يَكَادُ
ٱلۡبَرۡقُ
يَخۡطَفُ
أَبۡصَٰرَهُمۡۖ
كُلَّمَآ
أَضَآءَ
لَهُم
مَّشَوۡاْ
فِيهِ
وَإِذَآ
أَظۡلَمَ
عَلَيۡهِمۡ
قَامُواْۚ
وَلَوۡ
شَآءَ
ٱللَّهُ
لَذَهَبَ
بِسَمۡعِهِمۡ
وَأَبۡصَٰرِهِمۡۚ
إِنَّ
ٱللَّهَ
عَلَىٰ
كُلِّ
شَيۡءٖ
قَدِيرٞ
٢٠
(20) ވިދުވަރުގެ ގަދަކަމުން އެމީހުންގެ ލޮލުގެ އަލިކަން ޖަހައިގަތުން ގާތްވެގެންވެއެވެ. އަދި އަލިވެގަންނަ ކޮންމެހިނދެއްގައި އެއަލިކަމުގެތެރޭގައި ހިނގައިގަނެއެވެ. (އަދި ވިދައިގަތުންގޮސް) އަނދިރިވެގަތީމާ (ދާންނޭނގިގެން) ހުއްޓިތިބެއެވެ. އަދި ﷲ އިރާދަކުރެއްވިނަމަ އެމީހުންގެ އިވުމާއި ފެނުންވެސް އެކަލާނގެ ގެންދަވައިފީހެވެ. ހަމަކަށަވަރުން ﷲ تعالىއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ކަލާނގެއެވެ. (މިއީވެސް މިސާލެކެވެ. މިމިސާލު ތަރުޖަމާ ކުރެއްވި ބައެއްބޭކަލުން ވިދާޅުވަނީ: އުޑުންވެހުނު ވާރޭވިލާގަނޑަކީ ﷲ ބާވައިލެއްވި ކީރިތި قرآن އެވެ. އޭގައިހުރި އަނދިރިކަމާއި ގުގުރިޔާ ވިދުވަރަކީ، مُنَافِقُ ންނާއި ބެހޭގޮތުން އައިސްފައިވާ ބިރުވެރި خَبَرُ ތަކާއި އެމީހުންނަށްހުރި ﷲ ގެ ކޯފާއާއި عَذَاب އެވެ. އެހެންވެ އެއަޑުނާހާންވެގެން އެމީހުންގެކަންފަތްތަކުގައި އިނގިލިއަޅަނީއެވެ. ހޮނުގުގުރިޔަށްވުރެ އޭގެ އަޑު އެމީހުންނަށް މާބިރުވެރިއެވެ. އަދި ވިދައިގަންނަހިނދު އެމީހުންގެ ލޯތައް ޖަހައިގަންނަން ގާތްވާކަމުގެ ވާހަކައަކީ مُنَافِقُ ންނާބެހޭގޮތުން قرآن ގައިވާ مُحْكَمُ އާޔަތްތަކުން އެމީހުން فضيحة ވެ ބޭޒާރުވަމުންދާލެއް ބާރުކަމުން ލޯހުޅުވާ ބަލައިލަންވެސް ނުކެރޭހާވަރުވާ ވާހަކައެވެ. އަދި އަލިވާ ކޮންމެހިނދެއްގައި ހިނގައިގަނެއޭ އޮތްބަސްފުޅުން މުރާދުކުރައްވަނީ އެމީހުންގެ (އެބަހީ: އިސްލާމުންގެ) މުދަލާއި ދަރިންގިނަވެ އިސްލާމުންނަށް فتح އާއި غَنِيْمَة މުދާގިނަވީމާބުނެއެވެ. އާނ مُحَمَّد ގެފާނުންގެ ދީންތެދެވެ. ދެން އޭގެފަހަތުން ދެއެވެ. އަދި އަނދިރިވީމާ ހުއްޓިތިބޭކަމުގެ މުރާދުކުރައްވަނީ އެމީހުންގެ މުދަލާއި ދަރީންމަދުވެ އުނދަގުލާއި مُصِيْبَة ޖެހުނީމާ ބުނެއެވެ. މިއީ مُحَمَّدގެފާނުންގެ دِيْنُ ގެ ސަބަބުންނެވެ. ދެން މުރުތައްދުވެ ކާފަރުކަންމަތީ قَائم ވެތިބެއެވެ. މިއެވެ. زُبْدَةُ التفسير ގައި މި ތަރުޖަމާ ބަޔާންވެގެންވެއެވެ.)
Leer q-and-a.tafsir
Ibn Kathir (Abridged)
Another Parable of the Hypocrites
This is another parable which Allah gave about the hypocrites who sometimes know the truth and doubt it at other times. When they suffer from doubt, confusion and disbelief, their hearts are,
كَصَيِّبٍ
(Like a Sayyib), meaning, "The rain", as Ibn Mas`ud, Ibn `Abbas, an
…Another Parable of the Hypocrites
This is another parable which Allah gave about the hypocrites who sometimes know the truth and doubt it at other time
…