Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
017

Al-Isrá 17:76 وان كادوا ليستفزونك من الارض ليخرجوك منها واذا لا يلبثون خلافك الا قليلا ٧٦

17:76
وَإِن
كَادُواْ
لَيَسۡتَفِزُّونَكَ
مِنَ
ٱلۡأَرۡضِ
لِيُخۡرِجُوكَ
مِنۡهَاۖ
وَإِذٗا
لَّا
يَلۡبَثُونَ
خِلَٰفَكَ
إِلَّا
قَلِيلٗا
٧٦
(76) އަދި އެމީހުން (يعني: مشرك ން) ކަލޭގެފާނު ހުންނެވި ބިމުން (مكّة ގެ ބިމުން) ނެރެލުމަށްޓަކައި ކަލޭގެފާނު ބިރުގަންނަވާ ސިއްސުވާކަމުގައިވިއެވެ. ފަހެ އެހެންވީނަމަ (އެބަހީ: އެމީހުން ކަލޭގެފާނު އެތަނުން ނެރުނުނަމަ) ކަލޭގެފާނަށްފަހު ދެން އެމީހުން އެތާނގައި ދާދިކުޑަހިނދުކޮޅަކުމެނުވީ ނުތިބީހެވެ. (އެމީހުންގެމައްޗަށް عذاب އެއް ފޮނުއްވައި އެމީހުން ހަލާކުކުރައްވައިފީހެވެ.) • ދަންނައެވެ. މިއާޔަތުގައި އަދި އެހެންގޮތަކަށް މާނަކިޔާފައިވެއެވެ. އެމީހުންގެ އުނދަގޫބޮޑުވެގެން ﷲ ގެ أمر ފުޅަށް އެކަލޭގެފާނު مدينة އަށް هجرة ކުރެއްވުން އެއީ އެމީހުން އެކަލޭގެފާނު އެރަށުން ނެރެލިކަމުގައި މާނަކުރެއްވި ބޭކަލުންވެއެވެ. ދެން އެކަލޭގެފާނު ނުކުމެވަޑައިގަތުމަށްފަހު ކުޑަދުވަސްކޮޅަކު މެނުވީ އެމީހުން ނުތިބެއެވެ. އޭގެތެރެއިން ނަގާކިޔާ އުޅުނު جبّار ބޮޑެތިމީހުން بَدْرُ ހަނގުރާމައިގައި މަރުވެދިޔައީއެވެ. والله أعلم.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Reason why these Ayat were revealed

This was revealed concerning the disbelievers among the Quraysh, when they wanted to expel the Messenger of Allah ﷺ from among themselves. So Allah issued a warning to them in this Ayah, telling them that if they expelled him, they would not stay in Makkah for

…

The Reason why these Ayat were revealed

This was revealed concerning the disbelievers among the Quraysh, when they wanted to expel the Messenger of All

…
Más Tafsires

Leer en contexto

Capítulo 17, Página 290, Juz 15

73. (73) (އޭ رسول ﷲ އެވެ!) އެމީހުން (يعني: އެ مشرك ންގެމީހުން) ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލައްވާ وحيގައި ކަލޭގެފާނު فِتنَة ވެރިކުރުވުން ހަމަކަށަވަރުން ގާތްވެގެންވެއެވެ. އެއީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލެއްވިގޮތްނޫން އެހެން ގޮތަކަށް ކަލޭގެފާނު ހައްދަވައި ތިމަންރަސްކަލާނގެ ރަސްކަންފުޅުގެމައްޗަށް ކަލޭގެފާނު ބޮޑުދޮގެއް އުފައްދައިގަތުމަށެވެ. އަދި އެހެން ކަލޭގެފާނު ހައްދަވައިފިއްޔާ (އެބަހީ: އެމީހުން އެބުނާ ގޮތަކަށް ކަލޭގެފާނު ހައްދަވައިފިއްޔާ) ހަމަކަށަވަރުން އެމީހުންގެ މިތުރަކުކަމުގައި ކަލޭގެފާނު އެމީހުން ހަދާނެއެވެ. 74. (74) އަދި ތިމަންރަސްކަލާނގެ ކަލޭގެފާނު ސާބިތުކުރައްވައި ރައްކާތެރި ނުކުރެއްވިނަމަ ހަމަކަށަވަރުން ކަލޭގެފާނު އެމީހުންގެ ފަރާތަށް ކޮންމެވެސް ކުޑަމިންވަރަކަށްނަމަވެސް ލެނބިވަޑައިގެންނެވުން ގާތްވެގެންވެއެވެ. 75. (75) އެހެންވެއްޖެއްޔާ (އެބަހީ: އެމީހުން ބުނާގޮތަކަށް ލެނބިވަޑައިގެންނެވުނުނަމަ) ހަމަކަށަވަރުން ދުނިޔޭގެ حياة ގެ عذاب އާއި އަދި މަރުގެ عذاب ގެރަހަ (އެބަހީ: ދުނިޔެއާއި آخرة ގެ عذاب ގެރަހަ) ޑަބަލްކޮށް ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްކެވީމުހެވެ. (ދަންނައެވެ! އެއީ مشرك ންނަށް ދެއްވާ عذاب ގެ ޑަބަލްކަމުގައިވިއެވެ. = زيدة التّفسير =.) ދެން އަދި ތިމަންރަސްކަލާނގެއާ އިދިކޮޅަށް ކަލޭގެފާނަށް نصر ދޭނޭ ހަމައެކަކުވެސް ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ. 76. (76) އަދި އެމީހުން (يعني: مشرك ން) ކަލޭގެފާނު ހުންނެވި ބިމުން (مكّة ގެ ބިމުން) ނެރެލުމަށްޓަކައި ކަލޭގެފާނު ބިރުގަންނަވާ ސިއްސުވާކަމުގައިވިއެވެ. ފަހެ އެހެންވީނަމަ (އެބަހީ: އެމީހުން ކަލޭގެފާނު އެތަނުން ނެރުނުނަމަ) ކަލޭގެފާނަށްފަހު ދެން އެމީހުން އެތާނގައި ދާދިކުޑަހިނދުކޮޅަކުމެނުވީ ނުތިބީހެވެ. (އެމީހުންގެމައްޗަށް عذاب އެއް ފޮނުއްވައި އެމީހުން ހަލާކުކުރައްވައިފީހެވެ.) • ދަންނައެވެ. މިއާޔަތުގައި އަދި އެހެންގޮތަކަށް މާނަކިޔާފައިވެއެވެ. އެމީހުންގެ އުނދަގޫބޮޑުވެގެން ﷲ ގެ أمر ފުޅަށް އެކަލޭގެފާނު مدينة އަށް هجرة ކުރެއްވުން އެއީ އެމީހުން އެކަލޭގެފާނު އެރަށުން ނެރެލިކަމުގައި މާނަކުރެއްވި ބޭކަލުންވެއެވެ. ދެން އެކަލޭގެފާނު ނުކުމެވަޑައިގަތުމަށްފަހު ކުޑަދުވަސްކޮޅަކު މެނުވީ އެމީހުން ނުތިބެއެވެ. އޭގެތެރެއިން ނަގާކިޔާ އުޅުނު جبّار ބޮޑެތިމީހުން بَدْرُ ހަނގުރާމައިގައި މަރުވެދިޔައީއެވެ. والله أعلم. 77. (77) (އޭ رسول ﷲ އެވެ!) އެއީ ކަލޭގެފާނުންގެ ކުރީގައި ތިމަންރަސްކަލާނގެ ފޮނުއްވި رسول ބޭކަލުންނާ މެދު ކަންތައްވެގެން ދިޔަގޮތެވެ. އެއީ ތިމަންރަސްކަލާނގެ سُنَّة އެވެ. ގޮތެވެ. އަދި އެގޮތަށް އެއްވެސް ބަދަލެއް އަންނާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. • އެބަހީ: ކޮންމެ أمّة އަކަށްވެސް އެ أمّة އަކަށް رسول ން ފޮނުއްވުމަށްފަހު އެމީހުން އެބޭކަލަކަށް އަނިޔާވެރިވެ އެބޭކަލަކު މަރައި ނުވަތަ ރަށުން ނެރެލައިފިނަމަ ދެން ލަހެއްނުވެ އެ أمّة އެއް ތިމަންރަސްކަލާނގެ ހަލާކުކުރައްވަމެވެ. އެއީ ތިމަންރަސްކަލާނގެ سنّة އެވެ. އެއަކަށް ބަދަލެއް ނާންނާނެއެވެ. رسول ﷲ ﷺ مكّة އިން مدينة އަށް هجرة ކުރެއްވީ ﷲ އަންގަވައިގެންނެވެ. އެރަށުން އެކަލޭގެފާނު ނެރެލުމަށް مكّة ގެ مشرك ން قصد ކުރިޔަސް އެމީހުންނަށް އެކަމެއްނުވެއެވެ. އެކަލޭގެފާނު مدينة އަށް ވަޑައިގެންނެވުމަކީ އެ مشرك ންގެ عمل އެއް ނޫނެވެ. އެއީ ﷲ ގެ أمر ފުޅެކެވެ.

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir