وارد شوید
وارد شوید
وارد شوید
انتخاب زبان
017

Al-Isra 17:107 قل امنوا به او لا تومنوا ان الذين اوتوا العلم من قبله اذا يتلى عليهم يخرون للاذقان سجدا ١٠٧

۱۰۷:۱۷
قُلۡ
ءَامِنُواْ
بِهِۦٓ
أَوۡ
لَا
تُؤۡمِنُوٓاْۚ
إِنَّ
ٱلَّذِينَ
أُوتُواْ
ٱلۡعِلۡمَ
مِن
قَبۡلِهِۦٓ
إِذَا
يُتۡلَىٰ
عَلَيۡهِمۡ
يَخِرُّونَۤ
لِلۡأَذۡقَانِۤ
سُجَّدٗاۤ
١٠٧
(107) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އެ قرآن އަށް إيمان ވާށެވެ! ނުވަތަ ކަލޭމެން إيمان ނުވާށެވެ! (އެކަމުން ﷲ ގެ رحمة ގެ خزانة އަށް އުނިއިތުރު ނުވާނެއެވެ.) ހަމަކަށަވަރުން އެ قرآن ބާވައިލެއްވުމުގެކުރީގައި علم ދެއްވުނުމީހުންގެމައްޗަށް އެ قرآن ކިޔެވިއްޖެއްޔާ އެމީހުންގެ މޫނުތައް (ﷲ އަށް) سجدة ކުރާ حال ތިރިކުރެއެވެ.
ادامه مطلب

تفسیر بخوانید

Ibn Kathir (Abridged)

Those Who were given Knowledge before truly admit the Qur'an

Allah says to His Prophet Muhammad ﷺ:

قُلْ

(Say) O Muhammad to these disbelievers concerning what you have brought to them of this Glorious Qur'an:

ءَامِنُواْ بِهِ أَوْ لاَ تُؤْمِنُواْ

("Believe in it (the Qur'an) or do not believe (in it).) me

…

Those Who were given Knowledge before truly admit the Qur'an

Allah says to His Prophet Muhammad ﷺ:

قُلْ

(Say) O Muhammad to these disbelievers concerning

…
تفاسیر بیشتر

در متن بخوانید

فصل ۱۷, صفحه ۲۹۳, جوز ۱۵

105. (105) އަދި ތިމަންރަސްކަލާގެ އެ قرآن ބާވައިލެއްވީ حقّ އާއިގެންނެވެ. (އެއީ ﷲ ގެ أمر ފުޅުތަކާއި نهي ތަކާއި حكم ތަކާއި عدل إنصاف އާއި أخلاق އާއި ދެންވެސް އެބާވަތުގެ އެންމެހައި حقّ އަކާއިގެންނެވެ.) އަދި محمّد ﷺ އާ ހަމައަށް އެ قرآن واصل ވީވެސް ހަމަ حقّ ގޮތުގައެވެ. (އަދި އޭ رسول ﷲ އެވެ!) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ ތިމަންރަސްކަލާނގެ ކަލޭގެފާނު رسول ކަމާއިގެން ނުފޮނުއްވަމެވެ. 106. (106) އަދި ތިމަންރަސްކަލާނގެ އެ قرآن بيان ކޮށްދެއްވައި حقّ އާއި باطل ވަކިކޮށްދެއްވީމެވެ. އެއީ ކަލޭގެފާނު އެ قرآن މީސްތަކުންނަށް ލަސްލަހުން تَرْتِيْلُ ކޮށް ރީތިކޮށް ކިޔަވާ ވިދާޅުވެދެއްވުމަށެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن ކަނޑައެޅިގެން އެކިފަހަރުފަހަރުމަތިން ބާވައިލެއްވީމެވެ. 107. (107) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އެ قرآن އަށް إيمان ވާށެވެ! ނުވަތަ ކަލޭމެން إيمان ނުވާށެވެ! (އެކަމުން ﷲ ގެ رحمة ގެ خزانة އަށް އުނިއިތުރު ނުވާނެއެވެ.) ހަމަކަށަވަރުން އެ قرآن ބާވައިލެއްވުމުގެކުރީގައި علم ދެއްވުނުމީހުންގެމައްޗަށް އެ قرآن ކިޔެވިއްޖެއްޔާ އެމީހުންގެ މޫނުތައް (ﷲ އަށް) سجدة ކުރާ حال ތިރިކުރެއެވެ. 108. (108) އަދި އެމީހުން ދަންނަވައެވެ. އަޅަމެންގެ ربّ ހުސް طاهر ވަންތައެވެ! ހަމަކަށަވަރުން އަޅަމެންގެ ربّ ގެ وعد އެއީ ކަނޑައެޅިގެން ވާނޭކަމެކެވެ. އެއީ ޝައްކެއްނެތްކަމެކެވެ. 109. (109) އަދި އެމީހުން (އެ قرآن ގައިވާ وعظ އާއި نصيحة އާއި عبرة ގެ ސަބަބުން) ރޯ حال އެމީހުންގެ މޫނުތައް ﷲ އަށް سجدة އަށް ތިރިކުރެއެވެ. އަދި އެ قرآن އެމީހުންނަށް މަޑުމޮޅިކަމާއި ބިރުވެރިކަން އިތުރުކޮށްދެއެވެ. (މިއީ يهودي ންނާއި نصارى އިންގެތެރޭގައި ތިބި ރަނގަޅު مؤمن ންގެ خبر އެކެވެ.) 110. (110) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! (އޭ މިތިބަ مشرك ންނޭވެ!) ކަލޭމެން ﷲ އަށް دعاء ކުރާށެވެ! ގޮވާށެވެ! ނުވަތަ ކަލޭމެން رحمن އަށް دعاء ކުރާށެވެ! ގޮވާށެވެ! އެތަނުން ކޮންމެފަރާތަކަށް ގޮވިޔަސް މައްސަލައެއްނެތެވެ. (އެއީ ދެ إله އެއްނޫނެވެ. އެއީ ހަމަ އެއްކައުވަންތަ އެއް إله އެކެވެ. އެއީ ﷲ އެވެ.) ފަހެ އެކަލާނގެއަށް އެންމެ ރިވެތިވެގެންވާ އެންމެ ފުރިހަމަ އެންމެ ކީރިތި ނަންފުޅުތައްވެއެވެ. އެންމެ ފުރިހަމަ ސިފަފުޅުތައްވެއެވެ. އޭ رسول ﷲ އެވެ! ކަލޭގެފާނު ނަމާދުފުޅުކުރައްވާއިރު މާބޮޑަށް އަޑުހަރު ނުކުރައްވާށެވެ! ނުވަތަ دعاء ކުރައްވާއިރު މާބޮޑަށް އަޑުފުޅު މަޑުވެސް ނުކުރައްވާށެވެ! މާބޮޑަށް ވަންހަނާ ނުކުރައްވާށެވެ! އަދި އެދެމެދުގެ ވަރެއް إختيارކުރައްވާށެވެ! • ދަންނައެވެ. މިއާޔަތް ބާވައިލެއްވުނު ސަބަބަކާއި އަދި މިއާޔަތުން މުރާދުވާ މާނަޔަކާ މެދު ވަރަށްބޮޑު إختلاف އެބަހުއްޓެވެ. އެވާހަކަތައް تفسير ފޮތްތަކުގައި بيان ވެގެންވެއެވެ. މިހެންވެ މިވާހަކަ ހަނދާންކޮށްދިނީމެވެ. 111. (111) (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! އެންމެހައި تعريف އާއި ثناء އެއް خاصّ ވެގެންވަނީ ހަމަ ﷲ އަށެވެ. އެކަލާނގެއީ އެކަލާނގެއަށް އެއްވެސް ދަރިކަލަކުނުވާ ކަލާނގެއެވެ. އަދި އެކަލާނގެ ވެރިކަމާއި މިލްކުގައި ބައިވެރިވާނޭ އެކަކުވެސް ނުވެއެވެ. އަދި (ދެރަމީހުންނަށް نصر ވެރިންނާއި އެހީތެރިން ބޭނުންވާގޮތަށް) އެކަލާނގެއަށް އެއްވެސް نصر ވެރިއަކު ވާގިވެރިއަކު ބޭނުންވެވޮޑިގެން ނުވެއެވެ. (އެކަލާނގެ އަމިއްލަ ޒާތުފުޅާއިގެން ފުދިވޮޑިގެންވެއެވެ.) އަދި ކަލޭގެފާނުންގެ عمل ފުޅާއި ބަސްފުޅުން އެކަލާނގެ عزّة ވަންތަކުރައްވައި މާތްކުރައްވާށެވެ. (އެކަލާނގެ ހައިބަވަންތަކުރައްވައި ބޮޑުކުރައްވާށެވެ.)

- Abu Bakr Ibrahim Ali (Bakurube)

یادداشت‌ها و تأملات

شما هیچ یادداشت و تأملی در مورد این آیه ندارید.

Notes placeholders

با قرآن در ارتباط باشید❤️

یادآوری‌های کوتاه و معنادار برای شروع مجدد، تأمل و ارتباط با قرآن.

قرآن بخوانید، گوش دهید، جستجو کنید و در قرآن فکر کنید

Quran.com یک پلتفرم قابل اعتماد است که میلیون‌ها نفر در سراسر جهان برای خواندن، جستجو، گوش دادن و تأمل در مورد قرآن به زبان‌های مختلف از آن استفاده می‌کنند. این پلتفرم ترجمه، تفسیر، تلاوت، ترجمه کلمه به کلمه و ابزارهایی برای مطالعه عمیق‌تر ارائه می‌دهد و قرآن را برای همه قابل دسترسی می‌کند.

به عنوان یک صدقه جاریه، Quran.com به کمک به مردم برای ارتباط عمیق با قرآن اختصاص دارد. Quran.com با حمایت Quran.Foundation ، یک سازمان غیرانتفاعی 501(c)(3)، به عنوان یک منبع رایگان و ارزشمند برای همه، به لطف خدا، به رشد خود ادامه می‌دهد.

پیمایش کنید
صفحه اصلی
رادیو قرآن
قاریان
درباره ما
توسعه دهندگان
به روز رسانی محصول
بازخورد
کمک
اهدا کنید
پروژه های ما
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
پروژه های غیرانتفاعی تحت مالکیت، مدیریت یا حمایت شده توسط Quran.Foundation
لینک های محبوب
دعاهایی از قرآن
آیه روز قرآن
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
نقشه سایتحریم خصوصیشرایط و ضوابط
© ۲۰۲۶ Quran.com. تمامی حقوق محفوظ است
مشارکت