Al-A'raf 7:64 فكذبوه فانجيناه والذين معه في الفلك واغرقنا الذين كذبوا باياتنا انهم كانوا قوما عمين ٦٤
فَكَذَّبُوهُ
فَأَنجَيۡنَٰهُ
وَٱلَّذِينَ
مَعَهُۥ
فِي
ٱلۡفُلۡكِ
وَأَغۡرَقۡنَا
ٱلَّذِينَ
كَذَّبُواْ
بِـَٔايَٰتِنَآۚ
إِنَّهُمۡ
كَانُواْ
قَوۡمًا
عَمِينَ
٦٤
(64) ދެންފަހެ އެމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި އަދި އެކަލޭގެފާނުންގެ އަރިހުގައިވާ (مؤمن) މީހުން ނާކޮޅުގައި ސަލާމަތްކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރި މީހުން ތިމަންރަސްކަލާނގެ (ކަނޑުގައި) غرق ކުރެއްވީމެވެ. މެރުއްވީމެވެ. ހަމަކަށަވަރުން އެމީހުންވީ (حقّ އާއިމެދު) ކަނުވެ އަނދިރިވެގެންވާ ބަޔަކުކަމުގައެވެ.
• ދަންނައެވެ! نوح عليه السّلام މިއީ ދުނިޔޭގައި شرك އުފެދުނުފަހުން އެންމެފުރަތަމަ އެކަން މަނާކުރެއްވުމަށް ﷲ ފޮނުއްވި رسول އާއެވެ. آدم عليه السّلام އާއި نوح عليه السّلام ގެ قوم ގައި شرك އުފެދުމާމެދު އެއްހާސް އަހަރުވީކަމުގައިވިއެވެ. އެދުވަސްވަރު شرك ނެތެވެ. އޭގެފަހުން شرك އުފެދި ﷲ ފިޔަވައި ބުދަށް އަޅުކަންކުރަން ފެށުމުން، ﷲ تعالى نوح عليه السّلام رسول ކަމާއިގެން ފޮނުއްވިއެވެ. އެކަލޭގެފާނު دين އަށް ގޮވައިލުންމަތީ ނުވަސަތޭކަ ފަންސާސްއަހަރު ހުންނެވިއެވެ. އީމާންވީ ވަރަށްމަދުބައެކެވެ. އެންމެފަހުން މުޅިދުނިޔެއަށް ބޮޑު طُوفان އެއް ފޮނުއްވައި އެކަލޭގެފާނުންގެ يعني: نوح عليه السّلام ގެ ނައުކޮޅުގައި ތިބިމީހުން ފިޔަވައި އެހެން އެންމެން ކަނޑުގައި غرق ކުރައްވައި މެރުއްވީއެވެ. އެއީ ހައްތާވެސް ކާފަރުންނެވެ. މިވާހަކަ قرآن ގެ އެކިތާ އެކިވަރަށް އެކި عبارة ން އައިސްފައިވެއެވެ. ވާހަކަލިއުމުގެ ދަނޑިވަޅެއްކަމުގައި ނުވީތީ ހަމައެކަނި އާޔަތުގައިވާ ވަރަށް އިހަށް ކުރުކުރީއެވެ.
Lexo Tefsirin
Ibn Kathir (Abridged)
أَوَ عَجِبْتُمْ
("Do you wonder..."), do not wonder because of this. Surely, it is not strange that Allah sends down revelation to a man among you as mercy, kindness and compassion for you, so that he warns you that you may avoid Allah's torment by associating none with Him,
وَلَعَلَّكُمْ تُرْحَمُونَ
…أَوَ عَجِبْتُمْ
("Do you wonder..."), do not wonder because of this. Surely, it is not strange that Allah sends down revelation to a man among you as m
…