Al-A'raf 7:73 والى ثمود اخاهم صالحا قال يا قوم اعبدوا الله ما لكم من الاه غيره قد جاءتكم بينة من ربكم هاذه ناقة الله لكم اية فذروها تاكل في ارض الله ولا تمسوها بسوء فياخذكم عذاب اليم ٧٣
وَإِلَىٰ
ثَمُودَ
أَخَاهُمۡ
صَٰلِحٗاۚ
قَالَ
يَٰقَوۡمِ
ٱعۡبُدُواْ
ٱللَّهَ
مَا
لَكُم
مِّنۡ
إِلَٰهٍ
غَيۡرُهُۥۖ
قَدۡ
جَآءَتۡكُم
بَيِّنَةٞ
مِّن
رَّبِّكُمۡۖ
هَٰذِهِۦ
نَاقَةُ
ٱللَّهِ
لَكُمۡ
ءَايَةٗۖ
فَذَرُوهَا
تَأۡكُلۡ
فِيٓ
أَرۡضِ
ٱللَّهِۖ
وَلَا
تَمَسُّوهَا
بِسُوٓءٖ
فَيَأۡخُذَكُمۡ
عَذَابٌ
أَلِيمٞ
٧٣
(73) އަދި ثمود ބާގައިގެމީހުންގެ ގާތަށް އެމީހުން أخ صالح (عليه السّلام) رسول ކަމާއިގެން ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެ މީހުންނޭވެ! ކަލޭމެން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ މެނުވީ އެހެންއެއްވެސް (حقّ) إله އެއް ކަލޭމެންނަށް ނުވެއެވެ. ހަމަކަށަވަރުން (އަހުރެން މިބުނާއެތި އެއީ ތެދުކަމުގެ މައްޗަށް دليل ކުރާ) دليل އާއި حجّة ކަލޭމެންނަށް އަތުވެއްޖެއެވެ. އެ حجّة އައިސްފައި މިވަނީ ކަލޭމެންގެ رَبّ ގެ حضرة ންނެވެ. މިއޮތީ ﷲ ގެ جَمَل ފުޅެވެ. އެއީ ކަލޭމެނަށްވާ ބަރާބަރު دليل އެކެވެ. حجّة އެކެވެ. ފަހެ ﷲ ގެ ބިމުން އޭތި ކައިބޮއިއުޅުމަށް ކަލޭމެން ދޫކޮށްލާށެވެ! އެޔަށް އެއްވެސް ގެއްލުމެއް އުނދަގުލެއް ގޯނާއެއް ނުކުރާށެވެ! ގޯނާއެއްކޮށް އެޔަށް ނުބައިކަމެއްކޮށްފިއްޔާ ކަލޭމެންނަށް ވޭންދެނިވި عذاب އެއް އަތުވެދާނެއެވެ.
• ދަންނައެވެ! ثمود ބާގައިގެމީހުން مُعْجِزَة އަކަށް އެދުނީއެވެ. އެއީ رسول ބޭކަލެއްކަން ثابت ވާފަދަ دليل އެކެވެ. ދެންފަހެ صالح (عليه السّلام) އެމީހުންނާއިގެން އެތާ ދާދިގާތުގައި ބިމުން އުފުލިފައިވާ އުސްގަނޑަކަށް (ބައެއް ރިވާޔަތެއްގައި ކުޑަފަރުބަދައެއްގެގާތަށް) ވަޑައިގެންނެވީއެވެ. އެކަލޭގެފާނާ އެމީހުން އެތަނަށްގޮސް ހުއްޓުނުއިރު މާބަނޑު އަންހެނަކު ވިހަން ކުކުރާގޮތަށް އެތަން ކުކުރަނީއެވެ. އިރުކޮޅަކުން އެތަން ފަޅައިގެންގޮސް ދުރުވެފައި އެތަނުން ނުކުތީ އެ جَمَل އެވެ. صالح ގެފާނު ވިދާޅުވިއެވެ. މިއީ ﷲ ގެ جَمَل ފުޅެވެ. އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! އޭތި އަމިއްލައަށް ކައިބޮއިހަދާނެއެވެ. ކަލޭމެން ކިރުފެލާށެވެ! އެއްދުވަހު ރަށުގެފެން ބޯނީ ޖަމަލެވެ. އަނެއް ދުވަހު ކަލޭމެނަށެވެ. ދެން ދުވަސްކޮޅެއްގެފަހު އެރަށުގެ ކާފަރުންގެ جماعة އެއް ނުކުމެ އެ جَمَل ކޮޅު މަރައިލީއެވެ. ދެން ތިންދުވަހުފަހުން އެމީހުންނަށް عذاب އައިސް އެމީހުން މަރުވެދިޔައީއެވެ. އެއީ ގަދައަޑުފަށަކާއިއެކު އައި ގުޑުމެކެވެ. މިވާހަކަވެސް قرآن ގައި تكرار ކޮށްވެއެވެ.
Read Tafsir
Ibn Kathir (Abridged)
Thamud: Their Land and Their Lineage
Scholars of Tafsir and genealogy say that (the tribe of Thamud descended from) Thamud bin `Athir bin Iram bin Sam bin Nuh, and he is brother of Jadis son of `Athir, similarly the tribe of Tasm, and they were from the ancient Arabs, Al-`Aribah, before the time of I
…Thamud: Their Land and Their Lineage
Scholars of Tafsir and genealogy say that (the tribe of Thamud descended from) Thamud bin `Athir bin Iram bin Sam
…