Aanmelden
Aanmelden
Aanmelden
Taal selecteren
018

Al-Kahf 18:79 اما السفينة فكانت لمساكين يعملون في البحر فاردت ان اعيبها وكان وراءهم ملك ياخذ كل سفينة غصبا ٧٩

18:79
أَمَّا
ٱلسَّفِينَةُ
فَكَانَتۡ
لِمَسَٰكِينَ
يَعۡمَلُونَ
فِي
ٱلۡبَحۡرِ
فَأَرَدتُّ
أَنۡ
أَعِيبَهَا
وَكَانَ
وَرَآءَهُم
مَّلِكٞ
يَأۡخُذُ
كُلَّ
سَفِينَةٍ
غَصۡبٗا
٧٩
(79) އެނައު ދަންނައެވެ. އެނައު އެއީ ނިކަމެތި މިސްކީނުބަޔަކުގެ އެއްޗެކެވެ. އެމީހުން ކުއްޔަށް މީހުން އުފުލުމަށް ކަނޑުގައި ދަތުރުކުރަނީއެވެ. ދެންފަހެ އަހުރެން قصد ކުރީ އެނައު އައިބު ކޮށްލާށެވެ. އެހެނީ އެމީހުން އެދާދިމާލުގައި (އަނިޔާވެރި) ރަސްކަލެއްވެއެވެ. އެރަސްގެފާނު އެގޮތަށް ސަލާމަތުން އައިބެއް ނެތިވާ ކޮންމެ ނަވެއް غَصْبُ ން އަތުލައިގަނެއެވެ. (އެހެންވެ އެނައު އައިބު ކޮށްލީއެވެ. ބުނެވެނީ ދެން އެނައު އައިކޮޅަށް އަނބުރާފައިގޮސް ރަސްގެފާނުންގެ އަތުން ސަލާމަތްވީކަމަށެވެ.)
Lees verder

Lees Tafsir

Ibn Kathir (Abridged)

Interpretations of why the Ship was damaged

This is an explanation of what Musa found so hard to understand, and the appearence of which he condemed. Allah showed Al-Khidr the hidden reasons, so he said, "I damaged the ship to make it faulty, because they used to pass by a king who was one of the opp

…

Interpretations of why the Ship was damaged

This is an explanation of what Musa found so hard to understand, and the appearence of which he condemed. A

…
Meer Tafsirs

Lees in context

Hoofdstuk 18, Pagina 302, Juz 16

75. (75) خَضِرُ عليه السّلام ވިދާޅުވިއެވެ. ކަލޭގެފާނަށް އަހުރެންނާއެކު ކެތްތެރިވެވަޑައިނުގެންނެވޭނެވާހަކަ ކަލޭގެފާނަށް އަހުރެން ނުދަންނަވަންތޯއެވެ؟ އެބަހީ: ދެންނެވީމެވެ. 76. (76) موسى عليه السّلام ވިދާޅުވިއެވެ. މިފަހަރަށްފަހު ދެން އަހުރެން ކަލޭގެފާނާއި ސުވާލުކޮށްފިއްޔާ ދެން ކަލޭގެފާނު އަހުރެންނާއެކު ނުއުޅުއްވާނީއެވެ. އޭރުން ހަމަކަށަވަރުން (ކަލޭގެފާނު އަހުރެންނާ ވަކިވެވަޑައިގެންނެވުމަށް) އަހުރެންގެފަރާތުން عُذُرُ އެއް ކަލޭގެފާނަށް ލިބިވަޑައިގެންފިނޫންތޯއެވެ؟ 77. (77) ދެންފަހެ އޭގެދެބޭކަލުން (އަލުންވެސް) އެވަޑައިގަންނަވާގޮތަށް ވަޑައިގެންފިއެވެ. އެއީ އެދެބޭކަލުން ރަށެއްގެ أَهل ވެރިންތަކަކާއި ހަމައަށް ވަޑައިގެންފުމަށްދާންދެނެވެ. އަދި އެދެބޭކަލުން އެރަށުގެ أهلވެރިންގެ ކިބައިން ކާއެތިކޮޅަކަށް އެދިވަޑައިގެންނެވިއެވެ. އަދި އެބައިމީހުން އެދެބޭކަލުންނަށް ކާއެތިކޮޅު ދިނުމުން (މެހްމާންދާރީ އަދާކުރުމުން) މަނާވެގެންފިއެވެ. (ކާއެތިކޮޅު ނުދެއްވިއެވެ. ދެން އެދެބޭކަލުން އެތަނުން ވަޑައިގެންނެވީއެވެ.) އަދި ވެއްޓޭން ގާތްވެފައިވާ ފާރެއް އެދެބޭކަލުން އެރަށުން ދެކެވަޑައިގެންނެވިއެވެ. ދެން خَضِرُ عليه السّلام އެފާރު ތެދުކުރައްވާ ރަނގަޅަށް قائم ކުރެއްވިއެވެ. موسى عليه السّلام ވިދާޅުވިއެވެ. ކަލޭގެފާނު އެދިވަޑައިގެންފިއްޔާ ތިޔަކުރެއްވި ކަންތަކުގެމައްޗަށް އުޖޫރައެއް ހިތްޕެވިދާނެއެވެ. 78. (78) އެކަލޭގެފާނު يعني: (خَضِر عليه السّلام) ވިދާޅުވިއެވެ. މިފަހަރު ދެން މިއީ އަހުރެންނާއި ކަލޭގެފާނާއި ދެމެދު ވަކިވާ ފަހަރެވެ. އަދި ކަލޭގެފާނު އެކަންކަމުގެ މައްޗަށް ކެތްތެރިވެވަޑައިގެންނެވުމަށް ކުޅަދާނަ ފުޅުވެވަޑައިނުގެންނެވުނު ކަންކަމުގެ خبر ނިކަންހުރެ އަހުރެން ކަލޭގެފާނަށް ދަންނަވާ بيان ކޮށްދެއްވާހުށީމެވެ. 79. (79) އެނައު ދަންނައެވެ. އެނައު އެއީ ނިކަމެތި މިސްކީނުބަޔަކުގެ އެއްޗެކެވެ. އެމީހުން ކުއްޔަށް މީހުން އުފުލުމަށް ކަނޑުގައި ދަތުރުކުރަނީއެވެ. ދެންފަހެ އަހުރެން قصد ކުރީ އެނައު އައިބު ކޮށްލާށެވެ. އެހެނީ އެމީހުން އެދާދިމާލުގައި (އަނިޔާވެރި) ރަސްކަލެއްވެއެވެ. އެރަސްގެފާނު އެގޮތަށް ސަލާމަތުން އައިބެއް ނެތިވާ ކޮންމެ ނަވެއް غَصْبُ ން އަތުލައިގަނެއެވެ. (އެހެންވެ އެނައު އައިބު ކޮށްލީއެވެ. ބުނެވެނީ ދެން އެނައު އައިކޮޅަށް އަނބުރާފައިގޮސް ރަސްގެފާނުންގެ އަތުން ސަލާމަތްވީކަމަށެވެ.) 80. (80) އަދި އެކުޑަކުއްޖާ ދަންނައެވެ. އެކުއްޖާގެ މައިންބަފައިންނަކީ ދެ مؤمن ންކަމުގައިވިއެވެ. (އަދި އެކުއްޖާއަކީ ނުބައި ނުލަފާ ކުއްޖަކުކަމުގައިވިއެވެ. އަދި އެއްރިވާޔަތެއްގައިވަނީ އެއީ ކާފަރުވާނެ ކުއްޖެއްކަމަށެވެ.) ދެންފަހެ އެކުއްޖާ ބޮޑުވެގެން އެކުއްޖާގެ މައިންބަފައިންނަށް ނުކިޔަމަންތެރިކަމާއި ކާފަރުކަން ޖައްސައިފާނެކަމަށް އަހުރެން ބިރުގަތީއެވެ. (އެހެންވެ އެކުއްޖާ މެރީއެވެ.) 81. (81) އަދި އަހުރެން އެދުނީ އެކުއްޖާގެ ބަދަލުގައި އެދެމީހުންނަށް ދީންވެރިކަމާއި طاهر ކަމާއި އަދި رَحم އާއި އޯގާވެރިކަމުގެގޮތުން މާހެޔޮ ރަނގަޅު ދަރިއަކު ދެއްވުމަށެވެ. 82. (82) އަދި އެފާރު ދަންނައެވެ. އެއީ އެރަށުގައިވާ يتيم ދެކުދިންގެ ފާރެއްކަމުގައިވިއެވެ. އަދި އެތާނގެ ދަށުގައި އެދެކުދިންނަށްވާ خزانة އެއްވެއެވެ. އަދި އެދެކުދިންގެ ބައްޕައަކީ صالح މާތްމީހަކުކަމުގައިވިއެވެ. ދެންފަހެ ކަލޭގެފާނުންގެ ربّ އެދިވޮޑިގެންނެވީ އެދެކުދީން ބޮޑުވެ تصرّف ފުދުމަށްފަހު އެދެކުދިންނަށް އެދެކުދިންގެ خزانة ނެރެދެއްވުމަށެވެ. އެއީ ކަލޭގެފާނުންގެ ربّ ގެ حضرة ންވާ رحمة އެއްގެގޮތުންނެވެ. އަދި އަހުރެން އެކަންކަން ކުރީ އަހުރެންގެ އަމިއްލަ رَأى އާއި ވިސްނުމަކަށްނޫނެވެ. (އެންގެވުމެއްގެމަތީންނެވެ.) ކަލޭގެފާނަށް އެކަންކަމުގެމައްޗަށް ކެތްތެރިވެ ވަޑައިނުގެންނެވުނު ކަންކަމުގެ تفسير އަކީ އަދި ބަޔާނަކީ އެއީއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notities en reflecties

Je hebt geen aantekeningen of overwegingen bij dit vers.

Notes placeholders

Blijf verbonden met de Koran ❤️

Korte, betekenisvolle herinneringen om tot rust te komen, te reflecteren en verbonden te blijven met de Koran.

Lees, luister, zoek en reflecteer over de Koran

Quran.com is een vertrouwd platform dat wereldwijd door miljoenen mensen wordt gebruikt om de Koran in meerdere talen te lezen, te doorzoeken, te beluisteren en erover na te denken. Het biedt vertalingen, tafseer, recitaties, woord-voor-woordvertalingen en tools voor een diepere studie, waardoor de Koran voor iedereen toegankelijk is.

Als Sadaqah Jariyah zet Quran.com zich in om mensen te helpen een diepe verbinding met de Koran te maken. Ondersteund door Quran.Foundation , een non-profitorganisatie. Quran.com blijft groeien als een gratis en waardevolle bron voor iedereen, Alhamdulillah.

Navigeren
Home
Koran Radio
reciteurs
Over ons
Ontwikkelaars
Product updates
Feedback
Hulp
Doneren
Onze projecten
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profitprojecten die eigendom zijn van, beheerd worden door of gesponsord worden door Quran.Foundation.
Populaire links
Gebeden uit de Koran
Koranvers van de dag
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
SitemapPrivacyAlgemene voorwaarden
© 2026 Quran.com. Alle rechten voorbehouden
Bijdragen