Registrazione
Registrazione
Registrazione
Seleziona la lingua
002

Al-Baqarah 2:5 اولايك على هدى من ربهم واولايك هم المفلحون ٥

2:5
أُوْلَٰٓئِكَ
عَلَىٰ
هُدٗى
مِّن
رَّبِّهِمۡۖ
وَأُوْلَٰٓئِكَ
هُمُ
ٱلۡمُفۡلِحُونَ
٥
(5) އެމީހުން ދަންނައެވެ. އެމީހުން އެވަނީ އެމީހުންގެ رَبّ ގެ حضرة ންވާ ތެދުމަގުގެ މަތީގައެވެ. އަދި އެމީހުން އެއީ ކަނޑައެޅިގެން آخرة ދުވަހުން ކާމިޔާބުވެ نصيب ވެރިވާނޭ މީހުންނެވެ. • ނޯޓް: غَيْب އަކީ ލޮލަށްނުފެނުމެވެ. غَيْبُ ގެ ތަކެއްޗަކީ ލޮލަށް ނުފެންނަ ތަކެއްޗެވެ. غَيْب އަށް إيْمَان ވުމަކީ ތިމާމެންގެ ލޮލަށް ނުފެންނަތަކެތީގެ ތެރެއިން އެތަކެތި ތެދުކޮށް އެތަކެއްޗަށް إيْمَان ވުން إسلام دين ގެ ފަރާތުން لاَزِمُ ކުރާ ތަކެއްޗާއި ކަންތަކެވެ. މިސާލަކަށް ﷲ ވޮޑިގެންވުން ސުވަރުގެޔާ ނަރަކަވާކަން މަރުވުމަށްފަހު ދިރުއްވައި مَحْشَرُ ކުރެއްވުން. ދެންވެސް މިބާވަތުގެ އެންމެހައި ކަންކަމެވެ. • ނަމާދު ޤާއިމް ކުރުމަކީ ޝަރުތު ތަކާއި ރުކުން ތައް ފުރިހަމަކޮށް ވަގުތުން ވަގުތައް މެދުނުކަނޑައި رسول الله ﷺ އެންގެވި ގޮތަށް ކުރުމެވެ. އެހެންގޮތެއް ނޫ ނެވެ.
Continua a leggere

Leggi il Tafsir

Ibn Kathir (Abridged)

Guidance and Success are awarded to the Believers

Allah said,

أُوْلَـئِكَ

(They are) refers to those who believe in the Unseen, establish the prayer, spend from what Allah has granted them, believe in what Allah has revealed to the Messenger and the Messengers before him, believe in the Hereafter with

…

Guidance and Success are awarded to the Believers

Allah said,

أُوْلَـئِكَ

(They are) refers to those who believe in the Unseen, establish the prayer, sp

…
Altri Tafsir

Leggere nel contesto

Capitolo 2, Pagina 2, Juz 1

1. (1) މިއަކުރުތަކާއި ދެންވެސް ބައެއް ސޫރަތް ފެށޭތަންތާގައި ހުންނަ މިބާވަތުގެ ތަފާތު އަކުރުތަކުގެ ފުރިހަމަ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. އެއީ عامّ ކޮށް ހުރިހާ علم ވެރިންގެވެސް ފުރަތަމަބަހެވެ. އެޔާއެކުވެސް އެބޭކަލުން ތަފާތު رأى ތަކާއި خيال ތައް ފާޅުކުރައްވާފައިވެއެވެ. އޭގެތެރެއިން: • قتادة ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ قرآن ގެ ނަންތަކުގެ ތެރެއިން ނަމެއްކަމަށެވެ. • مُجَاهِدُ ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ الله تَعَالى ސޫރަތް ފައްޓަވައިދޭ فَوَاتِحُ ކަމަށެވެ. އެބަހީ: ފެށުންތަކެކެވެ. • عبدالرّحمن بن زَيْد ގެ އަރިހުން އައި ރިވާޔަތުގައިވަނީ އެއީ ސޫރަތަށްވާ ނަމެއްކަމުގައެވެ. • ابن عبّاس ވިދާޅުވިކަމަށް السّدّى ގެ އަރިހުންވާ ރިވާޔަތުގައިވަނީ އެއީ إسْمُ ﷲ الأعُظَمُ ކަމުގައެވެ. • އަދި ابن عبّاس ގެ އެހެން ރިވާޔަތެއްގައިވަނީ އެއީ ﷲ ގެ إسْمُ ފުޅެއްކަމުގައެވެ. • އަދި ابن عبّاس ގެ އެހެން ރިވާޔަތެއްގައިވަނީ އެއީ أَنَا ﷲ [أعلم]އެވެ. (އެބަހީ: ތިމަންރަސްކަލާނގެއީ ﷲ އެވެ. މޮޅަށް ދެނެވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ.) އަދި أَبُو جَعْفَرُ الطَّبَرِي އެކަލޭގެފާނުންގެ މަޝްހޫރު تفسير جَامِعُ البَيَانُ ގައި މިނޫންވެސް ބައެއް تَأْوِيلُ ބަޔާންކުރައްވާފައިވެއެވެ. • އަދި اِبْنُ كَثِيرއާއި އަދި ބައެއް ބޭކަލުން ވިދާޅުވަނީ އެއީ إعْجَازُ القرآن ގެތެރެއިންވާ ކަމެކެވެ. އެބަހީ: قرآن އާއިމެދު خلق ތަކުން ނުކުޅައްދައިލުމުގެ ބާބުގެތެރެއިންވާ ކަމެކެވެ. އެހެނީ خلق ތަކުންވަނީ قرآن އާއިމެދު ނުކުޅެދިފައެވެ. (وحي ކުރައްވާކަހަލައެވެ.) قرآن މިވަނީ ކަލޭމެންވެސް ދަންނަ މިފަދަ އަކުރުތަކުން އެކުލެވިގެންނެވެ. އެހެންވީއިރު ކަލޭމެންވެސް މިފަދަ قرآن އެއް ނުވަތަ ސޫރަތެއްނަމަވެސް ގެނެސްބަލާށެވެ. މިއެވެ. ކޮންމެއަކަސް މިބާވަތުގެ އަކުރުތަކާއިމެދު ކުރެވިފައިވާ تَأْوِيل ތަކުގެ ތެރެއިން މި تَأْوِيل އާއިމެދު ވަރަށްގިނަބަޔަކު އާހޫންވެއެވެ. އެއީ ﷲ ގެ މުރާދުފުޅު ކަމުގައިވުންވެސް އެކަށީގެންވެއެވެ. والله أعلم. 2. (2) މިފޮތް (އެބަހީ: މި قرآن) ދަންނައެވެ. މިފޮތާއިމެދު އެއްވެސް ޝައްކެއްނެތެވެ. އެއީ تقوى ވެރިންނަށްވާ ތެދުމަގެކެވެ. (އެހެންބަޔަކަށްނޫނެވެ. އަދި تقوى ވެރިނޫން މީހުންނަށް މިފޮތަކީ ބިރުވެރި ފޮތެއްކަމުގައި ވާނެއެވެ.) • تقوىވެރިވުމަކީ: ބިރުވެތިވުމެވެ. ﷲ ގެ ކޯފާއާއި عَذَاب އަށް ބިރުގަތުމެވެ. އެކަމުން ރައްކާތެރިވުމެވެ. تقوى ވެރިކަން حاصل ވަނީ ﷲ حَرَام ކުރެއްވި ކަންތަކުން ރައްކާތެރިވެ އެކަންކަން ނުކުރުމުންނާއި އަދި އެކަލާނގެ فَرْض ކުރެއްވި ކަންތައް އަދާކުރުމުންނެވެ. 3. (3) އެމީހުންނަކީ: އެބަހީ: އެ تقوى ވެރިންނަކީ غَيْب އަށް އީމާންވާމީހުންނެވެ. އަދި ނަމާދު قائم ކުރާމީހުންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށްދެއްވި رِزْقُ ން (ﷲ ގެ މަގުގައި) ހޭދަކުރާމީހުންނެވެ. (زكاة ދީ صَدَقة ދީހަދާމީހުންނެވެ.) 4. (4) އަދި އެމީހުންނަކީ: ކަލޭގެފާނަށް ބާވައިލެއްވުނު ތަކެއްޗަށާއި އަދި ކަލޭގެފާނުންގެ ކުރީގެ (ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށް) ބާވައިލެއްވުނު ތަކެއްޗަށްވެސް އީމާންވާ މީހުންނެވެ. އަދި އެމީހުންނަކީ ކަނޑައެޅިގެން آخرة ދުވަސް އަންނާނެކަމަށް يقين ކުރާމީހުންނެވެ. 5. (5) އެމީހުން ދަންނައެވެ. އެމީހުން އެވަނީ އެމީހުންގެ رَبّ ގެ حضرة ންވާ ތެދުމަގުގެ މަތީގައެވެ. އަދި އެމީހުން އެއީ ކަނޑައެޅިގެން آخرة ދުވަހުން ކާމިޔާބުވެ نصيب ވެރިވާނޭ މީހުންނެވެ. • ނޯޓް: غَيْب އަކީ ލޮލަށްނުފެނުމެވެ. غَيْبُ ގެ ތަކެއްޗަކީ ލޮލަށް ނުފެންނަ ތަކެއްޗެވެ. غَيْب އަށް إيْمَان ވުމަކީ ތިމާމެންގެ ލޮލަށް ނުފެންނަތަކެތީގެ ތެރެއިން އެތަކެތި ތެދުކޮށް އެތަކެއްޗަށް إيْمَان ވުން إسلام دين ގެ ފަރާތުން لاَزِمُ ކުރާ ތަކެއްޗާއި ކަންތަކެވެ. މިސާލަކަށް ﷲ ވޮޑިގެންވުން ސުވަރުގެޔާ ނަރަކަވާކަން މަރުވުމަށްފަހު ދިރުއްވައި مَحْشَرُ ކުރެއްވުން. ދެންވެސް މިބާވަތުގެ އެންމެހައި ކަންކަމެވެ. • ނަމާދު ޤާއިމް ކުރުމަކީ ޝަރުތު ތަކާއި ރުކުން ތައް ފުރިހަމަކޮށް ވަގުތުން ވަގުތައް މެދުނުކަނޑައި رسول الله ﷺ އެންގެވި ގޮތަށް ކުރުމެވެ. އެހެންގޮތެއް ނޫ ނެވެ.

- Abu Bakr Ibrahim Ali (Bakurube)

Appunti e riflessioni

Non hai appunti o riflessioni su questo verso.

Notes placeholders

Rimani connesso al Corano ❤️

Brevi e significativi promemoria per ritrovare la serenità, riflettere e restare connessi al Corano.

Leggi, ascolta, cerca e rifletti sul Corano

Quran.com è una piattaforma affidabile utilizzata da milioni di persone in tutto il mondo per leggere, cercare, ascoltare e riflettere sul Corano in diverse lingue. Offre traduzioni, tafsir, recitazioni, traduzioni parola per parola e strumenti per uno studio più approfondito, rendendo il Corano accessibile a tutti.

In qualità di Sadaqah Jariyah, Quran.com si impegna ad aiutare le persone a entrare in contatto profondo con il Corano. Supportato da Quran.Foundation , un'organizzazione no-profit 501(c)(3), Quran.com continua a crescere come risorsa gratuita e preziosa per tutti, Alhamdulillah.

Navigare
Casa
Radio del Corano
Recitatori
Chi siamo
Sviluppatori
Aggiornamenti del prodotto
Feedback
Aiuto
Donare
I nostri progetti
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Progetti senza scopo di lucro posseduti, gestiti o sponsorizzati da Quran.Foundation
Link popolari
Suppliche del Corano
Versetto del giorno del Corano
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Mappa del sitoPrivacyTermini e Condizioni
© 2026 Quran.com. Tutti i diritti riservati
Contribuire