ลงชื่อเข้าใช้
ลงชื่อเข้าใช้
ลงชื่อเข้าใช้
เลือกภาษา
018

Al-Kahf 18:65 فوجدا عبدا من عبادنا اتيناه رحمة من عندنا وعلمناه من لدنا علما ٦٥

18:65
فَوَجَدَا
عَبۡدٗا
مِّنۡ
عِبَادِنَآ
ءَاتَيۡنَٰهُ
رَحۡمَةٗ
مِّنۡ
عِندِنَا
وَعَلَّمۡنَٰهُ
مِن
لَّدُنَّا
عِلۡمٗا
٦٥
(65) ދެންފަހެ އެތަނުން އޭގެދެބޭކަލުން، ތިމަންރަސްކަލާނގެ އަޅުންކުރެ އަޅަކު ދެކެވަޑައިގެންފިއެވެ. އެއަޅަކީ ތިމަންރަސްކަލާނގެ حضرة ން އެއަޅާއަށް رحمة އެއް (خاصّ رحمة އެއް) ދެއްވާފައިވާ އަޅެކެވެ. އަދި އެއަޅާއަށް ތިމަންރަސްކަލާނގެ (خاصّ) علم އެއް އުގަންނަވައިދެއްވީމެވެ. އެއީ (خَضِرُ عليه السّلام ކަމުގައި مفسّر ން ވިދާޅުވިއެވެ.)
อ่านต่อ

อ่านตัฟซีร์

Ibn Kathir (Abridged)

The Story of Musa and Al-Khidr

The reason for Musa's conversation with the boy-servant, Yusha` bin Nun, was that he had been told about one of the servants of Allah at the junction of the two seas, who had knowledge which Musa had not been granted, so he wanted to travel to meet him. So he said to th

…

The Story of Musa and Al-Khidr

The reason for Musa's conversation with the boy-servant, Yusha` bin Nun, was that he had been told about one of the serv

…
ตัฟซีร์เพิ่มเติม

อ่านในบริบท

บท 18, หน้าหนังสือ 301, จุซ 15

60. (60) އަދި موسى (عليه السّلام) އެކަލޭގެފާނުންގެ އަރިހުގައިވާ ޒުވާނާއަށް (يُوْشَعُ بنُ نُون އަށް) ވިދާޅުވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލޭގެފާނު ވިދާޅުވިއެވެ. "مَجْمَعَ الْبَحْرَيْنِ އެވެ ކިޔާތަނަށް (ދެކަނޑު އެއްވާތަނަށް - ދެކަނޑުގުޅޭތަނަށް) ދެވިއްޖައުމަށްދާންދެން ނުވަތަ އެތަކެއްދުވަސްތަކެއް ނުވަތަ އަހަރުތަކެއްވަންދެން އަހުރެމެންގެ މިދަތުރު ހުއްޓައިނުލާ ކުރިޔަށްދާހުށީމެވެ." 61. (61) ދެންފަހެ އޭގެ ދެބޭކަލުން އެހިސާބަށް ވަޑައިގެންނެވުނުހިނދުން (އެބަހީ: އެދެކަނޑުގުޅޭ ހިސާބަށް) ވަޑައިގެންނެވުނުހިނދުން އެދެބޭކަލުން (ގެންގޮސްފައިވާ) މަހުގެ މަތިން އެދެބޭކަލުން ހަނދުމަފުޅު ނެތިއްޖެއެވެ. އަދި އެމަސް އޭތިދިޔަގޮތް އެނގޭގޮތަށް ކަނޑުގައި މަގެއް ހަދައިފާ އޭތި ހިނގައްޖެއެވެ. (އެއީ ހޮރެއްގޮތަށް ހެދިފައިވާ މަގެކެވެ.) 62. (62) ދެންފަހެ އޭގެ ދެބޭކަލުން އެތަން ފަހަނަޅައިކުރިޔަށް ވަޑައިގެންނެވުނުހިނދުން موسى (عليه السّلام) އެކަލޭގެފާނުންގެ ޒުވާނާއަށް ވިދާޅުވިއެވެ. "އަހުރެމެންގެ މެންދުރުގެ ކާނާގެންނާށެވެ! ހަމަކަށަވަރުން އަހުރެމެންގެ މިދަތުރުގައި އަހުރެމެންނަށް އުނދަގުލާއި ވަރުބަލިކަން ޖެހިއްޖެއެވެ." 63. (63) އެޒުވަނާ ދެންނެވިއެވެ. "ކަލޭގެފާނު ނިކަން ބައްލަވާށެވެ! އަހުރެމެން އެހިލަގަނޑުގެ ކައިރީގައި އަރާމުކޮށްލުމަށް ތިބިހިނދު އެމަހުގެމަތީން އަހުރެން ހަނދާންނެތިއްޖެއެވެ. އަދި އަހުރެން އެމަސްމަތިން ހަނދާންނައްތުވައިލީ شيطان އާކަމުގައިމެނުވީ ނުވެއެވެ." 64. (64) އެކަލޭގެފާނު يعني: موسى عليه السّلام ވިދާޅުވިއެވެ. "އަހުރެން އެދޭތަނަކީ އެއީއެވެ." ދެންފަހެ އެދެބޭކަލުން އެދެބޭކަލުން ވަޑައިގެންނެވިމަގުގެ އަސަރާ تبع ވެގެން އައިކޮޅަށް رجوع ވެވަޑައިގެންފިއެވެ. (އެމަސް ދިރިގެން ދިޔަ ހިސާބަށް ވަޑައިގެންފިއެވެ.) 65. (65) ދެންފަހެ އެތަނުން އޭގެދެބޭކަލުން، ތިމަންރަސްކަލާނގެ އަޅުންކުރެ އަޅަކު ދެކެވަޑައިގެންފިއެވެ. އެއަޅަކީ ތިމަންރަސްކަލާނގެ حضرة ން އެއަޅާއަށް رحمة އެއް (خاصّ رحمة އެއް) ދެއްވާފައިވާ އަޅެކެވެ. އަދި އެއަޅާއަށް ތިމަންރަސްކަލާނގެ (خاصّ) علم އެއް އުގަންނަވައިދެއްވީމެވެ. އެއީ (خَضِرُ عليه السّلام ކަމުގައި مفسّر ން ވިދާޅުވިއެވެ.) 66. (66) موسى عليه السّلام އެބޭކަލަކަށް ވިދާޅުވިއެވެ. "ތެދުމަގާއި حقّ ގެތެރެއިން ކަލޭގެފާނަށް އުގަންނަވައިދެއްވިފައިވާ ތަކެތީގެތެރެއިން އަހުރެންނަށް ކަލޭގެފާނު އުގަންނަވައިދެއްވުމުގެ މައްޗަށް ކަލޭގެފާނާ އަހުރެން تبع ވަންތޯއެވެ؟ (ކަލޭގެފާނުންގެ އަރިހުގައި އަހުރެން ގެންދަވާނުތޯއެވެ؟) " 67. (67) އެބޭކަލަކު ވިދާޅުވިއެވެ. "ހަމަކަށަވަރުން ކަލޭގެފާނަށް އަހުރެންނާ އެކު ކެތްތެރިވެވަޑައިގެން ހުންނެވުމަކަށް ކުޅަދާނަފުޅު ނުވާނެއެވެ." 68. (68) "އެކަމެއްގެ އެއްވެސް އެނގުމެއް އަދި خبر އެއް ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވާކަމެއްގެމައްޗަށް ކަލޭގެފާނު ކެތްކުރައްވާނީ ކޮންފަދައަކުންތޯއެވެ؟" 69. (69) އެކަލޭގެފާނު (يعني: موسى عليه السّلام) ވިދާޅުވިއެވެ. "ﷲ އިރާދަކުރެއްވިއްޔާ ކަލޭގެފާނު އަހުރެން ދެކެވަޑައިގަންނަވާނީ ކެތްތެރިއަކު ކަމުގައެވެ. އަދި ކަލޭގެފާނުންގެ އަމުރުފުޅަކަށް އަހުރެން ނުއުރެދޭހުށީމެވެ." 70. (70) އެބޭކަލަކު ވިދާޅުވިއެވެ. "ކަލޭގެފާނު އަހުރެންނާ تبع ވެވަޑައިގަންނަވަންޏާ (އަހުރެންނާއެކު ވަޑައިގަންނަވަންޏާ) އެއްވެސްއެއްޗަކާ މެދު އަދި އެއްވެސްކަމަކާ މެދު އަހުރެން އެކަމެއް بيان ކޮށްދެއްވުމުގެގޮތުން ކަލޭގެފާނާ ފަށައިގެން ވާހަކަދައްކަވައިފުމަށްދާންދެން އެއްވެސްކަމަކާ މެދު އަހުރެންނާ ސުވާލު ނުކުރައްވާށެވެ!"

- Abu Bakr Ibrahim Ali (Bakurube)

บันทึกและข้อคิด

คุณไม่มีบันทึกหรือข้อคิดเห็นใดๆ เกี่ยวกับข้อความนี้

Notes placeholders

จงเชื่อมโยงกับอัลกุรอานเสมอ ❤️

ข้อเตือนใจสั้นๆ ที่มีความหมาย เพื่อให้เราได้เริ่มต้นใหม่ ไตร่ตรอง และเชื่อมโยงกับอัลกุรอานอยู่เสมอ

อ่าน ฟัง ค้นหา และไตร่ตรองคัมภีร์อัลกุรอาน

Quran.com คือแพลตฟอร์มที่ผู้คนหลายล้านคนทั่วโลกไว้วางใจให้ใช้เพื่ออ่าน ค้นหา ฟัง และใคร่ครวญอัลกุรอานในหลากหลายภาษา Quran.com มีทั้งคำแปล ตัฟซีร บทอ่าน คำแปลทีละคำ และเครื่องมือสำหรับการศึกษาอย่างลึกซึ้ง ทำให้ทุกคนสามารถเข้าถึงอัลกุรอานได้

ในฐานะซอดาเกาะฮ์ ญาริยาห์ Quran.com มุ่งมั่นที่จะช่วยให้ผู้คนเชื่อมโยงกับอัลกุรอานอย่างลึกซึ้ง Quran.com ได้รับการสนับสนุนจาก Quran.Foundation ซึ่งเป็นองค์กรไม่แสวงหาผลกำไร 501(c)(3) และยังคงเติบโตอย่างต่อเนื่องในฐานะแหล่งข้อมูลฟรีที่มีคุณค่าสำหรับทุกคน อัลฮัมดุลิลลาฮ์

นำทาง
หน้าหลัก
วิทยุอัลกุรอาน
ผู้อ่าน
เกี่ยวกับเรา
นักพัฒนา
อัพเดทผลิตภัณฑ์
แนะนำติชม
ช่วยเหลือ
บริจาค
โครงการของเรา
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
โครงการไม่แสวงหากำไรที่เป็นเจ้าของ บริหารจัดการ หรือได้รับการสนับสนุนโดย Quran.Foundation
ลิงค์ยอดนิยม
ดุอาจากอัลกุรอาน
โองการอัลกุรอานประจำวัน
อายะห์กุรซี
ยาซีน
อัลมุลก์
อัรเราะห์มาน
อัลวากิอะฮ์
อัลกะห์ฟ
อัลมุซซัมมิล
แผนผังเว็บไซต์ความเป็นส่วนตัวข้อกำหนดและเงื่อนไข
© 2026 Quran.com. สงวนลิขสิทธิ์
มีส่วนช่วย