(43) އަދި އެއްވެސް أمّة އެއް އެ أمّة އަކަށް ކަނޑައެޅިފައިވާ އަޖަލު ހަމަނުވަނީސް ހަލާކު ނުވެއެވެ. އަދި އެ أمّة އެއް ހަލާކުވުމަށް ކަނޑައެޅިފައިވާ އަޖަލަށްވުރެ ފަސް ނުވެއެވެ. (އެބަހީ: ކޮންމެ أمّة އެއްވެސް ހަލާކުވަނީ އެ أمّة އެއް ހަލާކުވުމަށް ކަނޑައެޅިފައިވާ ވަގުތު އައުމުންނެވެ. އިސްނުވެއެވެ. ފަސްނުވެއެވެ.)