Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-Káhf 18:45 واضرب لهم مثل الحياة الدنيا كماء انزلناه من السماء فاختلط به نبات الارض فاصبح هشيما تذروه الرياح وكان الله على كل شيء مقتدرا ٤٥

Página 298 · Juz 15

وَٱضۡرِبۡ
لَهُم
مَّثَلَ
ٱلۡحَيَوٰةِ
ٱلدُّنۡيَا
كَمَآءٍ
أَنزَلۡنَٰهُ
مِنَ
ٱلسَّمَآءِ
فَٱخۡتَلَطَ
بِهِۦ
نَبَاتُ
ٱلۡأَرۡضِ
فَأَصۡبَحَ
هَشِيمٗا
تَذۡرُوهُ
ٱلرِّيَٰحُۗ
وَكَانَ
ٱللَّهُ
عَلَىٰ
كُلِّ
شَيۡءٖ
مُّقۡتَدِرًا
٤٥
(45) (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު އެމީހުންނަށް ދުނިޔޭގެ حياة ގެ މިސާލު ޖައްސަވައިދެއްވާށެވެ! އެއީ އުޑުން ތިމަންރަސްކަލާނގެ ބާވައިލެއްވި ފެނެއްގެ މިސާލެވެ. ވާރޭގަނޑެއްގެ މިސާލެވެ. ދެން އެވާރޭފެން ވެހި، އެފެނާއި ބިމުގެ ފަތްޕިލާވެލި އެކުވެ (ގަސްތައް ރަގަނޅުވެ ފައްކާވުމަށްފަހު) ދެން ގަސްތައްހިކި ކުދިކުދިވެ ވަޔަށް ބުރައިގެންދާފަދަ ކުނޑިތަކަކަށްވީއެވެ. އަދި ﷲ تعالى ކޮންމެކަމަކަށް ކުޅަދުންވަންތަ ކަލަކުކަމުގައި ވޮޑިގެންވިއެވެ. • ދަންނައެވެ. ﷲ تعالى ދުނިޔޭގެ حياة ގެ މިސާލު ފެނެއްގެ މިސާލުގައި މިޖެއްސެވީ ފެނަކީ އެއްތަނެއްގައި قائم ވެ އޮންނައެއްޗެއްނޫނެވެ. އެފަދައިން ދުނިޔެވެސް އެއް حالة އެއްގައި ނުއޮންނާނެއެވެ. ހަމައެފަދައިން ފެނަކީ އަބަދު އޮންނަ އެއްޗެއްނޫނެވެ. ދުނިޔެވެސް އެފަދައިން ދެމިނުއޮންނާނެއެވެ. ހަމައެފަދައިން ވަކިމިންވަރަކަށް ފެންހުރެއްޖެނަމަ منفع ކުރާނެއެވެ. ގިނަވެއްޖެއްޔާ ގެއްލުން ދީފާނެއެވެ. ދުނިޔެވެސް އެފަދައެވެ. ދުނިޔެއިން ފުދޭ ވަކިމިންވަރެއް ފައިދާކުރާނެއެވެ. ގިނބައިވަރުތަކުން ގެއްލުންކުރާނެއެވެ. والله أعلم. - މިއީ حكمة ތެރިންގެ ބައެއްބަހެވެ.
reading-goal:continue-reading

Leer q-and-a.tafsir

Ibn Kathir (Abridged)

The Parable of the Worldly Life

Allah says:

وَاضْرِبْ لَهُم

(And mention) O Muhammad, to the people,

مَثَلُ الْحَيَوةِ الدُّنْيَا

(the parable of the worldly life), its transient nature and how it will eventually cease and come to an end.

كَمَآءٍ أَنزَلْنَاهُ مِنَ السَّمَآءِ فَاخْتَلَطَ بِهِ نَبَاتُ الاٌّ

…

The Parable of the Worldly Life

Allah says:

وَاضْرِبْ لَهُم

(And mention) O Muhammad, to the people,

مَثَلُ الْحَيَوةِ الدُّنْيَا

(the parable of the world

…
Ver tafsirs

Leer related-content

45. (45) (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު އެމީހުންނަށް ދުނިޔޭގެ حياة ގެ މިސާލު ޖައްސަވައިދެއްވާށެވެ! އެއީ އުޑުން ތިމަންރަސްކަލާނގެ ބާވައިލެއްވި ފެނެއްގެ މިސާލެވެ. ވާރޭގަނޑެއްގެ މިސާލެވެ. ދެން އެވާރޭފެން ވެހި، އެފެނާއި ބިމުގެ ފަތްޕިލާވެލި އެކުވެ (ގަސްތައް ރަގަނޅުވެ ފައްކާވުމަށްފަހު) ދެން ގަސްތައްހިކި ކުދިކުދިވެ ވަޔަށް ބުރައިގެންދާފަދަ ކުނޑިތަކަކަށްވީއެވެ. އަދި ﷲ تعالى ކޮންމެކަމަކަށް ކުޅަދުންވަންތަ ކަލަކުކަމުގައި ވޮޑިގެންވިއެވެ. • ދަންނައެވެ. ﷲ تعالى ދުނިޔޭގެ حياة ގެ މިސާލު ފެނެއްގެ މިސާލުގައި މިޖެއްސެވީ ފެނަކީ އެއްތަނެއްގައި قائم ވެ އޮންނައެއްޗެއްނޫނެވެ. އެފަދައިން ދުނިޔެވެސް އެއް حالة އެއްގައި ނުއޮންނާނެއެވެ. ހަމައެފަދައިން ފެނަކީ އަބަދު އޮންނަ އެއްޗެއްނޫނެވެ. ދުނިޔެވެސް އެފަދައިން ދެމިނުއޮންނާނެއެވެ. ހަމައެފަދައިން ވަކިމިންވަރަކަށް ފެންހުރެއްޖެނަމަ منفع ކުރާނެއެވެ. ގިނަވެއްޖެއްޔާ ގެއްލުން ދީފާނެއެވެ. ދުނިޔެވެސް އެފަދައެވެ. ދުނިޔެއިން ފުދޭ ވަކިމިންވަރެއް ފައިދާކުރާނެއެވެ. ގިނބައިވަރުތަކުން ގެއްލުންކުރާނެއެވެ. والله أعلم. - މިއީ حكمة ތެރިންގެ ބައެއްބަހެވެ. 46. (46) މުދަލާއި ދަރިންނަކީ ދުނިޔޭގެ حياة ގެ ޒީނަތެކެވެ. އަދި بَاقِيَاتُ الصَّالِحَات އަކީ ކަލޭގެފާނުންގެ ربّ ގެ حضرة ގައި މާހެޔޮވެގެންވާ އެއްޗެކެވެ. ثواب ގެގޮތުންނާއި ފަހުކޮޅު ދަރުމަދެއްވުމުގެ މާހެޔޮވެގެންވެއެވެ. • ދަންނައެވެ. بَاقِيَاتُ الصَّالِحَات އަކާއިމެދު ދަންނަބޭކަލުންގެ މެދުގައި ބަސްތަފާތެވެ. ވަރަށްގިނަ ބޭކަލުން ވިދާޅުވަނީ އެއީ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ اْلعَظِيْم މިބަސްތައްކަމަށެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ فرض ފަސްނަމާދު ކަމަށެވެ. އަދި އަނެއްބައިބޭކަލުން ވިދާޅުވަނީ އެއީ آخرة އަށްޓަކައި ކުރެވޭ ކޮންމެ صالح عمل އެއް ކަމަށެވެ. އެއީ ބުނާބަހެއްނަމަވެސް ކުރާ عمل އެއްނަމަވެސް ހަމަހަމައެވެ. އަދި މިނޫންގޮތްގޮތަށްވެސް ބުނެވެއެވެ. والله أعلم. 47. (47) އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ދުއްވައިލާ ވިއްސިވިހާލިކޮށްލައްވާ ދުވަސް (ހަނދުމަފުޅުކުރައްވާށެވެ!) އަދި ބިންގަނޑު އެއްވެސްއެއްޗެއްނެތި ހަމަ ހާމަޔަށް ވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. (ނުވަތަ އެބިމުގައި ވަޅުލެވިފައިވާހާ މީހުންނާއި ތަކެތި ނެރެ ފައުޅުވެގެން ވަނިކޮށް ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.) އަދި އޭގެތެރެއިން އެކަކުވެސް ދޫނުކުރައްވައި ތިމަންރަސްކަލާނގެ އެމީހުން محشر ކުރައްވާހުށީމެވެ. އެއްކުރައްވާހުށީމެވެ. 48. (48) އަދި އެމީހުން ކަލޭގެފާނުންގެ ربّ ގެ حضرة އަށް ސަފަކަށް ހުށަހެޅޭނެއެވެ. (އަދި އެމީހުންނަށް އެންގޭނެއެވެ.) "ހަމަކަށަވަރުން ފުރަތަމަފަހަރު ތިމަންރަސްކަލާނގެ ކަލޭމެން ހެއްދެވިފަދައިން ތިމަންރަސްކަލާނގެ حضرة އަށް ކަލޭމެން ގެނެވުނީއެވެ. އަދި ކިއެއްހެއްޔެވެ. ކަލޭމެން (ދުނިޔޭގައި އުޅުނުއިރު) ހީކުރީ ތިމަންރަސްކަލާނގެ ކަލޭމެނަށް ކަނޑައެޅިގެންވާ ވަކިވަގުތެއް (އެބަހީ: ހިސާބުބައްލަވާ عمل ތަކަށް جزاء ދެއްވުމަށް) ވަކިވަގުތެއް ނުލައްވާނެކަމަށެވެ." (މިއީ قيامة ދޮގުކުރިމީހުންނަށް އެންގެވޭ އެންގެވުމެކެވެ.) 49. (49) އަދި عمل ގެ ފަތް ބޭއްވެވިދެއެވެ. (އެބަހީ: عمل ގެ ފަތް ކޮންމެމީހެއްގެ އަތުގައި ބޭއްވިދެއެވެ.) ފަހެ مجرم ން (އެބަހީ: ނުބައިނުލަފާމީހުން) އެމީހުންގެ ފަތުގައިވާތަކެތި ދެކެފައި ބިރުން ސިހިގެންދާނެއެވެ. (ހިތާމަކޮށް ރޮއިހަދާނެއެވެ.) އަދި ބުނާނެއެވެ. "އަހުރެމެންގެމައްޗަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މިއީ ކޮންކަހަލަ ފަތެއްހެއްޔެވެ. ކިތައްމެ ކުޑަފާފައެއްވިޔަސް އަދި ބޮޑުފާފައެއްވިޔަސް އޭގައި ނުހިމަނާ ނުވެއެވެ. (ހުރިހާ އެއްޗެއް އެބަހުއްޓެވެ.) " އަދި އެމީހުން ދުނިޔޭގައި ކުރިނަމަކުރި عمل އެއް حاضر ވެގެންވާތީ އެމީހުން ދެކޭނެއެވެ. [އަދި ކަލޭގެފާނުގެ ربّ ހަމައެކަކަށްވެސް އަނިޔާވެރިވެވޮޑިނުގަންނަވައެވެ.]

- Abu Bakr Ibrahim Ali (Bakurube)

reading-goal:continue-reading

Notas y Reflexiones.

reflection-not-available

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir