Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-Káhf 18:17 ۞ وترى الشمس اذا طلعت تزاور عن كهفهم ذات اليمين واذا غربت تقرضهم ذات الشمال وهم في فجوة منه ذالك من ايات الله من يهد الله فهو المهتد ومن يضلل فلن تجد له وليا مرشدا ١٧

Página 295 · Juz 15

۞ وَتَرَى
ٱلشَّمۡسَ
إِذَا
طَلَعَت
تَّزَٰوَرُ
عَن
كَهۡفِهِمۡ
ذَاتَ
ٱلۡيَمِينِ
وَإِذَا
غَرَبَت
تَّقۡرِضُهُمۡ
ذَاتَ
ٱلشِّمَالِ
وَهُمۡ
فِي
فَجۡوَةٖ
مِّنۡهُۚ
ذَٰلِكَ
مِنۡ
ءَايَٰتِ
ٱللَّهِۗ
مَن
يَهۡدِ
ٱللَّهُ
فَهُوَ
ٱلۡمُهۡتَدِۖ
وَمَن
يُضۡلِلۡ
فَلَن
تَجِدَ
لَهُۥ
وَلِيّٗا
مُّرۡشِدٗا
١٧
(17) (އޭ رسول ﷲ އެވެ!) އަދި އިރުއަރައިގެން އަންނައިރު އެމީހުންގެ ހޮހޮޅު ފިޔަވައި ކަނާތްފަރާތަށް އިރު ލެނބިގެންދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. އަދި އިރުއޮއްސޭންދާއިރަށް ވާތްފަރާތަށް ލެނބިގެންދާތީ ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވަނީ އެހޮހޮޅުގެ ތަނަވަސް ހުސްތަނެއްގައެވެ. (މި މިކަންކަމަކީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކާއި حجّة ތަކުގެތެރެއިންވާ ކަންކަމެވެ. ﷲ ތެދުމަގު ދައްކަވައިފިއަޅަކު ދަންނައެވެ! ތެދުމަގުގައިވާމީހަކީ އެމީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިއަޅަކު ދަންނައެވެ! އެމީހަކަށް ސީދާ ރާސްތާ ދައްކައިދޭނޭ ސަހަރޯވެރިއަކު ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Location of the Cave This indicates that the entrance to the cave faced north, because Allah tells us that when the sun was rising, sunlight entered the cave

ذَاتَ الْيَمِينِ

(the right), meaning that the shade decreased towards the right, as Ibn `Abbas, Sa`id bin Jubayr and Qatadah said:

تَّزَاوَر
…

The Location of the Cave This indicates that the entrance to the cave faced north, because Allah tells us that when the sun was rising, sunlight enter

…
Ver Tafsires

Leer en contexto

13. (13) (އޭ رسول ﷲ އެވެ!) ތިމަންރަސްކަލާނގެ حقّ ގޮތުގައި ހަމަސީދާ ތެދަށް އެމީހުންގެ خبر ތައް ކަލޭގެފާނަށް މިއަންގަވައިދެއްވަނީއެވެ. ހަމަކަށަވަރުން އެމީހުންނަކީ އެމީހުންގެ ربّ އަށް إيمان ވި ޒުވާން ބައެކެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންގެ އީމާންކަމުގެ މައްޗަށް إيمان ކަމާއި ތެދުމަގު އިތުރުކޮށްދެއްވީމެވެ. 14. (14) އަދި އެމީހުން (އެކާފަރު ރާޖާގެ ކުރިމަތީގައި ތެދުވިހިނދު) ތިމަންރަސްކަލާނގެ އެމީހުންގެ ހިތްތައް (އީމާންކަމުގެ نور ން) ބަންނަވައި ހިފެހެއްޓެވީމެވެ. (އެމީހުންނަށް ސާބިތުކަން ދެއްވީމެވެ.) ފަހެ އެމީހުން (އެރާޖާއަށް) ބުންޏެވެ. އަޅަމެންގެ ربّ އަކީ އުޑުތަކާއި ބިމުގެ ވެރި ربّ އެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް إله އަކަށް އަހުރެމެން ގޮވާ دعاء ކޮށް އަޅުކަންކޮށް ނުހަދާނަމެވެ. އަދި އެހެން ފަރާތަކަށް ގޮވާ دعاء ކޮށް ހަދައިފިނަމަ ހަމަކަށަވަރުން ދޮގު އަދި باطل ކަމުން ހައްދުފަހަނަޅާފައިވާ ވާހަކައެއް އަހުރެމެން ބުނިކަމުގައިވާނެކަން ކަށަވަރެވެ. • ދަންނައެވެ! އިސްވެދިޔަ އާޔަތްތަކާއި އަދި ފަހުން މިއަންނަ ބައެއް އާޔަތުން އެ بيان ކުރައްވަނީ مشهور كَهْفُ ބާގައިގެމީހުންގެ ވާހަކައިގެ خلاصة އެވެ. އެމީހުންނާމެދު تفسير طبري ގައި بيان ވެގެންވަނީ އެމީހުންނަކީ عيسى عليه السّلام ގެ دين މަތީގައި އުޅުނު مؤمن ންކަމުގައެވެ. އެއީ إسلام دين އައުމުގެކުރީގައެވެ. އެމީހުންގެ ރަށެއްކަމުގައި بيان ކުރައްވާފައިވަނީ أَفْسُوس ކިޔާ ރަށެއްކަމަށެވެ. އެއީ މިހާރު طَرْسُوْس އެވެ. އެރަށުގެ ރަސްގެފާނަކީ ބުދަށް އަޅުކަންކުރާ ރާޖާއެކެވެ. އެއީ دِقْيَفُوس ކިޔާ މީހެކެވެ. އެ ރާޖާ އެރަށުގެ އެންމެން ބުދަށް އަޅުކަންކުރުން މަޖުބޫރުކުރިހިނދުން މިދެންނެވި ޒުވާނުން އެކަން ބޮޑުވެގެން ﷲ ބާވައިލެއްވި دين ދޫނުކޮށް ﷲ އަށް އަޅުކަންކުރުމަށްޓަކައި އެރާޖާއާ ފިލަންގޮސް އެމީހުންވަނީ އެތާވާ ފަރުބަދައެއްގެ ހޮހޮޅަށެވެ. އެފަރުބަދައަށް ކިޔަނީ بنجلوس އެވެ. އެ ހޮހޮޅަށް އެމީހުންވަދެ ހަމަޖެހުމުން ﷲ تعالى ގަދަ ނިންޖަކުން އެމީހުން ނިންދެވީއެވެ. ދެން އެމީހުން ހޭއެރުއްވީ ތިންސަތޭކަ އެތައްއަހަރަކަށް ފަހުންނެވެ. كَهْفُ ސޫރަތުގެ ނަންވެސް މިވަނީ އެމީހުން ހޮހޮޅުގައި ތިބުމުން އެނަމުންނެވެ. كَهْفُ އެއީ ހޮހޮޅެވެ. ދެން މިއަންނަ އާޔަތްތަކުގައިވެސް އެވަނީ އެމީހުންގެ ވާހަކައެވެ. 15. (15) (އެޒުވާން مؤمن ން އެމީހުން އެމީހުންނަށް ބުނިކަމުގައި ﷲ އެ އަންގަވަނީ) އަހުރެމެންގެ قوم ގެ މީހުން ﷲ ފިޔަވައި އެހެން إله ންތަކެއް ހިފައި إختيار ކޮށްފިއެވެ. އެމީހުން އެ إله ންތަކަށް އަޅުކަންކުރުން صحّ ވާނެކަމަށް ބަޔާންވެގެންވާ ގަދަ ދަލީލެއް ގެނައިނަމައެވެ. دليل އެއް ނުގެނައީ ކީއްވެގެންހެއްޔެވެ؟ ފަހެ ﷲ އާއިމެދު ބޮޑު ދޮގެއް އުފައްދައިގަތްމީހަކަށްވުރެ ވަކިންބޮޑު އަނިޔާވެރިއަކީ ކާކުހެއްޔެވެ؟ (އެއަށްވުރެ ބޮޑު އަނިޔާވެރިއަކު ނުވާނެއެވެ.) 16. (16) (އަދިވެސް އެމީހުން އެމީހުންނަށް ބުންޏެވެ.) އަދި ކަލޭމެން އެމީހުންނާއި - އެބަހީ: قوم ގެ މީހުންނާއި އަދި އެމީހުން ﷲ ފިޔަވައި އަޅުކަންކުރާ ތަކެއްޗާ ވަކިވީހިނދުން ދެން ހޮހޮޅަށް ދަމާހިނގާށެވެ! ކަލޭމެންގެ ربّ އެކަލާނގެ رحمة ކަލޭމެނަށް ތަނަވަސްކުރައްވައި އަދި ކަލޭމެނަށް މިހާރު މިޖެހިފައިވާ ކަންތަކަށް އެކަލާނގެ ފަސޭހަކޮށްދެއްވައި އޯގާވެރި منفع ހުރި ރަނގަޅުގޮތް އެކަލާނގެ ދައްކަވާފާނެއެވެ. (ދެންފަހެ މިބައިމީހުން ހޮހޮޅަށްގޮސް ހޮހޮޅުގައި އޮށޯވެލީހިނދުން ގަދަ ނިދިން ﷲ އެމީހުން ނިންދަވައިފިއެވެ. ދެން ޖެހިގެން މިއަންނަ އާޔަތުގައި މިވަނީ އެމީހުން ނިދާފައިތިބިއިރު ﷲ އެމީހުންނަށް ދެއްވާފައިވާ كرامة އާއި هَيْبَة އާއި މާތްކަމުގެ ބައެއް خبر އެވެ. والله أعلم.) 17. (17) (އޭ رسول ﷲ އެވެ!) އަދި އިރުއަރައިގެން އަންނައިރު އެމީހުންގެ ހޮހޮޅު ފިޔަވައި ކަނާތްފަރާތަށް އިރު ލެނބިގެންދާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. އަދި އިރުއޮއްސޭންދާއިރަށް ވާތްފަރާތަށް ލެނބިގެންދާތީ ދެކެވަޑައިގަންނަވާނެއެވެ. އަދި އެމީހުންވަނީ އެހޮހޮޅުގެ ތަނަވަސް ހުސްތަނެއްގައެވެ. (މި މިކަންކަމަކީ ﷲ ގެ قدرة ތެރިކަމާއި އެއްކައުވަންތަކަމުގެ) دليل ތަކާއި حجّة ތަކުގެތެރެއިންވާ ކަންކަމެވެ. ﷲ ތެދުމަގު ދައްކަވައިފިއަޅަކު ދަންނައެވެ! ތެދުމަގުގައިވާމީހަކީ އެމީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިއަޅަކު ދަންނައެވެ! އެމީހަކަށް ސީދާ ރާސްތާ ދައްކައިދޭނޭ ސަހަރޯވެރިއަކު ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir