Ingia
Ingia
Ingia
Chagua Lugha

Bani Israil 17:9 ان هاذا القران يهدي للتي هي اقوم ويبشر المومنين الذين يعملون الصالحات ان لهم اجرا كبيرا ٩

Ukurasa 283 · Juzuu 15

إِنَّ
هَٰذَا
ٱلۡقُرۡءَانَ
يَهۡدِي
لِلَّتِي
هِيَ
أَقۡوَمُ
وَيُبَشِّرُ
ٱلۡمُؤۡمِنِينَ
ٱلَّذِينَ
يَعۡمَلُونَ
ٱلصَّٰلِحَٰتِ
أَنَّ
لَهُمۡ
أَجۡرٗا
كَبِيرٗا
٩
(9) ހަމަކަށަވަރުން މި ކީރިތި قرآن މަގުދައްކަނީ ހަމަ އެންމެ ސީދާ ތެދުމަގަށެވެ. އަދި إيمان ވެގެން صالح عمل ކުރާ މީސްތަކުންނަށް ހަމަކަށަވަރުންވެސް ބޮޑުވެގެންވާ ދަރުމަޔާއި ثواب އެއް ހުރިކަމުގެ އުފާވެރިކަމުގެ خبر މި قرآن ދެއްވައެވެ.
Endelea Kusoma

Soma Tafsir

Ibn Kathir (Abridged)

Praising the Qur'an

Allah praises His noble Book, the Qur'an, which He revealed to His Messenger Muhammad ﷺ. It directs people to the best and clearest of ways.

وَيُبَشِّرُ الْمُؤْمِنِينَ

(gives good news to those who believe,) in it a

الَّذِينَ يَعْمَلُونَ الصَّلِحَاتِ

(those who do righteous deeds,) in

…

Praising the Qur'an

Allah praises His noble Book, the Qur'an, which He revealed to His Messenger Muhammad ﷺ. It directs people to the best and clearest

…
Tazama Tafsir

Soma katika Muktadha

2. (2) އަދި ތިމަންރަސްކަލާނގެ موسى عليه السّلام އަށް توراة ދެއްވީމެވެ. އަދި އެފޮތް އެއީ بني إسرائيل ންނަށްވާ ތެދުމަގެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. (އަދި އެމީހުންނަށް އެންގެވީމެވެ.) ތިމަންރަސްކަލާނގެ ފިޔަވައި ކަލޭމެން شريك އަކު އެބަހީ- ކަންކަމުގައި ބަރޯސާކޮށް حوال ކުރާނެ އެހެންފަރާތެއް إختيار ނުކުރާށެވެ! 3. (3) އޭ نوح عليه السّلام އާއިއެކު ނައުކޮޅުގައި ތިމަންރަސްކަލާނގެ އުފުއްލެވިމީހުންގެ ދަރިންނޭވެ! (އެބަހީ: އެންމެހައި މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް شكر ކުރާށެވެ!) ހަމަކަށަވަރުން އެކަލޭގެފާނުވެވަޑައިގަންނަވަނީ - އެބަހީ: نوح عليه السّلام ވެވަޑައިގެންނެވީ ގިނަގިނައިން ﷲ އަށް شكر ކުރައްވާ އަޅަކުކަމުގައެވެ. 4. (4) އަދި موسى عليه السّلام އަށް ބާވައިލެއްވި ފޮތުގައި އެބަހީ: توراة ގައި بني إسرائيل ންގެ މީހުން ބިމުގައި يعني: بيت المقدس ގައި ދެފަހަރެއްގެމަތީ ﷲ އަށް އުރެދި فساد ވެރިކަން އުފައްދާނެކަމަށް ނިޔާކުރައްވައި ނިންމަވާފައިވާނެއެވެ. އަދި ވަރަށްބޮޑަށް (މީސްތަކުންގެމައްޗަށް) ބޮޑާވެ كِبْرُ ވެރިވާނެކަމަށް ނިންމެވީމެވެ. (އެމީހުން أشعياء قتل ކޮށް أرْمِيَاء ހައްޔަރުކޮށް ހެދިކަމުގައިވިއެވެ.) 5. (5) ދެންފަހެ އެދެފަހަރުންކުރެ ފުރަތަމަފަހަރު އައިހިނދު (އެބަހީ: ފުރަތަމަފަހަރު އެމީހުން އުރެދި ބިމުގައި ފަސާދަކުރިހިނދުން) އެމީހުންގެމައްޗަށް (އެމީހުން ހަލާކުކުރުމަށް) ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން ވަރަށްގަދަފަދަ ބާރުހުރި އަޅަކު ފޮނުއްވީމެވެ. އެމީހުންގެމައްޗަށް ފާކުރެއްވީމެވެ. (އެމީހަކީ بَابِل ކަރައިގެ بُخْتُنَصْرُ އާއި އޭނާގެ لشكر ކަމުގައި ބުނެވުނެވެ. މިއީ ވަރަށް إختلاف ހުރި ވާހަކަތަކެކެވެ. والله أعلم بالصّواب.) ދެންފަހެ އެމީހުން އަރައިގަނެ ގޯތިގެދޮރުގެތެރެއަށް ވަދެ މީހުންތައް މަރާ ތަންތަން ހަލާކުކުރިކަމުގައިވިއެވެ. އަދި އެކަމަކީ ހަމަ ކޮންމެހެން ހިނގާނެކަމެއްކަމުގައި وعد ވެވިގެންވީ ކަމެކެވެ. 6. (6) ދެން އަލުންވެސް (އޭ بني إسرائيل ންނޭވެ!) އެމީހުންގެމައްޗަށް ތިމަންރަސްކަލާނގެ ކަލޭމެން ގަދަކުރައްވައި ވެރިކަމާއި ބާރު ކަލޭމެނަށް ރައްދުކުރެއްވީމެވެ. އަދި މުދަލާއި ދަރީންނުން ތިމަންރަސްކަލާނގެ ކަލޭމެންނަށް مدد ކޮށްދެއްވައި ގަދަކުރެއްވީމެވެ. އަދި ހަނގުރާމައިގެ عدد ގިނަބަޔަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭމެން ލެއްވީމެވެ. 7. (7) ކަލޭމެން (ބަހާއި عمل ގެގޮތުން) ރަނގަޅުކޮށް ހެޔޮކޮށް ކަންތައްތައްކުރަންޏާ އެކަމުގެ ހެޔޮކަމާއި ރަނގަޅުކަން އަދި އޭގެ ދަރުމަޔާއި ثواب ހުންނަހުށީ ހަމަ ކަލޭމެންގެ نفس ތަކަށެވެ. އަދި ކަލޭމެން ނުބައިނުލަފާކޮށް ކަންތައްތައްކުރިއްޔާ އެކަމުގެ ނުބައިކަމާއި ދެރަކަން އޮންނާނީ ހަމަ ކަލޭމެންގެ نفس ތަކަށެވެ. ދެންފަހެ ދެވަނަފަހަރު (بني إسرائيل ންގެމީހުން ބިންމަތި ފަސާދަކޮށް) ﷲ ގެ أمر ފުޅުތަކަށް އުރެދުމުގެ وقت އައިހިނދުން އެކަން އައީ (އޭ بني إسرائيل ންނޭވެ!) ކަލޭމެންގެ ބޮޑެތިބޮޑެތި މީހުން ދެރަކޮށް މޫނުތައް ނުބައިކުރުމަށެވެ. އެމީހުންގެ ބޮޑާކަމަށްފަހު ދެރަކޮށް ނިކަމެތި ކުރުމަށެވެ. އަދި އެ عدواة ތެރިން އަރައިގެންއައިސް بَيْتُ المقدس ގައިވާ مَسْجِدُ اْلأَقْصَى ކުރީފަހަރުވެސް އެއައި عدوّ ން ހަލާކުކުރިފަދައިން ހަލާކުކޮށް އެމީހުން އެއެރި ހުރިހާތަނެއް މުޅިން ބަރުބާދުކޮށް ސުންނާފަތިކުރުމަށެވެ. • ދަންނައެވެ. بني إسرائيل ން ދެވަނަފަހަރު ކުރި އެންމެބޮޑު فَسَاد އަކީ يَحْى عليه السّلام قتل ކޮށް توراة ގެ حكم ތަކަށް އުރެދުންކަމުގައިވެއެވެ. އެފަހަރު އެމީހުންގެމައްޗަށް ﷲ ފާކުރެއްވީ مَلِكُ الرُّوم ކަމުގައި ބުނެވުނެވެ. -والله أعلم- ކޮންމެއަކަސް މިވާހަކަތަކަކީ ވަރަށް إختلاف ވެވިފައިވާ ވާހަކަތަކެކެވެ. 8. (8) (އޭ بني إسرائيل ންނޭވެ!) ކަލޭމެންގެ ربّ ކަލޭމެންނަށް رحمة ލެއްވުން أمّيد ކުރެވެއެވެ. (ކަލޭމެން توبة ވެ ﷲ ގެ މަގަށް رجوع ވުމުން އެކަލާނގެ ކަލޭމެނަށް رحمة ލައްވާނެތެވެ.) އަދި ކަލޭމެން ކަލޭމެންގެ އުރެދުމާއި مَعْصِيَة ގެތެރެއަށް އަލުންވެސް رجوع ވެ އެފަދަ ކަންތައްތައްކުރަންޏާ ތިމަންރަސްކަލާނގެވެސް ކަލޭމެން ނިކަމެތިކުރެއްވުމާއި، قتل ކުރެއްވުމާއި، އަޅުވެތިވުމުގެމައްޗަށް رجوع ވާހުށީމެވެ. (ޖަޒާ، عمل އާއި އެއްގޮތަށެވެ.) އަދި ނަރަކަ އެއީ ކާފަރުވެއްޖެބަޔަކަށްވާ ޖަލެއްކަމުގައި ނުވަތަ އެމީހުން އޮށޯންނަ ކުނަލެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. 9. (9) ހަމަކަށަވަރުން މި ކީރިތި قرآن މަގުދައްކަނީ ހަމަ އެންމެ ސީދާ ތެދުމަގަށެވެ. އަދި إيمان ވެގެން صالح عمل ކުރާ މީސްތަކުންނަށް ހަމަކަށަވަރުންވެސް ބޮޑުވެގެންވާ ދަރުމަޔާއި ثواب އެއް ހުރިކަމުގެ އުފާވެރިކަމުގެ خبر މި قرآن ދެއްވައެވެ. 10. (10) އަދި ހަމަކަށަވަރުން آخرة ދުވަހަށް إيمان ނުވާ މީސްތަކުން (ދަންނައެވެ!) ވޭންދެނިވި عذاب އެއް ތިމަންރަސްކަލާނގެ އެމީހުނަށް ތައްޔާރުކުރީމެވެ.

- Abu Bakr Ibrahim Ali (Bakurube)

Endelea Kusoma

Maelezo na Tafakari

Huna maelezo au tafakari yoyote kuhusu aya hii.

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia