Al-Fíl 105:5 فجعلهم كعصف ماكول ٥
فَجَعَلَهُمۡ
كَعَصۡفٖ
مَّأۡكُولِۭ
٥
(5) އެމީހުން މަރުވެގެން ބިމަށް ވެރިފައިތިބިއިރު ހީވަނީ ގެރިބަކަރި ކައިވަރާފައިވާ ފަތްތަކެއްހެންނެވެ. ނުވަތަ ހިކި ހުއިތަކެއްހެންނެވެ.
• ދަންނައެވެ. މިސޫރަތުގައި ބަޔާންވެގެން މިދަނީ މައްކާގެ ގެފުޅު ހަލާކު ކުރުމުގެ ނިޔަތުގައި ޔަމަނުކަރައިގެ އޭރު ހުރި ރަސްގެފާނު أَبْرَهَة އާއި އޭނާޔާއިއެކުއައި ލަޝްކަރު الله ހަލާކު ކުރެއްވިގޮތުގެ ކުރު خُلآصَة އެކެވެ. އެމީހުން އަރައިގެން އައި ނީލަގެރި އެތްތަކަކަށްވާތީ އެމީހުންނަށް އެތުގެ އެކުވެރިންގެ ނަމުން މަޝްހޫރު ވެގެންވަނީއެވެ. މިބައިމީހުން މައްކާއަށް އަރަން ގަސްދުކޮށްގެން ދަނިކޮށް وَادِيْ مُحَسَّر ކިޔާހިސާބަށް އައުމުން الله އެމީހުންގެމައްޗަށް އެދޫނިތައް ފޮނުއްވައި އެމީހުން ހަލާކު ކުރެއްވީއެވެ. މިވާހަކަ تَفْصِيْلُ ކޮށް تَفْسِيْر ފޮތްތަކުގައި ލިޔެވިގެން ވެއެވެ. މި ޙާދިޘާ ހިނގާދިޔައީ رسول الله ﷺ ރައްކައުވުމުގެ ކުޑަތަންކޮޅެއްކުރިން ކަމުގައި އެކަމަކު ދާދި ގާތުގައި ކަމުގައި ތާރީޚްގައި ބަޔާންވެގެންވެއެވެ. والله أعلم.