Aanmelden
Aanmelden
Aanmelden
Taal selecteren
017

Al-Isra 17:26 وات ذا القربى حقه والمسكين وابن السبيل ولا تبذر تبذيرا ٢٦

17:26
وَءَاتِ
ذَا
ٱلۡقُرۡبَىٰ
حَقَّهُۥ
وَٱلۡمِسۡكِينَ
وَٱبۡنَ
ٱلسَّبِيلِ
وَلَا
تُبَذِّرۡ
تَبۡذِيرًا
٢٦
(26) އަދި ގާތްތިމާގެ މީހުންނަށް އޭނާގެ حقّ ދޭށެވެ! އަދި مسكينُ ންނަށާއި ދަތުރުވެރިންނަށްވެސް އެމީހުންގެ حقّ އަދާކުރާށެވެ!~ އަދި އެއްވެސް حقّ އަކާއިނުލައި ގިނަ خرد ތައްކޮށް إسراف ކޮށް ނުހަދާށެވެ!
Lees verder

Lees Tafsir

Ibn Kathir (Abridged)

The Command to maintain the Ties of Kinship and the Prohibition of Extravagance

When Allah mentions honoring one's parents, He follows this with the command to treat one's relatives well and to maintain the ties of kinship. According to the Hadith:

«أُمَّكَ وَأَبَاكَ، ثُمَّ أَدْنَاكَ أَدْنَاك»

وفي رواي

…

The Command to maintain the Ties of Kinship and the Prohibition of Extravagance

When Allah mentions honoring one's parents, He follows this with the co

…
Meer Tafsirs

Lees in context

Hoofdstuk 17, Pagina 284, Juz 15

23. (23) (އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ أمر ކުރެއްވީ (ނުވަތަ ނިޔާކުރެއްވީ، ނުވަތަ حكم ކުރެއްވީ) ހަމަސީދާ އެކަލާނގެ ނޫން ފަރާތަކަށް ކަލޭމެން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނަށް إحسان ތެރިވުމަށެވެ. ހެޔޮކޮށް ކަންތައްކުރުމަށެވެ. އެދެމީހުންކުރެ އެކަކު ނުވަތަ އެދެމީހުން ކަލޭގެގާތުގައި ވަނިކޮށް (ކަލޭގެ ބެލުމުގެދަށުގައި ވަނިކޮށް) މުސްކުޅިކަމާ ހަމައަށް ފޯރައްޖެއްޔާ (އެބަހީ: އެދެމީހުންކުރެ އެކަކު ނުވަތަ ދެމީހުން މުސްކުޅިވެ ގައިބާރުދެރަވެގެންވާ حال ކަލެއަށް ބަލަންދިމާވެއްޖެއްޔާވެސް އެއިން މީހަކު ކުރާ ކަމަކުން ނުވަތަ ބުނާބަހަކުން ކަލޭ ހިތްހަމަ ނުޖެހުނަސް) އެއިން މީހަކަށް ކަލޭ ޗުއްޕުވެސް ނުބުނާށެވެ! އަދި އެދެމީހުންނަށް ނުރުހިގެން އެމީހުންގެ ކުރިމަތީ އަޑުގަދަކޮށް އެމީހުން ސިއްސުވާ ބިރުގަންނަވައި ނުހަދާށެވެ! އަދި އެދެމީހުންނަށް އޯގާތެރި ރަނގަޅުބަސްބުނާށެވެ! 24. (24) އަދި އޯގާވެރިކަމާއި رحمة ގެގޮތުން ކަލޭ އެދެމީހުންނަށްޓަކައި ނިކަމެތިކަމުގެ ފިޔަ ތިރިކޮށްލާށެވެ! (އެބަހީ: އެދެމީހުންނަށް ބަރާބަރަށް ކިޔަމަންތެރިކަން އަދާކުރާށެވެ.) އަދި ކަލޭ ދަންނަވާށެވެ! އޭ އަޅުގެ ربّ އެވެ! އެދެމީހުން މިއަޅާ ކުޑަކޮށް ހުރިދުވަސްވަރު ބަލާ تربية ކޮށްދެއްވިކަމަށްޓަކައި އެދެމީހުންނަށް رحمة ލައްވާނދޭވެ! 25. (25) (އޭ މީސްތަކުންނޭވެ!) ކަލޭމެންގެ نفس ތަކުގައިވާކަންތައް ކަލޭމެންގެ ربّ ދެނެވޮޑިގެންވެއެވެ. (އެބަހީ: މައިންބަފައިންނަށް ހެޔޮކޮށްހިތުމާއި ނުބައިކޮށް ހިތުމުގެގޮތުން ކަލޭމެންގެ ހިތުގައިވާހާ އެއްޗެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.) ކަލޭމެންގެ ނިޔަތްތައް ތެދުކޮށް صالح ކޮށްވަންޏާ (އެފަދަ حال ގައި ވެވޭ ކުށަށް عفو ކުރެއްވުން أمّيد ކުރެވެއެވެ.) އެހެނީ ހަމަކަށަވަރުން ތިމާގެ ފާފައިން توبة ވެ ﷲ ގެ حضرة އަށް رجوع ވާމީހުންނަށް ގިނަގިނައިން ފުއްސަވާ ކަލަކުކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ. 26. (26) އަދި ގާތްތިމާގެ މީހުންނަށް އޭނާގެ حقّ ދޭށެވެ! އަދި مسكينُ ންނަށާއި ދަތުރުވެރިންނަށްވެސް އެމީހުންގެ حقّ އަދާކުރާށެވެ!~ އަދި އެއްވެސް حقّ އަކާއިނުލައި ގިނަ خرد ތައްކޮށް إسراف ކޮށް ނުހަދާށެވެ! 27. (27) އެހެނީ ހަމަކަށަވަރުން އެއްވެސް حقّ އެއްނެތި ބޭކާރު خرد ކޮށް إسراف ކުރާމީހުންނަކީ شيطان އާގެ أخ ންނެވެ. އަދި شيطان އާވީ އޭނާގެ ربّ އަށް ކާފަރުވުން ބޮޑުމީހަކުކަމުގައެވެ. 28. (28) (އަދި އޭ رسول ﷲ އެވެ!) ކަލޭގެފާނުންގެ ربّ ގެ حضرة ން رحمة އަކަށް އެދިވަޑައިގެން އެމީހުންގެ ފަރާތުން މޫނުފުޅު އަނބުރުއްވައިލަންޏާވެސް (އެބަހީ: ކަލޭގެފާނުން އެބަޔަކަށް حقّ އަދާކުރަންވެފައިވާ މީހަކު އައިސް ކަމަކަށް އެދި އެފަދަ ހޭދައެއް ކުރެއްވެންނެތި އެކަމާ ލަދުފުޅުން މޫނުފުޅު އަނބުރުއްވަންޏާވެސް) ފަހެ އެމީހުންނަށް ރަނގަޅު ފަސޭހަބަސްފުޅު ވިދާޅުވާށެވެ! 29. (29) އަދި އެއްވެސްއެއްޗެއް ހޭދަނުކުރުމަށްޓަކައި އަތްނަގައި ކަރުގައި އައްސައި ކަސްތަޅުއަޅާފައި ނުބާއްވާށެވެ! އަދި އެއަތް އެކީއެކައްޗަކަށް ފަތުރާލައި ނިއުޅާލައި ނުހަދާށެވެ! (އެބަހީ: ކޮންމެހެން ހޭދަކުރަންވީ އެއްޗެއް ހޭދަނުކޮށް ނުބަހައްޓާށެވެ!) އަދި ހުރިހުރިހާއެއްޗެއް އެކީ ހޭދަނުކުރާށެވެ! ފަހެ އެހެންހަދައިފިއްޔާ މަލާމާތް ލިބެވިގެންވާ އަދި ހިތާމަކުރަނިވި މީހަކުކަމުގައި ކަލޭވެދާނެއެވެ! (އެބަހީ: ކޮންމެހެން ކުރަންޖެހިއްޖެ ހޭދައެއް ނުކޮށްފިނަމަ އެމީހުންގެ މަލާމާތް ލިބޭނެއެވެ. އަދި އެކީއެކަށް އަތްމަތިހުސްކޮށްފިނަމަ ހިތާމަކުރަންޖެހޭނެއެވެ.) 30. (30) (އޭ رسول ﷲ އެވެ!) ހަމަކަށަވަރުން ކަލޭގެފާނުންގެ ربّ އެކަލާނގެ އެދިވޮޑިގަންނަވާ އަޅަކަށް ރިޒުގު ތަނަވަސްކުރައްވައެވެ. އަދި އެކަލާނގެ އެދިވޮޑިގެންނެވި އަޅަކަށް ރިޒުގު މަދުކުރައްވާ ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެ ވޮޑިގެންވީ އެކަލާނގެ އަޅުތަކުންގެ خبر ތައް ދެނެވޮޑިގެންވާ ބައްލަވާވޮޑިގެންވާ ކަލަކުކަމުގައެވެ.

- Abu Bakr Ibrahim Ali (Bakurube)

Notities en reflecties

Je hebt geen aantekeningen of overwegingen bij dit vers.

Notes placeholders

Blijf verbonden met de Koran ❤️

Korte, betekenisvolle herinneringen om tot rust te komen, te reflecteren en verbonden te blijven met de Koran.

Lees, luister, zoek en reflecteer over de Koran

Quran.com is een vertrouwd platform dat wereldwijd door miljoenen mensen wordt gebruikt om de Koran in meerdere talen te lezen, te doorzoeken, te beluisteren en erover na te denken. Het biedt vertalingen, tafseer, recitaties, woord-voor-woordvertalingen en tools voor een diepere studie, waardoor de Koran voor iedereen toegankelijk is.

Als Sadaqah Jariyah zet Quran.com zich in om mensen te helpen een diepe verbinding met de Koran te maken. Ondersteund door Quran.Foundation , een non-profitorganisatie. Quran.com blijft groeien als een gratis en waardevolle bron voor iedereen, Alhamdulillah.

Navigeren
Home
Koran Radio
reciteurs
Over ons
Ontwikkelaars
Product updates
Feedback
Hulp
Doneren
Onze projecten
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profitprojecten die eigendom zijn van, beheerd worden door of gesponsord worden door Quran.Foundation.
Populaire links
Gebeden uit de Koran
Koranvers van de dag
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
SitemapPrivacyAlgemene voorwaarden
© 2026 Quran.com. Alle rechten voorbehouden
Bijdragen