۡجِرۡهُۖ
إِنَّ
خَيۡرَ
مَنِ
ٱسۡتَـٔۡجَرۡتَ
ٱلۡقَوِيُّ
ٱلۡأَمِينُ
٢٦
(26) އެދެއަންހެންކުދިންގެތެރެއިން އެއްކުއްޖަކު އޭނާގެ ބައްޕައަށް ބުންޏެވެ. އޭ އަހުރެންގެ ބައްޕާއެވެ. އޭނާ أُجُور އިން ބަހައްޓަވާށެވެ. (ބަކަރިތަކަށް ކާންދީ ފެންދީހަދަން ކުއްޔަށް އޭނާ މިގޭގައި ބަހައްޓަވާށެވެ.) ހަމަކަށަވަރުން ބާރުގަދަ އަމާނާތްތެރިއަކު ބައްޕަ ކުއްޔަށް ހިފުން ހެޔޮވެގެންވެއެވެ.
• ދަންނައެވެ. މިފަދައިން އެކަމަނާ ދެންނެވީމާ ބައްޕައަށް ސުވާލު އުފެދުންކަމުގައިވެއެވެ. އަދި އެކަލޭގެފާނުންގެ ބާރުގަދަކަމާއި އަމާނާތްތެރިކަން ކަމަނާއަށް އެނގުނީ ކިހިނަކުންތޯ އެއްސެވިއެވެ. އެކަމަނާ ދެންނެވިއެވެ. އެކަލޭގެފާނު އަހުރެމެނަށް ފެންދިން ވަޅުގައި ޖަހާފައިވާ މަތިގަނޑަކީ ވިހިތިރީސް މީހުންނަށް ނޫނީ ނުނެގޭވަރުގެ މަތިގަނޑެކެވެ. އެކަލޭގެފާނު ދާދި ފަސޭހަކޮށް އެމަތިގަނޑު ނެންގެވުމުން ބާރުފުޅުގަދަކަން އެނގުނީއެވެ. އަދި އަޅުގަނޑާއިއެކު ހިންގަވާފައި ގެއަށް ވަޑައިގެންނެވި މަގުމަތީގައި އަހުރެންގެ ކުރީގައި ހުންނެވުމާއި އަހުރެންނާ ދިމާއަށް ނުބެއްލެވިކަން އެއީ އެކަލޭގެފާނުންގެ އަމާނާތްތެރިކަމުގެ دليل އެވެ. والله أعلم.
Прочитайте тафсир.
Russian Tafseer Al Saddi
Пусть этот человек останется у нас и пасет наших овец за плату. Трудно будет найти более подходящего работника, потому что он силен и достоин доверия. Именно эти качества являются самыми ценными в любом работнике. Он должен быть достаточно силен или умен для того, чтобы справиться со своей работой, …
Пусть этот человек останется у нас и пасет наших овец за плату. Трудно будет найти более подходящего работника, потому что он силен и достоин доверия.…