Sign in
Sign in
Sign in
Select Language
058

Al-Mujadila 58:13 ااشفقتم ان تقدموا بين يدي نجواكم صدقات فاذ لم تفعلوا وتاب الله عليكم فاقيموا الصلاة واتوا الزكاة واطيعوا الله ورسوله والله خبير بما تعملون ١٣

58:13
ءَأَشۡفَقۡتُمۡ
أَن
تُقَدِّمُواْ
بَيۡنَ
يَدَيۡ
نَجۡوَىٰكُمۡ
صَدَقَٰتٖۚ
فَإِذۡ
لَمۡ
تَفۡعَلُواْ
وَتَابَ
ٱللَّهُ
عَلَيۡكُمۡ
فَأَقِيمُواْ
ٱلصَّلَوٰةَ
وَءَاتُواْ
ٱلزَّكَوٰةَ
وَأَطِيعُواْ
ٱللَّهَ
وَرَسُولَهُۥۚ
وَٱللَّهُ
خَبِيرُۢ
بِمَا
تَعۡمَلُونَ
١٣
(13) ތިޔަބައިމީހުން އެފަދަ ވާހަކައެއް ދެއްކުމުގެ ކުރީން صَدَقاة ދީގެން فَقِير ވެދާނޭ ކަމަށް ބިރުވެތިވަނީ ހެއްޔެވެ؟ ފަހެ އެފަދަ صَدَقاة އެއް ތިޔަބައިމީހުންނަށް ނުދެވިއްޖެއްޔާ / (ނުލިބިއްޖެ) ހިނދުން، ތިޔަބައިމީހުންނަށް ﷲ تَوْبَة ލައްވައިފިއެވެ. ދެންފަހެ ތިޔަބައިމީހުން ނަމާދު قائِم ކޮށް، ޒަކާތް ދޭށެވެ. އަދި ﷲ އަށާއި، އަދި އެކަލާނގެ رَسُول އާ އަށް ކިޔަމަންތެރި ވާށެވެ. ﷲ އީ ތިޔަބައިމީހުން ކުރާހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެ ކަންކަމުގެ خَبَر قِيامَة ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާނެއެވެ. • ނޯޓް: ابن عَبَّاس ގެ އަރިހުން ابن المُنْذِر އާއި، ابن أبِى حاتِم އާއި، ابن مَوْدُوَيه ރިވާކުރައްވައި، ނެރުއްވާފައި ވެއެވެ. مُسْلِمންގެ ބައެއް މީހުން رَسُولُ اللَّهِ ﷺ އާ އެކި ބާވަތުގެ ސުވާލުތައް ކުރުން ގިނަކުރުމުން ﷲ تَعالَى އެކަން އެކަލޭގެފާނަށް ލުއިކުރެއްވުމަށް އިރާދަކުރައްވައި، އިސްވެދިޔަ ދެ އާޔަތް ބާވައިލެއްވިއެވެ. އެޔާ ގުޅިގެން މީސްތަކުން އެކަލޭގެފާނާ ގިނަ ސުވާލުތައް ކުރުން ދޫކޮށްލައްވައިފިއެވެ. އަދި ދާދި އަވަހަށް އެ حُكْم مَنْسُوخ ވެއްޖެއެވެ. = تَفْسِير فتح القدير =
Continue Reading

Read Tafsir

Ibn Kathir (Abridged)

The Order to give Charity before One speaks to the Prophet in private

Allah commanded His believing servants, when any of them wanted to speak with Allah's Messenger ﷺ in secret, to give away charity beforehand so that his charity cleanses and purifies him and makes him worthy of having a private cou

…

The Order to give Charity before One speaks to the Prophet in private

Allah commanded His believing servants, when any of them wanted to speak with All

…
More Tafsirs

Read in Context

Chapter 58, Page 544, Juz 28

5. (5) ﷲ އަށް ނުކިޔަމަންތެރިވެ، ﷲ އާއި، އެކަލާނގެ رَسُول އާއި خِلاف ވެ، ދެކޮޅުހަދައި، ﷲ ގެ حَدّ ތަކުން ބޭރުވެގަންނަ މީހުން ދަންނައެވެ. އިސްވެދިޔަ އެފަދަ މީހުންވެސް ދެރަކުރެވި، ނިކަމެތިކުރެވުނު ފަދައިން އެމީހުންވެސް ދެރަކުރެވި، ނިކަމެތި ކުރެވިއްޖެއެވެ. (ކޮންމެ ތާކު، އަދި ކޮންމެ ޒަމާނެއްގައިވެސް ﷲ އެފަދަ މީހުން ދެރަކުރައްވައި، ނިކަމެތިކުރައްވާނެއެވެ.) އަދި ހަމަކަށަވަރުން ބަޔާންވެގެންވާ آيَة ތައް ތިމަން ރަސްކަލާނގެ ބާވައިލެއްވީމެވެ. އެބަހީ ތިމަން ރަސްކަލާނގެއާ އިދިކޮޅުވާ މީހުންނަށް (އިސްވެދިޔަ أُمّة ތަކުގައިވެސް) ޢިބުރަތަކަށް ފުދޭވަރުގެ آيَة ތައް ބާވައިލެއްވީމެވެ. އަދި ކާފަރުވީ މީހުންނަށް ހުންނަހުށީ ހަމަ ވޭންދެނިވި، އިހާނެތިވެގެންވާ عَذاب އެވެ. 6. (6) އެމީހުންނަށް އެފަދަ إهانَة ތެރި عَذاب ހުންނަހުށީ އެންމެހައި މީސްތަކުން އަލުން ދިރިގެން مَحْشَر އަށް ފޮނުވޭ ދުވަހުންނެވެ. އަދި ދުނިޔޭގައި އެބައިމީހުން ކޮށްފައިވާ އެންމެހައި عَمَل ތަކުގެ خَبَر، ﷲ އެމީހުންނަށް އަންގަވާނެއެވެ. ﷲ އެ ހުރިހައި عَمَل އެއް އެއްވެސް އުނިއިތުރެއް ނުކުރައްވައި ހިމަނުއްވައި، ބަރާބަރު ކުރައްވާފައި ވެއެވެ. އަދި އެމީހުން ވަނީ އެ عَمَل ތަކުގެ މަތީން ހަނދާން ނައްތާލައިފައެވެ. އަދި اللَّهއީ ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގަންނަވާ ކަލާނގެއެވެ. 7. (7) (އޭ رَسُولُ اللَّهِ އެވެ!) ﷲ تَعالَى އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ދެނެވޮޑިގެންވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާ ތޯއެވެ؟ ތިން މީހަކު ތިބެގެން نَجْوَى އެއް ކުރާނަމަ (އެބަހީ ތިން މީހަކު ތިބެގެން ސިއްރު ވާހަކައެއް ދައްކާނަމަ) އެމީހުންގެ ހަތަރުވަނަ މީހަކަށް ﷲ ވޮޑިގެންވެއެވެ. (އެއީ އެކަލާނގެ ދެނެވޮޑިގަތުމާއި، قُدْرَة ތެރިވަންތަ ކަމުގެ ގޮތުންނެވެ. އެބަހީ ހަތަރުވަނައަށް އެކަލާނގެ ދެނެވޮޑިގަތުމާއި، قُدْرَة ތެރިވަންތަ ކަމުގެ ގޮތުން އެކަލާނގެ ވޮޑިގެން ވާނެއެވެ.) އަދި ފަސް މީހުން نَجْوَى އެއް ކުރަންޏާ، ހަވަނައަށް އެކަލާނގެ ވޮޑިގެން ވެއެވެ. އަދި ކިތަންމެ މަދު ބަޔަކު نَجْوَى ކުރިޔަސް، އަދި ކިތަންމެ ގިނަ ބަޔަކު نَجْوَى ކުރިޔަސް، އަދި ކޮންމެ ތާކު ކުރިޔަސް، އެތަނެއްގައި އެ ބައެއްގެ ތެރޭގައި (ދެނެވޮޑިގަތުމާއި، قُدْرَة ތެރިކަމުގެ ގޮތުން) އެކަލާނގެ ވޮޑިގެން ވާނެއެވެ. ދެން އެމީހުން އެކުރި ހުރިހައި ކަމެއްގެ، އަދި ދެއްކި ވާހަކައެއްގެ خَبَر قِيامَة ދުވަހުން އެކަލާނގެ ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ تَعالَىއީ ހުރިހައި ކަމެއް ދެނެވޮޑިގެންވާކަލާނގެއެވެ. 8. (8) نَجْوَى ކުރުން އެބަޔަކަށް ނަހީ ކުރެވުނުމަށްފަހު ދެން އަލުންވެސް އެކަމަށް އެމީހުން رُجُوع ވެ، نَجْوَى ކުރަމުންދާ މީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުން نَجْوَى ކުރަމުން އެ ދަނީ ފާފަވެރި ވެވޭ، އަދި عَداوَة ތެރި ވެވޭނޭ ގޮތުންނެވެ. އަދި رَسُولُ اللَّهِ ﷺ އާއި އުރެދުމުގައެވެ. އަދި ކަލޭގެފާނުގެ އަރިހަށް އެމީހުން އަތުވެއްޖެއްޔާ އެމީހުން ކަލޭގެފާނާ އެ ސަލާންކުރަނީ ﷲ ކަލޭގެފާނަށް ސަލާންކުރައްވާފައި ނުވާ ފަދައަކުންނެވެ. އަދި އެފަދައިން ކަންކޮށްފައި، އެމީހުން އަމިއްލަ-އަމިއްލައަށް ބުނެއެވެ. "އަހުރެމެން މި ކުރި ކަންތަކަށް، އަހުރެމެން މި ބުނި ބަހަށް، ﷲ އަހުރެމެންނަށް އަނެއްކާ عَذاب ނުދެއްވާނޭ ބާވައެވެ؟ عَذاب ދެއްވާފާނޭ ކަންވެސްނޭނގެއެވެ." އެމީހުންގެ އެ ނުބައިކަމަށް ނަރަކަ ފުދެއެވެ. قِيامَة ދުވަހުން އެމީހުން އެތާ އަނދާނެއެވެ. އެއީ ގޮސްތިބުން ވަރަށްވެސް ނުބައިވެގެންވާ ތަނެކެވެ. [• ދަންނައެވެ.] މި ދެއާޔަތުގައި ސިފަވެގެން މިދަނީ رَسُولُ اللَّهِ ގެ ޒަމާނުގައި يَهُودِي ންގެ ބަޔަކު ކަންތައް ކުރި ގޮތެއްގެ ވާހަކަ އަކާއި، އެބައިމީހުންގެ آخِر ނަތީޖާގެ ވާހަކައެވެ. (الْواحِدِي ވިދާޅުވިއެވެ.) تَفْسِير عِلْم ވެރީން ވިދާޅުވިއެވެ. مُنافِق ންގެ މީހުންނާއި، يَهُودِي ންނާ ދެބައިމީހުން އެއްވެ ތިބެގެން ސިއްރު ވާހަކަ ދައްކާ ކަމުގައި ވިއެވެ. އެމީހުން مُؤْمِن ންގެ މީހުންނަށް ހީކުރުވަނީ مُؤْمِن ންގެ ނުބަޔަށް ސިއްރު ވާހަކަ ދައްކާ ކަމަށެވެ. ދެން އޭގެ ސަބަބުން مُؤْمِن ންގެ މީހުންނަށް ވަރަށް ހިތާމަވެރިކަން އާދެއެވެ. އެޒަމާނަކީ ހަނގުރާމައިގެ ވަގުތެވެ. އަދި مُؤْمِن ންނާއި، يَهُودِي ންނާ ދެމެދު صُلْح ގެ مُعاهَدَة އެއް ވެސް ވެފައިވާ ވަގުތެވެ. ދެންފަހެ، މި يَهُودِي ންގެ މި عَمَل ގިނަވެގެން، مُؤْمِن ން، رَسُولُ اللَّهِ ﷺ އަށް އެކަމުގެ شَكْوَى ދަންނަވައި ހަދައިފިއެވެ. އެހެންވެ رَسُولُ اللَّهِ ﷺ، يَهُودِي ންނަށް އެކަން މަނާކުރައްވައި، ނަހީކުރައްވައިފިއެވެ. އެހެން ނަމަވެސް އެމީހުން އެކަމުން މަނާވެ، ދުރުނުވިއެވެ. އިސްވެދިޔަ ދެ آيَة ގައި އެ އިޝާރަތް ކުރައްވާ އެއްކަމަކީ އެއީއެވެ. = فَتْحُ الْقَدِير =. އަނެއް ވާހަކަޔަކީ يَهُودِي ންގެ މީހުން رَسُولُ اللَّهِ ﷺ ގެ އަރިހަށް އައިސް އެކަލޭގެފާނަށް ނުބައި عِبارة ން سَلام ކުރާ ވާހަކައެވެ. سَلام ކުރުމަށް އެމީހުން ބޭނުންކުރާ عِبارة އަކީ السَّامُ عَلَيْكَ އެވެ. އޭގެ މުރާދަކީ އެކަލޭގެފާނު މަރުވުމަށް އެމީހުން دُعاء ކުރުމެވެ. = فَتْحُ الْقَدِير =. ﷲ سُبْحانَهُ وَتَعالَى، مُؤْمِن ންނަށް އެކަންކަން އަންގަވައި، އެ مُنافِق ންނާއި، يَهُودِي ންގެ خَبَر ތައް بَيان ކުރެއްވީއެވެ. އެމީހުން مُؤْمِن ންނަށް ނުބައިހީކުރުވުމަށްނުބައި ސިއްރު ވާހަކަ ދައްކާން ތިންމީހުން ތިއްބަސް ހަތަރުވަނަޔަށް އެކަލާނގެވޮޑިގެން ވާނޭ ކަމާއި، ކިތަންމެ މަދު ބަޔަކު ތިއްބަސް، އަދި ކިތަންމެ ގިނަ ބަޔަކު ތިއްބަސް، އަދި ކޮންމެ ތާކު ތިބެގެން ވާހަކަދެއްކިޔަސް، ﷲ އެކަން ދެނެވޮޑިގެންވާނޭކަން އަންގަވައި بَيان ކުރެއްވީއެވެ. އަދި އިސްވެ ދިޔަފަދަ ނުބައި عَمَل ތައް ކުރާ މީހުންގެ ޖާގަޔަކީ قِيامَة ދުވަހުން ނަރަކަ ކަމާއި، އެމީހުންނަށް އެތަން ފުދޭވަރު ވާނޭކަންވެސް އެންގެވީއެވެ. މި ވާހަކަތައް ދިގުކޮށް تَفْصِيل ކޮށް تَفْسِير ފޮތްތަކުގައި ލިޔެވިގެން ވެއެވެ. އެހެންވެ، އެ ވާހަކަތައް ހަނދާންކޮށްލީއެވެ. 9. (9) އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން نَجْوَى ކުރަންޏާ ފާފަވެރި ވެވޭފަދަ އަދި عَداوَة ތެރި ވެވޭފަދައިން نَجْوَى ނުކުރާށެވެ. އެބާވަތުގެ ވާހަކަ ނުދައްކާށެވެ. އަދި رَسُول އަށް އުރެދެވޭފަދަ نَجْوَى ނުކުރާށެވެ. އަދި އެހެނެއް ކަމަކު ތިޔަބައިމީހުން نَجْوَى ކުރަންޏާވެސް ހެޔޮކަންތަކާއި، تَقْوَى ވެރިވެވޭ ކަންކަމުގައި نَجْوَى ކުރާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް تَقْوَى ވެރި ވާށެވެ. އެކަލާނގެއީ އެކަލާނގެ حَضْرَة އަށް ތިޔަބައިމީހުން مَحْشَر ކުރެވޭނޭ ކަލާނގެއެވެ. 10. (10) ހަމަކަށަވަރުން ފާފަވެރި ވެވޭ، އަދި عَدَاوَة ތެރި ވެވޭ نَجْوَى އަކީ ސައިތާނުގެ ފަރާތުން ވާ ކަމެކެވެ. އޭނާގެ ރޭވުމެކެވެ. އެއީ إِيْمَان ވެގެން ވާ މީސްތަކުންނަށް ހިތާމަވެރިކަން ޖެއްސުމަށް ޓަކައި ކުރާ ކަމެކެވެ. އެކަމަކު ﷲ ގެ އިޒުނަފުޅާ ލައިގެން މެނުވީ އެކަމުން އެމީހުންނަށް، އެބަހީ مُؤْمِن ންނަށް އެއްވެސް ގެއްލުމެއް ދެވޭނޭ ކަމުގައި ނުވެއެވެ. އަދި مُؤْمِن ން ހަމައެކަނި ﷲ އަށް وَكِيل ކޮށް، ބަރޯސާ ކުރާހުށި ކަމެވެ. އިތުބާރު ކުރާހުށި ކަމެވެ. 11. (11) އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. مَجْلِس ތަކުގައި (އެހެން މީހުން އިށީންނާން) "ކަލޭމެން ތަނަވަސްކޮށްލާށޭ" ކަލޭމެންނަށް ބުނެވިއްޖެއްޔާ ފަހެ ކަލޭމެން މަޖްލިސް ތަނަވަސްކޮށްލާށެވެ. އެއިރުން ﷲ ކަލޭމެންނަށް ތަނަވަސް ކޮށްދެއްވާނެއެވެ. އަދި "ކަލޭމެން ތެދުވާށޭ" ކަލޭމެންނަށް ބުނެވިއްޖެއްޔާ ދެން ކަލޭމެން ތެދުވާށެވެ. ފަހެ ﷲ ކަލޭމެންކުރެ إِيْمَان ވީ މީހުންނާއި، އަދި عِلْم އުނގެނުނު މީހުން މަތިވެރި އެތައް ދަރަޖަތަކަކަށް އުފުއްލަވާނެއެވެ. އަދި ކަލޭމެން ކުރާހައި ކަމެއްގެ خَبَر ﷲ ދެނެވޮޑިގެން ވެއެވެ. (قِيامَة ދުވަހުން އެ ކަންކަމުގެ [ޖަޒާ] ﷲ ކަލޭމެންނަށް ދެއްވާނެތެވެ.) • ނޯޓް: މި އާޔަތުން އިޝާރާތްވެގެން މިވަނީ رَسُولُ اللَّهِ ﷺ ގެ أصْحاب ންގެ މެދުގައި ދިމާވި مَسْأَلَة އަކަށެވެ. އެ ވާހަކައިގެ خُلاصَة އަކީ: بَدْر ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި أصْحاب ންނަށް رَسُولُ اللَّهِ ﷺ އިތުރު ސަމާލުކަމެއް ބަހައްޓަވާ ކަމުގައި ވިއެވެ. އެއްދުވަހަކު رَسُولُ اللَّهِ ﷺ އާއި، ބައެއް أصْحاب ން مَجْلِس ގައި ތިއްބަވަނިކޮށް بَدْر ހަނގުރާމައަށް ވަޑައިގެންނެވި ބޭކަލުންކުރެ ބައެއް ބޭކަލުން ވަޑައިގެން رَسُولُ اللَّهِ ﷺ އާ ސަލާންކުރައްވައި، ދެންވެސް ތިއްބެވި ބޭކަލުންނަށް سَلام ކުރެއްވުމަށްފަހު އެކަލޭގެފާނާ ދިމާވާ ގޮތަށް ކޮޅަށް ތިއްބެވިއެވެ. އެއީ އިށީނދެވަޑައިގަންނަވާނޭ ތަންކޮޅެއް ނެތިގެންނެވެ. އެ ބޭކަލުން އެހެން ތިއްބެވީތީ އެކަން އެކަލޭގެފާނަށް ބޮޑުފުޅުވެގެން އެބޭކަލުންނަށް ތަން ދެއްވާން ވެގެން ކުރީން އިށީނދެވަޑައިގެން ތިއްބެވި ބޭކަލުން ކުރެ ބައެއް ބޭކަލުން ތެދުވެވަޑައިގެންނެވުމަށް ވިދާޅުވި ކަމުގައި ވިއެވެ. އެއީ ބަދުރުގެ ބޭކަލުންނަށް މާތްކޮށް ހިއްތެވުމަށް ޓަކައެވެ. މިކަމާ ގުޅިގެން މި އާޔަތް ބާވައިލެއްވީ ކަމުގައި ވިއެވެ. = فتح القدير - ابن كثير = 12. (12) އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން رَسُولُ اللَّهِ ﷺ އާ ސިއްރު ވާހަކައެއް ދައްކާން قَصْد ކުރަންޏާ އެ ވާހަކައެއް ދައްކާން ފެށުމުގެ ކުރީން صَدَقاة އެއް ކުރާށެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮވެފައި طاهر ކަން ބޮޑެވެ. ދެންފަހެ ތިޔަބައިމީހުންނަށް صَدَقاة ކުރާނޭ މިންވަރެއް ނުލިބިއްޖެނަމަވެސް ކުށެއް ނެތެވެ. އެހެނީ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، رَحْمَة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. 13. (13) ތިޔަބައިމީހުން އެފަދަ ވާހަކައެއް ދެއްކުމުގެ ކުރީން صَدَقاة ދީގެން فَقِير ވެދާނޭ ކަމަށް ބިރުވެތިވަނީ ހެއްޔެވެ؟ ފަހެ އެފަދަ صَدَقاة އެއް ތިޔަބައިމީހުންނަށް ނުދެވިއްޖެއްޔާ / (ނުލިބިއްޖެ) ހިނދުން، ތިޔަބައިމީހުންނަށް ﷲ تَوْبَة ލައްވައިފިއެވެ. ދެންފަހެ ތިޔަބައިމީހުން ނަމާދު قائِم ކޮށް، ޒަކާތް ދޭށެވެ. އަދި ﷲ އަށާއި، އަދި އެކަލާނގެ رَسُول އާ އަށް ކިޔަމަންތެރި ވާށެވެ. ﷲ އީ ތިޔަބައިމީހުން ކުރާހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެއެވެ. އެ ކަންކަމުގެ خَبَر قِيامَة ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާނެއެވެ. • ނޯޓް: ابن عَبَّاس ގެ އަރިހުން ابن المُنْذِر އާއި، ابن أبِى حاتِم އާއި، ابن مَوْدُوَيه ރިވާކުރައްވައި، ނެރުއްވާފައި ވެއެވެ. مُسْلِمންގެ ބައެއް މީހުން رَسُولُ اللَّهِ ﷺ އާ އެކި ބާވަތުގެ ސުވާލުތައް ކުރުން ގިނަކުރުމުން ﷲ تَعالَى އެކަން އެކަލޭގެފާނަށް ލުއިކުރެއްވުމަށް އިރާދަކުރައްވައި، އިސްވެދިޔަ ދެ އާޔަތް ބާވައިލެއްވިއެވެ. އެޔާ ގުޅިގެން މީސްތަކުން އެކަލޭގެފާނާ ގިނަ ސުވާލުތައް ކުރުން ދޫކޮށްލައްވައިފިއެވެ. އަދި ދާދި އަވަހަށް އެ حُكْم مَنْسُوخ ވެއްޖެއެވެ. = تَفْسِير فتح القدير =

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute