(21) (އޭ رَسُولُ لله އެވެ!) ކަލޭގެފާނުން ވިދާޅުވާށެވެ! ހަމަކަށަވަރުން ކަލޭމެންނަށް ގެއްލުމެއްދިނުމަކަށްވެސް އަދިނުވަތަ ކަލޭމެނަށް ހެވެއްހޯދައިދިނުމަކަށްވެސް (ކަލޭމެން މަގުފުރެއްދުމަށްވެސް އަދިނުވަތަ ކަލޭމެނަށް ތެދުމަގު ދެއްކެވުމަށްވެސް) މިއިން އެއްވެސްކަމެއް ތިމަންކަލޭގެފާނަށް މިލްކުވެގެންނުވެއެވެ. އެކަންކަމުގެ އެއްވެސް إخْتِيَارُ އެއްތިމަންކަލޭގެފާނަށް ލިބިގެންނުވެއެވެ. އެއީ ހައްތާވެސް ﷲ ގެބާރުގެދަށުގައިވާކަންކަމެވެ.