Ingia
Ingia
Ingia
Chagua Lugha

Al-Mujadilah 58:8 الم تر الى الذين نهوا عن النجوى ثم يعودون لما نهوا عنه ويتناجون بالاثم والعدوان ومعصيت الرسول واذا جاءوك حيوك بما لم يحيك به الله ويقولون في انفسهم لولا يعذبنا الله بما نقول حسبهم جهنم يصلونها فبيس المصير ٨

Ukurasa 543 · Juzuu 28

أَلَمۡ
تَرَ
إِلَى
ٱلَّذِينَ
نُهُواْ
عَنِ
ٱلنَّجۡوَىٰ
ثُمَّ
يَعُودُونَ
لِمَا
نُهُواْ
عَنۡهُ
وَيَتَنَٰجَوۡنَ
بِٱلۡإِثۡمِ
وَٱلۡعُدۡوَٰنِ
وَمَعۡصِيَتِ
ٱلرَّسُولِۖ
وَإِذَا
جَآءُوكَ
حَيَّوۡكَ
بِمَا
لَمۡ
يُحَيِّكَ
بِهِ
ٱللَّهُ
وَيَقُولُونَ
فِيٓ
أَنفُسِهِمۡ
لَوۡلَا
يُعَذِّبُنَا
ٱللَّهُ
بِمَا
نَقُولُۚ
حَسۡبُهُمۡ
جَهَنَّمُ
يَصۡلَوۡنَهَاۖ
فَبِئۡسَ
ٱلۡمَصِيرُ
٨
(8) نَجْوَى ކުރުން އެބަޔަކަށް ނަހީ ކުރެވުނުމަށްފަހު ދެން އަލުންވެސް އެކަމަށް އެމީހުން رُجُوع ވެ، نَجْوَى ކުރަމުންދާ މީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުން نَجْوَى ކުރަމުން އެ ދަނީ ފާފަވެރި ވެވޭ، އަދި عَداوَة ތެރި ވެވޭނޭ ގޮތުންނެވެ. އަދި رَسُولُ اللَّهِ ﷺ އާއި އުރެދުމުގައެވެ. އަދި ކަލޭގެފާނުގެ އަރިހަށް އެމީހުން އަތުވެއްޖެއްޔާ އެމީހުން ކަލޭގެފާނާ އެ ސަލާންކުރަނީ ﷲ ކަލޭގެފާނަށް ސަލާންކުރައްވާފައި ނުވާ ފަދައަކުންނެވެ. އަދި އެފަދައިން ކަންކޮށްފައި، އެމީހުން އަމިއްލަ-އަމިއްލައަށް ބުނެއެވެ. "އަހުރެމެން މި ކުރި ކަންތަކަށް، އަހުރެމެން މި ބުނި ބަހަށް، ﷲ އަހުރެމެންނަށް އަނެއްކާ عَذاب ނުދެއްވާނޭ ބާވައެވެ؟ عَذاب ދެއްވާފާނޭ ކަންވެސްނޭނގެއެވެ." އެމީހުންގެ އެ ނުބައިކަމަށް ނަރަކަ ފުދެއެވެ. قِيامَة ދުވަހުން އެމީހުން އެތާ އަނދާނެއެވެ. އެއީ ގޮސްތިބުން ވަރަށްވެސް ނުބައިވެގެންވާ ތަނެކެވެ. [• ދަންނައެވެ.] މި ދެއާޔަތުގައި ސިފަވެގެން މިދަނީ رَسُولُ اللَّهِ ގެ ޒަމާނުގައި يَهُودِي ންގެ ބަޔަކު ކަންތައް ކުރި ގޮތެއްގެ ވާހަކަ އަކާއި، އެބައިމީހުންގެ آخِر ނަތީޖާގެ ވާހަކައެވެ. (الْواحِدِي ވިދާޅުވިއެވެ.) تَفْسِير عِلْم ވެރީން ވިދާޅުވިއެވެ. مُنافِق ންގެ މީހުންނާއި، يَهُودِي ންނާ ދެބައިމީހުން އެއްވެ ތިބެގެން ސިއްރު ވާހަކަ ދައްކާ ކަމުގައި ވިއެވެ. އެމީހުން مُؤْمِن ންގެ މީހުންނަށް ހީކުރުވަނީ مُؤْمِن ންގެ ނުބަޔަށް ސިއްރު ވާހަކަ ދައްކާ ކަމަށެވެ. ދެން އޭގެ ސަބަބުން مُؤْمِن ންގެ މީހުންނަށް ވަރަށް ހިތާމަވެރިކަން އާދެއެވެ. އެޒަމާނަކީ ހަނގުރާމައިގެ ވަގުތެވެ. އަދި مُؤْمِن ންނާއި، يَهُودِي ންނާ ދެމެދު صُلْح ގެ مُعاهَدَة އެއް ވެސް ވެފައިވާ ވަގުތެވެ. ދެންފަހެ، މި يَهُودِي ންގެ މި عَمَل ގިނަވެގެން، مُؤْمِن ން، رَسُولُ اللَّهِ ﷺ އަށް އެކަމުގެ شَكْوَى ދަންނަވައި ހަދައިފިއެވެ. އެހެންވެ رَسُولُ اللَّهِ ﷺ، يَهُودِي ންނަށް އެކަން މަނާކުރައްވައި، ނަހީކުރައްވައިފިއެވެ. އެހެން ނަމަވެސް އެމީހުން އެކަމުން މަނާވެ، ދުރުނުވިއެވެ. އިސްވެދިޔަ ދެ آيَة ގައި އެ އިޝާރަތް ކުރައްވާ އެއްކަމަކީ އެއީއެވެ. = فَتْحُ الْقَدِير =. އަނެއް ވާހަކަޔަކީ يَهُودِي ންގެ މީހުން رَسُولُ اللَّهِ ﷺ ގެ އަރިހަށް އައިސް އެކަލޭގެފާނަށް ނުބައި عِبارة ން سَلام ކުރާ ވާހަކައެވެ. سَلام ކުރުމަށް އެމީހުން ބޭނުންކުރާ عِبارة އަކީ السَّامُ عَلَيْكَ އެވެ. އޭގެ މުރާދަކީ އެކަލޭގެފާނު މަރުވުމަށް އެމީހުން دُعاء ކުރުމެވެ. = فَتْحُ الْقَدِير =. ﷲ سُبْحانَهُ وَتَعالَى، مُؤْمِن ންނަށް އެކަންކަން އަންގަވައި، އެ مُنافِق ންނާއި، يَهُودِي ންގެ خَبَر ތައް بَيان ކުރެއްވީއެވެ. އެމީހުން مُؤْمِن ންނަށް ނުބައިހީކުރުވުމަށްނުބައި ސިއްރު ވާހަކަ ދައްކާން ތިންމީހުން ތިއްބަސް ހަތަރުވަނަޔަށް އެކަލާނގެވޮޑިގެން ވާނޭ ކަމާއި، ކިތަންމެ މަދު ބަޔަކު ތިއްބަސް، އަދި ކިތަންމެ ގިނަ ބަޔަކު ތިއްބަސް، އަދި ކޮންމެ ތާކު ތިބެގެން ވާހަކަދެއްކިޔަސް، ﷲ އެކަން ދެނެވޮޑިގެންވާނޭކަން އަންގަވައި بَيان ކުރެއްވީއެވެ. އަދި އިސްވެ ދިޔަފަދަ ނުބައި عَمَل ތައް ކުރާ މީހުންގެ ޖާގަޔަކީ قِيامَة ދުވަހުން ނަރަކަ ކަމާއި، އެމީހުންނަށް އެތަން ފުދޭވަރު ވާނޭކަންވެސް އެންގެވީއެވެ. މި ވާހަކަތައް ދިގުކޮށް تَفْصِيل ކޮށް تَفْسِير ފޮތްތަކުގައި ލިޔެވިގެން ވެއެވެ. އެހެންވެ، އެ ވާހަކަތައް ހަނދާންކޮށްލީއެވެ.
Endelea Kusoma

Soma Tafsir

Ibn Kathir (Abridged)

The Evil of the Jews

Ibn Abi Najih reported from Mujahid,

أَلَمْ تَرَ إِلَى الَّذِينَ نُهُواْ عَنِ النَّجْوَى ثُمَّ يَعُودُونَ لِمَا نُهُواْ عَنْهُ

(Have you not seen those who were forbidden to hold secret counsels, and afterwards returned to that which they had been forbidden,) He said, "The Jews." S

…

The Evil of the Jews

Ibn Abi Najih reported from Mujahid,

أَلَمْ تَرَ إِلَى الَّذِينَ نُهُواْ عَنِ النَّجْوَى ثُمَّ يَعُودُونَ لِمَا نُهُواْ عَنْهُ

(Have

…
Tazama Tafsir

Soma katika Muktadha

5. (5) ﷲ އަށް ނުކިޔަމަންތެރިވެ، ﷲ އާއި، އެކަލާނގެ رَسُول އާއި خِلاف ވެ، ދެކޮޅުހަދައި، ﷲ ގެ حَدّ ތަކުން ބޭރުވެގަންނަ މީހުން ދަންނައެވެ. އިސްވެދިޔަ އެފަދަ މީހުންވެސް ދެރަކުރެވި، ނިކަމެތިކުރެވުނު ފަދައިން އެމީހުންވެސް ދެރަކުރެވި، ނިކަމެތި ކުރެވިއްޖެއެވެ. (ކޮންމެ ތާކު، އަދި ކޮންމެ ޒަމާނެއްގައިވެސް ﷲ އެފަދަ މީހުން ދެރަކުރައްވައި، ނިކަމެތިކުރައްވާނެއެވެ.) އަދި ހަމަކަށަވަރުން ބަޔާންވެގެންވާ آيَة ތައް ތިމަން ރަސްކަލާނގެ ބާވައިލެއްވީމެވެ. އެބަހީ ތިމަން ރަސްކަލާނގެއާ އިދިކޮޅުވާ މީހުންނަށް (އިސްވެދިޔަ أُمّة ތަކުގައިވެސް) ޢިބުރަތަކަށް ފުދޭވަރުގެ آيَة ތައް ބާވައިލެއްވީމެވެ. އަދި ކާފަރުވީ މީހުންނަށް ހުންނަހުށީ ހަމަ ވޭންދެނިވި، އިހާނެތިވެގެންވާ عَذاب އެވެ. 6. (6) އެމީހުންނަށް އެފަދަ إهانَة ތެރި عَذاب ހުންނަހުށީ އެންމެހައި މީސްތަކުން އަލުން ދިރިގެން مَحْشَر އަށް ފޮނުވޭ ދުވަހުންނެވެ. އަދި ދުނިޔޭގައި އެބައިމީހުން ކޮށްފައިވާ އެންމެހައި عَمَل ތަކުގެ خَبَر، ﷲ އެމީހުންނަށް އަންގަވާނެއެވެ. ﷲ އެ ހުރިހައި عَمَل އެއް އެއްވެސް އުނިއިތުރެއް ނުކުރައްވައި ހިމަނުއްވައި، ބަރާބަރު ކުރައްވާފައި ވެއެވެ. އަދި އެމީހުން ވަނީ އެ عَمَل ތަކުގެ މަތީން ހަނދާން ނައްތާލައިފައެވެ. އަދި اللَّهއީ ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގަންނަވާ ކަލާނގެއެވެ. 7. (7) (އޭ رَسُولُ اللَّهِ އެވެ!) ﷲ تَعالَى އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ދެނެވޮޑިގެންވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާ ތޯއެވެ؟ ތިން މީހަކު ތިބެގެން نَجْوَى އެއް ކުރާނަމަ (އެބަހީ ތިން މީހަކު ތިބެގެން ސިއްރު ވާހަކައެއް ދައްކާނަމަ) އެމީހުންގެ ހަތަރުވަނަ މީހަކަށް ﷲ ވޮޑިގެންވެއެވެ. (އެއީ އެކަލާނގެ ދެނެވޮޑިގަތުމާއި، قُدْرَة ތެރިވަންތަ ކަމުގެ ގޮތުންނެވެ. އެބަހީ ހަތަރުވަނައަށް އެކަލާނގެ ދެނެވޮޑިގަތުމާއި، قُدْرَة ތެރިވަންތަ ކަމުގެ ގޮތުން އެކަލާނގެ ވޮޑިގެން ވާނެއެވެ.) އަދި ފަސް މީހުން نَجْوَى އެއް ކުރަންޏާ، ހަވަނައަށް އެކަލާނގެ ވޮޑިގެން ވެއެވެ. އަދި ކިތަންމެ މަދު ބަޔަކު نَجْوَى ކުރިޔަސް، އަދި ކިތަންމެ ގިނަ ބަޔަކު نَجْوَى ކުރިޔަސް، އަދި ކޮންމެ ތާކު ކުރިޔަސް، އެތަނެއްގައި އެ ބައެއްގެ ތެރޭގައި (ދެނެވޮޑިގަތުމާއި، قُدْرَة ތެރިކަމުގެ ގޮތުން) އެކަލާނގެ ވޮޑިގެން ވާނެއެވެ. ދެން އެމީހުން އެކުރި ހުރިހައި ކަމެއްގެ، އަދި ދެއްކި ވާހަކައެއްގެ خَبَر قِيامَة ދުވަހުން އެކަލާނގެ ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ تَعالَىއީ ހުރިހައި ކަމެއް ދެނެވޮޑިގެންވާކަލާނގެއެވެ. 8. (8) نَجْوَى ކުރުން އެބަޔަކަށް ނަހީ ކުރެވުނުމަށްފަހު ދެން އަލުންވެސް އެކަމަށް އެމީހުން رُجُوع ވެ، نَجْوَى ކުރަމުންދާ މީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުން نَجْوَى ކުރަމުން އެ ދަނީ ފާފަވެރި ވެވޭ، އަދި عَداوَة ތެރި ވެވޭނޭ ގޮތުންނެވެ. އަދި رَسُولُ اللَّهِ ﷺ އާއި އުރެދުމުގައެވެ. އަދި ކަލޭގެފާނުގެ އަރިހަށް އެމީހުން އަތުވެއްޖެއްޔާ އެމީހުން ކަލޭގެފާނާ އެ ސަލާންކުރަނީ ﷲ ކަލޭގެފާނަށް ސަލާންކުރައްވާފައި ނުވާ ފަދައަކުންނެވެ. އަދި އެފަދައިން ކަންކޮށްފައި، އެމީހުން އަމިއްލަ-އަމިއްލައަށް ބުނެއެވެ. "އަހުރެމެން މި ކުރި ކަންތަކަށް، އަހުރެމެން މި ބުނި ބަހަށް، ﷲ އަހުރެމެންނަށް އަނެއްކާ عَذاب ނުދެއްވާނޭ ބާވައެވެ؟ عَذاب ދެއްވާފާނޭ ކަންވެސްނޭނގެއެވެ." އެމީހުންގެ އެ ނުބައިކަމަށް ނަރަކަ ފުދެއެވެ. قِيامَة ދުވަހުން އެމީހުން އެތާ އަނދާނެއެވެ. އެއީ ގޮސްތިބުން ވަރަށްވެސް ނުބައިވެގެންވާ ތަނެކެވެ. [• ދަންނައެވެ.] މި ދެއާޔަތުގައި ސިފަވެގެން މިދަނީ رَسُولُ اللَّهِ ގެ ޒަމާނުގައި يَهُودِي ންގެ ބަޔަކު ކަންތައް ކުރި ގޮތެއްގެ ވާހަކަ އަކާއި، އެބައިމީހުންގެ آخِر ނަތީޖާގެ ވާހަކައެވެ. (الْواحِدِي ވިދާޅުވިއެވެ.) تَفْسِير عِلْم ވެރީން ވިދާޅުވިއެވެ. مُنافِق ންގެ މީހުންނާއި، يَهُودِي ންނާ ދެބައިމީހުން އެއްވެ ތިބެގެން ސިއްރު ވާހަކަ ދައްކާ ކަމުގައި ވިއެވެ. އެމީހުން مُؤْمِن ންގެ މީހުންނަށް ހީކުރުވަނީ مُؤْمِن ންގެ ނުބަޔަށް ސިއްރު ވާހަކަ ދައްކާ ކަމަށެވެ. ދެން އޭގެ ސަބަބުން مُؤْمِن ންގެ މީހުންނަށް ވަރަށް ހިތާމަވެރިކަން އާދެއެވެ. އެޒަމާނަކީ ހަނގުރާމައިގެ ވަގުތެވެ. އަދި مُؤْمِن ންނާއި، يَهُودِي ންނާ ދެމެދު صُلْح ގެ مُعاهَدَة އެއް ވެސް ވެފައިވާ ވަގުތެވެ. ދެންފަހެ، މި يَهُودِي ންގެ މި عَمَل ގިނަވެގެން، مُؤْمِن ން، رَسُولُ اللَّهِ ﷺ އަށް އެކަމުގެ شَكْوَى ދަންނަވައި ހަދައިފިއެވެ. އެހެންވެ رَسُولُ اللَّهِ ﷺ، يَهُودِي ންނަށް އެކަން މަނާކުރައްވައި، ނަހީކުރައްވައިފިއެވެ. އެހެން ނަމަވެސް އެމީހުން އެކަމުން މަނާވެ، ދުރުނުވިއެވެ. އިސްވެދިޔަ ދެ آيَة ގައި އެ އިޝާރަތް ކުރައްވާ އެއްކަމަކީ އެއީއެވެ. = فَتْحُ الْقَدِير =. އަނެއް ވާހަކަޔަކީ يَهُودِي ންގެ މީހުން رَسُولُ اللَّهِ ﷺ ގެ އަރިހަށް އައިސް އެކަލޭގެފާނަށް ނުބައި عِبارة ން سَلام ކުރާ ވާހަކައެވެ. سَلام ކުރުމަށް އެމީހުން ބޭނުންކުރާ عِبارة އަކީ السَّامُ عَلَيْكَ އެވެ. އޭގެ މުރާދަކީ އެކަލޭގެފާނު މަރުވުމަށް އެމީހުން دُعاء ކުރުމެވެ. = فَتْحُ الْقَدِير =. ﷲ سُبْحانَهُ وَتَعالَى، مُؤْمِن ންނަށް އެކަންކަން އަންގަވައި، އެ مُنافِق ންނާއި، يَهُودِي ންގެ خَبَر ތައް بَيان ކުރެއްވީއެވެ. އެމީހުން مُؤْمِن ންނަށް ނުބައިހީކުރުވުމަށްނުބައި ސިއްރު ވާހަކަ ދައްކާން ތިންމީހުން ތިއްބަސް ހަތަރުވަނަޔަށް އެކަލާނގެވޮޑިގެން ވާނޭ ކަމާއި، ކިތަންމެ މަދު ބަޔަކު ތިއްބަސް، އަދި ކިތަންމެ ގިނަ ބަޔަކު ތިއްބަސް، އަދި ކޮންމެ ތާކު ތިބެގެން ވާހަކަދެއްކިޔަސް، ﷲ އެކަން ދެނެވޮޑިގެންވާނޭކަން އަންގަވައި بَيان ކުރެއްވީއެވެ. އަދި އިސްވެ ދިޔަފަދަ ނުބައި عَمَل ތައް ކުރާ މީހުންގެ ޖާގަޔަކީ قِيامَة ދުވަހުން ނަރަކަ ކަމާއި، އެމީހުންނަށް އެތަން ފުދޭވަރު ވާނޭކަންވެސް އެންގެވީއެވެ. މި ވާހަކަތައް ދިގުކޮށް تَفْصِيل ކޮށް تَفْسِير ފޮތްތަކުގައި ލިޔެވިގެން ވެއެވެ. އެހެންވެ، އެ ވާހަކަތައް ހަނދާންކޮށްލީއެވެ. 9. (9) އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން نَجْوَى ކުރަންޏާ ފާފަވެރި ވެވޭފަދަ އަދި عَداوَة ތެރި ވެވޭފަދައިން نَجْوَى ނުކުރާށެވެ. އެބާވަތުގެ ވާހަކަ ނުދައްކާށެވެ. އަދި رَسُول އަށް އުރެދެވޭފަދަ نَجْوَى ނުކުރާށެވެ. އަދި އެހެނެއް ކަމަކު ތިޔަބައިމީހުން نَجْوَى ކުރަންޏާވެސް ހެޔޮކަންތަކާއި، تَقْوَى ވެރިވެވޭ ކަންކަމުގައި نَجْوَى ކުރާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް تَقْوَى ވެރި ވާށެވެ. އެކަލާނގެއީ އެކަލާނގެ حَضْرَة އަށް ތިޔަބައިމީހުން مَحْشَر ކުރެވޭނޭ ކަލާނގެއެވެ. 10. (10) ހަމަކަށަވަރުން ފާފަވެރި ވެވޭ، އަދި عَدَاوَة ތެރި ވެވޭ نَجْوَى އަކީ ސައިތާނުގެ ފަރާތުން ވާ ކަމެކެވެ. އޭނާގެ ރޭވުމެކެވެ. އެއީ إِيْمَان ވެގެން ވާ މީސްތަކުންނަށް ހިތާމަވެރިކަން ޖެއްސުމަށް ޓަކައި ކުރާ ކަމެކެވެ. އެކަމަކު ﷲ ގެ އިޒުނަފުޅާ ލައިގެން މެނުވީ އެކަމުން އެމީހުންނަށް، އެބަހީ مُؤْمِن ންނަށް އެއްވެސް ގެއްލުމެއް ދެވޭނޭ ކަމުގައި ނުވެއެވެ. އަދި مُؤْمِن ން ހަމައެކަނި ﷲ އަށް وَكِيل ކޮށް، ބަރޯސާ ކުރާހުށި ކަމެވެ. އިތުބާރު ކުރާހުށި ކަމެވެ. 11. (11) އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. مَجْلِس ތަކުގައި (އެހެން މީހުން އިށީންނާން) "ކަލޭމެން ތަނަވަސްކޮށްލާށޭ" ކަލޭމެންނަށް ބުނެވިއްޖެއްޔާ ފަހެ ކަލޭމެން މަޖްލިސް ތަނަވަސްކޮށްލާށެވެ. އެއިރުން ﷲ ކަލޭމެންނަށް ތަނަވަސް ކޮށްދެއްވާނެއެވެ. އަދި "ކަލޭމެން ތެދުވާށޭ" ކަލޭމެންނަށް ބުނެވިއްޖެއްޔާ ދެން ކަލޭމެން ތެދުވާށެވެ. ފަހެ ﷲ ކަލޭމެންކުރެ إِيْمَان ވީ މީހުންނާއި، އަދި عِلْم އުނގެނުނު މީހުން މަތިވެރި އެތައް ދަރަޖަތަކަކަށް އުފުއްލަވާނެއެވެ. އަދި ކަލޭމެން ކުރާހައި ކަމެއްގެ خَبَر ﷲ ދެނެވޮޑިގެން ވެއެވެ. (قِيامَة ދުވަހުން އެ ކަންކަމުގެ [ޖަޒާ] ﷲ ކަލޭމެންނަށް ދެއްވާނެތެވެ.) • ނޯޓް: މި އާޔަތުން އިޝާރާތްވެގެން މިވަނީ رَسُولُ اللَّهِ ﷺ ގެ أصْحاب ންގެ މެދުގައި ދިމާވި مَسْأَلَة އަކަށެވެ. އެ ވާހަކައިގެ خُلاصَة އަކީ: بَدْر ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި أصْحاب ންނަށް رَسُولُ اللَّهِ ﷺ އިތުރު ސަމާލުކަމެއް ބަހައްޓަވާ ކަމުގައި ވިއެވެ. އެއްދުވަހަކު رَسُولُ اللَّهِ ﷺ އާއި، ބައެއް أصْحاب ން مَجْلِس ގައި ތިއްބަވަނިކޮށް بَدْر ހަނގުރާމައަށް ވަޑައިގެންނެވި ބޭކަލުންކުރެ ބައެއް ބޭކަލުން ވަޑައިގެން رَسُولُ اللَّهِ ﷺ އާ ސަލާންކުރައްވައި، ދެންވެސް ތިއްބެވި ބޭކަލުންނަށް سَلام ކުރެއްވުމަށްފަހު އެކަލޭގެފާނާ ދިމާވާ ގޮތަށް ކޮޅަށް ތިއްބެވިއެވެ. އެއީ އިށީނދެވަޑައިގަންނަވާނޭ ތަންކޮޅެއް ނެތިގެންނެވެ. އެ ބޭކަލުން އެހެން ތިއްބެވީތީ އެކަން އެކަލޭގެފާނަށް ބޮޑުފުޅުވެގެން އެބޭކަލުންނަށް ތަން ދެއްވާން ވެގެން ކުރީން އިށީނދެވަޑައިގެން ތިއްބެވި ބޭކަލުން ކުރެ ބައެއް ބޭކަލުން ތެދުވެވަޑައިގެންނެވުމަށް ވިދާޅުވި ކަމުގައި ވިއެވެ. އެއީ ބަދުރުގެ ބޭކަލުންނަށް މާތްކޮށް ހިއްތެވުމަށް ޓަކައެވެ. މިކަމާ ގުޅިގެން މި އާޔަތް ބާވައިލެއްވީ ކަމުގައި ވިއެވެ. = فتح القدير - ابن كثير = 12. (12) އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން رَسُولُ اللَّهِ ﷺ އާ ސިއްރު ވާހަކައެއް ދައްކާން قَصْد ކުރަންޏާ އެ ވާހަކައެއް ދައްކާން ފެށުމުގެ ކުރީން صَدَقاة އެއް ކުރާށެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮވެފައި طاهر ކަން ބޮޑެވެ. ދެންފަހެ ތިޔަބައިމީހުންނަށް صَدَقاة ކުރާނޭ މިންވަރެއް ނުލިބިއްޖެނަމަވެސް ކުށެއް ނެތެވެ. އެހެނީ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. 13. (13) ތިޔަބައިމީހުން އެފަދަ ވާހަކައެއް ދެއްކުމުގެ ކުރީން صَدَقاة ދީގެން فَقِير ވެދާނޭ ކަމަށް ބިރުވެތިވަނީ ހެއްޔެވެ؟ ފަހެ އެފަދަ صَدَقاة އެއް ތިޔަބައިމީހުންނަށް ނުދެވިއްޖެއްޔާ / (ނުލިބިއްޖެ) ހިނދުން، ތިޔަބައިމީހުންނަށް ﷲ تَوْبَة ލައްވައިފިއެވެ. ދެންފަހެ ތިޔަބައިމީހުން ނަމާދު قائِم ކޮށް، ޒަކާތް ދޭށެވެ. އަދި ﷲ އަށާއި، އަދި އެކަލާނގެ رَسُول އާ އަށް ކިޔަމަންތެރި ވާށެވެ. ﷲ އީ ތިޔަބައިމީހުން ކުރާހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެ ކަންކަމުގެ خَبَر قِيامَة ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާނެއެވެ. • ނޯޓް: ابن عَبَّاس ގެ އަރިހުން ابن المُنْذِر އާއި، ابن أبِى حاتِم އާއި، ابن مَوْدُوَيه ރިވާކުރައްވައި، ނެރުއްވާފައި ވެއެވެ. مُسْلِمންގެ ބައެއް މީހުން رَسُولُ اللَّهِ ﷺ އާ އެކި ބާވަތުގެ ސުވާލުތައް ކުރުން ގިނަކުރުމުން ﷲ تَعالَى އެކަން އެކަލޭގެފާނަށް ލުއިކުރެއްވުމަށް އިރާދަކުރައްވައި، އިސްވެދިޔަ ދެ އާޔަތް ބާވައިލެއްވިއެވެ. އެޔާ ގުޅިގެން މީސްތަކުން އެކަލޭގެފާނާ ގިނަ ސުވާލުތައް ކުރުން ދޫކޮށްލައްވައިފިއެވެ. އަދި ދާދި އަވަހަށް އެ حُكْم مَنْسُوخ ވެއްޖެއެވެ. = تَفْسِير فتح القدير =

- Abu Bakr Ibrahim Ali (Bakurube)

Endelea Kusoma

Maelezo na Tafakari

Huna maelezo au tafakari yoyote kuhusu aya hii.

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia