Al-Baqarah 2:281 واتقوا يوما ترجعون فيه الى الله ثم توفى كل نفس ما كسبت وهم لا يظلمون ٢٨١
وَٱتَّقُواْ
يَوۡمٗا
تُرۡجَعُونَ
فِيهِ
إِلَى
ٱللَّهِۖ
ثُمَّ
تُوَفَّىٰ
كُلُّ
نَفۡسٖ
مَّا
كَسَبَتۡ
وَهُمۡ
لَا
يُظۡلَمُونَ
٢٨١
(281) އޭ މީސްތަކުންނޭވެ! އެދުވަހެއްގައި ކަލޭމެން އެންމެން ﷲ ގެ حضرة އަށް رُجُوعَ ވެ އަދި ކޮންމެ މީހަކަށްމެ އެމީހަކު ދުނިޔޭގައި ހުރެގެން ކުރި عمل ތަކަށް ހެޔޮވިއްޔާ ހެޔޮކޮށް ނުބައިވިއްޔާ ނުބައިކޮށް ފުރިހަމަ ބަރާބަރު ޖަޒާދެއްވޭ ދުވަހަކަށް (އެބަހީ: قيامة ދުވަހަށް) ކަލޭމެން ބިރުވެތިވާށެވެ! އަދި އެއްވެސް نفس އަކަށް އަނިޔާ ނުވެވޭނެއެވެ. - ނުގަވާއިދުން އަދަބެއް ނުލިބޭނެއެވެ.
• ދަންނައެވެ! عامّ ކޮށް ގިނަ مفسّر ން ވިދާޅުވާގޮތުގައި މިއާޔަތަކީ قرآن ން އެންމެފަހުން ބާވައިލެއްވުނު އާޔަތެވެ. ދެންފަހެ މިސޫރަތް ފެށޭތާނގައި وحي ކުރައްވާފައިއެވާ هُدًى لِلْمُتَّقِيْنَ މިއާޔަތާއި މިދެއާޔަތުގައި ހުރި ގުޅުމާއި رَبْطُ ގެ މައްޗަށް ބަލައިލި ކޮންމެ މީހަކުވެސް قرآن ގެ مقصد އާއިމެދު عجائب ވާފަދައެވެ. ސޫރަތް ފެށޭތާ އެ އަންގަވަނީ މިފޮތަކީ تقوى ވެރިންނަށްވާ ތެދުމަގެއް ކަމުގައެވެ. ﷲ އަށް ބިރުވެތިވާމީހުންނަށްވާ ތެދުމަގެއްކަމުގައެވެ. ތިމާއީ އިސްލާމެކޭ ކިޔަސް މީހާގައި تقوى ވެރިކަމެއްނެތް މީހަކަށް މިފޮތުން ތެދުމަގު ނުލިބޭނެއެވެ. އެކަމަށް ބިރުގަންނަވައި قرآن ގައި އެންމެފަހުން ބާވައިލެއްވި އާޔަތުގައި އެވަނީ تقوى ވެރިވުމަށް أمر ކުރައްވާފައެވެ. ވީމާ قرآن މިއެދެނީ މީހާގެ نفس إصلاح ކޮށް تقوى ވެރިވެ قيامة ދުވަސް އައުމުގެ ކުރިން ﷲ ގެ حضرة އަށް ދިއުމަށް ތައްޔާރުވުމެވެ. އެއީ ﷲ ގެ أمر ތަކަށް ކިޔަމަންވެ އެކަލާނގެ ނަހީކުރެއްވި ކަންތަކުން ދުރުވެގަނެގެންނެވެ. تقوى ގެ حقيقة އަކީ އެއީއެވެ.
อ่านตัฟซีร์
Ibn Kathir (Abridged)
The Necessity of Taqwa and Avoiding Riba
Allah commands His believing servants to fear Him and warns them against what would bring them closer to His anger and drive them away from His pleasure. Allah said,
يأَيُّهَا الَّذِينَ ءَامَنُواْ اتَّقُواْ اللَّهَ
(O you who believe! Have Taqwa of Allah) meanin
…The Necessity of Taqwa and Avoiding Riba
Allah commands His believing servants to fear Him and warns them against what would bring them closer to His a
…