وارد شوید
وارد شوید
وارد شوید
انتخاب زبان
017

Al-Isra 17:38 كل ذالك كان سييه عند ربك مكروها ٣٨

۳۸:۱۷
كُلُّ
ذَٰلِكَ
كَانَ
سَيِّئُهُۥ
عِندَ
رَبِّكَ
مَكۡرُوهٗا
٣٨
(38) އެހުރިހާކަމެއްގެ (އެބަހީ: وَقَضى رَبُّك މިތަނުން ފެށިގެން 38 ވަނަ އާޔަތާއި ހަމައަށް އެވާ އާޔަތްތަކުގައި އެވާ نهي ތަކުގެ) ނުބައިކަން ކަލޭގެފާނުންގެ ربّ ގެ حضرة ގައިވަނީ އެކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްކަމުގައެވެ. އެކަލާނގެ ކޯފާވެ ވޮޑިގަންނަވާ ކަންތައްކަމުގައެވެ.
ادامه مطلب

تفسیر بخوانید

Ibn Kathir (Abridged)

Condemnation of strutting

Allah forbids His servants to strut and walk in a boastful manner:

وَلاَ تَمْشِ فِى الاٌّرْضِ مَرَحًا

(And walk not on the earth with conceit and arrogance.) meaning, walking in boastful manner and acting proud, like those who are arrogant oppressors.

إِنَّكَ لَن تَخْرِقَ الاٌّ
…

Condemnation of strutting

Allah forbids His servants to strut and walk in a boastful manner:

وَلاَ تَمْشِ فِى الاٌّرْضِ مَرَحًا

(And walk not on the eart

…
تفاسیر بیشتر

در متن بخوانید

فصل ۱۷, صفحه ۲۸۵, جوز ۱۵

31. (31) (އޭ މީސްތަކުންނޭވެ!) އަދި فقير ވެދާނޭކަމަށް ބިރުން ކަލޭމެން ކަލޭމެންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި އަދި ކަލޭމެނަށް ރިޒުގުދެއްވަނީ (އަދި ދެއްވާނީވެސް) ހަމަ ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކުދިން މެރުމަކީ ބޮޑުވެގެންވާ ފާފައެއްކަމުގައިވިއެވެ. 32. (32) އަދި ކަލޭމެން ޒިނޭއާއި ގާތްނުވާށެވެ! ހަމަކަށަވަރުން އެކަންތަކަކީ ހުތުރުކަންބޮޑު، އަދި ހައްދުފަހަނަޅައިގަތުމެކެވެ. އަދި އެއީ ނުބައިވެގެންވާ މަގެކެވެ. (އެއީ އެކަމުގެ ވެރިޔާ ނަރަކައަށް واصل ކުރަނިވި މަގެކެވެ.) • ދަންނައެވެ! ﷲ މިވަނީ ޒިނޭ حرام ކުރައްވާފައި އެކަންޏެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެޔާ ގާތްވެސް ނުވާން އަންގަވާފައެވެ! އެއީ އެކަން حرام ކުރެއްވުމުގެ އެންމެމަތީ ދަރަޖައެވެ. والله أعلم. 33. (33) އަދި ﷲ تعالى حرمة ތެރިކުރައްވާފައިވާ އެއްވެސް نفس އެއް (މަރަށް މަރުހިފުންކަހަލަ) حقّ އަކާއި ނުލައި ނުމަރާށެވެ! އަދި އަނިޔާވެރިގޮތުގައި (އަނިޔާވެރިވެވިގެން) މަރައިލެވިއްޖެ ކޮންމެ މީހެއްގެ ولي ވެރިޔާއަށް ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. (އެއީ قصاص ގެގޮތުން މަރަށް މަރުހިފުމުގެ ބާރާއި މަރުގެދިޔަ ހިފުމާއި މިފަދަ ބާރެވެ.) ފަހެ قتل ކުރުމުގައި (މެރުމުގައި) އިސްރާފުކޮށް ހައްދުފަހަނަޅައިގެން ނުދާށެވެ! (އެބަހީ: މަރަށް މަރުހިފުމުގައި قواعد އާއި خلاف އަށް އަނިޔާކޮށް ނުހަދާށެވެ! މިއަމުރަކީ މިކަމުގެ މަސްއޫލިއްޔަތު އުފުލާ ކޮންމެމީހަކަށް އޮތް އަމުރެކެވެ.) ހަމަކަށަވަރުން މަރާލެވުނުމީހާގެ ولي ވެރިޔާއަކީ نصر ލިބެވިގެންވާ މީހެކެވެ. 34. (34) އަދި ރަނގަޅު ހެޔޮގޮތުގައި މެނުވީ يتيم ކުއްޖާގެ މުދަލާއި ކަލޭމެން ގާތްނުވާށެވެ! (ރަނގަޅު ހެޔޮގޮތަކީ އެމުދާ ތަރައްޤީކޮށް ބެލެހެއްޓުންފަދަ ކަންކަމުގައި އެކަމަށް حقّ ވާ خرد ކުރުމެވެ.) އެއީ އެކުއްޖާ بالغ ވެ ބުއްދި ހަމަޖެހެންދެންނެވެ. އަދި ކަލޭމެންގެ عهد ތަކާއި އެއްބަސްވުންތައް ކަލޭމެން ބަރާބަރަށް ފުއްދާށެވެ! (އެއީ ﷲ އާއިމެދުވާ عهد ތަކާއި މީސްތަކުންގެ މެދުގައިވާ عهد ތަކެވެ.) ހަމަކަށަވަރުން عهد ތަކަކީ (قيامة ދުވަހުންވެސް) ސުވާލުވެވޭނެ އެއްޗެކެވެ. 35. (35) އަދި މިނުން ކަލޭމެން ހަމަހަމަކޮށް ފުއްދާށެވެ! އަދި عدل ވެރި ސީދާ މީޒާނުން / ތިލަފަތުން ކަލޭމެން ކިރާ ވަޒަންކުރާށެވެ! (އެބަހީ: ކިރުން ހަމަހަމަކުރާށެވެ.) ثواب އާއި ދަރުމައިގެގޮތުން އެކަން މާހެޔޮވެގެންވެއެވެ. 36. (36) އަދި އެ އެއްޗެއްގައި ކަލެއަށް އެނގުމެއްނެތް އެއްޗެއްގެ ނުވަތަ ކަމެއްގެ ވާހަކަ ކަލޭ ނުދައްކާށެވެ! އެހެނީ ހަމަކަށަވަރުން ކަންފަތާއި ލޮލާއި އަދި ހިތަކީ (މިހުރިހާ އެއްޗަކީ) އޭނަޔާމެދު ސުވާލުވެވޭނެ ތަކެއްޗެވެ. قيامة ދުވަހުންނެވެ. 37. (37) އަދި (އޭ އިންސާނާއެވެ!) ބިމުގައި ބޮޑާވެ فخر ވެރިކަމާއެކު ނުހިނގާށެވެ! އެހެނީ ހަމަކަށަވަރުން (ގުންފައިޖެހިއަސް) ކަލެއަށް ބިންގަނޑު ފަޅައެއް ނުލެވޭނެއެވެ. އަދި (ބޮޑާވެ މަތިހަށިނެގިޔަސް) ފަރުބަދަޔާ އެއްވަރަށް ދިގުވެސް ނުވާނެއެވެ. އުސްނުވާނެއެވެ. 38. (38) އެހުރިހާކަމެއްގެ (އެބަހީ: وَقَضى رَبُّك މިތަނުން ފެށިގެން 38 ވަނަ އާޔަތާއި ހަމައަށް އެވާ އާޔަތްތަކުގައި އެވާ نهي ތަކުގެ) ނުބައިކަން ކަލޭގެފާނުންގެ ربّ ގެ حضرة ގައިވަނީ އެކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްކަމުގައެވެ. އެކަލާނގެ ކޯފާވެ ވޮޑިގަންނަވާ ކަންތައްކަމުގައެވެ. 39. (39) އެއީ އެބަހީ: އިސްވެދިޔަ أمر އާއި نهي ތަކަކީ ކަލޭގެފާނުންގެ ربّ ގެ حكمة ގެ ތެރެއިން ކަލޭގެފާނަށް ބާވައިލައްވާ وحي ގެ ތެރެއިންވާތަކެއްޗެވެ. އަދި ﷲ އާ އެކު އެހެން إله އަކު ކަލޭ إختيار ނުކުރައްވާށެވެ. شريك އަކު ނުލާށެވެ. ފަހެ އެހެން ހަދައިފިނަމަ އެބަހީ: އެކަލާނގެއާ އެކު شريك އަކު إختيار ކުރައްވައިފިނަމަ އަޅުތަކުންގެ މަލާމާތް ލިބެވި އަދި ﷲ ގެ رحمة ން ދުރުކުރެވިގެންވާ حال ކަލޭ ނަރަކައަށް އެއްލައިލެވިދާނެއެވެ. 40. (40) (އޭ مشرك ންނޭވެ! މަލާއިކަތުންނަކީ ﷲ ގެ އަންހެންދަރިންނޭ ބުނާމީހުންނޭވެ!) ކަލޭމެންގެ ربّ ކަލޭމެންނަށް ފިރިހެން جِنْسُ خاصّ ކުރައްވައި އަދި އެކަލާނގެ އަމިއްލަ ذات ފުޅަށް އަންހެން جِنْسُ إختيار ކުރެއްވީހެއްޔެވެ؟ އެހެން ކަލޭމެން ބުނާކަމަށްވަންޏާ ހަމަކަށަވަރުންވެސް (ދޮގާއި ބުހުތާނުގެގޮތުން) ކަލޭމެން ތިޔަބުނަނީ ވަރަށްވެސް ބޮޑު ބަހެކެވެ.

- Abu Bakr Ibrahim Ali (Bakurube)

یادداشت‌ها و تأملات

شما هیچ یادداشت و تأملی در مورد این آیه ندارید.

Notes placeholders

با قرآن در ارتباط باشید❤️

یادآوری‌های کوتاه و معنادار برای شروع مجدد، تأمل و ارتباط با قرآن.

قرآن بخوانید، گوش دهید، جستجو کنید و در قرآن فکر کنید

Quran.com یک پلتفرم قابل اعتماد است که میلیون‌ها نفر در سراسر جهان برای خواندن، جستجو، گوش دادن و تأمل در مورد قرآن به زبان‌های مختلف از آن استفاده می‌کنند. این پلتفرم ترجمه، تفسیر، تلاوت، ترجمه کلمه به کلمه و ابزارهایی برای مطالعه عمیق‌تر ارائه می‌دهد و قرآن را برای همه قابل دسترسی می‌کند.

به عنوان یک صدقه جاریه، Quran.com به کمک به مردم برای ارتباط عمیق با قرآن اختصاص دارد. Quran.com با حمایت Quran.Foundation ، یک سازمان غیرانتفاعی 501(c)(3)، به عنوان یک منبع رایگان و ارزشمند برای همه، به لطف خدا، به رشد خود ادامه می‌دهد.

پیمایش کنید
صفحه اصلی
رادیو قرآن
قاریان
درباره ما
توسعه دهندگان
به روز رسانی محصول
بازخورد
کمک
اهدا کنید
پروژه های ما
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
پروژه های غیرانتفاعی تحت مالکیت، مدیریت یا حمایت شده توسط Quran.Foundation
لینک های محبوب
دعاهایی از قرآن
آیه روز قرآن
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
نقشه سایتحریم خصوصیشرایط و ضوابط
© ۲۰۲۶ Quran.com. تمامی حقوق محفوظ است
مشارکت