Войти
Войти
Войти
Выберите язык
018

Al-Kahf 18:33 كلتا الجنتين اتت اكلها ولم تظلم منه شييا وفجرنا خلالهما نهرا ٣٣

18:33
كِلۡتَا
ٱلۡجَنَّتَيۡنِ
ءَاتَتۡ
أُكُلَهَا
وَلَمۡ
تَظۡلِم
مِّنۡهُ
شَيۡـٔٗاۚ
وَفَجَّرۡنَا
خِلَٰلَهُمَا
نَهَرٗا
٣٣
(33) ދެބަގީޗާގެ ގަސްތަކުގައި މޭވާއައިސް ފައްކާވެފައިވެއެވެ. އޭގެ މޭވާއާއި نتيجة ގެތެރެއިން ކުޑަމިންވަރެއްވެސް މަދުވެ އުނިވެގެންނުވެއެވެ. އަދި އެދެބަގީޗާގެދެމެދުގައި (ގަސްތަކުގެތެރޭގައި) ތިމަންރަސްކަލާނގެ ފެންއާރެއް ފަޅުއްވައި ހިންގެވީމެވެ. (ހުރިހާ ގޮތަކުންވެސް ކަންތައްތައް އޭނާއަށް ބަރާބަރުވެގެންވެއެވެ.)
Продолжить чтение

Прочитайте тафсир.

Russian Tafseer Al Saddi

Хозяин этих садов собирал богатый урожай плодов и зерна, и даже малая часть его богатства не пропадала. Что же касается воды, то рядом с этими садами протекал широкий ручей. Благодаря этому богатство этого человека приумножалось. Он собирал прекрасные плоды, а его деревья не знали болезней и недоста…
Хозяин этих садов собирал богатый урожай плодов и зерна, и даже малая часть его богатства не пропадала. Что же касается воды, то рядом с этими садами …
Больше тафсиров

Читать в контексте

Глава 18, Страница 297, Джуз 15

32. (32) (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް - يعني: އެ مشرك ންނަށް - ދެފިރިހެނެއްގެ مثال ޖައްސަވައިދެއްވާށެވެ! އެތަނުން އެކަކަށް (މުއްސަނދިމީހާއަށް) ތިމަންރަސްކަލާނގެ މޭބިސްކަދުރުގެ ދެބަގީޗާ ދެއްވީމެވެ. އަދި އެދެބަގީޗާގެ (މޭބިސްކަދުރުވެޔޮތައް) ވަށައިގެން ތިމަންރަސްކަލާނގެ ކަދުރުރުއް ލެއްވީމެވެ. އަދި އެދެބަގީޗާގެ ދެމެދުގައި ދަނޑުބިމެއް ލެއްވީމެވެ. 33. (33) ދެބަގީޗާގެ ގަސްތަކުގައި މޭވާއައިސް ފައްކާވެފައިވެއެވެ. އޭގެ މޭވާއާއި نتيجة ގެތެރެއިން ކުޑަމިންވަރެއްވެސް މަދުވެ އުނިވެގެންނުވެއެވެ. އަދި އެދެބަގީޗާގެދެމެދުގައި (ގަސްތަކުގެތެރޭގައި) ތިމަންރަސްކަލާނގެ ފެންއާރެއް ފަޅުއްވައި ހިންގެވީމެވެ. (ހުރިހާ ގޮތަކުންވެސް ކަންތައްތައް އޭނާއަށް ބަރާބަރުވެގެންވެއެވެ.) 34. (34) އަދި އޭނާއަށް ގިނަވެގެންވާ މޭވާވެއެވެ. (އަދި ރަނާއި ރިހި އަދި ގިނަމުދާވެއެވެ.) ދެންފަހެ އޭނާ އޭނާގެ އެކުވެރިޔާއާއި (فقير މީހާއާ) ވާހަކަދެއްކުމުގެތެރޭގައި ބުންޏެވެ. "ކަލެއަށްވުރެ އަހުރެން މުދާގިނަވެފައި އަދި މީހުން ގިނަވުމުގެގޮތުން މާ عزّة ތެރިއެވެ." 35. (35) އަދި އޭނާ އޭނާގެ ބަގީޗާއަށްވަނީ އޭނާގެ އަމިއްލަ نفس އަށް އަނިޔާވެރިވެގެންވާ حال ގައެވެ. (އެއީ محشر އަށް ފޮނުއްވުމާއިމެދު كافر ވުމާއި قيامة ވުމާ މެދު ޝައްކުވުމާއި މިބާވަތުގެ ކަންތަކުގެ ސަބަބުންނެވެ.) އޭނާ ބުންޏެވެ. އަހުރެން ހީކުރާގޮތުގައި އަހުރެންގެ މިމުދާ ދުވަހަކުވެސް ހަލާކުވެގެން ނުދާނެއެވެ. 36. (36) އަދި (އޭނާ ބުންޏެވެ.) "އަހުރެން ހީކުރާގޮތުގައި ތިޔަބުނާ قيامة ދުވަހެއް ނާންނާނެއެވެ. (އަދި ކަލޭ ތިޔަބުނާގޮތަށް قيامة قائم ވެގެން) އަހުރެން އަހުރެންގެ ربّ ގެ حضرة އަށް ދެވުނުނަމަވެސް އަހުރެންގެ މިބަގީޗާއަށްވުރެ މާހެޔޮ ރަނގަޅުތަކެތި އަހުރެންނަށް އެނބުރި ދެވޭތަނުގެ ގޮތުން ލިބޭނެއެވެ." 37. (37) އޭނާގެ (فقير) އެކުވެރިޔާ އޭނާއަށް ވާހަކަދައްކާ حال ބުންޏެވެ. "ކަލޭ ކަލޭހެއްދެވި ކަލާނގެއަށް ކާފަރުވެއްޖައީމުއެވެ. އެކަލާނގެއީ ކަލޭގެ ބައްޕަ (آدم عليه السّلام) ވެލިން ހައްދަވައި އަދި ކަލޭ މަނިފޮދުވަރަކުން ހައްދަވައި ދެން ފުރިހަމަ ބަރާބަރު ފިރިހެނަކަށް ހެއްދެވި ކަލާނގެއެވެ." 38. (38) "އެހެނެއްކަމަކު އަހުރެން (އެކަލާނގެއަށް ކާފަރުނުވާހުށީމެވެ.) ﷲ އެއީ ކަނޑައެޅިގެން އަހުރެންގެ ربّ އެވެ. އަހުރެން އަހުރެންގެ ربّ އާއި ހަމައެކަކާއިވެސް شريك ނުކުރާހުރީމެވެ. ބައިވެރި ނުކުރާހުރީމެވެ." 39. (39) "ކަލޭ ކަލޭގެ ބަގީޗާއަށް ވަތްއިރު "ﷲ އިރާދަކުރެއްވިގޮތެވެ. ﷲ ގެ حضرة ންމެނުވީ ބާރެއް ލިބުމެއް ނުވެއެވެ." މިފަދައިން ބުނިނަމައެވެ. (އެފަދައިން ނުބުނީ ކީއްވެހެއްޔެވެ؟) ކަލެއަށްވުރެ އަހުރެން މުދަލާއި ދަރިން މަދުކަމުގައި ކަލޭ ދުއްނަމަވެސްމެއެވެ." 40. (40) "އަހުރެންގެ ربّ އަހުރެންނަށް ކަލޭގެ ބަގީޗާއަށްވުރެ މާހެޔޮއެއްޗެތި ދެއްވުން أمّيد ކުރެވެއެވެ. އަދި ކަލޭގެ ބަގީޗާއަށް އެކަލާނގެ އުޑުން عذاب އެއް ފޮނުއްވައި އެތަނަކީ އެއްވެސް އެއްޗެއްނުވާ ފައިކައްސާލާކަހަލަ އޮމާން ހުސްބިމަކަށް ހައްދަވައިފާނެއެވެ." 41. (41) "ނުވަތަ އެތަނަކީ އެތާނގެ ފެން އެތާނގެ ބިމުގެ އަޑިއަށް އެކަށްވަދެގެންގޮސް ފެންފޮދެއް ނެތްތަނަކަށް ވެދާނެއެވެ. ދެން އޭރުން އެފެން ހޯދުމަށް ކަލެއަށް ކުޅަދާނަވެގެން ނުވާނެއެވެ." • ދަންނައެވެ! ކަންވީގޮތަކީވެސް އެއީއެވެ. ދެބަގީޗާގެވެރިޔާ ބަގީޗާއަށް ދިޔައިރު އެތަންއޮތީ އެކަށް ހަލާކުވެފައެވެ! ކޮންމެވެސް ބަލާއެއް ފޮނުއްވައި އެތަން މުޅިން ސުންނާފަތިވެ ހަލާކުވީއެވެ. އޭނާ އެތަންތަނަށް ކުރި خرد އާއި ހޭދައިގެ ބަދަލުގައި އެއްވެސް منفع އެއް ލިބެންނެތި ގަސްތައްވެރި ބަރުބާދުވެފައެވެ. ދެން މިލިޔާ ދެތިން އާޔަތުގައި އެވަނީ އެޔާބެހޭ ވާހަކައިގެ خلاصة އެވެ. 42. (42) އަދި އޭނާގެ މޭވާތައް (އޭނާގެ މުދާތައް) ވަށައިލެވިއްޖެއެވެ. (އެބަހީ: އޭނާގެ މުދާތަކަށް ކޮންމެވެސް އާފާތެއް ﷲ ފޮނުއްވައި އެތަކެތި ހަލާކުކުރައްވައިފިއެވެ.) ދެންފަހެ އޭނާ އެބަގީޗާއަށްކުރި خرد އާއި އަދި އެޔަށްޖެހިފައިވާ مصيبة ގެ ސަބަބުން އެކަމާ ހިތާމައިން އޭނާގެ ދެއަތްތިލަ ފުރޮޅާކަމުގައިވިއެވެ. އަދި އޭނާ ބުނެއެވެ. "އަހުރެން އަހުރެންގެ ربّ އާއި އެކައްޗަކާވެސް شريك ނުކުރެވުނުނަމަ ކޮންފަދަ ރަނގަޅުވީސްހެއްޔެވެ؟" 43. (43) އަދި އޭނާއަށް نصر ދީ އެހީތެރިވާނޭ އެއްވެސް جماعة އެއް ﷲ ފިޔަވައި އޭނާއަކަށް ނުވިއެވެ. އަދި (ﷲ ގެ عذاب) مَنَعَ ކުރެވޭނެމީހަކުކަމުގައި އޭނާ ނުވިއެވެ. 44. (44) (قيامة ދުވަހުން) ވެރިކަމާއި مِلْكُ ވަނީ ހަމައެކަނި حقّ ވަންތަ ﷲ އަށެވެ. އެކަލާނގެއީ ثواب ދެއްވުމުގެގޮތުންނާއި އަދި ފަހުކޮޅުގެ ދަރުމަޔާއި جزاء ދެއްވުމުގެގޮތުން ހެޔޮވެގެންވާ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Заметки и размышления

У вас нет никаких заметок или размышлений по этому стиху.

Notes placeholders

Оставайтесь на связи с Кораном ❤️

Короткие, но содержательные напоминания, чтобы перезагрузиться, поразмышлять и оставаться на связи с Кораном.

Читайте, слушайте, ищите и размышляйте над Кораном

Quran.com — это надёжная платформа, используемая миллионами людей по всему миру для чтения, поиска, прослушивания и размышления над Кораном на разных языках. Она предоставляет переводы, тафсир, декламацию, пословный перевод и инструменты для более глубокого изучения, делая Коран доступным каждому.

Quran.com, как садака джария, стремится помочь людям глубже проникнуть в Коран. При поддержке Quran.Foundation , некоммерческой организации, имеющей статус 501(c)(3), Quran.com продолжает развиваться как бесплатный и ценный ресурс для всех. Альхамдулиллях.

Навигация
Дом
Коран Радио
Чтецы
О нас
Разработчики
Обновления продуктов
Обратная связь
Помощь
Пожертвовать
Наши проекты
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Некоммерческие проекты, принадлежащие, управляемые или спонсируемые Quran.Foundation
Популярные ссылки
Молитвы из Корана
Аят дня из Корана
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Карта сайтаКонфиденциальностьУсловия и положения
© 2026 Quran.com. Все права защищены
Способствовать