登入
登入
登入
选择语言
005

Al-Ma'idah 5:113 قالوا نريد ان ناكل منها وتطمين قلوبنا ونعلم ان قد صدقتنا ونكون عليها من الشاهدين ١١٣

5:113
قَالُواْ
نُرِيدُ
أَن
نَّأۡكُلَ
مِنۡهَا
وَتَطۡمَئِنَّ
قُلُوبُنَا
وَنَعۡلَمَ
أَن
قَدۡ
صَدَقۡتَنَا
وَنَكُونَ
عَلَيۡهَا
مِنَ
ٱلشَّٰهِدِينَ
١١٣
(113) އެމީހުން ދެންނެވިއެވެ. އަޅުގަނޑުމެން އެދެނީ އެއިން އަޅުގަނޑުމެން ކެއުމާއި އަދި އަޅުގަނޑުމެންގެ ހިތްތައް ހަމަޖެހުމާއި އަދި ކަލޭގެފާނު އަޅުގަނޑުމެން ތެދުކުރައްވައިފިކަން އަޅުގަނޑުމެންނަށް އެނގުމާއި އަދި އެކަމުގެމައްޗަށް ހެކިދޭބަޔަކުކަމުގައި އަޅުގަނޑުމެންވުމަށެވެ.
继续阅读

阅读《古兰经注》

Ibn Kathir (Abridged)

Sending Down the Ma'idah

This is the story of the Ma'idah, the name of which this Surah bears, Surat Al-Ma'idah. This is also among the favors that Allah granted His servant and Messenger, `Isa, accepting his request to send the Ma'idah down, and doing so as clear proof and unequivocal evidence. Alla

…

Sending Down the Ma'idah

This is the story of the Ma'idah, the name of which this Surah bears, Surat Al-Ma'idah. This is also among the favors that All

…
更多经注

结合上下文阅读

章 5, 页 126, Juz 7

109. (109) ﷲ تعالى رسول ބޭކަލުން ޖަމާކުރައްވާދުވަހު އެބަހީ: قيامة ދުވަހު (އެދުވަހާއިމެދު ބިރުވެތިވާށެވެ!) ފަހެ އެބޭކަލުންނަށް އެކަލާނގެ وحي ކުރައްވާނެތެވެ. ތިޔަބޭކަލުންނަށް ޖަވާބުދެއްވުނީ ކިހިނަކުންތޯއެވެ؟ (އެބަހީ رسول ކަމަށް ގޮވައިލެއްވުމުން أمّة ގެފަރާތުން ލިބިވަޑައިގަތީ ކޮންޖަވާބެއްތޯއެވެ؟) އެބޭކަލުން ދަންނަވާނެއެވެ. އަޅަމެނަކަށް އޭގެ އެނގުމެއްނުވެއެވެ. (އެއީ ބިރުފުޅުގެބޮޑުކަމުން އެބޭކަލުންނަށް ދެންނެވުނު ޖަވާބެއްކަމަށް ބައެއް مفسّر ން ވިދާޅުވެއެވެ.) ހަމަކަށަވަރުން އިބަރަސްކަލާނގެއީ غيب ތައް ދެނެވޮޑިގަތުން ބޮޑުވެގެންވާ ކަލާނގެއެވެ. 110. (110) مريم ގެފާނުންގެދަރިކަލުން عيسى عليه السّلام އަށް ﷲ وحي ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ! އެކަލޭގެފާނަށް وحي ކުރެއްވިއެވެ.) ކަލޭގެފާނުންގެ މައްޗަށާއި ކަލޭގެފާނުންގެ މަންމާފުޅުގެމައްޗަށްވާ ތިމަންރަސްކަލާނގެލެއްވި نعمة ކަލޭގެފާނު ހަނދުމަފުޅުކުރައްވާށެވެ! އެއީ روح القُدس މެދުވެރިކުރައްވައި - (جبريل عليه السّلام) މެދުވެރިކުރައްވައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގަދަކޮށްދެއްވާ ސާބިތުކޮށްދެއްވިހިނދުގައެވެ. ކަލޭގެފާނު ހަމަ ވިހޭތާ ތަންމަތީގައިވާ ކުޑަކުއްޖަކުކަމުގައިވީ حال ކޮޅުގައްޔާއި އަދި ބޮޑުފިރިހެނަކުކަމުގައިވާ حال ކޮޅު މީސްތަކުންނާ ވާހަކަފުޅު ދެއްކެވީމުއެވެ. (އެއީ ކަލޭގެފާނުންގެމައްޗަށްވާ ތިމަންރަސްކަލާނގެ نعمة އެވެ.) އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް އަތްޕުޅުންލިއުއްވުމާއި ގަދަވިސްނުންފުޅާއި توراة އާއި އަދި إنجيل އުގަންނަވައިދެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ! އެއީ ކަލޭގެފާނަށްވާ ތިމަންރަސްކަލާނގެ نعمة އެވެ.) އަދި ކަލޭގެފާނު މަށިން ދޫންޏެއްގެ ސިފައިގާ ހަދާފާ ތިމަންރަސްކަލާނގެ އިޒުނަފުޅަށް އެއަށް ކަލޭގެފާނު ފުމެލެއްވުމުން ހަމަ ދޫންޏަކަށްވެދެއެއެވެ. (އެއީ ކަލޭގެފާނަށްވާ ތިމަންރަސްކަލާނގެ نعمة އެވެ.) އަދި އެއްގޮތަކަށް ލޮލުގެ އަލިކަން ނެތްމީހުންނަށާއި ބަރޮސްބަލިޖެހިފައިވާމީހުންނަށް ތިމަންރަސްކަލާނގެ އިޒުނަފުޅުން ކަލޭގެފާނު ފަސޭހަކޮށްދެއްވުމެވެ. އަދި މަރުވެފައިވާމީހުން ދިރިގެން ކައްވަޅުތަކުން ތިމަންރަސްކަލާނގެ އިޒުނަފުޅަށް ކަލޭގެފާނު ނެރުއްވަމުއެވެ. އަދި بني إسرائيل ގެ ގެގާތަށް ކަލޭގެފާނު ބަޔާންވެގެންވާ دليل ތަކާއިގެން ވަޑައިގެންނެވުމުން (އެމީހުން ކަލޭގެފާނު އަވަހާރަކޮށްލުމަށް قصد ކުރިހިނދު) ކަލޭގެފާނުގެ ކިބައިން بني إسرائيل ން ތިމަންރަސްކަލާނގެ دفاع ކޮށްދެއްވާ ދުރުކޮށްދެއްވީމެވެ. ދެން ފަހެ ކާފަރުންގެމީހުން ބުނީ މިއީ ހަމަ بيان ވެގެންވާ سحر އެއްކަމުގައި މެނުވީ ނުވެއެވެ. (އެބަހީ عيسى عليه السّلام ގެންނެވި معجزات ތަކަކީ ބަޔާންވެގެންވާ سحر އެކެވެ.) 111. (111) އަދި حَوَارىُّ ންނަށް ތިމަންރަސްކަލާނގެއަށާއި އަދި ތިމަންރަސްކަލާނގެ رسول އާއަށް ކަލޭމެން އީމާންވާށޭ وحي ކުރެއްވުމުން އެމީހުން ދެންނެވިއެވެ. އަޅަމެން އީމާންވެއްޖައީމެވެ. އަދި ހަމަކަށަވަރުން އަޅަމެން ކިޔަމަންތެރިވެގެންވާކަމުގައި އިބަރަސްކަލާނގެ ހެކިވެވޮޑިގަންނަވާށެވެ! 112. (112) (عيسى عليه السّلام ގެ أصحاب ން) ދެންނެވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އޭ مَرْيَم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام އެވެ!) އަޅުގަނޑުމެންނަށް އުޑުން ކާނާދޮލަނގެއް ބާވައިލެއްވުމަށް ކަލޭގެފާނުންގެ رَبّ އަށް ކުޅަދުންވަންތަވެވޮޑިގެންވޭތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންނަކީ مؤمن ންކަމުގައިވަންޏާ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! ބިރުވެތިވާށެވެ! 113. (113) އެމީހުން ދެންނެވިއެވެ. އަޅުގަނޑުމެން އެދެނީ އެއިން އަޅުގަނޑުމެން ކެއުމާއި އަދި އަޅުގަނޑުމެންގެ ހިތްތައް ހަމަޖެހުމާއި އަދި ކަލޭގެފާނު އަޅުގަނޑުމެން ތެދުކުރައްވައިފިކަން އަޅުގަނޑުމެންނަށް އެނގުމާއި އަދި އެކަމުގެމައްޗަށް ހެކިދޭބަޔަކުކަމުގައި އަޅުގަނޑުމެންވުމަށެވެ. 114. (114) مريم ގެފާނުންގެ ދަރިކަލުން عيسى (عليه السّلام) ދެންނެވިއެވެ. އޭ އަޅަމެންގެ رَبّ، މަތިވެރި ﷲ އެވެ! އަޅަމެންނަށް އުޑުން ކާތަކެތީކެ ދޮލަނގެއް ބާވައިލައްވާނދޭވެ! އެއީ އަޅަމެންގެ ކުރީގެ މީހުންނާއި އަދި ފަހުގެ މީހުންނަށްވާ عيد އެއްގެގޮތުންނެވެ. (އެބަހީ މިހާރުތިބިމީހުންނަށާއި ފަހުން އަންނަ ބަޔަކަށްވެސް عيدއެއްގެގޮތުންނާއި) އަދި އިބަރަސްކަލާނގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަ ކަމުގެ މައްޗަށްވާ دليل އެއްގެ ގޮތުންނެވެ. އަދި އިބަރަސްކަލާނގެ އަޅަމެންނަށް ރިޒުގުދެއްވާނދޭވެ! އަދި އިބަރަސްކަލާނގެއީ އެންމެހެޔޮގޮތުގައި ރިޒުގުދެއްވާ ކަލާނގެއެވެ. 115. (115) ﷲ تعالى وحي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ކަލޭމެންގެމައްޗަށް އެދޮލަނގު ބާވައިލައްވާނޭ ކަލާނގެއެވެ. ދެންފަހެ އެއަށްފަހު (އެބަހީ: އެދޮލަނގު ބާވައިލެއްވުމަށްފަހު) ކަލޭމެންކުރެ ކާފަރުވެއްޖެމީހާ (ދަންނައެވެ!) ފަހެ ހަމަކަށަވަރުން އެމީހަކަށް މުޅި عَالم ތަކުގެ އެކަކަށްވެސް ތިމަންރަސްކަލާނގެ عذاب ނުދެއްވާ ވަރަށް (އެހާގަދަ عذاب ން) عذاب ދެއްވާހުށީމެވެ.

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献