Al-Kahf 18:85 فاتبع سببا ٨٥
فَأَتۡبَعَ
سَبَبًا
٨٥
(85) - (86) ދެންފަހެ އެކަލޭގެފާނު އެ علم އާއި وسيلة ތަކާއި تبع ވެވަޑައިގެން ދަތުރުފަތުރުކުރައްވާ އިރުއޮއްސޭ ހިސާބަށް ވަޑައިގެންނެވިއެވެ. (އެތަން تفسير ކުރެއްވި ބައެއްބޭކަލުން ވިދާޅުވަނީ އެއީ مغرب ފަރާތުގެ بَرُّ ނިމެންދެން ވަޑައިގެންނެވިކަމަށެވެ. ދެން ކުރިމަތީގައި އޮތީ ކަނޑެވެ. އެއީ مُحِيْطُ الهَادِى އެވެ. ޕެސިފިކް އޯޝަންއެވެ.) އަދި ކަޅުމަށި ފެންގަނޑަކަށް އިރު އޮއްސޭތީ އެކަލޭގެފާނުދެކެވަޑައިގެންނެވިއެވެ. (އެއީ ބަލާބެލުމަށް ފެންނަގޮތްކަމުގައި تفسير علم ވެރިންކުރެ ބައެއްބޭކަލުން ވިދާޅުވެއެވެ. والله أعلم.) އަދި އެތަނުން އެކަލޭގެފާނު ބަޔަކުމީހުން ދެކެވަޑައިގެންނެވިއެވެ. (އެއީ ކާފަރުބަޔަކުކަމުގައިވިއެވެ.) (ﷲ وحي ކުރެއްވިއެވެ. ތިމަންރަސްކަލާނގެ އެންގެވީމެވެ.) އޭ ذُوْالْقَرْنَيْنِ އެވެ. އެހެންޏާ ކަލޭގެފާނު އެމީހުންނަށް عذاب ދެއްވުމެވެ. (އެބަހީ: އެމީހުން ﷲ ގެ އެއްކައުވަންތަކަން قبول ނުކޮށް އަދި ކަލޭގެފާނަށް ކިޔަމަންނުވެއްޖެއްޔާ އެމީހުން މެރުމެވެ.) އެހެންޏާ އެމީހުން ހައްޔަރުކޮށް އެމީހުންނަށް ތެދުމަގުދައްކަވާށެވެ. دعوة ދެއްވާށެވެ!
Прочитайте тафсир.
Russian Tafseer Al Saddi
Всевышний Аллах одарил Зуль-Карнейна огромной властью на земле и подчинил ему целые народы. Он наделил его удивительными возможностями и способностями, благодаря которым он без труда завоевывал земли и беспрепятственно добирался до самых отдаленных уголков земли. Зуль-Карнейн пользовался возможностя…
Всевышний Аллах одарил Зуль-Карнейна огромной властью на земле и подчинил ему целые народы. Он наделил его удивительными возможностями и способностями…