ลงชื่อเข้าใช้
ลงชื่อเข้าใช้
ลงชื่อเข้าใช้
เลือกภาษา
070

Al-Ma'arij 70:10 ولا يسال حميم حميما ١٠

70:10
وَلَا
يَسۡـَٔلُ
حَمِيمٌ
حَمِيمٗا
١٠
(10) އަދިއެދުވަހުން (ބިރުވެރިކަން ބޮޑުވުމުގެސަބަބުން) ކިތައްމެ ގާތްމީހަކު ގާތްމީހަކާވިޔަސް ނުވަތަ ރައްޓެއްސަކު ރައްޓެއްސަކާއިވިޔަސް ސުވާލުވެސް ނުކޮށްލާނެއެވެ. ޙާލުވެސް އަހައިލާހާކަށް ނުކެރޭނެއެވެ.
อ่านต่อ

อ่านตัฟซีร์

Ibn Kathir (Abridged)

Terrors of the Day of Judgement

Allah says that the torment will befall the disbelievers.

يَوْمَ تَكُونُ السَّمَآءُ كَالْمُهْلِ

(The Day that the sky will be like the Al-Muhl.) Ibn `Abbas, Mujahid, `Ata, Sa`id bin Jubayr, `Ikrimah, As-Suddi and others have all said, "Like the residue of oil."

وَتَكُونُ
…

Terrors of the Day of Judgement

Allah says that the torment will befall the disbelievers.

يَوْمَ تَكُونُ السَّمَآءُ كَالْمُهْلِ

(The Day that the sky wi

…
ตัฟซีร์เพิ่มเติม

อ่านในบริบท

บท 70, หน้าหนังสือ 568, จุซ 29

1. (1) ހަމަކޮންމެހެން ނައިސްނުދާނޭ عَذَابُ އެއްގެ އައުން އެދި ސުވާލުކުރާމީހަކު ސުވާލުކޮށްފިއެވެ. ނުވަތަ އެދޭމީހަކު އެދެފިއެވެ. ދަންނައެވެ. އެމީހަކީ النَّضَرُ بْنُ الحَارِث ކަމުގައި ބުނެވުނެވެ. ނުވަތައެއީ أبُو جَهْل ކަމުގައިވެސް ބުނެވުނެވެ. އެމީހަކު އެދުނީ مُحَمَّد ﷺ އެގެންނެވި ދީނަކީ حَقُّ دِيْن އެއްކަމުގައިވާނަމަ އެމީހުންގެމައްޗަށް އުޑުން ހިލަތަކެއްފޭބުމަށެވެ. ނުވަތަ ވޭންދެނިވި عَذَابُ އެއް އައުމަށެވެ. (އެވާހަކައަށް އިޝާރާތްކުރައްވައި الأنْفَالُ ސޫރަތުގައި ބާވާތްލައްވާފައިވެއެވެ.) 2. (2) (އެމީހުން އެ އެދުނު عَذَابُ އެއީ) ކާފަރުންގެ މައްޗަށް ހަމަކޮންމެހެން އަންނާނެ عَذَابُ އެކެވެ. އަދި عَذَابُ دِفَاع ކުރެވޭނޭ އެކަކުވެސް ނުވެއެވެ. 3. (3) އެ عَذَابُ އަންނާނީ ހަރުފަތްތަކުގެވެރި ނުވަތަ ދަރަޖަތަކުގެވެރި ﷲގެ حَضْرَةُ ން ނެވެ. 4. (4) މަލާއިކަތްބޭކަލުންނާއި އަދި جِبْرِيْل عَلَيْهِ السلام އެކަލާނގެ حَضْرَةُ އަށް އެދަރަޖަތަކުން ނުވަތަ އެހަރުފަތްތަކުން އަރާވަޑައިގަންނަވައެވެ. އެދުވަހަކީ އެދުވަހުގެ މިންވަރު ފަންސާސްހާސް އަހަރުގެ މުއްދަތުކަމުގައި ކަޑައެޅިގެންވާ ދުވަހެކެވެ. އެއީ ޤިޔާމަތް ދުވަހެވެ. 5. (5) ފަހެ (އޭ رَسُولُ الله އެވެ!) ކަލޭގެފާނު ރިވެތިގޮތުގައި ކެތްތެރިވެވަޑައިގަންނަވާށެވެ. 6. (6) ހަމަކަށަވަރުން އެމީހުން އެބަހީ އެކާފަރުން އެދުވަސް ނުވަތަ އެ عَذَابُ ދެކެނީ ދުރުވެގެންވާ އެއްޗެއްކަމުގައެވެ. 7. (7) ނަމަވެސް ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަނީ އައުންދާދި ގާތްއެއްޗެއްކަމުގައެވެ. 8. (8) އެދުވަހަކީ ވިރިފައިވާ مَعْدَنُ ތަކެއްފަދައިން ނުވަތަ ތެލުގެ ގަރުގަޑެއްފަދައިން އުޑުވެގެންދާނޭދުވަހެވެ. 9. (9) އަދި ފިނދާ ކުލަޖެއްސިފައިވާ ކެހެރިތަކެއްފަދައިން ނުވަތަ ކަފަތަކެއްފަދައިން ފަރުބަދަތައްވާނޭ ދުވަހެވެ. 10. (10) އަދިއެދުވަހުން (ބިރުވެރިކަން ބޮޑުވުމުގެސަބަބުން) ކިތައްމެ ގާތްމީހަކު ގާތްމީހަކާވިޔަސް ނުވަތަ ރައްޓެއްސަކު ރައްޓެއްސަކާއިވިޔަސް ސުވާލުވެސް ނުކޮށްލާނެއެވެ. ޙާލުވެސް އަހައިލާހާކަށް ނުކެރޭނެއެވެ. 11. (11) مَحْشَرُ މައިދާނުގައި ކާފަރުންގެމީހުންވެސް އަދި އެހެންމީހުންވެސް ތިމާމެންގެ ގާތްތިމާގެމީހުން ދެކޭނެއެވެ. ރައްޓެހި ރަޙުމަތްތެރިންވެސް ދެކޭނެއެވެ. ނަމަވެސް އެކަކުގެ ޙާލު އަނެކަކު އަހައިވެސްނުލާނެއެވެ! ކާފަރުންގެ މީހުންލޯބިކުރަނީ فِدْيَة އެއްދީގެންނަމަވެސް އެމީހުންނަށް ސަލާމަތްވެވޭނެނަމަ ތިމާގެ ދަރިންވެސް فِدْيَة އެއްގެގޮތުގައިދޭށެވެ. 12. (12) އަނބިމީހާއާއި އަދި ތިމާގެ أَخُ އާއި (މިއެންމެންދީގެންވެސް ތިމާ ނަރަކައިންސަލާމަތްވުމަށެވެ.) 13. (13) އަދި އެމީހުންގެފަރާތުން ތިމާއަށް އެހީތެރިކަމާ ހިޔާވަހިކަން ލިބޭ ގާތްތިމާގެމީހުންނާއި، 14. (14) އަދި ބިންމަތީވާހާބަޔަކު ދީގެންނަމަވެސް އެދުވަހުގެ عَذَابُ ން ސަލާމަތްވުމަށެވެ. 15. (15) ނަމަވެސް އެއްގޮތަކަށްވެސް އެހެންނުވާނެއެވެ. ހަމަކަށަވަރުން އެމީހުންނަށް عَذَابُ ދެއްވުމަށް ކަޑައެޅިފައިވަނީ عَذَابُ ގަދަވެގެންވާ (ހުޅުގަޑު އަރައަރާހުންނަ) ނަރަކައިގައެވެ. 16. (16) އެތަނަކީ ބޮލުގެ ހަންގަޑުބޮލުން ދަމައިގަނެވަކިކޮށްލާތަނެކެވެ. އަދި ހަމާއިމަސްކަށިން ވަކިކޮށްލާތަނެކެވެ. އަދި އަތްފައިފަދަ ގުނަވަންތައް ހަށިގަޑާއި ވަކިކޮށްލާތަނެކެވެ. (އެއީ އެތާގެހޫނުގަދަކަމާއި عَذَابُ ގަދަކަމުންނެވެ.) 17. (17) އަދި حَقُّ އަށް ފުރަގަސްދީ حَقُّ ދީނުން މޫނުއަބުނރައިލާ މީހުންނަށް އެނަރަކަގޮވާނެއެވެ. އެމީހުން ނަރަކައަށް ޖަމާވުމަށް އޭތިގޮވާނެއެވެ. 18. (18) އަދި މުދާތައްޖަމާކޮށް ޚަޒާނާކޮށް އޭގެ حَقُّ އަދާނުކޮށް ހެދިއެންމެންނަށް އެސޮރުގޮވާނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

บันทึกและข้อคิด

คุณไม่มีบันทึกหรือข้อคิดเห็นใดๆ เกี่ยวกับข้อความนี้

Notes placeholders

จงเชื่อมโยงกับอัลกุรอานเสมอ ❤️

ข้อเตือนใจสั้นๆ ที่มีความหมาย เพื่อให้เราได้เริ่มต้นใหม่ ไตร่ตรอง และเชื่อมโยงกับอัลกุรอานอยู่เสมอ

อ่าน ฟัง ค้นหา และไตร่ตรองคัมภีร์อัลกุรอาน

Quran.com คือแพลตฟอร์มที่ผู้คนหลายล้านคนทั่วโลกไว้วางใจให้ใช้เพื่ออ่าน ค้นหา ฟัง และใคร่ครวญอัลกุรอานในหลากหลายภาษา Quran.com มีทั้งคำแปล ตัฟซีร บทอ่าน คำแปลทีละคำ และเครื่องมือสำหรับการศึกษาอย่างลึกซึ้ง ทำให้ทุกคนสามารถเข้าถึงอัลกุรอานได้

ในฐานะซอดาเกาะฮ์ ญาริยาห์ Quran.com มุ่งมั่นที่จะช่วยให้ผู้คนเชื่อมโยงกับอัลกุรอานอย่างลึกซึ้ง Quran.com ได้รับการสนับสนุนจาก Quran.Foundation ซึ่งเป็นองค์กรไม่แสวงหาผลกำไร 501(c)(3) และยังคงเติบโตอย่างต่อเนื่องในฐานะแหล่งข้อมูลฟรีที่มีคุณค่าสำหรับทุกคน อัลฮัมดุลิลลาฮ์

นำทาง
หน้าหลัก
วิทยุอัลกุรอาน
ผู้อ่าน
เกี่ยวกับเรา
นักพัฒนา
อัพเดทผลิตภัณฑ์
แนะนำติชม
ช่วยเหลือ
บริจาค
โครงการของเรา
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
โครงการไม่แสวงหากำไรที่เป็นเจ้าของ บริหารจัดการ หรือได้รับการสนับสนุนโดย Quran.Foundation
ลิงค์ยอดนิยม
ดุอาจากอัลกุรอาน
โองการอัลกุรอานประจำวัน
อายะห์กุรซี
ยาซีน
อัลมุลก์
อัรเราะห์มาน
อัลวากิอะฮ์
อัลกะห์ฟ
อัลมุซซัมมิล
แผนผังเว็บไซต์ความเป็นส่วนตัวข้อกำหนดและเงื่อนไข
© 2026 Quran.com. สงวนลิขสิทธิ์
มีส่วนช่วย