Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-Káhf 18:21 وكذالك اعثرنا عليهم ليعلموا ان وعد الله حق وان الساعة لا ريب فيها اذ يتنازعون بينهم امرهم فقالوا ابنوا عليهم بنيانا ربهم اعلم بهم قال الذين غلبوا على امرهم لنتخذن عليهم مسجدا ٢١

Página 296 · Juz 15

وَكَذَٰلِكَ
أَعۡثَرۡنَا
عَلَيۡهِمۡ
لِيَعۡلَمُوٓاْ
أَنَّ
وَعۡدَ
ٱللَّهِ
حَقّٞ
وَأَنَّ
ٱلسَّاعَةَ
لَا
رَيۡبَ
فِيهَآ
إِذۡ
يَتَنَٰزَعُونَ
بَيۡنَهُمۡ
أَمۡرَهُمۡۖ
فَقَالُواْ
ٱبۡنُواْ
عَلَيۡهِم
بُنۡيَٰنٗاۖ
رَّبُّهُمۡ
أَعۡلَمُ
بِهِمۡۚ
قَالَ
ٱلَّذِينَ
غَلَبُواْ
عَلَىٰٓ
أَمۡرِهِمۡ
لَنَتَّخِذَنَّ
عَلَيۡهِم
مَّسۡجِدٗا
٢١
(21) އަދި ތިމަންރަސްކަލާނގެ (މިހޮހޮޅުގެ އެކުވެރިން) އަނެއްބައިމީހުންގެމައްޗަށް ފައުޅުކުރައްވައި ދެއްކެވީ ހަމައެފަދައިންނެވެ. އެއީ ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ ހަމަ حقّ އެއްޗެއްކަމާއި އަދި ހަމަކަށަވަރުން قيامة ދުވަހަކީ ޝައްކެއްނެތި އަންނާނެ ދުވަހެއްކަން އެމީހުން ދެނެގަތުމަށްޓަކައެވެ. އެއީ އެމީހުންގެ މެދުގައި محشر އަށް ފޮނުއްވުމާމެދު ދެބަސްވެ إختلاف ވީހިނދުންނެވެ. (ﷲ تعالى وحي ކުރެއްވިއެވެ.) އެމީހުން ބުންޏެވެ. (އެބަހީ: ރަށުގެ މީހުން ބުންޏެވެ.) "އެމީހުންނަށް (يعني: ހޮހޮޅުގެ އެކުވެރިންނަށް) ކަލޭމެން ބިނާއެއް ހަދާށެވެ! އެމީހުންގެ ربّ އެމީހުންގެ އެންމެހައިކަމެއް ދެނެވޮޑިގަތުންބޮޑެވެ." ދެންފަހެ ހޮހޮޅުގެ އެކުވެރިންގެ ކަންތަކާމެދު އެންމެކުރިޔަށް ބަސްކީމީހުން [ބުންޏެވެ]. "އަހުރެމެން އެމީހުންނަށް ބިނާކުރާނީ މިސްކިތެކެވެ." • ދަންނައެވެ! ހޮހޮޅުގެ އެކުވެރިން އެހޮހޮޅުގައި ނިދިފައިތިބި ދިގުމުއްދަތުގެތެރޭގައި، އޭރު އެތާނގެ ވެރިޔަކަށް ހުރި ބުދުދީނުގެ ރާޖާ دِقْيَفُوس މަރުވެގޮސް، އަލުން އެހެން إسلام ރަސްކަލެއް (تيذوسيس) ރަސްކަމަށް އަރާ ވަޑައިގެން، މީސްތަކުން إسلام ވެ، عيسى عليه السّلام ގެ دين ގައި އުޅޭކަމުގައިވިއެވެ. އެހެންގޮސް ޒަމާންދިގުވުމުން މީސްތަކުންގެމެދުގައި އަލުންވެސް މީސްތަކުން މަރުވުމަށްފަހު އަލުން ދިރިގެން قيامة އަށް ފޮނުއްވުމާމެދު ދެބަސްވުން އުފެދި إختلاف ތައް އުފެދިއްޖެއެވެ. އެކަމާ ރަސްގެފާނު ވަރަށް ކަންބޮޑުވެ ވަޑައިގެން محشر އަށް މީސްތަކުން ފޮނުއްވޭނެކަމުގެ دليل އަކަށް (އެފަދަ معجزة އަކަށް) ﷲ ގެ حضرة ން އެދިވަޑައިގެން دعاء ކުރައްވާކަމުގައިވިއެވެ. އެދުވަސްވަރު ހޮހޮޅުގެ އެކުވެރިން ހޭލެވިގެން ކާއެތިކޮޅެއް ހޯދުމަށް އެތަނުން އެކަކު ރަށަށް އަރައިގެން އުޅެނިކޮށް އެމީހާ ގެންގުޅުނު ފައިސާގެ ޒަމާން ދިގުވެފައިވާތީ އޭނާޔާ ބާޒާރުގެ މީހުން ސުވާލުކޮށް ވީނުވީއެއް ނޭނގިގެން ރަސްގެފާނުން އަރިހަށް އޭނާ ގެނައީއެވެ. ދެން ރަސްގެފާނު އޭނާކުރެން خبر ތައް އައްސަވައި، ވެގެންއުޅޭގޮތެއް އެނގިވަޑައިނުގެން، އޭނާގެންނަވައިގެން އޭނާގެ އެކުވެރިންގެ ގާތަށް ހޮހޮޅަށް ވަޑައިގެންނެވީއެވެ. ހޮހޮޅުގައި ތިބި އޭނާގެ އެހެން އެކުވެރިންނާއި ބަސްފުޅު ވިދާޅުވެ، ރަސްގެފާނަށް މައްސަލަ ރަނގަޅަށް ސާފުވެވަޑައިގެން، އެއީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ حجّة އެއްކަމާއި އަދި قيامة ވާނެކަމުގެ ފުރިހަމަ دليل އެއްކަން، ރަސްގެފާނަށާއި އަރިހުގައިވާމީހުންނަށް ރަނގަޅަށް އެނގިއްޖެއެވެ. އެހެނީ ތިންސަތޭކަ އެތައްއަހަރެއްވާންދެން ބަޔަކު ނިންދަވައި ބޭތިއްބެވުމަށްފަހު، އެމީހުންނަށް އެއްވެސް ބަދަލެއްނައިސް، އެމީހުންގެ ފޭރާމަކަށްވެސް އެއްވެސް ބާކަމެއް އަޔަނުދެއްވާ ބެލެހެއްޓެވިކަލަކަށް، މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި އެއްކުރެއްވުމަކީ އެއްވެސް އުނދަގޫކަމަކަށް ނުވާނެކަން ސަލާމަތް ބުއްދިއަކަށްވިއްޔާ އެނގޭނެއެވެ. وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ - މިތަނުން އިޝާރަތްވަނީ ހޮހޮޅުގެ އެކުވެރިން އެހާގިނަ ދުވަހު ނިދިފައިތިބުމަށްފަހު، ހޭއަރުއްވައި އެވަގުތު އެރަށުގައި އުޅުނުމީހުންނަށް ދެއްކެވި ވާހަކައެވެ. އެ ހޮހޮޅުގެ އެކުވެރިން މިރަށުގެ މީހުންނަށް ދެއްކެވުމަށްފަހު، ﷲ تعالى އަލުންވެސް އެމީހުން ގަދަ ނިދިން ނިންދަވައި އެމީހުންގެ ހޮހޮޅު މީސްތަކުންގެ ލޯމަތިން ނިވައިކުރެއްވީއެވެ. މިއީ ވަރަށް ދިގުވާހަކައެވެ. تفصيل އާއިއެކު تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. އަދި ފަހުން މިއަންނަ آية ތަކުންވެސް ބައެއް تفصيل ބަޔާންވެގެންވެއެވެ. والله أعلم.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

How the People of the City came to know about Them; building a Memorial over the Cave

وَكَذلِكَ أَعْثَرْنَا عَلَيْهِمْ

(And thus We made their case known,) means, `We caused the people to find them.'

لِيَعْلَمُواْ أَنَّ وَعْدَ اللَّهِ حَقٌّ وَأَنَّ السَّاعَةَ لاَ رَيْبَ فِيهَا

(that they might know that

…

How the People of the City came to know about Them; building a Memorial over the Cave

وَكَذلِكَ أَعْثَرْنَا عَلَيْهِمْ

(And thus We made their case know

…
Ver Tafsires

Leer en contexto

21. (21) އަދި ތިމަންރަސްކަލާނގެ (މިހޮހޮޅުގެ އެކުވެރިން) އަނެއްބައިމީހުންގެމައްޗަށް ފައުޅުކުރައްވައި ދެއްކެވީ ހަމައެފަދައިންނެވެ. އެއީ ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ ހަމަ حقّ އެއްޗެއްކަމާއި އަދި ހަމަކަށަވަރުން قيامة ދުވަހަކީ ޝައްކެއްނެތި އަންނާނެ ދުވަހެއްކަން އެމީހުން ދެނެގަތުމަށްޓަކައެވެ. އެއީ އެމީހުންގެ މެދުގައި محشر އަށް ފޮނުއްވުމާމެދު ދެބަސްވެ إختلاف ވީހިނދުންނެވެ. (ﷲ تعالى وحي ކުރެއްވިއެވެ.) އެމީހުން ބުންޏެވެ. (އެބަހީ: ރަށުގެ މީހުން ބުންޏެވެ.) "އެމީހުންނަށް (يعني: ހޮހޮޅުގެ އެކުވެރިންނަށް) ކަލޭމެން ބިނާއެއް ހަދާށެވެ! އެމީހުންގެ ربّ އެމީހުންގެ އެންމެހައިކަމެއް ދެނެވޮޑިގަތުންބޮޑެވެ." ދެންފަހެ ހޮހޮޅުގެ އެކުވެރިންގެ ކަންތަކާމެދު އެންމެކުރިޔަށް ބަސްކީމީހުން [ބުންޏެވެ]. "އަހުރެމެން އެމީހުންނަށް ބިނާކުރާނީ މިސްކިތެކެވެ." • ދަންނައެވެ! ހޮހޮޅުގެ އެކުވެރިން އެހޮހޮޅުގައި ނިދިފައިތިބި ދިގުމުއްދަތުގެތެރޭގައި، އޭރު އެތާނގެ ވެރިޔަކަށް ހުރި ބުދުދީނުގެ ރާޖާ دِقْيَفُوس މަރުވެގޮސް، އަލުން އެހެން إسلام ރަސްކަލެއް (تيذوسيس) ރަސްކަމަށް އަރާ ވަޑައިގެން، މީސްތަކުން إسلام ވެ، عيسى عليه السّلام ގެ دين ގައި އުޅޭކަމުގައިވިއެވެ. އެހެންގޮސް ޒަމާންދިގުވުމުން މީސްތަކުންގެމެދުގައި އަލުންވެސް މީސްތަކުން މަރުވުމަށްފަހު އަލުން ދިރިގެން قيامة އަށް ފޮނުއްވުމާމެދު ދެބަސްވުން އުފެދި إختلاف ތައް އުފެދިއްޖެއެވެ. އެކަމާ ރަސްގެފާނު ވަރަށް ކަންބޮޑުވެ ވަޑައިގެން محشر އަށް މީސްތަކުން ފޮނުއްވޭނެކަމުގެ دليل އަކަށް (އެފަދަ معجزة އަކަށް) ﷲ ގެ حضرة ން އެދިވަޑައިގެން دعاء ކުރައްވާކަމުގައިވިއެވެ. އެދުވަސްވަރު ހޮހޮޅުގެ އެކުވެރިން ހޭލެވިގެން ކާއެތިކޮޅެއް ހޯދުމަށް އެތަނުން އެކަކު ރަށަށް އަރައިގެން އުޅެނިކޮށް އެމީހާ ގެންގުޅުނު ފައިސާގެ ޒަމާން ދިގުވެފައިވާތީ އޭނާޔާ ބާޒާރުގެ މީހުން ސުވާލުކޮށް ވީނުވީއެއް ނޭނގިގެން ރަސްގެފާނުން އަރިހަށް އޭނާ ގެނައީއެވެ. ދެން ރަސްގެފާނު އޭނާކުރެން خبر ތައް އައްސަވައި، ވެގެންއުޅޭގޮތެއް އެނގިވަޑައިނުގެން، އޭނާގެންނަވައިގެން އޭނާގެ އެކުވެރިންގެ ގާތަށް ހޮހޮޅަށް ވަޑައިގެންނެވީއެވެ. ހޮހޮޅުގައި ތިބި އޭނާގެ އެހެން އެކުވެރިންނާއި ބަސްފުޅު ވިދާޅުވެ، ރަސްގެފާނަށް މައްސަލަ ރަނގަޅަށް ސާފުވެވަޑައިގެން، އެއީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ حجّة އެއްކަމާއި އަދި قيامة ވާނެކަމުގެ ފުރިހަމަ دليل އެއްކަން، ރަސްގެފާނަށާއި އަރިހުގައިވާމީހުންނަށް ރަނގަޅަށް އެނގިއްޖެއެވެ. އެހެނީ ތިންސަތޭކަ އެތައްއަހަރެއްވާންދެން ބަޔަކު ނިންދަވައި ބޭތިއްބެވުމަށްފަހު، އެމީހުންނަށް އެއްވެސް ބަދަލެއްނައިސް، އެމީހުންގެ ފޭރާމަކަށްވެސް އެއްވެސް ބާކަމެއް އަޔަނުދެއްވާ ބެލެހެއްޓެވިކަލަކަށް، މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި އެއްކުރެއްވުމަކީ އެއްވެސް އުނދަގޫކަމަކަށް ނުވާނެކަން ސަލާމަތް ބުއްދިއަކަށްވިއްޔާ އެނގޭނެއެވެ. وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ - މިތަނުން އިޝާރަތްވަނީ ހޮހޮޅުގެ އެކުވެރިން އެހާގިނަ ދުވަހު ނިދިފައިތިބުމަށްފަހު، ހޭއަރުއްވައި އެވަގުތު އެރަށުގައި އުޅުނުމީހުންނަށް ދެއްކެވި ވާހަކައެވެ. އެ ހޮހޮޅުގެ އެކުވެރިން މިރަށުގެ މީހުންނަށް ދެއްކެވުމަށްފަހު، ﷲ تعالى އަލުންވެސް އެމީހުން ގަދަ ނިދިން ނިންދަވައި އެމީހުންގެ ހޮހޮޅު މީސްތަކުންގެ ލޯމަތިން ނިވައިކުރެއްވީއެވެ. މިއީ ވަރަށް ދިގުވާހަކައެވެ. تفصيل އާއިއެކު تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. އަދި ފަހުން މިއަންނަ آية ތަކުންވެސް ބައެއް تفصيل ބަޔާންވެގެންވެއެވެ. والله أعلم. 22. (22) (އަދި ހޮހޮޅުގެ އެކުވެރިންގެ ކަންތަކާއިމެދު ވާހަކަދެއްކިމީހުން) އެމީހުން ނިކަންހުރެ ބުނާނެއެވެ. "މިއީ رسول ﷲ ﷺ ގެ ޒަމާނުގައި އެމީހުންގެ عدد އާއިމެދު ވާހަކަދެއްކި މީހުންގެވާހަކައެވެ." އެމީހުންބުނެއެވެ. "އެއީ ތިންމީހުންނެވެ. އެމީހުންގެ ހަތަރުވަނައަކީ އެމީހުންގެ ކުއްތާއެވެ." އަދި އެމީހުން ބުނެއެވެ. "އެއީ ފަސްމީހެކެވެ. އެމީހުންގެ ހަވަނަޔަކީ އެމީހުންގެ ކުއްތާއެވެ. އެއީ غيب އަށް ހިލައުކުމެވެ. (އެބަހީ: ނޭނގި ހީވާގޮތަށް ބުނާބުނުމެކެވެ.) " އަދި އެމީހުން ބުނެއެވެ. "އެއީ ހަތްމީހެކެވެ. އަދި އެމީހުންގެ އަށްވަނައަކީ އެމީހުންގެ ކުއްތާއެވެ." (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ. "އެމީހުންގެ عدد އެއް ތިމަންކަލޭގެފާނުންގެ ربّ ދެނެވޮޑިގަތުންބޮޑެވެ. މަދުމީހަކަށްމެނުވީ އެމީހުންގެ عدد ނޭނގެއެވެ. އަދި ފައުޅުވެގެންވާ حجّة އާއި بيان އަކަށްފަހުގައި މެނުވީ އެމީހުންނާމެދު (أهل كتاب ންނާއި) جدل ނުކުރާށެވެ! އަދި ހޮހޮޅުގެ އެކުވެރިންނާއިމެދު އެމީހުންކުރެ އެބަހީ: (أهل كتاب ންކުރެ) އެކަކުގެ ކިބައިންވެސް فتوى ނާއްސަވާށެވެ!"

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir