Aanmelden
Aanmelden
Aanmelden
Taal selecteren

005Al-Ma'idah 5:64 وقالت اليهود يد الله مغلولة غلت ايديهم ولعنوا بما قالوا بل يداه مبسوطتان ينفق كيف يشاء وليزيدن كثيرا منهم ما انزل اليك من ربك طغيانا وكفرا والقينا بينهم العداوة والبغضاء الى يوم القيامة كلما اوقدوا نارا للحرب اطفاها الله ويسعون في الارض فسادا والله لا يحب المفسدين ٦٤

5:64
وَقَالَتِ
ٱلۡيَهُودُ
يَدُ
ٱللَّهِ
مَغۡلُولَةٌۚ
غُلَّتۡ
أَيۡدِيهِمۡ
وَلُعِنُواْ
بِمَا
قَالُواْۘ
بَلۡ
يَدَاهُ
مَبۡسُوطَتَانِ
يُنفِقُ
كَيۡفَ
يَشَآءُۚ
وَلَيَزِيدَنَّ
كَثِيرٗا
مِّنۡهُم
مَّآ
أُنزِلَ
إِلَيۡكَ
مِن
رَّبِّكَ
طُغۡيَٰنٗا
وَكُفۡرٗاۚ
وَأَلۡقَيۡنَا
بَيۡنَهُمُ
ٱلۡعَدَٰوَةَ
وَٱلۡبَغۡضَآءَ
إِلَىٰ
يَوۡمِ
ٱلۡقِيَٰمَةِۚ
كُلَّمَآ
أَوۡقَدُواْ
نَارٗا
لِّلۡحَرۡبِ
أَطۡفَأَهَا
ٱللَّهُۚ
وَيَسۡعَوۡنَ
فِي
ٱلۡأَرۡضِ
فَسَادٗاۚ
وَٱللَّهُ
لَا
يُحِبُّ
ٱلۡمُفۡسِدِينَ
٦٤
(64) އަދި يهودي ން ބުނެއެވެ. ﷲ ގެ އަތްޕުޅުވަނީ ހޭދަނުކުރައްވަންވެގެން ކަސްތަޅު އެޅެވި ބަންދުކުރެވިފައެވެ. (އެބަހުން އެމީހުން مُراد ކުރަނީ ﷲ بَخِيْلُ ކަމުގައެވެ.) އެމީހުންގެ އަތްތައް ކަސްތަޅު އެޅެވިއްޖެއެވެ. (އެބަހުން މުރާދުކުރެވެނީ އެމީހުން بَخِيْلُ ކުރެއްވުމަށް ވާ دعاء އެއްކަމަށެވެ. ނުވަތަ ދުނިޔޭގައި އެމީހުން ހައްޔަރުވެ އެމީހުންގެ އަތްތައް ކަސްތަޅުއެޅޭނެ ވާހަކަޔާ آخرة ދުވަހުން އެމީހުންގެ އަތްތައް عذاب ން ކަސްތަޅުއެޅެވޭނެ ވާހަކައެވެ. والله أعلم.) އަދި ކިއެއްހެއްޔެވެ؟ އެކަލާނގެ އަތްޕުޅުވަނީ (ހޭދަކުރެއްވުމުގެގޮތުން) މުޅިން ފަތުރާލާ ނިއުޅާލާފައެވެ. އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް އެދިވޮޑިގެންނެވިފަދައަކުން އެކަލާނގެ ހޭދަކުރައްވައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވޭތަކެތީގެ ސަބަބުން އެމީހުންކުރެ ގިނަމީހުންނަށް ހަމަކަށަވަރުން އިތުރުވެގެންދަނީ إنْكَارُ ކުރުމުގައި ހައްދުފަހަނަޅައިދިއުމާއި ﷲ ގެ މާތްކަމާއި މަތިވެރިކަމަށް ދެކޮޅުހެދުމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންގެމެދުގައި (އެބަހީ يهودي ންނާއި نصارى އިންގެމެދުގައި) عداوة ތެރިކަމާއި ރުޅިވެރިކަން قيامة ދުވަހަށްދާންދެން ލެއްވީމެވެ. އެމީހުން ހަނގުރާމައިގެ އަލިފާންގަނޑެއް ރޯކޮށްލާ ކޮންމެހިނދެއްގައި ﷲ އެ އަލިފާންގަނޑެއް ނިއްވަވައިލައްވައެވެ. އަދި އެމީހުން ބިންގަނޑު ފަސާދަކުރުމަށް މަސައްކަތްކުރަނީއެވެ. (އެއީ ﷲ ގެ އާޔަތްތަކަށް ކާފަރުވުމާއި އަދި ރަސޫލުބޭކަލުން ދޮގުކުރުމާއި އަދި އެކަލާނގެ أمر އާއި ނަހީއާއި خلاف ވުމެވެ. އެއީ ބިންފަސާދަކުރުމެވެ.) އަދި ފަސާދަކުރާމީހުންނަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ.
Lees verder

Lees Tafsir

Ibn Kathir (Abridged)

The Jews Say That Allah's Hand is Tied up!

Allah states that the Jews, may Allah's continuous curses descend on them until the Day of Resurrection, describe Him as a miser. Allah is far holier than what they attribute to Him. The Jews also claim that Allah is poor, while they are rich. `Ali bin Abi T

…

The Jews Say That Allah's Hand is Tied up!

Allah states that the Jews, may Allah's continuous curses descend on them until the Day of Resurrection, des

…
Meer Tafsirs

Lees in context

Hoofdstuk 5, Pagina 118, Juz 6

61. (61) އަދި އެމީހުން ކަލޭމެން ގާތައް އަތުވެއްޖެއްޔާ ބުނެއެވެ. އަހުރެމެން އީމާންވެއްޖައީމެވެ. އަދި އެމީހުން އެހެންބުނެ (ކަލޭމެންގެގާތަށް) އައިއިރުވެސް އެމީހުންގެ ހިތުގައި ކާފަރުކަން ވަންހަނާވެގެންވެއެވެ. އަދި ހަމަކަށަވަރުން އެމީހުން (ކަލޭމެންގާތުން) ނުކުމެގެންދިޔައީވެސް ކާފަރުކަމުގައެވެ. އަދި އެމީހުންގެ ހިތްތަކުގައި ވަންހަނާކުރާކަމުގައި ވީކަންތައް (އެބަހީ ކާފަރުކަން) ﷲ ދެނެވޮޑިގަތުން ބޮޑެވެ. 62. (62) އަދި އެމީހުންކުރެ ގިނަބަޔަކު (އެބަހީ يهودي ންކުރެ ގިނަމީހުން) ފާފަކުރުމުގައްޔާއި عداوة ތެރިވުމުގައްޔާއި އަދި رشوة ކެއުމުގައި އަވަސްވެގަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. ހަމަކަށަވަރުންވެސް އެމީހުން އެކުރާ ކަންތައްތަކަކީ ނުބައިވެގެންވާ ކަންތައްތަކެއްކަން ކަށަވަރެވެ. 63. (63) އެމީހުންގެ ބޮޑެތި إمام ންނާއި އެމީހުންގެ عَالِمُ ން އެމީހުންގެ އެފާފަވެރި ބަސްބުނުމުންނާއި އަދި އެމީހުންގެ އެ رشوة ކެއުމުން އެމީހުން މަނާ ނުކުރާނަމަ ހަމަކަށަވަރުން އެމީހުން އެކުރަނީ (އެބަހީ އެބޮޑެތި إمام ންނާއި عَالِمُ ން އެކުރަނީ) ނުބައިވެގެންވާ ކަންތައްތައްކަން ކަށަވަރެވެ. 64. (64) އަދި يهودي ން ބުނެއެވެ. ﷲ ގެ އަތްޕުޅުވަނީ ހޭދަނުކުރައްވަންވެގެން ކަސްތަޅު އެޅެވި ބަންދުކުރެވިފައެވެ. (އެބަހުން އެމީހުން مُراد ކުރަނީ ﷲ بَخِيْلُ ކަމުގައެވެ.) އެމީހުންގެ އަތްތައް ކަސްތަޅު އެޅެވިއްޖެއެވެ. (އެބަހުން މުރާދުކުރެވެނީ އެމީހުން بَخِيْلُ ކުރެއްވުމަށް ވާ دعاء އެއްކަމަށެވެ. ނުވަތަ ދުނިޔޭގައި އެމީހުން ހައްޔަރުވެ އެމީހުންގެ އަތްތައް ކަސްތަޅުއެޅޭނެ ވާހަކަޔާ آخرة ދުވަހުން އެމީހުންގެ އަތްތައް عذاب ން ކަސްތަޅުއެޅެވޭނެ ވާހަކައެވެ. والله أعلم.) އަދި ކިއެއްހެއްޔެވެ؟ އެކަލާނގެ އަތްޕުޅުވަނީ (ހޭދަކުރެއްވުމުގެގޮތުން) މުޅިން ފަތުރާލާ ނިއުޅާލާފައެވެ. އެކަލާނގެ އެދިވޮޑިގެންނެވި ފަރާތަކަށް އެދިވޮޑިގެންނެވިފަދައަކުން އެކަލާނގެ ހޭދަކުރައްވައެވެ. (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވޭތަކެތީގެ ސަބަބުން އެމީހުންކުރެ ގިނަމީހުންނަށް ހަމަކަށަވަރުން އިތުރުވެގެންދަނީ إنْكَارُ ކުރުމުގައި ހައްދުފަހަނަޅައިދިއުމާއި ﷲ ގެ މާތްކަމާއި މަތިވެރިކަމަށް ދެކޮޅުހެދުމެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންގެމެދުގައި (އެބަހީ يهودي ންނާއި نصارى އިންގެމެދުގައި) عداوة ތެރިކަމާއި ރުޅިވެރިކަން قيامة ދުވަހަށްދާންދެން ލެއްވީމެވެ. އެމީހުން ހަނގުރާމައިގެ އަލިފާންގަނޑެއް ރޯކޮށްލާ ކޮންމެހިނދެއްގައި ﷲ އެ އަލިފާންގަނޑެއް ނިއްވަވައިލައްވައެވެ. އަދި އެމީހުން ބިންގަނޑު ފަސާދަކުރުމަށް މަސައްކަތްކުރަނީއެވެ. (އެއީ ﷲ ގެ އާޔަތްތަކަށް ކާފަރުވުމާއި އަދި ރަސޫލުބޭކަލުން ދޮގުކުރުމާއި އަދި އެކަލާނގެ أمر އާއި ނަހީއާއި خلاف ވުމެވެ. އެއީ ބިންފަސާދަކުރުމެވެ.) އަދި ފަސާދަކުރާމީހުންނަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ. 65. (65) އަދި ހަމަކަށަވަރުން يهودي ންނާއި نصارى އިން (ﷲ އަށާ محمّد ﷺ އަށް) އީމާންވެ (އެކަލާނގެ أمر ފުޅުތަކާއި ނަހީތަކަށް) ރައްކާތެރިވެ تقوى ވެރިވީނަމަ ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެމީހުންގެ ފާފަތައް ފުއްސަވައި އެމީހުންގެ ކިބައިން އެކަންކަން ނެތިކުރައްވާހުށީމެވެ. އަދި ހަމަކަށަވަރުން نعمة ތަކުގެ ވެރި ސުވަރުގެތަކަށް ތިމަންރަސްކަލާނގެ އެމީހުން ވައްދަވާހުށީމެވެ. 66. (66) އަދި އެމީހުން ހަމަކަށަވަރުން توراة އާއި إنجيل އާއި قائم ކުރިނަމަ (އެދެފޮތުގައިވާފަދައަކުން عمل ކުރިނަމަ) އަދި އެމީހުންގެ ربّ ގެ حضرة ން އެމީހުންނަށް ބާވައިލައްވާފައިވާ ތަކެއްޗަށްވެސް (އެބަހީ މި ކީރިތި قرآن އަށްވެސް) އެމީހުން عمل ކުރިނަމަ އެމީހުންގެ މަތީންނާއި އަދި އެމީހުންގެ ފައިގެދަށުންވެސް އެމީހުން ކެއީހެވެ. (އެބަހީ އެމީހުންނަށްވާ ރިޒުގުގެ أصل ކަމުގައިވާ ވާރޭފެން އެމީހުންނަށް ވެހި ބިމުގެ އެންމެހައި خَيْرَات ތަކެއް އެމީހުންނަށް ލިބުނީހެވެ.) އެމީހުންގެތެރޭގައި (عيسى عليه السّلام އާއިމެދުވެސް) ތެދުބަސްބުނާ عدل ވެރި މީހުންވެއެވެ. އަދި އެމީހުންކުރެ ގިނަމީހުން އެކުރާ ކަންތައް ނުބައިވެގެންވެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notities en reflecties

Je hebt geen aantekeningen of overwegingen bij dit vers.

Notes placeholders

Blijf verbonden met de Koran ❤️

Korte, betekenisvolle herinneringen om tot rust te komen, te reflecteren en verbonden te blijven met de Koran.

Lees, luister, zoek en reflecteer over de Koran

Quran.com is een vertrouwd platform dat wereldwijd door miljoenen mensen wordt gebruikt om de Koran in meerdere talen te lezen, te doorzoeken, te beluisteren en erover na te denken. Het biedt vertalingen, tafseer, recitaties, woord-voor-woordvertalingen en tools voor een diepere studie, waardoor de Koran voor iedereen toegankelijk is.

Als Sadaqah Jariyah zet Quran.com zich in om mensen te helpen een diepe verbinding met de Koran te maken. Ondersteund door Quran.Foundation , een non-profitorganisatie. Quran.com blijft groeien als een gratis en waardevolle bron voor iedereen, Alhamdulillah.

Navigeren
Home
Koran Radio
reciteurs
Over ons
Ontwikkelaars
Product updates
Feedback
Hulp
Doneren
Onze projecten
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profitprojecten die eigendom zijn van, beheerd worden door of gesponsord worden door Quran.Foundation.
Populaire links
Gebeden uit de Koran
Koranvers van de dag
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
SitemapPrivacyAlgemene voorwaarden
© 2026 Quran.com. Alle rechten voorbehouden
Bijdragen