Registrazione
Registrazione
Registrazione
Seleziona la lingua
054

Al-Qamar 54:35 نعمة من عندنا كذالك نجزي من شكر ٣٥

54:35
نِّعۡمَةٗ
مِّنۡ
عِندِنَاۚ
كَذَٰلِكَ
نَجۡزِي
مَن
شَكَرَ
٣٥
(35) އެއީ ތިމަން ރަސްކަލާނގެ حضرة ން އެބޭކަލުންނަށް ވާ نعمة އެއްގެ ގޮތުންނެވެ. ތިމަން ރަސްކަލާނގެ نعمة އަށް شكر ކުރާ މީހުންނަށް ތިމަން ރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
Continua a leggere

Leggi il Tafsir

Ibn Kathir (Abridged)

The Story of the People of the Prophet Lut

Allah the Exalted states that the people of Lut defied and denied their Messenger and committed sodomy, the awful immoral sin that no people in the history of mankind had committed before. This is why Allah destroyed them with a type of torment that He never

…

The Story of the People of the Prophet Lut

Allah the Exalted states that the people of Lut defied and denied their Messenger and committed sodomy, the

…
Altri Tafsir

Leggere nel contesto

Capitolo 54, Pagina 530, Juz 27

33. (33) لوط ބާގައިގެ މީހުން އެމީހުންގެ رسول އާ (لوط عَلَيهِ السلام) ދޮގުކުރިއެވެ. (لوط عَلَيهِ السلام އަކީ إبراهيم عَلَيهِ السلام ގެ أخ هارون ގެ ދަރިކަލުންނެވެ. އެކަލޭގެފާނުގެ قوم އަކީ سدوم ކިޔާ ރަށެކެވެ. މި ރަށުގެ މީހުންނަކީ ފިރިހެނުންނާ އެޅުނު ބަޔެކެވެ. އެންމެ ފަހުން الله تعالى އެމީހުން ހަލާކު ކުރެއްވުމަށް އިރާދަކުރައްވައި އެރަށް ހަލާކު ކުރެއްވުމަށް ملائكة ންގެ جماعة އެއް ފޮނުއްވިއެވެ. އެ ބޭކަލުން ފޮނުއްވީ ރީތި ފިރިހެނުންތަކެއްގެ ސިފައިގައެވެ. އެހިނދުން ރަށުގެ މީހުން ދިމާކުރީ މި މާތް ملائكة ބޭކަލުން ގަޔަށް އަރާށެވެ. އެވަގުތު الله تعالى އެމީހުންގެ ލޯތައް އަނދިރި ކުރައްވައި ލޯ ހުރިތަން ލޯ ނެތްތަނެއް ކަމުގައި ހައްދަވާލެއްވިއެވެ.) 34. (34) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެމީހުންގެ މައްޗަށް ގަދަ ވައެއް ފޮނުވީމެވެ. އެ ވަޔާއެކު ހިލަކޮޅުކޮޅު އެކުލެވިގެން ވެއެވެ. އެއީ عذاب ގެ ހިލަކޮޅުކޮޅެވެ. لوط ގެފާނުންގެ آل ން ނޫން އެހެން އެންމެންނަށް އެ عذاب ދިމާވިއެވެ. لوطގެފާނުންގެ آل ން ތިމަން ރަސްކަލާނގެ ސަލާމަތްކުރައްވާ މިންޖުކުރެއްވީމެވެ. އެއީ ފަތިސްވަގުތުގައެވެ. 35. (35) އެއީ ތިމަން ރަސްކަލާނގެ حضرة ން އެބޭކަލުންނަށް ވާ نعمة އެއްގެ ގޮތުންނެވެ. ތިމަން ރަސްކަލާނގެ نعمة އަށް شكر ކުރާ މީހުންނަށް ތިމަން ރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. 36. (36) އަދި ހަމަކަށަވަރުން އެކަލޭގެފާނު އެބަހީ لوط ގެފާނު އެ قوم ގެ މީހުންނަށް ތިމަން ރަސްކަލާނގެ عذاب އާއި، ކޯފާއާއި، އަދި ހިއްޕެވުމުގެ ވާހަކައިން އިންޒާރުކުރެއްވިއެވެ. ފަހެ އެމީހުން ވީ އެކަމަށް ޝައްކު ކުރާ މީހުން ކަމުގައެވެ. އަދި އެމީހުން އެކަލޭގެފާނުންގެ ބަސް ނާހައި جدل ކުރީއެވެ. އެ ހުރިހައި إنذار އަކަށާއި، އެ ރަސޫލާއަށް އިދިކޮޅުހަދައި ޖަދަލުކޮށް ހެދީއެވެ. 37. (37) ފަހެއެމީހުން ހަމަކަށަވަރުން އެކަލޭގެފާނުންގެ މެހުމާނުންގެ ގަޔަށް އަރައި ނުބައިކަންތައްކުރުމަށް ހީކުރިއެވެ. ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެ ލޯތައް ކަނުކޮށްލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ޢަޒާބުގެރަހަ ކަލޭމެން ލިބިގަންނާށޭ އެމީހުންނަށް އެންގެވީމެވެ. 38. (38) އަދި ހަމަކަށަވަރުން އެމީހުން އަވަސް އަވަހަށް ފަތިސްކުރީ ދެމިހުންނަނިވި عذاب އެއްގައެވެ. (އެބަހީ ބޮޑުފަތިހާ އަލިވާ ވަގުތު) އެމީހުންނަށް عذاب އައީއެވެ. އެއީ ދެމިހުންނަނިވި عذاب އެކެވެ. برزخ ގެ عالم ގައިވެސް އަދި آخرة ގައިވެސް އެމީހުންނަށް އެ عذاب ދެމިހުންނާނޭ ކަމަށް ވެއެވެ. 39. (39) (އަދި އެމީހުންނަށް އެންގެވުނެވެ.) ތިމަން ރަސްކަލާނގެ عذاب އާއި، إنذار ގެ ރަހަ ކަލޭމެން ލިބިގަންނާށެވެ. 40. (40) އަދި ދަސްކުރުމަށާއި، ވިސްނައި فكر ކުރުމަށް ތިމަން ރަސްކަލާނގެ قرآن ފަސޭހަކުރެއްވީމެވެ. ފަހެ وعظ އާއި، نصيحة އާއި، عبرة ލިބިގަންނަ އެކަކުވެސް އެބަ ވޭބާވައެވެ؟

- Abu Bakr Ibrahim Ali (Bakurube)

Appunti e riflessioni

Non hai appunti o riflessioni su questo verso.

Notes placeholders

Rimani connesso al Corano ❤️

Brevi e significativi promemoria per ritrovare la serenità, riflettere e restare connessi al Corano.

Leggi, ascolta, cerca e rifletti sul Corano

Quran.com è una piattaforma affidabile utilizzata da milioni di persone in tutto il mondo per leggere, cercare, ascoltare e riflettere sul Corano in diverse lingue. Offre traduzioni, tafsir, recitazioni, traduzioni parola per parola e strumenti per uno studio più approfondito, rendendo il Corano accessibile a tutti.

In qualità di Sadaqah Jariyah, Quran.com si impegna ad aiutare le persone a entrare in contatto profondo con il Corano. Supportato da Quran.Foundation , un'organizzazione no-profit 501(c)(3), Quran.com continua a crescere come risorsa gratuita e preziosa per tutti, Alhamdulillah.

Navigare
Casa
Radio del Corano
Recitatori
Chi siamo
Sviluppatori
Aggiornamenti del prodotto
Feedback
Aiuto
Donare
I nostri progetti
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Progetti senza scopo di lucro posseduti, gestiti o sponsorizzati da Quran.Foundation
Link popolari
Suppliche del Corano
Versetto del giorno del Corano
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mappa del sitoPrivacyTermini e Condizioni
© 2026 Quran.com. Tutti i diritti riservati
Contribuire