Al-Ma'idah 5:31 فبعث الله غرابا يبحث في الارض ليريه كيف يواري سوءة اخيه قال يا ويلتا اعجزت ان اكون مثل هاذا الغراب فاواري سوءة اخي فاصبح من النادمين ٣١
فَبَعَثَ
ٱللَّهُ
غُرَابٗا
يَبۡحَثُ
فِي
ٱلۡأَرۡضِ
لِيُرِيَهُۥ
كَيۡفَ
يُوَٰرِي
سَوۡءَةَ
أَخِيهِۚ
قَالَ
يَٰوَيۡلَتَىٰٓ
أَعَجَزۡتُ
أَنۡ
أَكُونَ
مِثۡلَ
هَٰذَا
ٱلۡغُرَابِ
فَأُوَٰرِيَ
سَوۡءَةَ
أَخِيۖ
فَأَصۡبَحَ
مِنَ
ٱلنَّٰدِمِينَ
٣١
(31) ދެންފަހެ ބިމުގެ އެތަންމިތަން ހޯދަމުންދާ ކާޅެއް ﷲ تعالى (އޭނާގެ ގާތަށް) ފޮނުއްވިއެވެ. އެއީ އޭނާގެ أخ ގެ ހަށިގަނޑު ނިވައިކުރާނެގޮތް ދެއްކުމަށްޓަކައެވެ. (ގިނަ ރިވާޔަތްތަކުގައި بيان ވެގެންވާފަދައިން ދެކާޅު އައިސް އޭނާގެ ކުރިމަތީގައި ތަޅާފޮޅާ އެތަނުން އެއްކާޅު އަނެއްކާޅު މަރައިލީއެވެ. ދެން ދިރިއިން ކާޅު ތުނބުން ބިންމަތިކޮނެ އަނެއް މަރުވި ކާޅު އެވަޅުގަޑުގައި ބާއްވައި ދެން އެގޮތްމިގޮތުން އޭގެމައްޗަށް ވެލިއަޅާ ނިވައިކުރީއެވެ. މަހާނަ ހެދީއެވެ. = تفسيرالطبري =.) ކާޅުގެ މި حركاة ފެނިފައި އޭނާ ބުންޏެވެ. އޭއަހުރެންނަށް ހުރި ހަލާކެއްގެބޮޑުކަމާއެވެ! މިކާޅުފަދައިން އަހުރެން އަހުރެންގެ أخ ގެ ހަށިގަނޑު ނިވައިކުރުމަށްވެސް އަހުރެން މިވަނީ ނުކުޅެދިފައެވެ. އަދި އޭނާވީ ހިތާމަކުރާމީހުންގެ ތެރެއިންނެވެ.
• ދަންނައެވެ! މިއީ آدم عليه السّلام ގެ ދެ ދަރިކަލުންކުރެ އެކަކު އަނެކަކު މެރިވާހަކައެވެ. އެކަކީ هَابِيْلُ އެވެ. އަނެކަކީ قَابِيل އެވެ. އެއީ އެދެމީހުންގެ ދެމެދު ދިމާވި މައްސަލައެއްގައި ﷲ އެންގެވީ ކޮންމެ މީހަކުވެސް ﷲ އަށް قربان އެއް ކުރުމަށެވެ. ދެންފަހެ هابيل އަކީ ބަކަރިގެންގުޅޭ މީހަކުކަމުގައިވީހިނދުން އޭނާގެ އަތުގައިވާ އެންމެ ރީތި އަދި އެންމެ ލޯބިވާ ބަކަރީގެ قربان އޭނާ ކޮށްފިއެވެ. قابيل އަކީ ދަނޑުވެރިއެއްކަމުގައިވީހިނދުން އޭނާ قربان ކުރީ އޭނާގެ ދަނޑުގެ ތަކެތީގެ ތެރެއިން ދެރަ ވިޔާނުދާ ތަކެތީގެ قربان އެކެވެ. ދެންފަހެ هابيل ގެ قربان قبول ވެވި قابيل ގެ قربان قبول ނުވެވުނެވެ. އެކަމާ ރުޅިއައިސް قابيل ގޮސް هابيل މެރީއެވެ. އާޔަތުގައި އެވަނީ އެދެމީހުން ދެއްކި ވާހަކަޔާ ކަންވެދިޔަގޮތެވެ. އެއީ ދުނިޔޭގެ آدم ގެ ދަރިންގެ ފުރަތަމަ قتل އެވެ. މިދެމީހުންގެދެމެދު ދެބަސްވާންދިމާވި މައްސަލައެއްކަމުގައިވަނީ އަންހެންކުއްޖެއްގެ މައްސަލައެވެ. قابيل އިންނަން ދިމާވި ކުއްޖާޔާ قابيل އިންނަން قبول ނުވެ، هابيل އިންނަން ދިމާވިކުއްޖާޔާ قابيل ވެސް އިންނަހިތްވުމެވެ. ނަމަވެސް އެގޮތް އޭރުގެ شريعة ހުއްދައެއް ނުކުރެއެވެ. ދެން آدم عليه السّلام އެދެކުދިންނަށް قربان ކުރަން އެންގެވީއެވެ. އަދި هابيل ގެ قربان ﷲ قبول ކުރެއްވީއެވެ. އެއީ حقّ ގެވެރިފަރާތެވެ. قابيل އެކަމާ ރުޅިއައިސްގެން އޭނާގެ أخ هابيل މެރީއެވެ. والله أعلم.
阅读《古兰经注》
Ibn Kathir (Abridged)
The Story of Habil (Abel) and Qabil (Cain)
Allah describes the evil end and consequence of transgression, envy and injustice in the story of the two sons of Adam, Habil and Qabil. One of them fought against the other and killed him out of envy and transgression, because of the bounty that Allah gave
…The Story of Habil (Abel) and Qabil (Cain)
Allah describes the evil end and consequence of transgression, envy and injustice in the story of the two so
…