Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
018

Al-Káhf 18:54 ولقد صرفنا في هاذا القران للناس من كل مثل وكان الانسان اكثر شيء جدلا ٥٤

18:54
وَلَقَدۡ
صَرَّفۡنَا
فِي
هَٰذَا
ٱلۡقُرۡءَانِ
لِلنَّاسِ
مِن
كُلِّ
مَثَلٖۚ
وَكَانَ
ٱلۡإِنسَٰنُ
أَكۡثَرَ
شَيۡءٖ
جَدَلٗا
٥٤
(54) އަދި ހަމަކަށަވަރުން ހުރިހާ ވައްތަރެއްގެ މިސާލެއް މީސްތަކުންނަށްޓަކައި މި قرآن ގައި ތިމަންރަސްކަލާނގެ ޖައްސަވާހެއްދެވީމެވެ. އަދި އިންސާނާ ވަނީ جدل ކުރުންބޮޑު، އިދިކޮޅުހެދުން ގަދަ މީހަކުކަމުގައެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Examples put forth in the Qur'an

Allah says, `In this Qur'an, We have explained to mankind and given clear details of matters so that they will not stray from the truth or be misled from the path of guidance. Despite this explanation, man is very quarrelsome and opposes truth with falsehood,' except

…

Examples put forth in the Qur'an

Allah says, `In this Qur'an, We have explained to mankind and given clear details of matters so that they will not str

…
Más Tafsires

Leer en contexto

Capítulo 18, Página 300, Juz 15

54. (54) އަދި ހަމަކަށަވަރުން ހުރިހާ ވައްތަރެއްގެ މިސާލެއް މީސްތަކުންނަށްޓަކައި މި قرآن ގައި ތިމަންރަސްކަލާނގެ ޖައްސަވާހެއްދެވީމެވެ. އަދި އިންސާނާ ވަނީ جدل ކުރުންބޮޑު، އިދިކޮޅުހެދުން ގަދަ މީހަކުކަމުގައެވެ. 55. (55) އަދި މީސްތަކުންގެގާތަށް ތެދުމަގު އައުމަށްފަހު އެމީހުން إيمان ވުމުން މަނާވެ އެމީހުން ގެ ربّ ގެ حضرة ގައި ފާފަފުއްސެވުމަށް ދެންނެވުން މަނާވީކަމެއްކަމުގައި އިހުޒަމާނުގެ أمّة ތަކަށްވެސް ތިމަންރަސްކަލާނގެ އެގެންދެވި أصول އަދި އެގޮތް އެމީހުންނަށްވެސް އައުން ކަމުގައިމެނުވީ ނުވެއެވެ. އެއީ عذاب އަންނަންދެން އީމާންނުވެ ތިބުމެވެ. ނުވަތަ ކުއްލިއަކަށް ނުވަތަ ހަމަފައުޅުގައި އެމީހުންނަށް عذاب އައުންކަމުގައިމެނުވީ ނުވެއެވެ. 56. (56) އަދި އުފާވެރިކަމުގެ خبر ދެއްވާ ބޭކަލުންކަމުގައްޔާއި އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލުންކަމުގައި މެނުވީ ތިމަންރަސްކަލާނގެ رسول ބޭކަލުން ނުފޮނުއްވަމެވެ. (އެބަހީ: ތިމަންރަސްކަލާނގެ رسول ބޭކަލުން ފޮނުއްވީ ތިމަންރަސްކަލާނގެއަށް ކިޔަމަންވާ އަޅުންނަށް قيامة ދުވަހުން ސުވަރުގެޔާއި އެތާނގެ ތަފާތު نعمة ތައް ހުރިކަމުގެ އުފާވެރިކަމުގެ خبر ދެއްވުމަށާއި އަދި ތިމަންރަސްކަލާނގެއަށް ނުކިޔަމަންތެރިވީ އަޅުންނަށް قيامة ދުވަހުން ނަރަކައާއި އެތާނގެ ތަފާތު عذاب ހުރިކަމުގެ ބިރުވެރި خبر ދެއްވުމަށެވެ.) އަދި ކާފަރުވެއްޖެ މީސްތަކުން باطل އަދި ތާކުންތާކުނުޖެހޭ دليل ތަކުން جدل ކޮށްހަދައެވެ. އެއީ حقّ ނެތިކޮށްލައި حقّ ފިލުވައިލުމަށެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތަކާއި އެމީހުންނަށް إنذار ކުރެވުނު އަދި ބިރުގެންނެވުނުތަކެތި އެއީ މަލާމާތާއި ފުރައްސާރަޔަކަށް ހަދައިލިއެވެ. • ދަންނައެވެ! މިއާޔަތުގައިއެވާ آيَاتِي އޭ އޮތްބަސްފުޅުގެ މުރާދުކުރައްވަނީ ކީރިތި قرآن އާއި ދެންވެސް ބާވައިލެއްވި وحي އެވެ. އަދި އެމީހުންނަށް إنذار ވެވުނުތަކެތީގެ މުރާދަކީ رسول ބޭކަލުންނަށް ދެއްވުނު معجزة ތަކާއި عَادَ ފޫވައްޓަވައިފަނިވި ކަންތައްތަކެވެ. މިހުރިހާ ތަކެއްޗަކީ މަލާމާތްކުރެވޭ، باطل އަދި ކުޅިވަރުކަމުގައި ކާފަރުންތައް ހަދައިލިއެވެ. 57. (57) އަދި އެމީހެއްގެ ގާތުގައި އެމީހެއްގެ ربّ ގެ އާޔަތްތައް ހަނދާންކޮށްދެވުމަށްފަހު ދެން އެ آية ތަކުން އޭނާ މޫނު އަނބުރައިލާ އަދި އޭނާކޮށްފައިވާ ފާފަތައް ހަނދާންނައްތާލި މީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުހުންނާނެއެވެ.) ހަމަކަށަވަރުން އެމީހުންގެ ހިތްތަކުގެމަތީގައި އެމީހުންނަށް ނުވިސްނޭނޭގޮތުން ތިމަންރަސްކަލާނގެ މައްޗެއް ނުވަތަ ހުރަހެއް ލެއްވީމެވެ. އަދި އެމީހުންގެ ކަންފަތްތަކުގެމަތީގައި ބައްކަމެއް (ބަރުކަމެއް) ލެއްވީމެވެ. ފަހެ ކަލޭގެފާނު އެމީހުންނަށް ތެދުމަގަށް ކިތަންމެވަރަކަށް ގޮވާލެއްވިޔަސް ހަމަހިލާދުވަހަކުވެސް އެމީހުންނަކަށް ތެދުމަގެއް ނުލިބޭނެއެވެ. 58. (58) (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނުންގެ ربّ އެއީ ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ. އަދި އެއީ رحمة ގެވެރިކަލާނގެއެވެ. އަދި އެމީސްތަކުންކުރާ ފާފަޔާއި ނުލަފާ ކަންތަކުގެ ސަބަބުން އެމީހުން ހިއްޕަވާނެނަމަ ހަމަކަށަވަރުން އެމީހުންނަށް عذاب އަވަސްކުރައްވައިފީހެވެ. އަދި އެހެންނަމަވެސް އެމީހުންނަށް (عذاب ދެއްވުމުގެ) ވަކިވަގުތެއް ކަނޑައެޅިގެން ވެއެވެ. (އެއީ قيامة ދުވަހެވެ.) އަދި އެކަލާނގެ ފިޔަވައި އެމީހުން ސަލާމަތްވާންދާނެތަނެއް އަދި ސަލާމަތްކޮށްދޭނެމީހަކު އެމީހުންނަކަށް ނުވާނެއެވެ. 59. (59) އަދި ތިމަންރަސްކަލާނގެ އެހަލާކުކުރެއްވި ހުރިހާ ރަށްރަށެއް އެރަށްރަށުގެ أهل ވެރިން އަނިޔާވެރިވީހިނދުން އެރަށްރަށް ހަލާކުކުރެއްވުމަށް ތިމަންރަސްކަލާނގެ ވަކިވަގުތެއް ކަނޑައެޅުއްވީމެވެ. (އެކަނޑައެޅުއްވި ވަގުތު އެރަށްރަށް ހަލާކުވެގެންދިޔައީއެވެ. އެކަންކަމުން މި مكّة ގެ أهل ވެރިން عبرة حاصل ކުރުންހުއްޓެވެ.)

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir