Entrar
Entrar
Entrar
Selecione o idioma

045Al-Jathiyah 45:29 هاذا كتابنا ينطق عليكم بالحق انا كنا نستنسخ ما كنتم تعملون ٢٩

45:29
هَٰذَا
كِتَٰبُنَا
يَنطِقُ
عَلَيۡكُم
بِٱلۡحَقِّۚ
إِنَّا
كُنَّا
نَسۡتَنسِخُ
مَا
كُنتُمۡ
تَعۡمَلُونَ
٢٩
(29) އަދި މިއޮތީ ތިމަން ރަސްކަލާނގެ ފަތެވެ. (އެބަހީ މަލާއިކަތް ބޭކަލުން ލައްވައި ތިމަން ރަސްކަލާނގެ ލިޔުއްވި ކަލޭމެންގެ عمل ގެ ފަތެވެ.) އެ ފަތް ހަމަ حقّ ގޮތުގައި ކަލޭމެންގެ މައްޗަށް ބަސްބުނާނެއެވެ.
Continue lendo

Leia Tafsir

Ibn Kathir (Abridged)

Some of the Conditions of the Day of Resurrection and its Horrors

Allah mentions that He is the King and Owner of the heavens and earth, and the Only Ruler over them in this life and the Hereafter. Allah's statement,

وَيَوْمَ تَقُومُ السَّاعَةُ

(And on the Day that the Hour will be established) on the

…

Some of the Conditions of the Day of Resurrection and its Horrors

Allah mentions that He is the King and Owner of the heavens and earth, and the Only R

…
Mais Tafsirs

Leia no contexto

Capítulo 45, Página 501, Juz 25

27. (27) އަދި އުޑުތަކާއި، ބިމުގެ މުޅި ملك - (އެންމެހައި ތަކެތި) - خاصّ ވެ، މިލްކުވެގެން ވަނީ ހަމަ ﷲ އަށެވެ. (އެ ތަކެއްޗަކީ އެކަލާނގެ ތަކެއްޗެވެ. އެކަލާނގެއީ އެތަކެތީގެ ވެރިޔާއެވެ.) އަދި قيامة قائم ވާ ދުވަހުން ދޮގުވެރީންނާއި، ކާފަރުންނާއި، އަދި އެންމެހައި باطل عقيدة ތަކުގެ أهل ވެރީން ގެއްލި ހަލާކުވާ ހުއްޓެވެ. 28. (28) އަދި ކޮންމެ ދީނެއްގެ، އަދި ކޮންމެ ملّة އެއްގެ أهل ވެރި ބަޔަކުވެސް قيامة ދުވަހުން ކަލޭގެފާނު ދެކެވަޑައިގަންނަވާހީ ކަކުލާއި، ފައިގެ އިނގިލިތަކާ އެކަނި ބިންމަތީ ޖައްސައިގެން އިށީނދެގެން ވަނިކޮށެވެ. (އެއީ އެދުވަހުގެ ބިރުވެރިކަމާއި، ނުރައްކާކަމުންނެވެ. حساب ބައްލަވާއިރުވެސް ތިބޭނީ އެގޮތަށެވެ.) އަދި ކޮންމެ أمّة އަކަށްވެސް އެ أمّة އަކަށް ބާވައިލެއްވުނު ފޮތުގެ ނަމުން ގޮވޭނެއެވެ. އަދި އެމީހުންނަށް އެންގޭނެއެވެ. ތިޔަބައިމީހުން ދުނިޔޭގައި ކުރި ކަންތަކަށް މިއަދު ތިޔަބައިމީހުންނަށް جزاء ދެއްވޭނެއެވެ. 29. (29) އަދި މިއޮތީ ތިމަން ރަސްކަލާނގެ ފަތެވެ. (އެބަހީ މަލާއިކަތް ބޭކަލުން ލައްވައި ތިމަން ރަސްކަލާނގެ ލިޔުއްވި ކަލޭމެންގެ عمل ގެ ފަތެވެ.) އެ ފަތް ހަމަ حقّ ގޮތުގައި ކަލޭމެންގެ މައްޗަށް ބަސްބުނާނެއެވެ. 30. (30) ފަހެ إيمان ވެގެން صالح عمل ތައް ކުރި މީހުން ދަންނައެވެ. އެބައިމީހުންގެ ربّ އެކަލާނގެ رحمة ގެ ތެރެއަށް، އެބަހީ ސުވަރުގެއަށް އެމީހުން ވައްދަވާ ހުއްޓެވެ. بيان ވެގެންވާ ނަސީބަކީ އެއީއެވެ. 31. (31) އަދި ކާފަރުވެއްޖެ މީސްތަކުން ދަންނައެވެ. އެމީހުންނަށް އެދުވަހުން އެންގޭނެއެވެ. (ކަލޭމެން ދުނިޔޭގައި ތިބިއިރު) ތިމަން ރަސްކަލާނގެ އާޔަތްތައް ތިޔަބައިމީހުންގެ މައްޗަށް ކިޔެވޭކަމުގައި ނުވޭ ހެއްޔެވެ؟ (އެބަހީ ކިޔެވޭކަމުގައި ވިއެވެ.) ދެން ތިޔަބައިމީހުން އެއަށް ބޮޑާވެ، كبر ވެރިވީއެވެ. އަދި ތިޔަބައިމީހުން ވީ ފާފަވެރި، ނުބައި مجرم ން ކަމުގައެވެ. 32. (32) އަދި ހަމަކަށަވަރުން ﷲ ގެ وعد ފުޅު އެއީ حقّ އެކެވެ. (އެބަހީ މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވައި، محشر ކުރެއްވުމުގެ وعد ފުޅު އެއީ حقّ އެކެވެ.) އަދި قيامة ދުވަހަކީ ޝައްކެއް ނެތި އަންނާނޭ ދުވަހެކެވެ. މިހެން ތިޔަބައިމީހުންނަށް ބުނެވިއްޖެއްޔާ ތިޔަބައިމީހުން ބުނެއެވެ. قيامة ދުވަސް އެއީ ކޮން ދުވަހެއްކަމެއް އަހުރެމެންނަކަށް ނޭނގެއެވެ. އެއީ ހަމަ ހީކޮށްގެން ދައްކާ ވާހަކައެއް ކަމުގައި މެނުވީ އަހުރެމެން ހީނުކުރަމެވެ. އަދި އެ ދުވަސް އެއީ އަންނާނޭ ދުވަހެއްކަން يقين ކުރާ ބަޔަކު ކަމުގައި އަހުރެމެން ނުވަމުއެވެ. 33. (33) އަދި އެދުވަހުން އެމީހުން ދުނިޔޭގައި ކުރި ކަންތަކުގެ ނުބައިކަން އެމީހުންނަށް ފައުޅުވާނެއެވެ. އަދި އެކަމާމެދު އެމީހުން މަލާމާތްކޮށް، ފުރައްސާރަކުރި ކަންތައް އެމީހުން ވަށައިލާނެއެވެ. އެއެއްޗަކީ عذاب އެވެ. 34. (34) އަދި (އެމީހުން ނަރަކައިގެ ގަދަ عذاب ގައި ތެޅިފޮޅި، ހަޅޭލަވަމުން ދާހިނދު) އެމީހުންނަށް އެންގޭނެއެވެ. ކަލޭމެން ދުނިޔޭގައި ތިބިއިރު، މި ދުވަހާ ބައްދަލުވާނޭކަން ހަނދާން ނައްތައިލި ފަދައިން ތިމަން ރަސްކަލާނގެވެސް މިއަދު ކަލޭމެން (ނަރަކައަށް ލުމަށްފަހު) ކަލޭމެންގެ މަތީން ހަނދާން ނައްތާލާ ހުށީމެވެ. އަދި ކަލޭމެންގެ ތަނަކީ ހަމަ ނަރަކައެވެ. އަދި ކަލޭމެންނަށް نصر ދީ، އެހީވާނޭ އެކަކުވެސް ނުވާނެއެވެ. 35. (35) ކަލޭމެންނަށް ތިޔަހެން ތިޔަވީ ކަލޭމެން (ދުނިޔޭގައި ތިބިއިރު) ﷲ ގެ އާޔަތްތަކަކީ އެއީ ކުޅޭކުޅޭ އެއްޗަކަށް ހަދައިލައި، އެއީ މަލާމާތްކުރެވޭ އެއްޗެއް ކަމުގައި ހަދައިލިކަމެވެ. އަދި ދުނިޔޭގެ ދިރިއުޅުން ކަލޭމެން ހައްލައި، އަވަދިކޮށްލީއެވެ. އެޔަށް ހެއްލިގަތީއެވެ. ފަހެ ދެން މިއަދު އެމީހުން އެތަނުން، يعني ނަރަކައިން ނުނެރެވޭނެއެވެ. އަދި ﷲ ގެ ކިޔަމަންތެރިކަމުގެ ތެރެއަށް ވަނުމަށް އެދެވޭނޭ ބަޔަކު ކަމުގައި -އަދި ﷲ ރުހިވޮޑިގަންނަވާނޭ ގޮތަށް އުޅުމަށް އެދެވޭނޭ ބަޔަކު ކަމުގައި - އެމީހުން ނުވެއެވެ. 36. (36) ފަހެ އެންމެހައި حمد އާއި، تعريف އާއި، ثناء އެއް حقّ ވެގެން ވަނީ ހަމަ ﷲ އަށެވެ. އެއީ އުޑުތަކުގެ ވެރި ربّ އެވެ. އަދި ބިމުގެވެސް ربّ އެވެ. އަދި އެންމެހައި عالم ތަކުގެ ވެރި ربّ އެވެ. 37. (37) އަދި އުޑުތަކާއި، ބިމުގައިވެސް ކީރިތިކަމާއި، މާތްކަމާއި، كبرياء ވަންތަކަން خاصّ ވެގެން ވަނީ ހަމަ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ عزّة ވަންތަ، حكمة ވަންތަ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Anotações e reflexões

Você não tem anotações ou reflexões sobre este versículo.

Notes placeholders

Mantenha-se conectado ao Alcorão ❤️

Breves lembretes significativos para recomeçar, refletir e manter a conexão com o Alcorão.

Leia, ouça, pesquise e reflita sobre o Quran

Quran.com é uma plataforma confiável usada por milhões de pessoas em todo o mundo para ler, pesquisar, ouvir e refletir sobre o Alcorão em vários idiomas. Ela oferece traduções, tafsir, recitações, tradução palavra por palavra e ferramentas para um estudo mais aprofundado, tornando o Alcorão acessível a todos.

Como uma Sadaqah Jariyah, o Quran.com se dedica a ajudar as pessoas a se conectarem profundamente com o Alcorão. Apoiado pela Quran.Foundation , uma organização sem fins lucrativos 501(c)(3), o Quran.com continua a crescer como um recurso gratuito e valioso para todos, Alhamdulillah.

Navegar
Casa
Rádio Quran
Recitadores
Sobre nós
Desenvolvedores
Atualizações de produtos
Comentários
Ajuda
Doar
Nossos Projetos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Projetos sem fins lucrativos de propriedade, administrados ou patrocinados pela Quran.Foundation
Links populares
Duas do Alcorão
Versículo do Alcorão do dia
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mapa do sitePrivacidadeTermos e Condições
© 2026 Quran.com. Todos os direitos reservados
Contribuir