登入
登入
登入
选择语言
028

Al-Qasas 28:13 فرددناه الى امه كي تقر عينها ولا تحزن ولتعلم ان وعد الله حق ولاكن اكثرهم لا يعلمون ١٣

28:13
فَرَدَدۡنَٰهُ
إِلَىٰٓ
أُمِّهِۦ
كَيۡ
تَقَرَّ
عَيۡنُهَا
وَلَا
تَحۡزَنَ
وَلِتَعۡلَمَ
أَنَّ
وَعۡدَ
ٱللَّهِ
حَقّٞ
وَلَٰكِنَّ
أَكۡثَرَهُمۡ
لَا
يَعۡلَمُونَ
١٣
(13) ދެންފަހެ ތިމަންރަސްކަލާނގެ އެދަރިކަލުން އެދަރިކަލުންގެ މަންމައަށް ރައްދުކޮށްދެއްވީމެވެ. އެއީ އެކަމަނާގެ ލޮލަށް ފިނިކަން ގެނައުމަށެވެ. އަދި އެކަމަނާ ހިތާމަ ނުކުރުމަށެވެ. އަދި ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ ތެދުކަން އެކަމަނާ ދެނެގަތުމަށްޓަކައެވެ. އަދި އެހެނެއްކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް އެކަމެއް ނޭނގެއެވެ.
继续阅读

阅读《古兰经注》

Ibn Kathir (Abridged)

The intense Grief of Musa's Mother, and how He was returned to Her

Allah tells us how, when her child was lost in the river, the heart of Musa's mother became empty, i.e., she could not think of any matter in this world except Musa. This was the view of Ibn `Abbas, Mujahid, `Ikrimah, Sa`id bin Jubayr

…

The intense Grief of Musa's Mother, and how He was returned to Her

Allah tells us how, when her child was lost in the river, the heart of Musa's mother

…
更多经注

结合上下文阅读

章 28, 页 386, Juz 20

4. (4) ހަމަކަށަވަރުން فرعون (مصر ގެ ބިމުގައި) ބޮޑާވެ މަތިވެގެންފިއެވެ. އަދި އެރަށުގެ أهل ވެރިން އެކިއެކި فِرقة ތަކަކަށް ހަދައިލައިފިއެވެ. އަދި އޭގެތެރެއިން އެއް جَماعة އެއްގެމީހުން ނިކަމެތިކޮށްލައި އަޅުވެތިކޮށްލަނީއެވެ. އެއީ بَني إسرائيل އެވެ. އަދި އޭނާ އެމީހުންގެ ފިރިހެންދަރިން މަރައި އަންހެންދަރިން ނުމަރައި ދޫކުރެއެވެ. ހަމަކަށަވަރުން އޭނާވީ ފާސިދުންގެތެރެއިންނެވެ. 5. (5) އަދި ތިމަންރަސްކަލާނގެ އެދިވޮޑިގަންނަވަނީ ބިމުގައި ދެރަކޮށްލެވި ނިކަމެތިކޮށްލެވިފައިއެވާ މީހުންނަށް އޯގާވަންތަވެ އަދި ދަރުމަވަންތަވެރިވެވޮޑިގަތުމަށެވެ. އެމީހުންނަކީ بَني إسرائيل މީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުން އެއީ إمام ންކަމުގައި ލައްވައި (ވެރިންކަމުގައި ލައްވައި) އަދި (فرعون އަށްފަހު) އެމީހުންނަކީ ބިންގަނޑުގެ ވާރުތަވެރިންކަމުގައި ލެއްވުމަށެވެ. (އެއީ مصر ގެ ބިންގަނޑެވެ.) 6. (6) އަދި ތިމަންރަސްކަލާނގެ އެމީހުންނަށް (مصر އާއި شام ކަރައިގެ) ބިމުގައި ހަމަޖައްސަވައިދެއްވައި تَمْكِيْنُ ކޮށްދެއްވުމަށެވެ. އަދި فرعون އަށާއި هامان އަށާއި އަދި އެދެމީހުންގެ ސިފައިންނަށްވެސް އެމީހުން ބިރުން އެއުޅޭ ކަންތައް ދެއްކެވުމަށެވެ. (އެކަމަކީ بَني إسرائيل ގެތެރެއިން ފިރިހެން ކުއްޖަކު އުފެދި ބޮޑުވުމެވެ.) 7. (7) އަދި ތިމަންރަސްކަލާނގެ موسى عليه السّلام ގެ މަންމައަށް إلْهَام ކުރައްވައި އެންގެވީމެވެ. ކަމަނާ އެދަރިކަލުންނަށް ކިރުފޮދު އަރުއްވައިދެއްވާށެވެ! އަދިކަމަނާ އެދަރިކަލުންގެ މައްޗަށް (فرعون އާއި އޭނާގެ ސިފައިންގެ ފަރާތުން) ބިރުފުޅުގެން ވަޑައިގެންފިއްޔާ ކަމަނާ އެދަރިކަލުން ކަނޑަށް (ނީލަކޯރަށް) އެއްލަވާލައްވާށެވެ! އަދި ކަމަނާ (އެދަރިކަލުންނާމެދު) ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! އަދި ހިތާމަފުޅުވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަމަނާގެ އަރިހަށް އެދަރިކަލުން ރައްދުކޮށްދެއްވާނެ ކަލަކީމެވެ. އަދި އެކަލޭގެފާނު އެއީ رسول ބޭކަލުންގެ ތެރެއިންވާ ބޭކަލަކު ކަމުގައި ލައްވާނޭކަލަކީމެވެ. (ދެން އެކަމަނާ ފޮއްޓެއްހައްދަވައި އެދަރިކަލުން އެއަށް ލައްވައި ނީލަކޯރަށް ދޫކޮށްލެއްވިއެވެ.) 8. (8) ފަހެ فرعون ގެ آل ން (އޭނާގެ އެހީތެރިން) އެދަރިކަލުން ހޮވައިގެން ގެންނަވައިފިއެވެ. އެއީ އެމީހުންގެ عدوّ އަކަށާއި އަދި އެމީހުންނަށްވާ ހިތާމައެއްކަމުގައި ވުމަށްޓަކައެވެ. ހަމަކަށަވަރުން فرعون އާއި هَامان އާއި އަދި އެދެމީހުންގެ ސިފައިންވީ ކުށްވެރިންކަމުގައެވެ. 9. (9) އަދި فرعون ގެ އަނބިކަނބަލުން (فرعون އަށް) ވިދާޅުވިއެވެ. (މިދަރިކަލުންނަކީ) އަހުރެންނާއި އަދި ކަލެއާއި ދެމީހުންގެ ލޮލުގެ ފިނިކަމެވެ. ހިތްހަމަޖެހުމެވެ. އޭނާ މަރައިނުލާށެވެ! އަހުރެމެނަށް مَنفع ކުރުން އެކަށީގެންވެއެވެ. ނުވަތަ އަހުރެމެންގެ ދަރިއެއްކަމުގައި އެދަރިކަލުން ގެންގުޅޭނީއެވެ. އަދި އެމީހުންނަށް إحساس ވެސް ނުވެއެވެ. އެބަހީ: އެކަލޭގެފާނާމެދު ﷲ ކަންތައް ގެންދަވާނީ ކިނިހެއްކަންވެސް އެމީހުންނަށް ރޭކައިވެސް ނުލައެވެ. 10. (10) އަދި موسى عليه السّلام ގެ މަންމާފުޅުގެ ހިތްޕުޅުމުޅިން (موسى عليه السّلام ގެ خيال ފިޔަވައި) އެހެން ހުރިހާ خيال އަކުން ހުސްވެއްޖެއެވެ. އެބަހީ: ހުރިހާ ވަގުތެއްގައިވެސް ވަނީ موسى عليه السّلام ގެ خيال އެވެ. ތިމަންރަސްކަލާނގެ އެކަމަނާގެ ހިތްޕުޅު ނުހިފެހެއްޓެވިނަމަ އެކަމަނާ އެކަލޭގެފާނުންގެ ވާހަކަ ފައުޅުކުރެއްވުން ގާތްވެގެންވިއެވެ. (އެހެން އެހެއްދެވީ) އެކަމަނާއަކީ (ތިމަންރަސްކަލާނގެ وعد ފުޅު) ތެދުކުރާމީހުންގެ ތެރެއިން މީހަކުކަމުގައި ވުމަށްޓަކައެވެ. 11. (11) އަދި އެކަމަނާ (يعني: موسى عليه السّلام ގެ މަންމަ) އެކަލޭގެފާނުން يعني: موسى عليه السّلام ގެ أُخْتކަމަނާ އަށް ވިދާޅުވިއެވެ. ކަމަނާ ގޮސް އެދަރިކަލުންގެ އަސަރެއްވޭތޯ ބަލާށެވެ. އެދަރިކަލުންނަށް ވާގޮތެއް ބަލާށެވެ. ދެންފަހެ އެ أخت ކަމަނާ ދުރުދުރުގައި ހުރެގެން އެދަރިކަލުން ދެކެފިއެވެ. (އޭރު އެދަރިކަލުން ވަނީ فرعون ގެ ގަނޑުވަރުގައެވެ. އެދަރިކަލުންނަށް ކިރުދޭނެ މީހަކު ވޭތޯ ބަލަނީއެވެ!) އަދި އެކަމަނާއަކީ އެދަރިކަލުންގެ أخت ކަމެއް އެމީހުންނަށް ކުޑަކޮށްވެސް ނޭނގެއެވެ. إحساس ވެސް ނުވެއެވެ. 12. (12) އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ މަންމަގެ ކުރިން އެހެން އެއްވެސް ކިރުމައެއްގެ ކިރު އެކަލޭގެފާނަށް މަނާކުރެއްވީމެވެ. (އެކަލޭގެފާނު އެގަނޑުވަރުގައި ތިންދުވަސް ވީއިރުވެސް އެއްވެސް އަންހެނެއް ކިރު ނުބެއްލެވިއެވެ. މުޅި އެތަންމިތާނގެ ކިރުމައިން އައިސް އެކަމާ އުޅެއެވެ. އެއްގޮތެއްވެސް ނުވެއެވެ.) ދެންފަހެ އެދަރިކަލުންގެ أخت ކަމަނާ އެތަނަށްގޮސް ދެންނެވިއެވެ. އެދަރިކަލުންނަށް ކިރުދީ އޭނާގެ ކަންތަކާއި حوال ވާފަދަ ގެއެއްގެ أهل ވެރި ބައެއްގެ ވާހަކަ އަހުރެން ކަލޭމެންގެ ގާތު ބުނަންހެއްޔެވެ؟ އަދި އެމީހުންވާނީ އެދަރިކަލުންނަށްޓަކައި نصيحة ތެރި إخلاص ތެރި ބަޔަކު ކަމުގައެވެ. (ދެންފަހެ އެކަމަނާ إشارة ކުރީ އެދަރިކަލުންގެ މަންމަގެ ފަރާތަށެވެ. އެކަމަކު އެއީ އެދަރިކަލުންގެ މަންމަކަމެއް އެމީހުންނަކަށް ނޭނގެއެވެ. ދެން މަންމަ ގެނުވައި އެކަމަނާ ކިރުދެއްވުމުން އެދަރިކަލުން ކިރުފޮދު ހިތްޕެވިއެވެ. ދެން އެދަރިކަލުންނަށް ކިރުދެއްވުމަށާއި އެދަރިކަލުން ބެލެހެއްޓުމަށް أُجُوْر ދެއްވާފައި މަންމައާއި حوال ކުރެއްވީއެވެ. އެއަށް إشارة ކުރައްވައި ދެން މިއަންނަ އާޔަތުގައި وحي ކުރެއްވިއެވެ.) 13. (13) ދެންފަހެ ތިމަންރަސްކަލާނގެ އެދަރިކަލުން އެދަރިކަލުންގެ މަންމައަށް ރައްދުކޮށްދެއްވީމެވެ. އެއީ އެކަމަނާގެ ލޮލަށް ފިނިކަން ގެނައުމަށެވެ. އަދި އެކަމަނާ ހިތާމަ ނުކުރުމަށެވެ. އަދި ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ ތެދުކަން އެކަމަނާ ދެނެގަތުމަށްޓަކައެވެ. އަދި އެހެނެއްކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް އެކަމެއް ނޭނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献