Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-Háy 22:30 ذالك ومن يعظم حرمات الله فهو خير له عند ربه واحلت لكم الانعام الا ما يتلى عليكم فاجتنبوا الرجس من الاوثان واجتنبوا قول الزور ٣٠

Página 335 · Juz 17

ذَٰلِكَۖ
وَمَن
يُعَظِّمۡ
حُرُمَٰتِ
ٱللَّهِ
فَهُوَ
خَيۡرٞ
لَّهُۥ
عِندَ
رَبِّهِۦۗ
وَأُحِلَّتۡ
لَكُمُ
ٱلۡأَنۡعَٰمُ
إِلَّا
مَا
يُتۡلَىٰ
عَلَيۡكُمۡۖ
فَٱجۡتَنِبُواْ
ٱلرِّجۡسَ
مِنَ
ٱلۡأَوۡثَٰنِ
وَٱجۡتَنِبُواْ
قَوۡلَ
ٱلزُّورِ
٣٠
(30) އިސްވެދިޔަ ކަންތައްތަކަކީ، (އެބަހީ: ބޯބޭލުމާއި މަތިމަސްކޮށުމާއި - ކަތިލުމާއި - طواف ކުރުމާއި މިކަންކަމަކީ حجّ ގެ واجب ތަކުގެތެރެއިންވާ ކަންކަމެވެ. ގެފުޅަށް މާތްކޮށް ހިތުމާއި حُرمَة ތެރިވުމުގެ ގޮތުން ކުރާ ކަންކަމެވެ.) އަދި ﷲ ގެ حرمة ތަކަށް މާތްކޮށްހިތާ قَدَر ކޮށްފިމީހާ ދަންނައެވެ. ފަހެ އެއީ އޭނާއަށް އޭނާގެ ربّ ގެ حضرة ގައިވާ ހެވެވެ. (ﷲ ގެ حُرمَة އަކީ مكَة އާއި حجّ عمرَة ގެ ކަންކަމާއި އެކަލާނގެ ނަހީކުރައްވާފައިވާ އުރެދުންތަކާއި މިފަދަ މިފަދަ ކަންކަމެވެ.) އަދި ކަލޭމެންގެމައްޗަށް މަނާވެގެންވާ ތަކެތި ކަމުގައި ﷲ އަންގަވާފައިވާ ތަކެތި ފިޔަވައި نَعَم ސޫފީގެ ބާވަތްތައް ކަލޭމެންނަށް حلال ވެވިއްޖެއެވެ. އެބަހީ: އެކަލާނގެ حلال ކޮށްދެއްވައިފިއެވެ. (މަނާތަކެތި ކަމުގައި ބެލެވެނީ مائدة ސޫރަތުގައި بيان ކުރައްވާފައި އެވާ ތަކެއްޗެވެ.) ފަހެ ބުދަށް އަޅުކަންކުރުމުން ކަލޭމެން ދުރުވެގަންނާށެވެ. އަދި ދޮގު ބަސްތައް ބުނުމުން ދުރުވެގަންނާށެވެ. (އެބަހީ: ﷲ ގެ މައްޗަށް ދޮގުބަސްތައް ބުނުމުން ދުރުވެގަންނާށެވެ. އަދި އެހެނިހެން މީސްމީހުނަށްވެސް ދޮގު ނުހަދާށެވެ.)
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Reward for avoiding Sin

Allah says: `This is what We have commanded you to do in the rituals (of Hajj), and this is the great reward that the person who does that will gain.'

وَمَن يُعَظِّمْ حُرُمَتِ اللَّهِ

(whoever honors the sacred things of Allah,) means, whoever avoids disobeying Him and does

…

The Reward for avoiding Sin

Allah says: `This is what We have commanded you to do in the rituals (of Hajj), and this is the great reward that the perso

…
Ver Tafsires

Leer en contexto

26. (26) އަދި إبراهيم عليه السّلام އަށް ތިމަންރަސްކަލާނގެ ގެފުޅު ހުރިތަން ދެއްކެވިހިނދު ހަނދުމަފުޅު ކުރައްވާށެވެ. (އެކަލޭގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެއާއި އެކައްޗަކާވެސް شريك ނުކުރާށެވެ. ބައިވެރިނުކުރާށެވެ. އަދި طواف ކުރާމީހުންނަށާއި ނަމާދުގައި قائم ވެތިބޭ މީހުންނަށާއި رُكُوع ކޮށް سَجِدَة ކުރާ މީހުންނަށް އެބަހީ: އަޅުކަންކުރާ މީހުންނަށް ތިމަންރަސްކަލާނގެ ގެފުޅު طاهر ކުރައްވާށެވެ. (شرك އާއި بدعة އާއި އެންމެހައި ހަޑިހުތުރު ކަންކަމުން كَعْبَةُ ﷲ طاهر ކުރައްވާށެވެ.) 27. (27) (އޭ إبراهيم عليه السّلام އެވެ.) حجّ އަށް އައުމަށް ކަލޭގެފާނު މީސްތަކުންނަށް ގޮވާލައްވާ إعلان ކުރައްވާށެވެ. (حجّ އަށް އައުމަކީ އަޅުކަންކުރުމަށްޓަކައި كَعْبَة ﷲ (ގެފުޅު) قصد ކޮށްގެން އައުމެވެ.) ދެން އޭރުން މީސްތަކުން އެމީހުންގެ ފައިމަގުގައްޔާއި އަނަރޫފަ ޖަމަލުމަތީގައި (އެބަހީ: ސަވާރުވެގެންނާއި) ކަލޭގެފާނުންގެ އަރިހަށް (ގެފުޅު قصد ކޮށްގެން ދުރު ހިސާބުން އަންނަ ހުއްޓެވެ.) 28. (28) އެއީ އެމީހުންނަށްވާ ދުނިޔެއާއި آخرة ގެ مَنفع ތައް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި عَيَّن ވެގެންވާ ދުވަސްތަކެއްގައި (يعني: أَيَّامُ التَّشْرِيق ގެ ދުވަސްތަކުގައި) އެމީހުން ﷲ އަށް ذِكر ކޮށް އެކަލާނގެ ހަނދުމަކުރުމަށްޓަކައެވެ. އެކަލާނގެ އެމީހުންނަށް ދެއްވި نَعَمْ ސޫފީގެ ރިޒުގުގެ ސަބަބުންނެވެ. (ފަހެ އެކަލާނގެ އެމީހުންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން އެތަކެތީން ކައިހަދާށެވެ. އަދި ގޮތްހުސްވެ ބޭނުންޖެހިފައިވާ فقير ންނަށް އެއިން ކާންދޭށެވެ. 29. (29) ދެން އެމީހުން އެމީހުންގެ ހަޑިތައް ސާފުކުރާހުށިކަމެވެ! (އެއީ ބޯބޭލުމާއި މަތިމަސްކޮށުމާއި ކިހިލިފަތި އިސްތަށި ލުއްސުމާއި ފޫޅުން ތިރި އިސްތަށި ބޭލުމާއި ނިޔަފަތިކެނޑުމާއި މިބާވަތުގެ ކަންކަން ކުރާށެވެ.) އަދި އެމީހުން އެމީހުންގެ ނަދުރުތައް ފުއްދާށެވެ! އެބަހީ: ގެފުޅަށްޓަކައި ކަތިލަންޖެހޭ ކަތިލުންތައް ކަތިލާށެވެ! قربان ކުރާށެވެ. އަދި ބޮޑެތި ޖައްބާރު ނުލަފާމީހުންގެ ކިބައިން ﷲ ރައްކާތެރިކުރައްވާފައިވާ ދުވަސްވީ قَدِيْم ގެފުޅުގައި އެމީހުން طَوَافُ ކުރާހުށިކަމެވެ! އެއީ طَوَاف اْلإِفَاضَة އެވެ. މިއާޔަތްތަކުގައި މިވަނީ حجّ ގެ ބައެއް حكم ތަކުގެ އިޝާރާތްތަކެކެވެ. މިކަމުގެ تفصيل حديث ފޮތްތަކާއި فقه ފޮތްތަކުގައިވެއެވެ. 30. (30) އިސްވެދިޔަ ކަންތައްތަކަކީ، (އެބަހީ: ބޯބޭލުމާއި މަތިމަސްކޮށުމާއި - ކަތިލުމާއި - طواف ކުރުމާއި މިކަންކަމަކީ حجّ ގެ واجب ތަކުގެތެރެއިންވާ ކަންކަމެވެ. ގެފުޅަށް މާތްކޮށް ހިތުމާއި حُرمَة ތެރިވުމުގެ ގޮތުން ކުރާ ކަންކަމެވެ.) އަދި ﷲ ގެ حرمة ތަކަށް މާތްކޮށްހިތާ قَدَر ކޮށްފިމީހާ ދަންނައެވެ. ފަހެ އެއީ އޭނާއަށް އޭނާގެ ربّ ގެ حضرة ގައިވާ ހެވެވެ. (ﷲ ގެ حُرمَة އަކީ مكَة އާއި حجّ عمرَة ގެ ކަންކަމާއި އެކަލާނގެ ނަހީކުރައްވާފައިވާ އުރެދުންތަކާއި މިފަދަ މިފަދަ ކަންކަމެވެ.) އަދި ކަލޭމެންގެމައްޗަށް މަނާވެގެންވާ ތަކެތި ކަމުގައި ﷲ އަންގަވާފައިވާ ތަކެތި ފިޔަވައި نَعَم ސޫފީގެ ބާވަތްތައް ކަލޭމެންނަށް حلال ވެވިއްޖެއެވެ. އެބަހީ: އެކަލާނގެ حلال ކޮށްދެއްވައިފިއެވެ. (މަނާތަކެތި ކަމުގައި ބެލެވެނީ مائدة ސޫރަތުގައި بيان ކުރައްވާފައި އެވާ ތަކެއްޗެވެ.) ފަހެ ބުދަށް އަޅުކަންކުރުމުން ކަލޭމެން ދުރުވެގަންނާށެވެ. އަދި ދޮގު ބަސްތައް ބުނުމުން ދުރުވެގަންނާށެވެ. (އެބަހީ: ﷲ ގެ މައްޗަށް ދޮގުބަސްތައް ބުނުމުން ދުރުވެގަންނާށެވެ. އަދި އެހެނިހެން މީސްމީހުނަށްވެސް ދޮގު ނުހަދާށެވެ.)

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir