Sign in
Sign in
Sign in
Select Language
017

Al-Isra 17:49 وقالوا ااذا كنا عظاما ورفاتا اانا لمبعوثون خلقا جديدا ٤٩

17:49
وَقَالُوٓاْ
أَءِذَا
كُنَّا
عِظَٰمٗا
وَرُفَٰتًا
أَءِنَّا
لَمَبۡعُوثُونَ
خَلۡقٗا
جَدِيدٗا
٤٩
(49) އަދި އެމީހުން ބުންނެވެ. އަހުރެމެން މަރުވެ ކަށްޓަށްވެ ކަށިތައް ފީވެ ވެއްޔަށްވެ ހިރަފުހަށްވުމަށްފަހު އަލުން ހެއްދެވިގެން ދެވަނަފަހަރަށްވެސް އަހުރެމެން ފޮނުވޭނެހެއްޔެވެ؟ (ނުފޮނުވޭނެއެވެ. އެއީ ވާނޭކަމެއްނޫނެވެ.)
Continue Reading

Read Tafsir

Ibn Kathir (Abridged)

Refutation of Those Who do not believe in Life after Death

Allah tells us about the disbelievers who think it very unlikely that the Resurrection will happen and who say, in a tone of denial,

أَءِذَا كُنَّا عِظَـماً وَرُفَـتاً

(When we are bones and fragments.) meaning earth. This was the view of Mujah

…

Refutation of Those Who do not believe in Life after Death

Allah tells us about the disbelievers who think it very unlikely that the Resurrection will

…
More Tafsirs

Read in Context

Chapter 17, Page 286, Juz 15

45. (45) (އޭ رسول ﷲ އެވެ!) ކަލޭގެފާނު قرآن ކިޔަވާ ވިދާޅުވަންޏާ آخرة ދުވަހަށް إيمان ނުވާ އެ މީހުންނާއި ކަލޭގެފާނާ ދެމެދު (ކަލޭގެފާނުންގެ ކިޔަވާވިދާޅުވުމުން އެއްޗެއް ނުވިސްނޭނޭގޮތުން) އެމީހުންގެ ހިތްތަކުގެމަތީގައި ނިވައި ފަރުދާއެއް ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއީ އެޟިހުންގެ ކާފިރުކަމާއި އިންކާރުގެ ސަބަބުންނެވެ. 46. (46) އަދި އެމީހުންނަށް ނުވިސްނޭނޭގޮތުން އެމީހުންގެ ހިތްތަކުގެމަތީގައި ތިމަންރަސްކަލާނގެ ނިވަލެއް ލެއްވީމެވެ. އަދި އެމީހުންގެ ކަންފަތްތަކުގެމަތީގައި އެބަހީ: އެމީހުންގެ އިވުމުގެމަތީގައި ބައްކަމެއް ލެއްވީމެވެ. އަދި ކަލޭގެފާނު قرآن ކިޔަވާ ވިދާޅުވުމުގައި ކަލޭގެފާނުންގެ ربّ ގެ އެއްކައުވަންތަކަން يعني: لاَ إله إلاّ ﷲ ކިޔަވާ ވިދާޅުވެއްޖެއްޔާ އެބަހީ: އެކަލާނގެ ذِكر ކުރައްވައި ހަނދާންކުރައްވައިފިއްޔާ އެ مشرك ންގެމީހުން ނުރުހި نفرت ވެގެން ފުރަގަސްދީ އެނބުރިދެއެވެ. 47. (47) އެމީހުން يعني: އެ مشرك ން ކަލޭގެފާނު قرآن ކިޔަވާ ވިދާޅުވާ އަޑުއަހަންތިބޭއިރު އެމީހުން އެއަހާ އެއްޗެއް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އެހިނދު އެމީހުން އެވަނީ نَجْوى ހަދައިގެންނެވެ. ސިއްރު ޖަލްސާ ހަދައި ސިއްރުވާހަކަ ދެއްކުމުގައެވެ. އަދި އެ އަނިޔާވެރިންގަނޑު ބުނެއެވެ. سِحْرُ ޖެހިފައިވާ މީހަކާމެނުވީ ކަލޭމެން تبع ވާކަމުގައި ނުވެއެވެ. 48. (48) (އޭ رسول ﷲ އެވެ!) ކަލޭގެފާނާ މެދު އެމީހުން مثال ޖަހަނީ ކޮންފަދައަކުންކަން ނިކަން ދެކެވަޑައިގެންބައްލަވާށެވެ! (އެމީހުން ބުނެއެވެ. އެއީ سِحْرُ ޖެހިފައިވާ މީހެކެވެ. އެއީ ޅެންވެރިއެކެވެ. އެއީ މޮޔައެކެވެ... އަދިވެސް އެބާވަތުގެ އެހެންތަކެތިވެސް ކިޔައެވެ.) ފަހެ އެމީހުން އެވަނީ حقّ މަގު ގެއްލި އޮޅިފައެވެ. އަދި ސީދާ ތެދުމަގަށް واصل ވުމަށް އެމީހުންނަށް ކުޅަދާނަ ނުވެއެވެ. 49. (49) އަދި އެމީހުން ބުންނެވެ. އަހުރެމެން މަރުވެ ކަށްޓަށްވެ ކަށިތައް ފީވެ ވެއްޔަށްވެ ހިރަފުހަށްވުމަށްފަހު އަލުން ހެއްދެވިގެން ދެވަނަފަހަރަށްވެސް އަހުރެމެން ފޮނުވޭނެހެއްޔެވެ؟ (ނުފޮނުވޭނެއެވެ. އެއީ ވާނޭކަމެއްނޫނެވެ.) 50. (50) (އޭ رسول ﷲ އެވެ!) ކަލޭގެފާނު އެމީހުންނަށް ވިދާޅުވާށެވެ! ކަލޭމެން ހިލަޔަށް ނުވަތަ ދަގަނޑަށް ވާށެވެ! 51. (51) ނުވަތަ ކަލޭމެންގެ ހިތުގައިވާ އެންމެބޮޑު އެއްޗަކަށް ކަލޭމެންވާށެވެ. (އެފަދަ ބޮޑުއެއްޗަކަށްވުމަށްފަހު) ދެން ނިކަންހުރެ އެމީހުން ތިމަންމެން ދިރުއްވައިގެން އަލުން ފޮނުއްވާނީ ކާކުތޯ އަހައިފިއްޔާ ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ނެތުމުގެތެރެއިން ފުރަތަމައިންވެސް ކަލޭމެން ހެއްދެވި ކަލާނގެއެވެ. ﷲ އެވެ. ދެން އޭރުން ނިކަންހުރެ ކަލޭގެފާނާ ދިމާލަށް އެމީހުންގެ ބޯތައް ހަލުވަހަލުވާފައި ބުނާނެއެވެ. ތިޔަވިދާޅުވާކަމެއް ދެންވާނީ ކޮންއިރަކުންބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދާދިގާތުގައި ވެދާނެއެވެ. 52. (52) އެއީ ތިމަންރަސްކަލާނގެ ކަލޭމެންނަށް نِدَاء އިއްވަވާނޭ ދުވަހެވެ. (ނުވަތަ ކަލޭމެންނަށް ތިމަންރަސްކަލާނގެ نِدَاء އިއްވަވާދުވަސް ހަނދާންކުރާށެވެ!) ފަހެ (އެދުވަހުން) ކަލޭމެން އެކަލާނގެ އަމުރުފުޅަށް އެކަލާނގެއަށް ކިޔަމަންތެރި ކަމާއެކު ޖަވާބުދޭނެއެވެ. (އަދި އެދުވަހުން) ކަލޭމެން ހީކުރާނީ ދުނިޔޭގައި ދާދި މަދު ހިނދުކޮޅެއްގައިމެނުވީ ކަލޭމެން ނުތިބޭކަމަށެވެ.

- Abu Bakr Ibrahim Ali (Bakurube)

Notes and Reflections

You do not have any notes or reflections on this verse.

Notes placeholders

Stay Connected to the Quran ❤️

Short meaningful reminders to reset, reflect and stay connected to the Quran.

Read, Listen, Search, and Reflect on the Quran

Quran.com is a trusted platform used by millions worldwide to read, search, listen to, and reflect on the Quran in multiple languages. It provides translations, tafsir, recitations, word-by-word translation, and tools for deeper study, making the Quran accessible to everyone.

As a Sadaqah Jariyah, Quran.com is dedicated to helping people connect deeply with the Quran. Supported by Quran.Foundation, a 501(c)(3) non-profit organization, Quran.com continues to grow as a free and valuable resource for all, Alhamdulillah.

Navigate
Home
Quran Radio
Reciters
About Us
Developers
Product Updates
Feedback
Help
Donate
Our Projects
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profit projects owned, managed, or sponsored by Quran.Foundation
Popular Links
Duas from the Quran
Quran Verse of the Day
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
SitemapPrivacyTerms and Conditions
© 2026 Quran.com. All Rights Reserved
Contribute