Ingia
Ingia
Ingia
Chagua Lugha

Bani Israil 17:33 ولا تقتلوا النفس التي حرم الله الا بالحق ومن قتل مظلوما فقد جعلنا لوليه سلطانا فلا يسرف في القتل انه كان منصورا ٣٣

Ukurasa 285 · Juzuu 15

وَلَا
تَقۡتُلُواْ
ٱلنَّفۡسَ
ٱلَّتِي
حَرَّمَ
ٱللَّهُ
إِلَّا
بِٱلۡحَقِّۗ
وَمَن
قُتِلَ
مَظۡلُومٗا
فَقَدۡ
جَعَلۡنَا
لِوَلِيِّهِۦ
سُلۡطَٰنٗا
فَلَا
يُسۡرِف
فِّي
ٱلۡقَتۡلِۖ
إِنَّهُۥ
كَانَ
مَنصُورٗا
٣٣
(33) އަދި ﷲ تعالى حرمة ތެރިކުރައްވާފައިވާ އެއްވެސް نفس އެއް (މަރަށް މަރުހިފުންކަހަލަ) حقّ އަކާއި ނުލައި ނުމަރާށެވެ! އަދި އަނިޔާވެރިގޮތުގައި (އަނިޔާވެރިވެވިގެން) މަރައިލެވިއްޖެ ކޮންމެ މީހެއްގެ ولي ވެރިޔާއަށް ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. (އެއީ قصاص ގެގޮތުން މަރަށް މަރުހިފުމުގެ ބާރާއި މަރުގެދިޔަ ހިފުމާއި މިފަދަ ބާރެވެ.) ފަހެ قتل ކުރުމުގައި (މެރުމުގައި) އިސްރާފުކޮށް ހައްދުފަހަނަޅައިގެން ނުދާށެވެ! (އެބަހީ: މަރަށް މަރުހިފުމުގައި قواعد އާއި خلاف އަށް އަނިޔާކޮށް ނުހަދާށެވެ! މިއަމުރަކީ މިކަމުގެ މަސްއޫލިއްޔަތު އުފުލާ ކޮންމެމީހަކަށް އޮތް އަމުރެކެވެ.) ހަމަކަށަވަރުން މަރާލެވުނުމީހާގެ ولي ވެރިޔާއަކީ نصر ލިބެވިގެންވާ މީހެކެވެ.
Endelea Kusoma

Soma Tafsir

Ibn Kathir (Abridged)

Prohibition of Unlawful Killing Allah forbids killing with no legitimate reason

It was reported in the Two Sahihs that the Messenger of Allah ﷺ said:

«لَا يَحِلُّ دَمُ امْرِىءٍ مُسْلِمٍ يَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، إِلَّا بِإِحْدَى ثَلَاثٍ: النَّفْسُ بِالنَّف

…

Prohibition of Unlawful Killing Allah forbids killing with no legitimate reason

It was reported in the Two Sahihs that the Messenger of Allah ﷺ said:

«ل

…
Tazama Tafsir

Soma katika Muktadha

31. (31) (އޭ މީސްތަކުންނޭވެ!) އަދި فقير ވެދާނޭކަމަށް ބިރުން ކަލޭމެން ކަލޭމެންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި އަދި ކަލޭމެނަށް ރިޒުގުދެއްވަނީ (އަދި ދެއްވާނީވެސް) ހަމަ ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކުދިން މެރުމަކީ ބޮޑުވެގެންވާ ފާފައެއްކަމުގައިވިއެވެ. 32. (32) އަދި ކަލޭމެން ޒިނޭއާއި ގާތްނުވާށެވެ! ހަމަކަށަވަރުން އެކަންތަކަކީ ހުތުރުކަންބޮޑު، އަދި ހައްދުފަހަނަޅައިގަތުމެކެވެ. އަދި އެއީ ނުބައިވެގެންވާ މަގެކެވެ. (އެއީ އެކަމުގެ ވެރިޔާ ނަރަކައަށް واصل ކުރަނިވި މަގެކެވެ.) • ދަންނައެވެ! ﷲ މިވަނީ ޒިނޭ حرام ކުރައްވާފައި އެކަންޏެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެޔާ ގާތްވެސް ނުވާން އަންގަވާފައެވެ! އެއީ އެކަން حرام ކުރެއްވުމުގެ އެންމެމަތީ ދަރަޖައެވެ. والله أعلم. 33. (33) އަދި ﷲ تعالى حرمة ތެރިކުރައްވާފައިވާ އެއްވެސް نفس އެއް (މަރަށް މަރުހިފުންކަހަލަ) حقّ އަކާއި ނުލައި ނުމަރާށެވެ! އަދި އަނިޔާވެރިގޮތުގައި (އަނިޔާވެރިވެވިގެން) މަރައިލެވިއްޖެ ކޮންމެ މީހެއްގެ ولي ވެރިޔާއަށް ހަމަކަށަވަރުންވެސް ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. (އެއީ قصاص ގެގޮތުން މަރަށް މަރުހިފުމުގެ ބާރާއި މަރުގެދިޔަ ހިފުމާއި މިފަދަ ބާރެވެ.) ފަހެ قتل ކުރުމުގައި (މެރުމުގައި) އިސްރާފުކޮށް ހައްދުފަހަނަޅައިގެން ނުދާށެވެ! (އެބަހީ: މަރަށް މަރުހިފުމުގައި قواعد އާއި خلاف އަށް އަނިޔާކޮށް ނުހަދާށެވެ! މިއަމުރަކީ މިކަމުގެ މަސްއޫލިއްޔަތު އުފުލާ ކޮންމެމީހަކަށް އޮތް އަމުރެކެވެ.) ހަމަކަށަވަރުން މަރާލެވުނުމީހާގެ ولي ވެރިޔާއަކީ نصر ލިބެވިގެންވާ މީހެކެވެ. 34. (34) އަދި ރަނގަޅު ހެޔޮގޮތުގައި މެނުވީ يتيم ކުއްޖާގެ މުދަލާއި ކަލޭމެން ގާތްނުވާށެވެ! (ރަނގަޅު ހެޔޮގޮތަކީ އެމުދާ ތަރައްޤީކޮށް ބެލެހެއްޓުންފަދަ ކަންކަމުގައި އެކަމަށް حقّ ވާ خرد ކުރުމެވެ.) އެއީ އެކުއްޖާ بالغ ވެ ބުއްދި ހަމަޖެހެންދެންނެވެ. އަދި ކަލޭމެންގެ عهد ތަކާއި އެއްބަސްވުންތައް ކަލޭމެން ބަރާބަރަށް ފުއްދާށެވެ! (އެއީ ﷲ އާއިމެދުވާ عهد ތަކާއި މީސްތަކުންގެ މެދުގައިވާ عهد ތަކެވެ.) ހަމަކަށަވަރުން عهد ތަކަކީ (قيامة ދުވަހުންވެސް) ސުވާލުވެވޭނެ އެއްޗެކެވެ. 35. (35) އަދި މިނުން ކަލޭމެން ހަމަހަމަކޮށް ފުއްދާށެވެ! އަދި عدل ވެރި ސީދާ މީޒާނުން / ތިލަފަތުން ކަލޭމެން ކިރާ ވަޒަންކުރާށެވެ! (އެބަހީ: ކިރުން ހަމަހަމަކުރާށެވެ.) ثواب އާއި ދަރުމައިގެގޮތުން އެކަން މާހެޔޮވެގެންވެއެވެ. 36. (36) އަދި އެ އެއްޗެއްގައި ކަލެއަށް އެނގުމެއްނެތް އެއްޗެއްގެ ނުވަތަ ކަމެއްގެ ވާހަކަ ކަލޭ ނުދައްކާށެވެ! އެހެނީ ހަމަކަށަވަރުން ކަންފަތާއި ލޮލާއި އަދި ހިތަކީ (މިހުރިހާ އެއްޗަކީ) އޭނަޔާމެދު ސުވާލުވެވޭނެ ތަކެއްޗެވެ. قيامة ދުވަހުންނެވެ. 37. (37) އަދި (އޭ އިންސާނާއެވެ!) ބިމުގައި ބޮޑާވެ فخر ވެރިކަމާއެކު ނުހިނގާށެވެ! އެހެނީ ހަމަކަށަވަރުން (ގުންފައިޖެހިއަސް) ކަލެއަށް ބިންގަނޑު ފަޅައެއް ނުލެވޭނެއެވެ. އަދި (ބޮޑާވެ މަތިހަށިނެގިޔަސް) ފަރުބަދަޔާ އެއްވަރަށް ދިގުވެސް ނުވާނެއެވެ. އުސްނުވާނެއެވެ. 38. (38) އެހުރިހާކަމެއްގެ (އެބަހީ: وَقَضى رَبُّك މިތަނުން ފެށިގެން 38 ވަނަ އާޔަތާއި ހަމައަށް އެވާ އާޔަތްތަކުގައި އެވާ نهي ތަކުގެ) ނުބައިކަން ކަލޭގެފާނުންގެ ربّ ގެ حضرة ގައިވަނީ އެކަލާނގެ ރުހިވޮޑިނުގަންނަވާ ކަންތައްކަމުގައެވެ. އެކަލާނގެ ކޯފާވެ ވޮޑިގަންނަވާ ކަންތައްކަމުގައެވެ. 39. (39) އެއީ އެބަހީ: އިސްވެދިޔަ أمر އާއި نهي ތަކަކީ ކަލޭގެފާނުންގެ ربّ ގެ حكمة ގެ ތެރެއިން ކަލޭގެފާނަށް ބާވައިލައްވާ وحي ގެ ތެރެއިންވާތަކެއްޗެވެ. އަދި ﷲ އާ އެކު އެހެން إله އަކު ކަލޭ إختيار ނުކުރައްވާށެވެ. شريك އަކު ނުލާށެވެ. ފަހެ އެހެން ހަދައިފިނަމަ އެބަހީ: އެކަލާނގެއާ އެކު شريك އަކު إختيار ކުރައްވައިފިނަމަ އަޅުތަކުންގެ މަލާމާތް ލިބެވި އަދި ﷲ ގެ رحمة ން ދުރުކުރެވިގެންވާ حال ކަލޭ ނަރަކައަށް އެއްލައިލެވިދާނެއެވެ. 40. (40) (އޭ مشرك ންނޭވެ! މަލާއިކަތުންނަކީ ﷲ ގެ އަންހެންދަރިންނޭ ބުނާމީހުންނޭވެ!) ކަލޭމެންގެ ربّ ކަލޭމެންނަށް ފިރިހެން جِنْسُ خاصّ ކުރައްވައި އަދި އެކަލާނގެ އަމިއްލަ ذات ފުޅަށް އަންހެން جِنْسُ إختيار ކުރެއްވީހެއްޔެވެ؟ އެހެން ކަލޭމެން ބުނާކަމަށްވަންޏާ ހަމަކަށަވަރުންވެސް (ދޮގާއި ބުހުތާނުގެގޮތުން) ކަލޭމެން ތިޔަބުނަނީ ވަރަށްވެސް ބޮޑު ބަހެކެވެ.

- Abu Bakr Ibrahim Ali (Bakurube)

Endelea Kusoma

Maelezo na Tafakari

Huna maelezo au tafakari yoyote kuhusu aya hii.

Notes placeholders

Endelea Kuungana na Qur'ani ❤️

Vikumbusho vifupi vyenye maana vinavyoweka upya maisha yako, kukusaidia kutafakari na kuendelea kushikamana na Qur'ani.

Soma, Sikiliza, Tafuta, na Tafakari Qur'ani

Quran.com ni jukwaa linaloaminika na linalotumiwa na mamilioni duniani kote kusoma, kutafuta, kusikiliza na kutafakari kuhusu Qur'ani katika lugha tofauti. Inatoa huduma za tarjuma, tafsiri, vikariri, tarjuma ya neno kwa neno, na zana za ufahamu wa kina, kuifanya Qur'ani ipatikane na kila mtu.

Kama mbinu ya Sadaqah Jariyah, Quran.com imejitolea kusaidia watu kuunganishwa kwa kina na Qur'ani. Ikiungwa mkono na Quran.Foundation , shirika lisilo la faida la 501(c)(3), Quran.com inaendelea kukua kama rasilimali ya bila malipo na yenye thamani kwa wote, Alhamdulillah.

Chunguza
Nyumbani
Redio ya Qur'ani
Wasomaji
Kutuhusu
Watengenezaji
Sasisho za Bidhaa
Maoni
Msaada
Changia
Miradi Yetu
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Miradi isiyo ya faida inayomilikiwa, kusimamiwa, au kufadhiliwa na Quran.Foundation
Viungo Maarufu
Dua kutoka Quran
Aya ya Quran ya Siku
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Ramani ya tovutiFaraghaSheria na Masharti
© 2026 Quran.com. Haki Zote Zimehifadhiwa
Changia