Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
007

Al-A’ráf 7:55 ادعوا ربكم تضرعا وخفية انه لا يحب المعتدين ٥٥

7:55
ٱدۡعُواْ
رَبَّكُمۡ
تَضَرُّعٗا
وَخُفۡيَةًۚ
إِنَّهُۥ
لَا
يُحِبُّ
ٱلۡمُعۡتَدِينَ
٥٥
(55) ނިކަމެތިކަމާއި ބިރުވެތިވެ މަޑުމޮޅިކަމާއިއެކު ކަލޭމެން ކަލޭމެންގެ رَبّ އަށް دعاء ކޮށް ދަންނަވާށެވެ! އަދި އަޅުކަން ކުރާށެވެ! ހަމަކަށަވަރުން (دعاء ކުރުމުގައިވެސް) ހައްދުފަހަނަޅައިދާމީހުންނަށް އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ. (دعاء ކުރުމުގައި ހައްދުފަހަނަޅައި ދިއުމަކީ މިސާލަކަށް - މާއަޑުހަރުކޮށް ހަޅޭލަވާގޮތަށް دعاء ކުރުން - ތިމާއަށް حقّ ނޫން ކަންކަމަށް دعاء ކުރުންފަދަ ކަންކަމެވެ.)
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Encouraging supplicating to Allah

Allah commands His servants to supplicate to Him, for this will ensure their welfare in this life and the Hereafter. Allah said,

ادْعُواْ رَبَّكُمْ تَضَرُّعًا وَخُفْيَةً

(Invoke your Lord Tadarru`an and Khufyah) meaning, in humbleness and humility. Allah said in a simi

…

Encouraging supplicating to Allah

Allah commands His servants to supplicate to Him, for this will ensure their welfare in this life and the Hereafter.

…
Más Tafsires

Leer en contexto

Capítulo 7, Página 157, Juz 8

54. (54) (އޭ މީސްތަކުންނޭވެ!) ކަލޭމެންގެ رَبّ އަކީ ﷲ އެވެ. އެކަލާނގެއީ ހަދުވަހުގެތެރޭގައި އުޑުތަކާއި ބިން ހެއްދެވި ކަލާނގެއެވެ. ދެން އެކަލާނގެ عَرْش އަށް استوى ވެވޮޑިގެންނެވިއެވެ. އެކަލާނގެ ދުވާލުގެމައްޗަށް ރޭގަނޑުގެންނަވައި ނިވައިކުރައްވައެވެ. ރޭގަނޑު އަވަސްކަމާއިއެކު ދުވާލަށް އެދިގަނެއެވެ. އަދި އިރާއި ހަނދާއި ތަރިތައް އެކަލާނގެ أمر ފުޅަށް ކިޔަމަންވެގެންވެއެވެ. ދަންނާށެވެ! އެންމެހައި ތަކެތި ހެއްދެވުމާއި އެތަކެތީގެ އެންމެހައި އަމުރެއް (އަދި حكم އެއް) خاصّ ވެ ملك ވެގެންވަނީ ހަމަ އެކަލާނގެއަށެވެ. ﷲ ބަރަކާތްވަންތަވެވޮޑިގެންވެއެވެ. އެއީ عالم ތަކުގެވެރި رَبُّ އެވެ. 55. (55) ނިކަމެތިކަމާއި ބިރުވެތިވެ މަޑުމޮޅިކަމާއިއެކު ކަލޭމެން ކަލޭމެންގެ رَبّ އަށް دعاء ކޮށް ދަންނަވާށެވެ! އަދި އަޅުކަން ކުރާށެވެ! ހަމަކަށަވަރުން (دعاء ކުރުމުގައިވެސް) ހައްދުފަހަނަޅައިދާމީހުންނަށް އެކަލާނގެ ލޯބިވެވޮޑިނުގަންނަވައެވެ. (دعاء ކުރުމުގައި ހައްދުފަހަނަޅައި ދިއުމަކީ މިސާލަކަށް - މާއަޑުހަރުކޮށް ހަޅޭލަވާގޮތަށް دعاء ކުރުން - ތިމާއަށް حقّ ނޫން ކަންކަމަށް دعاء ކުރުންފަދަ ކަންކަމެވެ.) 56. (56) އަދި ބިންގަނޑު إصلاح ވެ ﷲ ގެ كلمة ފުޅު ފައުޅުވެ ހަމަޖެހުމަށްފަހު ކަލޭމެން އެބިމުގައި شريك ކޮށް ނުހަދާށެވެ. شريك ކުރުން އެއީ އެންމެބޮޑު ފަސާދައެވެ. (އަދި ހުރިހާ ބާވަތެއްގެ ފަސާދައެއް މިއާޔަތުގެ ދަށަށް ވަދެއެވެ.) އަދި ކަލޭމެން އެކަލާނގެ عذاب އަށް ބިރުވެތިވާ حال ގައްޔާއި އެކަލާނގެ رحمة އާއި ثواب އަށް އެދި ދަހިވެތިވާ حال އެކަލާނގެއަށް دعاء ކުރާށެވެ! ހަމަކަށަވަރުން إحسان ތެރިންނަށް ﷲ ގެ رحمة ދާދި ގާތްވެގެންވެއެވެ. 57. (57) އަދި އެކަލާނގެ رحمة ކަމުގައިވާ ވާރެއައުމުގެކުރިން ވާރެއައުމުގެ އުފާވެރި ނިޝާނެއްގެގޮތުން ވައިފޮނުއްވީ ހަމަ އެކަލާނގެއެވެ. އެއީ އެ ވައި ފެނުން ބަރުވެފައިވާ ވިލާތައް އުފުލައިފުމަށްދާދެނެވެ. އެއީ މަރުވެ ހަނަފަސްވެފައިވާ ރަށަށް ތިމަންރަސްކަލާނގެ އެފެންދިނުމަށެވެ. ދެންފަހެ އެވިލާގަނޑުން ތިމަންރަސްކަލާނގެ ފެންވެއްސަވަމެވެ. އަދި އެފެނުން ތިމަންރަސްކަލާނގެ ހުރިހާ ބާވަތެއްގެ ގަސްގަހުގެ މަތިވަރު (މޭވާއާއި ގޮވާން) ނެރުއްވަމެވެ. ކަލޭމެން (محشر އަށް ފޮނުއްވުމަށް) ކައްވަޅުތަކުން ނެރުއްވާނީ ހަމަ އެފަދައިންނެވެ. (އެވާރޭފެން ވެހުނީމާ ބިމުން ގަސްތައް ފަޅައިގަންނަގޮތަށެވެ. މިކަންމިގޮތަށް بيان ކުރައްވަނީ) ކަލޭމެން آخرة ހަނދާންކޮށް ذِكر ކުރުމަށެވެ. 58. (58) އަދި (ބިންގަނޑު) ރަނގަޅު ރަށް (ދަންނައެވެ!) އެރަށުގެ رَبُّ ގެ އިޒުނަފުޅަށް އެރަށުގެ ފަތްޕިލާވެލި ރަނގަޅުކޮށް ނުކުމެއެވެ. އަދި (ބިންގަނޑު) ނުބައިވެގެންވާ ރަށް (ދަންނައެވެ!) މަދުމަދުން އަދި އުނދަގޫކޮށް ވިޔާނުދާ އެއްޗެއްމެނުވީ ނުނުކުމެއެވެ. ނުފަޅައެވެ. އަދި ތިމަންރަސްކަލާނގެ آية ތައް އަދި دليل ތައް ތަފާތުކޮށް ބަދަލުކުރައްވަނީ شكر ކުރާ ބަޔަކަށެވެ. • ދަންނައެވެ! މިއާޔަތުގައި މިވަނީ ﷲ ބާވައިލައްވާ وحي ގެ މިސާލެވެ. ވާރޭވެހުނީމާ ރަނގަޅު ބިންގަނޑަށް ރަނގަޅު އަސަރުކުރާގޮތަށް مؤمن ންގެ ހިތްތަކަށް ރަނގަޅު އަސަރުކޮށް އީމާންވެ އެކަލާނގެއަށް ކިޔަމަންތެރިވެ شكر ކުރެއެވެ. وحي ގެ މިސާލު އެވަނީ ކުރީ އާޔަތުގައި އެވާ ވާރޭގެ މިސާލުގައެވެ. ރަނގަޅު ބިންގަނޑު އެއީ مؤمن އަޅާގެ ހިތެވެ. އަދި ނުބައި ބިންގަނޑު އެއީ ކާފަރުގެ ހިތެވެ. ހަމަ އެފެން ވެހުނީމާ އެއިން އެއްވެސް އަސަރެއްނުކޮށް އީމާންނުވެ ކިޔަމަންނުވެ ﷲ އަށް شكر ނުކުރީއެވެ. والله أعلم.

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir