Ingia
Ingia
Ingia
Chagua Lugha
045

Al-Jathiyah 45:14 قل للذين امنوا يغفروا للذين لا يرجون ايام الله ليجزي قوما بما كانوا يكسبون ١٤

45:14
قُل
لِّلَّذِينَ
ءَامَنُواْ
يَغۡفِرُواْ
لِلَّذِينَ
لَا
يَرۡجُونَ
أَيَّامَ
ٱللَّهِ
لِيَجۡزِيَ
قَوۡمَۢا
بِمَا
كَانُواْ
يَكۡسِبُونَ
١٤
(14) (އޭ رسول الله އެވެ!) ﷲގެ عداوة ގެ ތެރީންނަށް އެކަލާނގެ ދެއްވަމުން ގެންދަވާނެ عذاب އާއި، مصيبة އާއި، އުނދަގޫތަކާމެދު ބިރުވެތިނުވެ އުޅޭ ކާފަރުންނާއި، مشرك ންގެ ކަންތަކާމެދު އެމީހުންނަށް عفوء ކުރައްވައި، އެކަމާ (އަދި) އަޅައިނުލާން مؤمن ންނަށް ކަލޭގެފާނު ވިދާޅުވާށެވެ. • ދަންނައެވެ. މިއާޔަތުގެ މި حكم މިއީ ހަނގުރާމައިގެ އާޔަތް ބާވައިލެއްވުމުގެ ކުރީން އޮތް حكم އެއް ކަމުގައި مفسّر ން ވިދާޅުވެއެވެ. ހަނގުރާމައިގެ އާޔަތް ބާވައިލައްވައި، توبة ސޫރަތުގެ އާޔަތްތައް ބާވައިލެއްވުމުން އެމީހުންނަށް عفوء ކޮށް، ދޫދިނުން ނިމުނީއެވެ. والله أعلم. އަދި އެކަން އެ ހެއްދެވީ ބަޔަކު މީހުންނަށް އެމީހުން ކުރި ހެޔޮ عمل ތަކުގެ ފުރިހަމަ جزاء އާއި، ثواب އެމީހުންނަށް ދެއްވުމަށެވެ. • މިބުނި މީހުންނަކީ مؤمن ންނެވެ. إسلام دين ގެ ކުރީކޮޅު އެމީހުންނަށް އުނދަގޫތަކާއި، عذاب ތައް، ކާފަރުންގެ ފަރާތުން ލިބުމާއެކުވެސް ކެތްތެރިވެގެން ތިބުމަށް مؤمن ންނަށް އެންގެވިއެވެ. އެ ލިބުނު އުނދަގޫތަކާއި، ކުރި ކެތްތެރިކަމަށް ﷲ އެމީހުންނަށް ގިނަގުނަ ދަރުމަޔާއި، ثواب ދެއްވާނެއެވެ.
Endelea Kusoma

Soma Tafsir

Ibn Kathir (Abridged)

The Subjugation of the Sea, etc., is among Allah's Signs

Allah the Exalted mentions some of the favors He gave to His servants, such as subjecting the sea for their service,

لِتَجْرِىَ الْفُلْكُ فِيهِ بِأَمْرِهِ

(that ships may sail through the sea by His command,) i.e., of Allah the Exalted, Who order

…

The Subjugation of the Sea, etc., is among Allah's Signs

Allah the Exalted mentions some of the favors He gave to His servants, such as subjecting the

…
Zaidi Tafsir

Soma Maudhui Yanayohusiana

Sura 45, Ukurasa 500, Juzuu 25

12. (12) ﷲ އެއީ ތިޔަބައިމީހުންނަށް ޓަކައި ކަނޑު ކިޔަމަންކުރެއްވި ކަލާނގެއެވެ. އެއީ އެކަލާނގެ أمر ފުޅަށް ތިޔަބައިމީހުން ނައުދޯނގުފަހަރު (މޫދުގައި ދުއްވާ އެންމެހައި އުޅަނދުފަހަރު) އެ ކަނޑުގައި ދުއްވުމަށް ޓަކައެވެ. އަދި އެކަން އެގޮތަށް ލެއްވީ އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން ތިޔަބައިމީހުން ބޭނުންތައް ލިބިގަތުމަށް ޓަކައެވެ. (ދަތުރުފަތުރުކޮށް، ވިޔަފާރީގެ އެންމެހައި ކަމަކަށާއި، حياة ގެ ގިނަ ކަންތައްތަކެއް ހަމަޖެއްސުމަށް ޓަކައެވެ.) އަދި އެ ކަންކަން އެގޮތަށް ލެއްވީ ތިޔަބައިމީހުން ﷲ އަށް شكر ކުރުމަށް ޓަކައެވެ. شكر ކުރޭތޯއެވެ. 13. (13) އަދި އެކަލާނގެއީ ތިޔަބައިމީހުންނަށް ޓަކައި އުޑުތަކާއި، ބިމުގައި ވާ އެންމެހައި ތަކެތި ކިޔަމަން ކޮށްދެއްވި ކަލާނގެއެވެ. އެ ހުރިހައި އެއްޗެއް ވަނީ ހަމަ ﷲ ގެ حضرة ންނެވެ. ހަމަކަށަވަރުން ކަންކަމަށް فكر ކޮށް، ވިސްނާ ބަޔަކަށް (އެކަލާނގެ އެއްކައުވަންތަ ކަމުގެ) ހެއްކާއި، دليل އަދި حجّة މި ކަންކަމުގައި ވެއެވެ. 14. (14) (އޭ رسول الله އެވެ!) ﷲގެ عداوة ގެ ތެރީންނަށް އެކަލާނގެ ދެއްވަމުން ގެންދަވާނެ عذاب އާއި، مصيبة އާއި، އުނދަގޫތަކާމެދު ބިރުވެތިނުވެ އުޅޭ ކާފަރުންނާއި، مشرك ންގެ ކަންތަކާމެދު އެމީހުންނަށް عفوء ކުރައްވައި، އެކަމާ (އަދި) އަޅައިނުލާން مؤمن ންނަށް ކަލޭގެފާނު ވިދާޅުވާށެވެ. • ދަންނައެވެ. މިއާޔަތުގެ މި حكم މިއީ ހަނގުރާމައިގެ އާޔަތް ބާވައިލެއްވުމުގެ ކުރީން އޮތް حكم އެއް ކަމުގައި مفسّر ން ވިދާޅުވެއެވެ. ހަނގުރާމައިގެ އާޔަތް ބާވައިލައްވައި، توبة ސޫރަތުގެ އާޔަތްތައް ބާވައިލެއްވުމުން އެމީހުންނަށް عفوء ކޮށް، ދޫދިނުން ނިމުނީއެވެ. والله أعلم. އަދި އެކަން އެ ހެއްދެވީ ބަޔަކު މީހުންނަށް އެމީހުން ކުރި ހެޔޮ عمل ތަކުގެ ފުރިހަމަ جزاء އާއި، ثواب އެމީހުންނަށް ދެއްވުމަށެވެ. • މިބުނި މީހުންނަކީ مؤمن ންނެވެ. إسلام دين ގެ ކުރީކޮޅު އެމީހުންނަށް އުނދަގޫތަކާއި، عذاب ތައް، ކާފަރުންގެ ފަރާތުން ލިބުމާއެކުވެސް ކެތްތެރިވެގެން ތިބުމަށް مؤمن ންނަށް އެންގެވިއެވެ. އެ ލިބުނު އުނދަގޫތަކާއި، ކުރި ކެތްތެރިކަމަށް ﷲ އެމީހުންނަށް ގިނަގުނަ ދަރުމަޔާއި، ثواب ދެއްވާނެއެވެ. 15. (15) ފަހެ صالح عمل އެއް ކޮށްފި މީހާ (ދަންނައެވެ.) އެ صالح عمل ގެ ދަރުމަޔާއި، ثواب އޮތީ ހަމަ އޭނާއަށެވެ. އޭނާގެ نفس އަށެވެ. އަދި ނުބައިކަމެއް ކޮށްފި މީހާވެސް (ދަންނައެވެ.) އެކަމުގެ عذاب އާއި، عقوبة އޮންނާނީ ހަމަ އޭނާއަށެވެ. އެކަން އޭނާއަށް އޮންނާނެއެވެ. ދެން (މަރުވުމަށްފަހު) ތިޔަބައިމީހުން އެނބުރި رجوع ވުން ވަނީ ހަމަ ތިޔަބައިމީހުންގެ ربّ ގެ حضرة އަށެވެ. 16. (16) އަދި ހަމަކަށަވަރުން بني إسرائيل ންނަށް (موسى عليه السلام މެދުވެރި ކުރައްވައި) ތިމަން ރަސްކަލާނގެ ފޮތް ދެއްވީމެވެ. އެއީ توراة އެވެ. އަދި މީސްތަކުންގެ މެދުގައި حكم ކުރުމަށް ޓަކައި ވިސްނުމާއި، އަދި فقه ވެރިކަން ދެއްވީމެވެ. އަދި އެ ދަރިކޮޅުގައި نبي ކަންވެސް ލެއްވީމެވެ. (ގިނަ نبي ބޭކަލުން އެ ދަރިކޮޅުން ﷲ ފޮނުއްވިއެވެ.) އަދި حلال ރަނގަޅު، މީރު ކާނާ ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވީމެވެ. (އޭގެ ތެރޭގައި منّ އާއި، سلوى ވެސް ވެއެވެ.) އަދި އޭރު ދުނިޔޭގައި ތިބި އެންމެންގެ މައްޗަށް ތިމަން ރަސްކަލާނގެ އެމީހުން މާތްކުރެއްވީމެވެ. 17. (17) އަދި حلال އާއި، حرام ގެ ތެރެއިން بيان ވެ ފައުޅުވެގެން شريعة އެމީހުންނަށް އެންގެވީމެވެ. (ނުވަތަ ފަހު ޒަމާނުގެ نبي އާ محمّد ﷺ ފޮނުއްވުމާއި، އެކަލޭގެފާނުންގެ نبي ކަމުގެ خبر އާ ބެހޭ علم އެމީހުންނަށް އެންގެވީމެވެ. މި އާޔަތުގައި މި ދެމާނަ مفسّر ން ލިޔުއްވައެވެ. والله أعلم.) ދެންފަހެ އެ ދެކަމާބެހޭ علم އަދި معلومات ރަނގަޅަށް އެނގުމަށްފަހުގައި މެނުވީ އެމީހުން ދެބަސްވެ، إختلاف ނުވެއެވެ. (އެމީހުން إختلاف ވީ ވެރިކަމާމެދު) އެމީހުންގެ އެކަކު އަނެކަކުގެ މައްޗަށް އޮތް ރުޅިވެރިކަމާއި، حسد ވެރިކަމުންނެވެ. ނުވަތަ محمّد ﷺ އާމެދު އެމީހުންގެ މެދުގައި އޮތް حسد ވެރިކަމުންނެވެ. (އޭ رسول الله އެވެ.) އެމީހުންގެ މެދުގައި އެކަމާމެދު ދެބަސްވެ، إختلاف ވާ ކަންތައްތަކަށް قيامة ދުވަހުން ކަލޭގެފާނުންގެ ربّ އެމީހުންގެ މެދުގައި ނިޔާކުރައްވާ ހުއްޓެވެ.

- Abu Bakr Ibrahim Ali (Bakurube)

Maelezo na Tafakari

Hakuna tafakari zilizokaguliwa kwa aya hii

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia