Se connecter
Se connecter
Se connecter
Sélectionner la langue

025Al-Furqane 25:69 يضاعف له العذاب يوم القيامة ويخلد فيه مهانا ٦٩

25:69
يُضَٰعَفۡ
لَهُ
ٱلۡعَذَابُ
يَوۡمَ
ٱلۡقِيَٰمَةِ
وَيَخۡلُدۡ
فِيهِۦ
مُهَانًا
٦٩
(69) އަދި قِيَامَة ދުވަހުން އެމީހަކަށް عذَاب ގިނަކުރައްވާހުއްޓެވެ. އަދި އެ عذاب ގައި إهَانَة ތެރިވެގެންވާ حَالُ އޭނާ ދެމިހުންނަހުއްޓެވެ.
Lire la suite

Lisez le Tafsir

Ibn Kathir (Abridged)

The Attributes of the Servants of the Most Gracious include avoiding Shirk, Murder and Zina

Imam Ahmad recorded that `Abdullah bin Mas`ud said, "The Messenger of Allah was asked which sin is the most serious" He said:

«أَنْ تَجْعَلَ للهِ نِدًّا وَهُوَ خَلَقَك»

(That you appoint a rival to Allah when He

…

The Attributes of the Servants of the Most Gracious include avoiding Shirk, Murder and Zina

Imam Ahmad recorded that `Abdullah bin Mas`ud said, "The Me

…
Plus de Tafsirs

Lire dans le contexte

Chapitre 25, Page 366, Juz 19

61. (61) އުޑުގައި ގަނޑުވަރުތައް ލެއްވި ކަލާނގެ ބަރަކާތްވަންތަވެވޮޑިގެންވެއެވެ. (އެކަލާނގެ فَضْل ވަންތަކަމާއި ދަރުމަވަންތަކަން ގިނަވެގެންވެއެވެ.) އަދި އެކަލާނގެ އެއުޑުގައި ބައްތިއަކާއި އެބަހީ: އިރަކާއި އަދި އަލިކުރާ ހަނދެއްލެއްވިއެވެ. 62. (62) އަދި ހަމަ އެކަލާނގެ ރޭގަނޑާއި ދުވާލު އެކައްޗަކަށްފަހު އަނެކަތި އަންނަގޮތަށް ލެއްވިއެވެ. (އެގޮތަށް ނުވާނަމަ ރޭގަނޑާއި ދުވާލު ވަކިނުވީހެވެ. އަދި އަހަރުތަކާއި ވަގުތުތައް އޮޅުން ނުފިލީހެވެ.) އެއީ ﷲ ގެ އަމުރުފުޅުތައް އެދޭމީހަކަށް އެކަން قصد ކުރާމީހަކަށް ނުވަތަ ހަނދާންކުރާމީހަކަށް ނުވަތަ އެކަލާނގެ نعمة އަށް شكر ކުރުމަށް އެދޭމީހަކަށެވެ. (އެމީހަކު އެކަންކުރާ ހުށިކަމެވެ.) 63. (63) އަދި رحمن ވަންތަ ކަލާނގެ އަޅުތަކުން (ދަންނައެވެ.) އެމީހުންނަކީ ބިމުގައި ހިނގާއިރު މަޑުމައިތިރިކަމާއި تواضع ވެރިކަމާއިއެކު ހިނގާމީހުންނެވެ. އަދި ތަންދޮރު ނޭނގޭ جاهل މީހުން އެމީހުންނާއި ވާހަކަދައްކާ ހިތްހަމަނުޖެހޭފަދައަކުން مُخَاطب ކޮށްފިއްޔާވެސް އެޖާހިލުންނަށް ސީދާ ތެދުބަހުން ޖަވާބުދެއެވެ. ނުވަތަ ގިނަވާހަކަނުދައްކައި ހަމައެކަނި ސަލާމު އެވެބުނެއެވެ. 64. (64) އަދި އެމީހުންނަކީ يعني: رحمن ވަންތަ ﷲ ގެ އަޅުތަކުންނަކީ އެމީހުން ހައްދަވާބޮޑުކުރައްވާ ربّ އަށް سَجِدَة ކުރުމާއި قِيَامُ ކުރާ حال (އެބަހީ: އެކަލާނގެއަށް އަޅުކަންކުރާ حال) އެމީހުން ރޭގަނޑު ވޭތިކުރާ މީހުންނެވެ. 65. (65) އަދި އެމީހުންނަކީ މިފަދައިން ދަންނަވާ دعاء ކުރާ މީހުންނެވެ. "އޭ އަޅަމެންގެ ربّ އެވެ! އަޅަމެންގެ ކިބައިން ނަރަކައިގެ عَذاب ދުރުކުރައްވާންދޭވެ!" ހަމަކަށަވަރުން އެތާނގެ عذاب އެއީ (عذاب ލިބޭމީހާ އާއި) ވަކިވެނުދާ އެއްޗެއްކަމުގައިވެއެވެ. 66. (66) ހަމަކަށަވަރުން އެތަނަކީ قَرَارُ ވެތިބޭތަނުގެ ގޮތުންނާއި قائم ވެތިބޭ ތަނުގެގޮތުން ވަރަށްވެސް ނުބައިވެގެންވާ ތަނެކެވެ. 67. (67) އަދި އެމީހުން އެބަހީ: رحمن ވަންތަ ﷲ ގެ އަޅުތަކުން ހޭދައެއްކުރަންޏާ އެމީހުން إسراف ނުކުރެއެވެ. (ﷲ ގެ އުރެދުމުގައި މުދާހޭދަނުކުރެއެވެ.) އަދި خرد ކުރުން حقّ ވަރަށް خرد ނުކޮށްވެސް ނުހިފަހައްޓައެވެ. އެމީހުންގެ ހޭދަކުރުންވަނީ އެދެމެދުގެ މެދުމިނަށެވެ. عدل ވެރިގޮތަށެވެ. 68. (68) އަދި އެމީހުން ﷲ އާއިއެކު އެހެން إله އަކަށް دعاء ކޮށް ގޮވާނަހަދައެވެ. އަދި ﷲ حرام ކުރައްވާ حرمة ތެރިކުރައްވާފަވާ އެއްވެސް نفس އެއް حقّ އަކާލައިގެން މެނުވީ އެމީހުން ނުމަރައެވެ. އަދި އެމީހުން ޒިނޭ ނުކުރެއެވެ. އަދި އެކަންކޮށްފިމީހާ (އެބަހީ: އިސްވެދިޔަ ފާފައިގެތެރެއިން ކަމެއްކޮށްފި މީހާއަށް) އެކަމުގެ عذاب އާއި عقوبَة ލިބޭހުއްޓެވެ. 69. (69) އަދި قِيَامَة ދުވަހުން އެމީހަކަށް عذَاب ގިނަކުރައްވާހުއްޓެވެ. އަދި އެ عذاب ގައި إهَانَة ތެރިވެގެންވާ حَالُ އޭނާ ދެމިހުންނަހުއްޓެވެ. 70. (70) އަދި އެމީހަކު އީމާންވެ تَوبَة ވެ އަދި صَالح عمل ކުރި ކޮންމެ މީހަކު ދަންނައެވެ. އެފަދަ މީހުންގެ ނުބައިކަންތައްތައް ހެޔޮކަންތައްތަކަށް ﷲ ބަދަލުކޮށްދެއްވާހުއްޓެވެ. އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައެވެ. 71. (71) އަދި توبة ވެ صالح عمل ކޮށްފިމީހާ ފަހެ ހަމަކަށަވަރުން އެމީހާއީ حق توبة ވުމަކުން توبة ވެއްޖެމީހެކެވެ. 72. (72) އަދި އެމީހުން (يعني: رحمن ވަންތަ ﷲ ގެ އަޅުތަކުން) زُوْرُ އަކަށް حاضر ނުވާނެއެވެ. އަދި އެމީހުންނާއި لَغْوُ އަކާއި ދިމާވެއްޖެއްޔާ ރަނގަޅު މާތްގޮތަކުން އެކަމުން ދުރުވެގަނެއެވެ. (އެކަމުގެތެރެއަށް ވަދެ އެކަމާ ބައިވެރިނުވެއެވެ.) • ދަންނައެވެ. މިއާޔަތުގައި މި بَيَان ވެގެންވާ زُورُ މި لفظ އާއިމެދު ދަންނަބޭކަލުން ބަސްތަފާތެވެ. އެއީ شِرْك ކަމުގައި ބުނެވުނެވެ. ނުވަތަ ލަވަ ނުވަތަ ދޮގުބަސް - ނުވަތަ ކުޅިވަރު - ނުވަތަ ދޮގުހެކިދިނުން - އަދި މިނޫންގޮތްގޮތަށްވެސް تفسير ކުރެވިފައިވެއެވެ. އެންމެ عدل ވެރިގޮތެއްކަމަށް أَبُو جَعْفَرُ الطَّبري ވިދާޅުވަނީ باطل ކޮންމެ ކަމެކެވެ. والله أعلم. އަދި ހަމައެފަދައިން لَغْوُ މި لفظ ގެ މާނައިގައިވެސް ތަފާތު ބަސްވެއެވެ. އެއްވެސް أصل އެއް ވަސްލެއްނެތް باطل ކޮންމެ ކަމެކެވެ. އޭގެތެރޭގައި مشرك ން އެމީހުންގެ إله ންތަކަށް މާތްކޮށްހިތުން - ލަވައަޑުއެހުން - އަދި މިނޫންވެސް މިބާވަތުގެ ކަންކަމެވެ. والله أعلم. 73. (73) އަދި އެމީހުން يعني: رحمن ވަންތަ ﷲ ގެ އަޅުތަކުން އެމީހުންގެ ربّ ގެ އާޔަތްތައް އެމީހުންނަށް ހަނދާން ކުރެވިއްޖެއްޔާ އެއާޔަތަކާމެދު އެމީހުން ބީރުކަންފަތަކުން ނުއަހައެވެ. އަދި ކަނު ލޮލަކުން ނުބަލައެވެ. އެބަހީ: ކާފަރުންފަދައިން އަޑުނުއަހައި އަދި އެޔާމެދު ނުވިސްނާ ނުތިބެއެވެ. އަދި ކިއެއްހެއްޔެވެ؟ އެއާޔަތްތަކަށް އެމީހުން ވިސްނާ ފިކުރު ކުރެއެވެ. ކަނުލައި އަހައެވެ. 74. (74) އަދި އެމީހުންނަކީ (އެމީހުންގެ ربّ އަށް) ދަންނަވާ دعاء ކުރާމީހުންނެވެ. އެމީހުން ދަންނަވައެވެ. އޭ އަޅަމެންގެ ربّ އެވެ. އަޅަމެންގެ އަނބީންގެ ކިބައިންނާއި އަޅަމެންގެ ދަރިންގެފަރާތުން އަޅަމެންގެ ލޮލަށް ފިނިކަން އަޅަމެންނަށް ދެއްވާނދޭވެ! އެބަހީ: އެމީހުންނަކީ ބަސްއަހާ ހެޔޮ تقوى ވެރި ބަޔަކުކަމުގައި ލައްވާނދޭވެ! އަދި تقوى ވެރިންނަށްވާ إمام ންކަމުގައި އަޅަމެން ލައްވާނދޭވެ! 75. (75) އެމީހުން يعني: އިސްވެދިޔަ ސިފަތައްހުރި رحمن ވަންތަ ﷲ ގެ އަޅުތަކުން (ދަންނައެވެ.) އެމީހުން (ދުނިޔޭގައި އުޅުނުއިރު) ކެތްތެރިވުމުގެސަބަބުން އެމީހުންނަށް ސުވަރުގޭގެ މަތިވެރި ثواب އާއި މާތް ދަރުމަތައް ލިބެވޭހުއްޓެވެ. އަދި އެސުވަރުގޭގައި އެމީހުން ތިބޭއިރު تَحِيَّة އާއި سَلام އެމީހުންނަށް ލިބެވޭހުއްޓެވެ. އެއީ ﷲ ގެ حضرة ންވާ تَحِيَّة އާއި ملائكة ބޭކަލުންގެ سلام އެވެ. ނުވަތަ މިދެއެއްޗަކީވެސް ﷲ ގެ حضرة ންވާ ސަލާމެވެ. والله أعلم. 76. (76) އެއީ އެމީހުން އެސުވަރުގޭގައި ދެމިތިބޭ حال ގައެވެ. އަދި قَرَارُ ވެ ހަމަޖެހިގެންތިބުމުގެ ގޮތުންނާއި އަރާމުކުރަން ތިބުމުގެގޮތުން އެތަން މާތްވެގެންވެއެވެ. ރަނގަޅުވެގެންވެއެވެ. 77. (77) (އޭ رسول ﷲ އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. (އޭ މީސްތަކުންނޭވެ.) ކަލޭމެންގެ ربّ އަށް ކަލޭމެން دعاء ނުކުރާނަމަ، އެކަލާނގެއަށް ކަލޭމެން އަޅުކަން ނުކުރާނަމަ ކަލޭމެންނާއިމެދު ތިމަންކަލޭގެފާނުންގެ ربّ އެއްވެސް ފަރުވާލެއް ނުބަހައްޓަވާނެއެވެ. ނުވަތަ ކަލޭމެންނާމެދު ދެން އެކަލާނގެ ބަހައްޓަވާނީ ކޮންފަރުވާލެއްހެއްޔެވެ؟ އަދި އޭކާފަރުންނޭވެ! ހަމަކަށަވަރުން ކަލޭމެން (އެކަލާނގެއަށް އަޅުކަން ނުކޮށް) ދޮގުހަދައިފީމުއެވެ. އަދި ނިކަންހުރެ ކަލޭމެނަށް عذاب ލާޒިމުވުމުގެ ސަބަބެއްކަމުގައި އެކަން ވެދާނެއެވެ. އެދޮގުހެދުން ވެދާނެއެވެ. والله أعلم.

- Abu Bakr Ibrahim Ali (Bakurube)

Notes et réflexions

Vous n'avez aucune note ni réflexion sur ce verset.

Notes placeholders

Restez connecté(e) avec le Coran ❤️

De courts rappels significatifs pour se recentrer, méditer et rester connecté(e) au Coran.

Lire, Écouter, Rechercher et Méditer sur le Coran

Quran.com est une plateforme fiable utilisée par des millions de personnes dans le monde pour lire, rechercher, écouter et méditer sur le Coran en plusieurs langues. Elle propose des traductions, des tafsirs, des récitations, des traductions mot à mot et des outils pour une étude plus approfondie, rendant le Coran accessible à tous.

En tant que Sadaqah Jariyah, Quran.com se consacre à aider les gens à se connecter profondément au Coran. Soutenu par Quran.Foundation , une organisation à but non lucratif 501(c)(3), Quran.com continue de se développer en tant que ressource gratuite et précieuse pour tous, Alhamdulillah.

Naviguer
Accueil
Quran Radio
Récitateurs
À propos de nous
Développeurs
Mises à jour du produit
Avis
Aider
Faire un don
Nos projets
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Projets à but non lucratif détenus, gérés ou sponsorisés par Quran.Foundation
Liens populaires
Douas du Coran
Verset du Coran du jour
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Plan du site (sitemap)ConfidentialitéTermes et conditions
© 2026 Quran.com. Tous droits réservés
Contribuer