Đăng nhập
Đăng nhập
Đăng nhập
Chọn ngôn ngữ
059

Al-Hashr 59:17 فكان عاقبتهما انهما في النار خالدين فيها وذالك جزاء الظالمين ١٧

59:17
فَكَانَ
عَٰقِبَتَهُمَآ
أَنَّهُمَا
فِي
ٱلنَّارِ
خَٰلِدَيۡنِ
فِيهَاۚ
وَذَٰلِكَ
جَزَٰٓؤُاْ
ٱلظَّٰلِمِينَ
١٧
(17) ފަހެ އެ ދެމީހުންގެ آخِر ގެ ނިމުމަކީ ނަރަކައެވެ. ދެމީހުންވެސް އެތާ ދެމިތިބޭ حال ގައެވެ. އަދި އަނިޔާވެރީންގެ جَزاء އަކީ އެއީއެވެ. • ދަންނައެވެ. މުނާފިގުންވެސް يَهُودِي ންނަށް އެ ހުރިހައި ހިތްވަރެއް ދީފައި އެމީހުން مَدِينَة އިން ނުކުމެގެން ދިޔައިރު އެމީހުންނާއެކު ދިޔައީއެއްވެސް ނޫނެވެ. އަދި އެއްވެސް نَصْر އެއްވެސް ދިނީއެއް ނޫނެވެ. ސައިތާނުވެސް އިންސާނާއާ މެދު ކަންކުރީ ހަމަ އެހެންނެވެ.
Tiếp tục đọc

Đọc Tafsir

Ibn Kathir (Abridged)

The False Promise of Support the Hypocrites gave to the Jews

Allah states that the hypocrites, `Abdullah bin Ubayy and his like, sent a messenger to Bani An-Nadir promising them help. Allah the Exalted said,

أَلَمْ تَرَ إِلَى الَّذِينَ نَـفَقُواْ يَقُولُونَ لإِخْوَانِهِمُ الَّذِينَ كَفَرُواْ مِنْ أَهْ
…

The False Promise of Support the Hypocrites gave to the Jews

Allah states that the hypocrites, `Abdullah bin Ubayy and his like, sent a messenger to Ba

…
Thêm các bản Tafsir

Đọc trong ngữ cảnh

Chương 59, Trang 548, Juz 28

11. (11) (އޭ މާތްވެގެންވާ رَسُول އާއެވެ.) مُنافِق ވެގެން މި އުޅޭ މީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުންނަށް ނިކަން ބައްލަވާށެވެ. أَهْلُ كِتاب ންގެ ތެރެއިން ކާފަރުވި، އެމީހުންގެ أخ ންނަށް އެމީހުން ބުނެއެވެ. "ކަލޭމެން ރަށުން ނެރެވިއްޖެއްޔާ ހަމަކަށަވަރުން ކަލޭމެންނާއެކު އަހުރެމެން ނުކުންނަ ހުށީމެވެ. އަދި ކަލޭމެންގެ نِسْبَة ގައި އެއްވެސް ބަޔަކަށް އަހުރެމެން ދުވަހަކުވެސް ކިޔަމަން ނުވާހުށީމެވެ. އަދި ކަލޭމެންނާ ހަނގުރާމަ ވެވެންޏާ ހަމަކަށަވަރުން އަހުރެމެން ކަލޭމެންނަށް نَصْر ދޭހުށީމެވެ." (މިއީ އެމީހުން ބުނި ބަސްތަކެވެ. މި ބަސްތައް އެއީ ދޮގެއް ކަމުގައި ﷲ ހެކިވެވޮޑިގަންނަވަނީއެވެ. އެކަލާނގެ وَحِي ކުރައްވާފައި އެވަނީ) ހަމަކަށަވަރުން އެމީހުން އެ ބުނާ ބަސްތަކުގައި އެމީހުންނަކީ ދޮގުވެރީން ކަމުގައި ﷲ ހެކިވެވޮޑިގަންނަވައެވެ. 12. (12) އެމީހުން (يَعْنِى: يَهُودِي ންގެ بَنُوالنَّضِير ވަންހައިގެ މީހުން مَدِينَة އިން) ނެރެވުނަސް، މި مُنافِق ންގެ މީހުން އެމީހުންނާއެކު ނުނުކުންނާނެއެވެ. އަދި އެމީހުންނާ ހަނގުރާމަ ވެވުނަސް، މި މުނާފިގުން އެމީހުންނަށް نَصْر ދީ އެހީ ނުވާނެއެވެ. އަދި ފަހަރެއްގައި އެމީހުންނަށް نَصْر ލިބޭ ގޮތް ދިމާވާނޭ ނަމަވެސް مَيْدَان ދޫކޮށް، މި مُنافِق ން ފުރަގަސްދީ ފިލާނެއެވެ. ދެން އޭގެ ސަބަބުން އެމީހުންނަށް نَصْر ނުލިބޭނެއެވެ. ނޯޓް: މި އާޔަތްތަކުގައި إشارَة ވެގެން މިދަނީ بَنُوالنَّضِير ވަންހައިގެ يَهُودِي ންނާއި رَسُولُ اللَّهِ ﷺ އާއި، ދެމެދު އޮތް عَهْد نامَة އުވައިލި ހިނދުން އެ قَبِيلَة ގެ މީހުން مَدِينَة އިން ނެރެލުމުގެ މައްޗަށް ދެފަރާތުގެ ނިޔާ ނުކުތުމުން مَدِينَة ގައި ތިބި މުނާފިގުންގެ މީހުން (عَبْدُاللهِ ابنُ أُبَيُّ އާއި، އޭނާގެ އެކުވެރީން) މި ބުނި بَنُوالنَّضِير يَهُودِي ންނަށް رَسُولُ اللَّهِ ﷺ އާއި އިދިކޮޅަށް ހިތްވަރުދީ، އަދި مَدِينَة އިން ނުނުކުތުމުގެ މައްޗަށް ބާރުއަޅައި ހެދި ހެދުމުގެ މައްޗަށެވެ. މި مُنافِق ން بَنُوالنَّضِير ވަންހައިގެ މީހުންނަށް يَقِين ކޮށްދޭން އުޅުނީ مَدِينَة އިން އެމީހުން ނުކުންނަން ޖެހިއްޖެ ހިނދެއްގައި ތިމާމެންވެސް އެމީހުންނާއެކު ނިކުންނާނޭ ކަމަށެވެ. އަދި مُحَمَّد ގެފާނާއި، އެކަލޭގެފާނުގެ أصْحاب ން ހަނގުރާމަ ކުރާނަމަ ތިމާމެންވެސް ކަލޭމެންނާ އެކުވެގެން مُحَمَّد ގެފާނާ އިދިކޮޅަށް ހަނގުރާމަ ކުރާނޭ ކަމަށެވެ. އެކަމަކު އެ ހުރިހައި ވާހަކައަކީ ހަމަ ސީދާ ރޯދޮގުކަން اللَّه ހާމަކޮށްދެއްވީ އެވެ. 13. (13) (އޭ مُؤْمِن ންނޭވެ.) އެ مُنافِق ންގެ ހިތްތަކުގައި ކަލޭމެންގެ މައްޗަށް އޮންނަ ބިރު ﷲ ގެ މައްޗަށް އެމީހުންގައި އޮންނަ ބިރަށްވުރެވެސް މާ ބޮޑެވެ. އެހެން އެވަނީ ހަމަކަށަވަރުން އެމީހުންނަކީ އެއްޗެއް ނުވިސްނޭ ބަޔަކު ކަމުގައި ވީތީއެވެ. • ދަންނައެވެ. مُنَافِقُ ންގެ ހިތުގައި ﷲ ގެ މައްޗަށް އޮންނަ ބިރަށްވުރެ رَسُول އާ އަށާއި، مُؤْمِن ތަކުންނަށް އޮންނަ ބިރު ގަދަވެގެން ވަނީ ﷲ ގެ ކޯފާއާއި، عَذَاب ލަސްކުރައްވާފައި ވުމާއި، مُؤْمِن ންގެ ފަރާތުން އަންނަ عَذَاب އާއި، ނުރައްކާ، ކުއްލިވެފައި އަވަސްވާތީއެވެ. އެކަމަކު އެއީ اللَّهގެ أمْر ފުޅަށް مُؤْمِن ން ހިންގަމުން ގެންދާ ކަންތައް ކަމެއް އެމީހުންނަކަށް ނުވިސްނެއެވެ. 14. (14) (އޭ مُؤْمِن ންނޭވެ.) އެ مُنافِق ންނާއި، يَهُودِي ން އެކުއެކުގައި ފައުޅުގައި ތިބެގެން ކަލޭމެންނާ ހަނގުރާމަ ނުކުރާނެއެވެ. އެމީހުން ހަނގުރާމަ ކުރިޔަސް ކުރާނީ ރައްކާތެރިވެގެންވާ ކޯއްޓޭތަކެއްގައި ފިލައި ތިބެގެންނެވެ. ނުވަތަ ބިތްތަކެއްގެ ނިވަލުގައި ތިބެގެންނެވެ. އެމީހުން އެކަކު އަނެކަކަށް ދެކޮޅުވެރިކަމާއި، ރުޅިވެރިކަން ނުހަނު ގަދަވެގެން ވެއެވެ. ކަލޭމެން ހީކުރަނީ އެމީހުން ނިކަން އެއްބައިވެފައި އެކަތިގަނޑުކަމަށް ތާއެވެ؟! އެކަމަކު އެމީހުންގެ ހިތްތައް ވަނީ ބައިބައިވެ، إخْتِلاف ވެގެންނެވެ. އެކަން އެހެން އެވަނީ ހަމަކަށަވަރުން އެމީހުންނަކީ ނުވިސްނޭ، ބުއްދި ނުކުރެވޭ ބަޔަކު ކަމުގައި ވީތީއެވެ. 15. (15) މިމީހުންގެ މިސާލަކީ ދާދި ގާތް ماضِي އެއްގައި މިމީހުންގެ ކުރީން ވޭތިވެދިޔަ މީހުންގެ މިސާލެވެ. ފަހެ އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ރަހަ ލިބިގަތީއެވެ. އަދި އެމީހުންނަށް ހުރީ ވޭންދެނިވި عَذَاب އެވެ. • ދަންނައެވެ. މި އާޔަތުގައި މި އިޝާރާތްވާ ބަޔަކީ مَكَّة ގެ مُشْرِك ންނެވެ. بَدْر ހަނގުރާމައިގައި ބައިވެރިވި ކާފަރުންގެ ވާހަކައެވެ. އެމީހުންވެސް އެމީހުން ކުރި ނުބައި ކަންތަކުގެ ރަހަ ލިބިގަތީއެވެ. بَدْر ހަނގުރާމަ ހިނގައި ދިޔައީ بَنُو النَّضِير މީހުންގެ މި ކަންތައްގަނޑުގެ 6 މަސްދުވަސް ކުރީންނެވެ. بَدْر ގައި مَكَّة ގެ مُشْرِك ން އެމީހުން ކުރި ކަންތަކުގެ ބޮނޑި ބުއީއެވެ. މިމީހުންވެސް އެމީހުންގެ ކަންތަކުގެ ބޮނޑި ބުއީއެވެ. وَاللَّهُ أعْلَمُ. 16. (16) އެމީހުންގެ (يَعْنِي މުނާފިގުންނާއި، يَهُودِي ންގެ) މިސާލަކީ ސައިތާނާގެ މިސާލެވެ. އެ ސައިތާނުވެސް އިންސާނުން ގާތު ކާފަރުވާށޭ ބުނާނެއެވެ. އަދި ކާފަރުވާނޭ ވަސްވާސްވެސް ލައި ހަދާފައި އެ އިންސާނާ ކާފަރު ހަމަ ވުމުން ސައިތާނާ އެ އިންސާނާއާ ދިމާއަށް ބުނާނެއެވެ. "އަހުރެން ކަލޭގެ ކިބައިން ދުރުވެ، ބަރީއަވެގެންފީމެވެ. عالَم ތަކުގެ ވެރި رَبّ އަށް އަހުރެން ބިރުގަންނަމެވެ." 17. (17) ފަހެ އެ ދެމީހުންގެ آخِر ގެ ނިމުމަކީ ނަރަކައެވެ. ދެމީހުންވެސް އެތާ ދެމިތިބޭ حال ގައެވެ. އަދި އަނިޔާވެރީންގެ جَزاء އަކީ އެއީއެވެ. • ދަންނައެވެ. މުނާފިގުންވެސް يَهُودِي ންނަށް އެ ހުރިހައި ހިތްވަރެއް ދީފައި އެމީހުން مَدِينَة އިން ނުކުމެގެން ދިޔައިރު އެމީހުންނާއެކު ދިޔައީއެއްވެސް ނޫނެވެ. އަދި އެއްވެސް نَصْر އެއްވެސް ދިނީއެއް ނޫނެވެ. ސައިތާނުވެސް އިންސާނާއާ މެދު ކަންކުރީ ހަމަ އެހެންނެވެ.

- Abu Bakr Ibrahim Ali (Bakurube)

Ghi chú và suy ngẫm

Bạn không có bất kỳ ghi chú hay suy nghĩ nào về câu thơ này.

Notes placeholders

Hãy luôn kết nối với Kinh Qur'an ❤️

Những lời nhắc nhở ngắn gọn, ý nghĩa giúp bạn thiết lập lại trạng thái tinh thần, suy ngẫm và duy trì kết nối với Kinh Qur'

Đọc, Lắng nghe, Tra cứu và Suy ngẫm về Kinh Qur'an

Quran.com là nền tảng đáng tin cậy, được hàng triệu người dùng trên thế giới để đọc, tra cứu, lắng nghe và suy ngẫm Kinh Qur'an bằng nhiều ngôn ngữ, với bản dịch, tafsir, tụng đọc, dịch từng từ và các công cụ học sâu, giúp ai cũng có thể tiếp cận Kinh Qur'an.

Là một Sadaqah Jariyah, Quran.com tận tâm giúp mọi người gắn bó sâu sắc hơn với Kinh Qur'an. Được hậu thuẫn bởi tổ chức phi lợi nhuận 501(c)(3) Quran.Foundation, Quran.com không ngừng phát triển như một nguồn tài nguyên miễn phí và hữu ích cho tất cả, Alhamdulillah.

Điều hướng
Trang chủ
Đài Qur'an
Người đọc kinh
Về chúng tôi
Các nhà phát triển
Cập nhật sản phẩm
Phản hồi
Trợ giúp
Quyên góp
Dự án của chúng tôi
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Dự án phi lợi nhuận do Quran.Foundation sở hữu, quản lý hoặc tài trợ
Liên kết phổ biến
Những lời cầu nguyện từ kinh Quran
Câu Kinh Qur'an của ngày hôm nay
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Sơ đồ trang webQuyền riêng tưĐiều khoản và điều kiện
© 2026 Quran.com. Bản quyền đã được bảo lưu.
Đóng góp