Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
028

Al-Qásas 28:15 ودخل المدينة على حين غفلة من اهلها فوجد فيها رجلين يقتتلان هاذا من شيعته وهاذا من عدوه فاستغاثه الذي من شيعته على الذي من عدوه فوكزه موسى فقضى عليه قال هاذا من عمل الشيطان انه عدو مضل مبين ١٥

28:15
وَدَخَلَ
ٱلۡمَدِينَةَ
عَلَىٰ
حِينِ
غَفۡلَةٖ
مِّنۡ
أَهۡلِهَا
فَوَجَدَ
فِيهَا
رَجُلَيۡنِ
يَقۡتَتِلَانِ
هَٰذَا
مِن
شِيعَتِهِۦ
وَهَٰذَا
مِنۡ
عَدُوِّهِۦۖ
فَٱسۡتَغَٰثَهُ
ٱلَّذِي
مِن
شِيعَتِهِۦ
عَلَى
ٱلَّذِي
مِنۡ
عَدُوِّهِۦ
فَوَكَزَهُۥ
مُوسَىٰ
فَقَضَىٰ
عَلَيۡهِۖ
قَالَ
هَٰذَا
مِنۡ
عَمَلِ
ٱلشَّيۡطَٰنِۖ
إِنَّهُۥ
عَدُوّٞ
مُّضِلّٞ
مُّبِينٞ
١٥
(15) އަދި ރަށުގެ أهل ވެރިން غَافل ވެގެންވާ ހިނދެއްގައި (މީސްތަކުން މެންދުރު އޮށޯވެލާވަގުތު) އެކަލޭގެފާނު (موسى عليه السّلام) ރަށުގެތެރެއަށް ވެދެވަޑައިގެންނެވިއެވެ. އަދި ދެމީހަކު އެކަކު އަނެކަކަށް ހިފައި ތަޅާފޮޅާތީ އެކަލޭގެފާނު ދެކެވަޑައިގެންފިއެވެ. އެތަނުން އެކަކީ އެކަލޭގެފާނުންގެ دين ގެ މީހެކެވެ. بني إسرائيل އެކެވެ. އަނެކަކީ އެކަލޭގެފާނުންގެ عدوّ ންގެތެރެއިންވާ މީހެކެވެ. فِرعون قبيلة ގެ މީހެކެވެ. قِبْطِي އެކެވެ. ދެންފަހެ އެކަލޭގެފާނުންގެ دين ގެ މީހާ އެމީހާގެ عدوّ ގެ މައްޗަށް މަދަދާއި އެހީއަށްއެދި އެކަލޭގެފާނަށް ދަންނަވައިފިއެވެ. ދެންފަހެ އެކަލޭގެފާނުންގެ އަތްތިލަފުޅުން އެމީހާގެ މޭމަތީގައި ޖަހައިފިއެވެ. އަދި އެމީހާގެ މައްޗަށް ނިޔާކުރައްވައިފިއެވެ. އެޖެއްސެވުމުގެ ސަބަބުން އެމީހާ މަރުވެގެން ވެއްޓުނީއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ ސައިތާނާގެ عمل އެވެ. ހަމަކަށަވަރުން އެސޮރަކީ ބަޔާންވެގެންވާ ގޮތުގައި މަގުފުރައްދާ عدوّ އެކެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

How Musa killed a Coptic Man

Having described Musa's beginnings, Allah then tells us that when he reached maturity, and was complete in stature, Allah gave him Hukm and religious knowledge. Mujahid said that this means prophethood.

وَكَذَلِكَ نَجْزِى الْمُحْسِنِينَ

(And thus do We reward the doers of g

…

How Musa killed a Coptic Man

Having described Musa's beginnings, Allah then tells us that when he reached maturity, and was complete in stature, Allah

…
Más Tafsires

Leer en contexto

Capítulo 28, Página 387, Juz 20

14. (14) އަދި އެކަލޭގެފާނުގެ ގައިކޮޅުގެ ބާރުފުޅުގަދަ ޒުވާންކަން ފުރާފުރިހަމަވާ ހިސާބަށް ދިއުމުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދީނުގެ فقه ވެރިކަމާއި علم ދެއްވީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. 15. (15) އަދި ރަށުގެ أهل ވެރިން غَافل ވެގެންވާ ހިނދެއްގައި (މީސްތަކުން މެންދުރު އޮށޯވެލާވަގުތު) އެކަލޭގެފާނު (موسى عليه السّلام) ރަށުގެތެރެއަށް ވެދެވަޑައިގެންނެވިއެވެ. އަދި ދެމީހަކު އެކަކު އަނެކަކަށް ހިފައި ތަޅާފޮޅާތީ އެކަލޭގެފާނު ދެކެވަޑައިގެންފިއެވެ. އެތަނުން އެކަކީ އެކަލޭގެފާނުންގެ دين ގެ މީހެކެވެ. بني إسرائيل އެކެވެ. އަނެކަކީ އެކަލޭގެފާނުންގެ عدوّ ންގެތެރެއިންވާ މީހެކެވެ. فِرعون قبيلة ގެ މީހެކެވެ. قِبْطِي އެކެވެ. ދެންފަހެ އެކަލޭގެފާނުންގެ دين ގެ މީހާ އެމީހާގެ عدوّ ގެ މައްޗަށް މަދަދާއި އެހީއަށްއެދި އެކަލޭގެފާނަށް ދަންނަވައިފިއެވެ. ދެންފަހެ އެކަލޭގެފާނުންގެ އަތްތިލަފުޅުން އެމީހާގެ މޭމަތީގައި ޖަހައިފިއެވެ. އަދި އެމީހާގެ މައްޗަށް ނިޔާކުރައްވައިފިއެވެ. އެޖެއްސެވުމުގެ ސަބަބުން އެމީހާ މަރުވެގެން ވެއްޓުނީއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ ސައިތާނާގެ عمل އެވެ. ހަމަކަށަވަރުން އެސޮރަކީ ބަޔާންވެގެންވާ ގޮތުގައި މަގުފުރައްދާ عدوّ އެކެވެ. 16. (16) އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! ހަމަކަށަވަރުން މިއަޅާ މިއަޅާގެ އަމިއްލަ نفس އަށް އަނިޔާވެރިވެއްޖައީމެވެ. ފަހެ މިއަޅާއަށް ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ އެކަލޭގެފާނަށް ފުއްސަވައިފިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. 17. (17) އެކަލޭގެފާނު ދެންނެވިއެވެ. އޭއަޅުގެ ربّ އެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށް ދެއްވި نعمة ގެ ސަބަބުން مُجْرِم ންނަށްވާ އެހީތެރިއަކަށް މިއަޅާ ނުލައްވާނދޭވެ! 18. (18) ފަހެ ރަށުގައި ބިރުފުޅުގެންވަޑައިގެން ހުންނެވި ބޭކަލަކުކަމުގައި އެކަލޭގެފާނު ވެއްޖެއެވެ. އަދި ދެންވާނެ ގޮތަކާއިމެދު إنتظار ކުރައްވަކުރައްވާ ހުންނެވިއެވެ. އެހެން ހުންނަވަނިކޮށް އިއްޔެ އެކަލޭގެފާނުންގެ އަރިހުން نصر އަށް އެދުނުމީހާ އެކަލޭގެފާނަށް ގޮވާ ހަޅޭލަވަން ފަށައިފިއެވެ. މިއަދުވެސް އޭނާ موسى عليه السّلام ގެ އަރިހުން نصر އެދެނީއެވެ. (އޭރުމިއިސްރާއީލުމީހާ އެހެން قِبْطِي އަކާއި ތަޅާފޮޅަނީއެވެ.) އަދި موسى عليه السّلام އެ إسرائيل މީހާއަށް ވިދާޅުވިއެވެ. ކަލެއަކީ ހަމަކަށަވަރުންވެސް ވަރަށްބޮޑަށް ގެއްލި ހަލާކުވެ މަގުފުރެދިފައިވާ މީހެއްކަން ކަށަވަރެވެ. 19. (19) އަދި އެދެމީހުންގެ عَدُوُّ ކަމުގައިވާ قِبْطِي ކަލޭގެއަށް އަދަބުދެއްވުމަށް އެކަލޭގެފާނު ހީފުޅުކުރެއްވިހިނދު އެމީހާ ދެންނެވިއެވެ. (يعني: بني إسرائيل މީހާ ދެންނެވިއެވެ.) އޭ موسى އެވެ! ކަލޭގެފާނު ތިޔަ އެދިވަޑައިގަންނަވަނީ އިއްޔެވެސް ކަލޭގެފާނު މީހަކު މެރިފަދައިން މިއަދު އަހުރެން މަރަންހެއްޔެވެ؟ (އޭނާއަށް ހީވީ އޭނާ މަރަން އުޅުނުހެންނެވެ.) ކަލޭގެފާނު އެދިވަޑައިގަންނަވަނީ ބިންމަތީގައި جَبَّار ނުލަފާ މީހަކަށްވުންކަމުގައި މެނުވީ ނުވެއެވެ. އަދި ކަންތައްތައް إصلاح ކުރާ مُصْلِح އަކަށް ވުމަކަށް ކަލޭގެފާނު އެދިވަޑައި ނުގަންނަވައެވެ. • ދަންނައެވެ. މި بني إسرائيل ކަލޭގެ މިވާހަކަކޮޅު موسى ގެފާނަށް ދެންނެވިއިރު އަނެއް قِبْطِي ކަލޭގެ ހުރީ ރަނގަޅަށް ކަނުލައި އަހައިގެން ކަމުގައިވީތީ އިއްޔެ މީހާ މަރައިލީ موسى ގެފާނުކަން ރަނގަޅަށް އޭނާއަށް އެނގިއްޖެއެވެ. އެހެންވެ އަވަސްއަވަހަށް އެތަނުން ދުވެގޮސް އިއްޔެ މީހާ މަރައިލި މީހަކީ موسى ގެފާނުކަން فرعون ގެ މީހުންނަށް އަންގަވައި އެކަމުގެ تفصيل ދީފިއެވެ. ހަމަ އެހިނދުމެވެ. موسى ގެފާނާއިމެދު ކަންތައް ނިންމާނެގޮތަކާއިމެދު فرعون އާއި އޭނާގެ ބޮޑުންގެ މެދުގައި مشورة ފެށިއްޖެއެވެ. والله أعلم. 20. (20) އަދި ރަށުގެ ދުރު ހިސާބުން ހަރުކޮށް ހިނގާފައި އައިމީހަކު އައިސް موسى ގެފާނަށް ދެންނެވިއެވެ. އޭ موسى އެވެ! ރަށުގެ ބޮޑެތިމީހުން ކަލޭގެފާނު މެރުމަށް مشورة ކޮށް جلسة ކުރަނީއެވެ. ކަލޭގެފާނު އެހެންވެ އަވަހަށް މިރަށުން ނުކުމެވަޑައިގަންނަވާށެވެ. އަހުރެންނަކީ ކަލޭގެފާނަށްވާ نصيحة ތެރިންކުރެ މީހަކީމެވެ. (ބުނެވެނީ އެމީހަކީ إيمان ކަން ވަންހަނާކުރި فرعون قبيلة ގެ މީހާކަމަށެވެ. އެވާހަކަ غافر ސޫރަތުގައި ވާނެއެވެ.) 21. (21) ދެންފަހެ موسى ގެފާނު ބިރުފުޅުގެންވަޑައިގެން ހުންނަވާ حال ކޮޅު އެރަށުން ނުކުމެވަޑައިގެންފިއެވެ. (فرعون ގެ މީހުން އެކަލޭގެފާނުން ހޯދަން އަތުވެދާނެތީ) އެކަމުން ދެންވާނެގޮތަކާމެދު إنتظار ކުރައްވާ ބަލަބަލާ ހުންނެވުމާ އެކުގައެވެ. އަދި ވިދާޅުވިއެވެ. އޭއަޅުގެ ربّ އެވެ! އަނިޔާވެރި قوم ގެފަރާތުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir