Đăng nhập
Đăng nhập
Đăng nhập
Chọn ngôn ngữ
058

Al-Mujadila 58:4 فمن لم يجد فصيام شهرين متتابعين من قبل ان يتماسا فمن لم يستطع فاطعام ستين مسكينا ذالك لتومنوا بالله ورسوله وتلك حدود الله وللكافرين عذاب اليم ٤

58:4
فَمَن
لَّمۡ
يَجِدۡ
فَصِيَامُ
شَهۡرَيۡنِ
مُتَتَابِعَيۡنِ
مِن
قَبۡلِ
أَن
يَتَمَآسَّاۖ
فَمَن
لَّمۡ
يَسۡتَطِعۡ
فَإِطۡعَامُ
سِتِّينَ
مِسۡكِينٗاۚ
ذَٰلِكَ
لِتُؤۡمِنُواْ
بِٱللَّهِ
وَرَسُولِهِۦۚ
وَتِلۡكَ
حُدُودُ
ٱللَّهِۗ
وَلِلۡكَٰفِرِينَ
عَذَابٌ
أَلِيمٌ
٤
(4) ދެންފަހެ އަޅަކު މިނިވަން ކުރާން ނުލިބުނު މީހާ (އަޅަކު ނުލިބިގެން ނަމަވެސް، އަދި އަޅަކު ގަންނަހާ ފައިސާ ތިމާގެ އަތުގައި ނެތިގެން ނަމަވެސް އެކަން ނުކުރެވުނު މީހާއަށް) ދެން އޮތީ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ. އެއީ އެ ދެމަފިރީން جِمَاع ވުމުގެ ކުރީންނެވެ. ދެންފަހެ، ދެމަސްދުވަހު ރޯދަ ހިފުމަށް ކުޅަދާނަ ނުވި މީހަކުނަމަ ދެން އޮތީ ފަސްދޮޅަސް مِسْكِينންނަށް ކާން ދިނުމެވެ. (އެއީ ކޮންމެ مِسْكِين އަކު އެއްފަހަރު ބަނޑު ފުރޭވަރަށް ދިނުމެވެ. މިކަމާ ބެހޭ تَفْصِيل ތައް فِقْه ފޮތްތަކާއި، حَدِيث ފޮތްތަކުގައި بَيان ވެގެން ވެއެވެ.) އިސްވެދިޔަ حُكْم ތަކަކީ ކަލޭމެން ﷲ އަށާއި، އެކަލާނގެ رَسُول އާ އަށް إيْمان ވުމަށް ޓަކައި ﷲ ކަނޑައަޅުއްވާފައިވާ حُكْم ތަކެވެ. އަދި އެއީ ﷲ ކަނޑައަޅުއްވާފައިވާ حَدّ ތަކެވެ. އިންތަކެވެ. އެތަންތަން ފަހަނަޅައި ގޮސްގެން ނުވާނެއެވެ. (އެތަންތަން ފަހަނަޅައި ގޮސް ﷲ ގެ أمر ފުޅުތަކާއި، حُكْم ފުޅުތަކަށް ކިޔަމަންނުވެ إيْمان ނުވެއްޖެ މީހާއީ كافِر އެކެވެ.) އަދި كافِر ންނަށް ހުރީ ވޭންދެނިވި عَذاب އެވެ. • ދަންނައެވެ. އިސްވެދިޔަ އާޔަތްތަކުގައި بَيان ވެގެން އެވަނީ ظِهار ކުރުމުގެ ކުށުގެ ވާހަކަޔާއި، އެކަމުގެ އަދަބުގެ ވާހަކައެވެ. ظِهار ކުރުމަކީ ތިމާގެ އަނބިމީހާއާ ދިމާއަށް (أَنْتِ عَلَيَّ كَظَهْرِ أُمِّي) އެބަހީ "ކަލޭ އަހުރެންގެ މައްޗަށް އަހުރެންގެ މަންމަގެ ބުރިކަށި ފަދައެވެ." މިފަދައިން ބުނުމެވެ. އޭގެ މާނައަކީ "ކަލެއެކޭ އަހުރެންގެ މަންމައެކޭ އެއްފަދައެވެ. މަންމަ ގާތުގައި ރޭކުރުމަކީ حَرام ކަމެއް ކަމުގައި ވީ ފަދައިން ކަލޭގެ ގާތުގައި އަހުރެން ރޭކުރުންވެސް އަހުރެންނަށް حَرام އެވެ." މިއެވެ. އިސްލާމުދީނުގައި މި حُكْم އައުމުގެ ކުރީން މީހަކު ތިމާގެ އަންހެނުންނާ ދިމާއަށް އެފަދައިން ބުނެފިއްޔާ ދެން އެ ދެމީހުން ވަރިވީއެވެ. ދުވަހަކުވެސް ދެން ނުއިނދެވޭނެއެވެ. އެހެން ނަމަވެސް މި އާޔަތްތައް ބާވައިލެއްވުމުން އެކަން ކެންސަލްވީއެވެ. އެ ދެމީހުން ވަރިއެއް ނުވާނެއެވެ. އެ ބުނިބުނުމަށް كَفّارَة ދިނީމާ އަލުންވެސް އަނބިމީހާ ގާތުގައި ރޭކުރުން ހުއްދަވީއެވެ. އެކަމުގެ كَفّارَة އަކީ (1) އަޅަކު މިނިވަން ކުރުން. ނުވަތަ (2) ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުން. ނުވަތަ (3) ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުން. މިއެވެ. މިއިން ކޮންމެވެސް އެއް ކަމެކެވެ. އެމީހަކަށް ކުޅަދާނަވީ އެންމެ މަތީ ކަމެކެވެ.
Tiếp tục đọc

Đọc Tafsir

Ibn Kathir (Abridged)

Az-Zihar and the Atonement for It Imam

Ahmad recorded that Khuwaylah bint Tha`labah said, "By Allah! Allah sent down the beginning of Surat Al-Mujadilah in connection with me and `Aws bin As-Samit. He was my husband and had grown old and difficult. One day, he came to me and I argued with him about s

…

Az-Zihar and the Atonement for It Imam

Ahmad recorded that Khuwaylah bint Tha`labah said, "By Allah! Allah sent down the beginning of Surat Al-Mujadila

…
Thêm các bản Tafsir

Đọc trong ngữ cảnh

Chương 58, Trang 542, Juz 28

1. (1) (އޭ مُحَمَّدُ ﷺ އެވެ!) އެކަނބުލޭގެ ފިރިކަލުންނާއިމެދު ﷲ އަށްޝަކުވާ ދަންނަވާ حَال ކަލޭގެފާނާ ތަކުރާރުކުރައްވައި ބަސްދަންނަވާ ކަމަނާގެ ބަސް ހަމަކަށަވަރުން ﷲ އައްސަވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަ ﷲ އައްސަވައެވެ. ހަމަކަށަވަރުން ﷲ އީ އައްސަވާވޮޑިގަންނަވާ އަދި ބައްލަވާވޮޑިގެންވާ ކަލާނގެއެވެ. 2. (2) ތިޔަބައިމީހުންކުރެ ތިމާމެންގެ އަނބީން ތިމާމެންގެ މަޔެކޭ ހަމަކުރާ މީހުން (ظِهَارُ ކުރާ މީހުން) ދަންނައެވެ. (އެހެން އެމީހުން ބުންޏަކަސް) އެ އަންހެނުން އެއީ އެމީހުންގެ މައިން ކަމުގައި ނުވެއެވެ. އެމީހުންގެ މައިން ކަމުގައިވާކަން ކަށަވަރީ އެމީހުން ވިހެއި އަންހެނުންނެވެ. (حَقِيْقِي މައިންނެވެ.) އަދި ހަމަކަށަވަރުން އެމީހުން އެހެން އެބުނާ ބަހަކީ (ތިމާގެ އަނބިމީހާ ތިމާގެ މަޔެކޭ އެއްފަދައޭ) އެބުނާބަހަކީ ބަހުގެ ތެރެއިން شَرِيْعَة قَبُوْلُ ނުކުރާ ހަޑި مُنْكَرُ ބަހެކެވެ. އަދި އެއީ ހަމަ ބޮޑު ދޮގެކެވެ. އަދި ހަމަކަށަވަރުން ﷲ އީ ކަނޑައެޅިގެން ގިނަގިނައިން عَفُوْء ކުރައްވާ އަދި ފާފަ ފުއްސެވުން ބޮޑުވެގެންވާ ކަލާނގެއެވެ. • ދަންނައެވެ. މިއާޔަތްތައް ބާވައިލެއްވުމުގެ ސަބަބެއް ކަމުގައި تَفْسِيْر عِلْم ވެރިން ލިޔުއްވާފައިވެއެވެ. އޭގެ خُلَاصَة އަކީ: أَوْسُ بْنُ الصَّامِتُ، އެކަލޭގެފާނުގެ އަނބިކަނބަލުން خَوْلَةُ بِنْتِ ثَعْلَبَة މަޔެކޭ ހަމަކުރެއްވިއެވެ. މިސޫރަތުގައި ބަޔާންވެގެންމިވާ ظِهَارُ ގެ حُكُم އެބަހީ މަޔެކޭ ހަމަކުރުމުގެ حُكُم ބާވައިލެއްވުމުގެ ކުރިން މީހަކު ތިމާގެ އަނބިމީހާ މަޔެކޭ ހަމަކޮށްފީމޭ ބުނެފިއްޔާ ދެމީހުން ދެން އަބަދަށް ވަރިވީއެވެ. މިހެންވެ އެކަމަނާ ކަންބޮޑުވެގެން رَسُوْلُ اللَّهِ ﷺ ގެ އަރިހަށްގޮސް އެވާހަކަ ދެންނެވުމުން އެކަލޭގެފާނު حَدِيْث ކުރެއްވީ އެކަމާ ބެހޭ حُكُم އެއް ނެތްކަމަށެވެ. އަލުންވެސް އެކަމަނާ އެކަމަނާގެ حَال ގެ ވާހަކަ بَيَان ކޮށް ވާހަކަ تَكْرَار ކުރައްވައެވެ. އެކި ފަހަރު އެކި عِبَارَة ންނެވެ. އެކަމަނާގެ މައްސަލައާއި ގުޅިގެން މި ދެއާޔަތާއި އަދި މީގެފަހުގައިވާ ދެ އާޔަތް ބާވައިލެއްވީއެވެ. ظِهَارُ ކުރުމުގެ އެންމެހާ حُكُم ބާވައިލެއްވީއެވެ. 3. (3) އަދި ތިމާމެންގެ އަނބިން ތިމާމެންގެ މައިންނެކޭ އެއްފަދަކުރާ މީހުން ދެން އެމީހުން އެބުނި ބުނުން އަނބުރާ ގެނަސް އެމީހުންގެ އަނބީންނާއި جِمَاع ވުމަށް قَصْدُ ކުރާނަމަ އެދެމީހުން جِمَاع ވުމުގެ ކުރިން އަޅަކު މިނިވަންކުރުން ހުއްޓެވެ. (އެއީ އޭނާ އެބުނި ނުބައި ދޮގު ބަހުގެ އަދަބަކަށެވެ. އެކަމުގެ كَفَّارَة އަކަށެވެ.) ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަނީ އެފަދައިންނެވެ. އަދި ﷲ އީ ކަލޭމެން ކުރާހާ ކަމެއްގެ خَبَر ދެނެވޮޑިގެންވާ ކަލާނގެއެވެ. 4. (4) ދެންފަހެ އަޅަކު މިނިވަން ކުރާން ނުލިބުނު މީހާ (އަޅަކު ނުލިބިގެން ނަމަވެސް، އަދި އަޅަކު ގަންނަހާ ފައިސާ ތިމާގެ އަތުގައި ނެތިގެން ނަމަވެސް އެކަން ނުކުރެވުނު މީހާއަށް) ދެން އޮތީ ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ. އެއީ އެ ދެމަފިރީން جِمَاع ވުމުގެ ކުރީންނެވެ. ދެންފަހެ، ދެމަސްދުވަހު ރޯދަ ހިފުމަށް ކުޅަދާނަ ނުވި މީހަކުނަމަ ދެން އޮތީ ފަސްދޮޅަސް مِسْكِينންނަށް ކާން ދިނުމެވެ. (އެއީ ކޮންމެ مِسْكِين އަކު އެއްފަހަރު ބަނޑު ފުރޭވަރަށް ދިނުމެވެ. މިކަމާ ބެހޭ تَفْصِيل ތައް فِقْه ފޮތްތަކާއި، حَدِيث ފޮތްތަކުގައި بَيان ވެގެން ވެއެވެ.) އިސްވެދިޔަ حُكْم ތަކަކީ ކަލޭމެން ﷲ އަށާއި، އެކަލާނގެ رَسُول އާ އަށް إيْمان ވުމަށް ޓަކައި ﷲ ކަނޑައަޅުއްވާފައިވާ حُكْم ތަކެވެ. އަދި އެއީ ﷲ ކަނޑައަޅުއްވާފައިވާ حَدّ ތަކެވެ. އިންތަކެވެ. އެތަންތަން ފަހަނަޅައި ގޮސްގެން ނުވާނެއެވެ. (އެތަންތަން ފަހަނަޅައި ގޮސް ﷲ ގެ أمر ފުޅުތަކާއި، حُكْم ފުޅުތަކަށް ކިޔަމަންނުވެ إيْمان ނުވެއްޖެ މީހާއީ كافِر އެކެވެ.) އަދި كافِر ންނަށް ހުރީ ވޭންދެނިވި عَذاب އެވެ. • ދަންނައެވެ. އިސްވެދިޔަ އާޔަތްތަކުގައި بَيان ވެގެން އެވަނީ ظِهار ކުރުމުގެ ކުށުގެ ވާހަކަޔާއި، އެކަމުގެ އަދަބުގެ ވާހަކައެވެ. ظِهار ކުރުމަކީ ތިމާގެ އަނބިމީހާއާ ދިމާއަށް (أَنْتِ عَلَيَّ كَظَهْرِ أُمِّي) އެބަހީ "ކަލޭ އަހުރެންގެ މައްޗަށް އަހުރެންގެ މަންމަގެ ބުރިކަށި ފަދައެވެ." މިފަދައިން ބުނުމެވެ. އޭގެ މާނައަކީ "ކަލެއެކޭ އަހުރެންގެ މަންމައެކޭ އެއްފަދައެވެ. މަންމަ ގާތުގައި ރޭކުރުމަކީ حَرام ކަމެއް ކަމުގައި ވީ ފަދައިން ކަލޭގެ ގާތުގައި އަހުރެން ރޭކުރުންވެސް އަހުރެންނަށް حَرام އެވެ." މިއެވެ. އިސްލާމުދީނުގައި މި حُكْم އައުމުގެ ކުރީން މީހަކު ތިމާގެ އަންހެނުންނާ ދިމާއަށް އެފަދައިން ބުނެފިއްޔާ ދެން އެ ދެމީހުން ވަރިވީއެވެ. ދުވަހަކުވެސް ދެން ނުއިނދެވޭނެއެވެ. އެހެން ނަމަވެސް މި އާޔަތްތައް ބާވައިލެއްވުމުން އެކަން ކެންސަލްވީއެވެ. އެ ދެމީހުން ވަރިއެއް ނުވާނެއެވެ. އެ ބުނިބުނުމަށް كَفّارَة ދިނީމާ އަލުންވެސް އަނބިމީހާ ގާތުގައި ރޭކުރުން ހުއްދަވީއެވެ. އެކަމުގެ كَفّارَة އަކީ (1) އަޅަކު މިނިވަން ކުރުން. ނުވަތަ (2) ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުން. ނުވަތަ (3) ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުން. މިއެވެ. މިއިން ކޮންމެވެސް އެއް ކަމެކެވެ. އެމީހަކަށް ކުޅަދާނަވީ އެންމެ މަތީ ކަމެކެވެ.

- Abu Bakr Ibrahim Ali (Bakurube)

Ghi chú và suy ngẫm

Bạn không có bất kỳ ghi chú hay suy nghĩ nào về câu thơ này.

Notes placeholders

Hãy luôn kết nối với Kinh Qur'an ❤️

Những lời nhắc nhở ngắn gọn, ý nghĩa giúp bạn thiết lập lại trạng thái tinh thần, suy ngẫm và duy trì kết nối với Kinh Qur'

Đọc, Lắng nghe, Tra cứu và Suy ngẫm về Kinh Qur'an

Quran.com là nền tảng đáng tin cậy, được hàng triệu người dùng trên thế giới để đọc, tra cứu, lắng nghe và suy ngẫm Kinh Qur'an bằng nhiều ngôn ngữ, với bản dịch, tafsir, tụng đọc, dịch từng từ và các công cụ học sâu, giúp ai cũng có thể tiếp cận Kinh Qur'an.

Là một Sadaqah Jariyah, Quran.com tận tâm giúp mọi người gắn bó sâu sắc hơn với Kinh Qur'an. Được hậu thuẫn bởi tổ chức phi lợi nhuận 501(c)(3) Quran.Foundation, Quran.com không ngừng phát triển như một nguồn tài nguyên miễn phí và hữu ích cho tất cả, Alhamdulillah.

Điều hướng
Trang chủ
Đài Qur'an
Người đọc kinh
Về chúng tôi
Các nhà phát triển
Cập nhật sản phẩm
Phản hồi
Trợ giúp
Quyên góp
Dự án của chúng tôi
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Dự án phi lợi nhuận do Quran.Foundation sở hữu, quản lý hoặc tài trợ
Liên kết phổ biến
Những lời cầu nguyện từ kinh Quran
Câu Kinh Qur'an của ngày hôm nay
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Sơ đồ trang webQuyền riêng tưĐiều khoản và điều kiện
© 2026 Quran.com. Bản quyền đã được bảo lưu.
Đóng góp