ลงชื่อเข้าใช้
ลงชื่อเข้าใช้
ลงชื่อเข้าใช้
เลือกภาษา
015

Al-Hijr 15:96 الذين يجعلون مع الله الاها اخر فسوف يعلمون ٩٦

15:96
ٱلَّذِينَ
يَجۡعَلُونَ
مَعَ
ٱللَّهِ
إِلَٰهًا
ءَاخَرَۚ
فَسَوۡفَ
يَعۡلَمُونَ
٩٦
(96) އެމީހުންނަކީ ﷲ އާ އެކު އެހެން إله އެއްވެސް ހިފާ إختيار ކުރާމީހުންނެވެ. ފަހެ ނިކަންހުރެ އެމީހުން އެކުރާ ކަންތަކުގެ (ނުބައިކަން) آخرة ދުވަހުން އެމީހުންނަށް އެނގޭނެއެވެ.
อ่านต่อ

อ่านตัฟซีร์

Ibn Kathir (Abridged)

The Command to proclaim the Truth openly

Allah commanded His Messenger to convey what He sent him with, to proclaim and spread the Message, which means confronting the idolators with it. Ibn `Abbas said that the Ayah,

فَاصْدَعْ بِمَا تُؤْمَرُ

(Therefore openly proclaim that what you have been commanded

…

The Command to proclaim the Truth openly

Allah commanded His Messenger to convey what He sent him with, to proclaim and spread the Message, which means

…
ตัฟซีร์เพิ่มเติม

อ่านในบริบท

บท 15, หน้าหนังสือ 267, จุซ 14

87. (87) އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް السَّبْعُ اْلمَثَانِي އާއި ބޮޑުވެގެންވާ މާތް قرآن ދެއްވީމެވެ. • ދަންނައެވެ. السَّبْعُ اْلمَثَانِي އާއިމެދު تفسير علم ވެރިންގެ ބަސް ތަފާތެވެ. އެތަނުން ބުރަވެވޭބަހަކީ، راحِجُ ބަހަކީ، އެއީ سورة الفاتحة އެވެ. الحمد އެވެ. 88. (88) އަދި އެމީހުންކުރެ މުދާވެރި މުއްސަނދި މީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ ތަކެއްޗަށް ކަލޭގެފާނުންގެ ލޯފުޅު ނުދައްމަވާށެވެ! އެއަށް ނުބައްލަވާށެވެ! އަދި އެމީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަފުޅު ނުކުރައްވާށެވެ! އަދި مؤمن ންނަށްޓަކައި ކަލޭގެފާނުންގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެމީހުންނަށް އޯގާވެރިވެވަޑައިގަންނަވާށެވެ! އެމީހުންނާމެދު ހަރުކަށިވެވަޑައި ނުގަންނަވާށެވެ!) 89. (89) (އޭ رسول ﷲ އެވެ!) އަދި ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު މިއީ بيان ވެގެންވާ نَذير އެވެ. (ﷲ އަށް ނުކިޔަމަންތެރިވީމީހުންނަށް އެކަލާނގެ ކޯފާއާއި عذاب ހުރިކަމުގެ ބިރުވެރި خبر ދޭ މީހާއެވެ.) 90. (90) އެއީ مُقْتَسِمُ ންގެ މައްޗަށްވެސް ތިމަންރަސްކަލާނގެ عذاب ފޮނުއްވި ފަދައިންނެވެ. 91. (91) އެމީހުންނަކީ قرآن ބައިބަޔަށް (އީމާންވާބަޔަކަށާއި އީމާންނުވެވޭނެ ބަޔަކަށް) ބައިބައިކޮށް ބެހިމީހުންނެވެ. • ދަންނައެވެ. مُقْتَسِمُ ގެ لفظ ގެ ترجمة އަކީ ބައިބަޔަށް ބަހާމީހާއެވެ. ދެންފަހެ އެ لفظ ން މުރާދުކުރެވޭ ބަޔަކާއިމެދު مفسّر ންގެ ބަސްތަފާތެވެ. އެއީ (1) يهودي ންނާއި نصارى އިން ކަމުގައި ވިދާޅުވި ބޭކަލުންވެއެވެ. އެމީހުންވެސް އެ قرآن ގެ އެއްބަޔަށް إيمان ވެ އަނެއްބަޔަށް ކާފަރުވީއެވެ. އަދި އެމީހުން އެމީހުންގެ ފޮތްވެސް ބެހީއެވެ. ބައިބައިކޮށް އެއްބަޔަށް إيمان ވެ އަނެއްބަޔަށް ކާފަރުވީއެވެ. އަދި އެއީ (2) قريش ންގެ ބަޔަކުކަމުގައިވެސް ބުނެވުނެވެ. އެމީހުންވެސް އެއްބަޔަށް އީމާންވެ އަނެއްބަޔަށް ކާފަރު ވީކަމުގައި ވިއެވެ. އަދި އެއީ (3) صالح عليه السّلام ގެ قوم ގެ ބައެއްކަމުގައިވެސް ބުނެވުނެވެ. އަދިވެސް ކިތައްމެގޮތަކަށް ބުނެވިފައިވެއެވެ. ފަހެ ކީރިތި قرآن ގެ އެއްބައި ތެދުކޮށް އަނެއްބައި ދޮގުކުރި ކޮންމެބަޔަކުވެސް މީގެތެރެއަށް ވަންނާނެކަމުގައި مفسّر أبو حَعْفَرُ الطّبري އެކަލޭގެފާނުންގެ تفسير ގައި ވިދާޅުވެފައިވެއެވެ. (ދެން އަޅުގަޑުމެން ދިވެހިންނޯ؟؟؟ ބައެއް އަޅުކަން އޭގައިވާގޮތަށް ކުރަންކަމުގޮސްފައި ބައެއް ޙުކުމް އޭގައިވާގޮތަށްކުރާކަށް ކަމަކުނުދިޔައެވެ. މަރަށް މަރުހިފުން - ވައްކަންކުރީމާ އަތްކެޑުން ޒިނޭގެ ޙައްދު ޤަވާޢިދުން ޤާއިމުކުރުން މަގުފޭރޭމީހުންގެ ކަންތައް ދެންމިހެންގޮސް... والله أعلم.) 92. (92)،(93) ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ނިކަންހުރެ ހަމަކަށަވަރުން އެމީހުންނާ (يعني: قرآن ބައިބަޔަށް ހެދިމީހުންނާ) آخرة ދުވަހުން ތިމަންރަސްކަލާނގެ ސުވާލުކުރާ ހުށީމެވެ. އެއީ ދުނިޔޭގައި ތިބެގެން އެމީހުން އެކުރަމުންދާ ކަންތަކާއި ބެހޭގޮތުންނެވެ. 93. (92)،(93) ފަހެ ކަލޭގެފާނުންގެ ربّ ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. ނިކަންހުރެ ހަމަކަށަވަރުން އެމީހުންނާ (يعني: قرآن ބައިބަޔަށް ހެދިމީހުންނާ) آخرة ދުވަހުން ތިމަންރަސްކަލާނގެ ސުވާލުކުރާ ހުށީމެވެ. އެއީ ދުނިޔޭގައި ތިބެގެން އެމީހުން އެކުރަމުންދާ ކަންތަކާއި ބެހޭގޮތުންނެވެ. 94. (94) ފަހެ ކަލޭގެފާނު ކަލޭގެފާނަށް أمر ވެވުނު ކަންތައްކުރައްވާށެވެ! އަދި مشرك ންގެކިބައިން އެނބުރި ދުރުވެވަޑައިގަންނަވާށެވެ! • ދަންނައެވެ! މިއާޔަތަކީ نبي ކަމުގެ ކުރީކޮޅުގެ آية އެއްކަމުން މިބާވަތުގެ މާނައިގައިވާ އެންމެހައި އާޔަތެއްގެ حكم ހަނގުރާމައިގެ އާޔަތް ބާވައިލެއްވުމުން منسوخ ވެގެންވެއެވެ. މިހާރުއޮތީ مشرك ންނާ ދިމާކުރާ حكم އެވެ. توبة ސޫރަތުގެ އާޔަތްތަކުން އެގޮތް ރަނގަޅަށް ހާމަވެއެވެ. والله أعلم. 95. (95) ހަމަކަށަވަރުން ކަލޭގެފާނަށާއި، އަދި އިސްލާމްދީނަށް މަލާމާތްކުރާމީހުންގެ ފަރާތުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފުއްދަވާދެއްވާހުށީމެވެ. 96. (96) އެމީހުންނަކީ ﷲ އާ އެކު އެހެން إله އެއްވެސް ހިފާ إختيار ކުރާމީހުންނެވެ. ފަހެ ނިކަންހުރެ އެމީހުން އެކުރާ ކަންތަކުގެ (ނުބައިކަން) آخرة ދުވަހުން އެމީހުންނަށް އެނގޭނެއެވެ. 97. (97) (އޭ رسول ﷲ އެވެ!) އެމީހުން އެބުނާ ތަކެތީން ކަލޭގެފާނުންގެ ހިތްޕުޅު ނުތަނަވަސްވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. 98. (98) ފަހެ ކަލޭގެފާނު ކަލޭގެފާނުންގެ ربّ އަށް حمد ކުރުމާ އެކު تسبيح ވިދާޅުވާށެވެ! އަދި سجدة ކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ! 99. (99) އަދި ކަލޭގެފާނަށް يقين އަތުވެއްޖައުމަށްދާންދެން އެބަހީ: ކަލޭގެފާނު އަވަހާރަވެއްޖައުމަށްދާންދެން ކަލޭގެފާނު ކަލޭގެފާނުންގެ ربّ އަށް އަޅުކަންކުރައްވާށެވެ!

- Abu Bakr Ibrahim Ali (Bakurube)

บันทึกและข้อคิด

คุณไม่มีบันทึกหรือข้อคิดเห็นใดๆ เกี่ยวกับข้อความนี้

Notes placeholders

จงเชื่อมโยงกับอัลกุรอานเสมอ ❤️

ข้อเตือนใจสั้นๆ ที่มีความหมาย เพื่อให้เราได้เริ่มต้นใหม่ ไตร่ตรอง และเชื่อมโยงกับอัลกุรอานอยู่เสมอ

อ่าน ฟัง ค้นหา และไตร่ตรองคัมภีร์อัลกุรอาน

Quran.com คือแพลตฟอร์มที่ผู้คนหลายล้านคนทั่วโลกไว้วางใจให้ใช้เพื่ออ่าน ค้นหา ฟัง และใคร่ครวญอัลกุรอานในหลากหลายภาษา Quran.com มีทั้งคำแปล ตัฟซีร บทอ่าน คำแปลทีละคำ และเครื่องมือสำหรับการศึกษาอย่างลึกซึ้ง ทำให้ทุกคนสามารถเข้าถึงอัลกุรอานได้

ในฐานะซอดาเกาะฮ์ ญาริยาห์ Quran.com มุ่งมั่นที่จะช่วยให้ผู้คนเชื่อมโยงกับอัลกุรอานอย่างลึกซึ้ง Quran.com ได้รับการสนับสนุนจาก Quran.Foundation ซึ่งเป็นองค์กรไม่แสวงหาผลกำไร 501(c)(3) และยังคงเติบโตอย่างต่อเนื่องในฐานะแหล่งข้อมูลฟรีที่มีคุณค่าสำหรับทุกคน อัลฮัมดุลิลลาฮ์

นำทาง
หน้าหลัก
วิทยุอัลกุรอาน
ผู้อ่าน
เกี่ยวกับเรา
นักพัฒนา
อัพเดทผลิตภัณฑ์
แนะนำติชม
ช่วยเหลือ
บริจาค
โครงการของเรา
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
โครงการไม่แสวงหากำไรที่เป็นเจ้าของ บริหารจัดการ หรือได้รับการสนับสนุนโดย Quran.Foundation
ลิงค์ยอดนิยม
ดุอาจากอัลกุรอาน
โองการอัลกุรอานประจำวัน
อายะห์กุรซี
ยาซีน
อัลมุลก์
อัรเราะห์มาน
อัลวากิอะฮ์
อัลกะห์ฟ
อัลมุซซัมมิล
แผนผังเว็บไซต์ความเป็นส่วนตัวข้อกำหนดและเงื่อนไข
© 2026 Quran.com. สงวนลิขสิทธิ์
มีส่วนช่วย