Giriş yap
Giriş yap
Giriş yap
Dil Seçin
007

Al-A'raf 7:167 واذ تاذن ربك ليبعثن عليهم الى يوم القيامة من يسومهم سوء العذاب ان ربك لسريع العقاب وانه لغفور رحيم ١٦٧

7:167
وَإِذۡ
تَأَذَّنَ
رَبُّكَ
لَيَبۡعَثَنَّ
عَلَيۡهِمۡ
إِلَىٰ
يَوۡمِ
ٱلۡقِيَٰمَةِ
مَن
يَسُومُهُمۡ
سُوٓءَ
ٱلۡعَذَابِۗ
إِنَّ
رَبَّكَ
لَسَرِيعُ
ٱلۡعِقَابِ
وَإِنَّهُۥ
لَغَفُورٞ
رَّحِيمٞ
١٦٧
(167) އަދި ކަލޭގެފާނުންގެ رَبّ އަންގަވާ إعلان ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލާނގެ އެންގެވިއެވެ. قيامة އާއި ޖެހެންދެންވެސް އެމީހުންނަށް عذاب ގެ ނުބައި ރަހަ ދައްކާނޭބަޔަކު - އެބަހީ يهودي ންނަށް ނުބައި ރަހަދައްކާނޭބަޔަކު ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފޮނުވާހުށީމެވެ. (ކޮންމެ ޒަމާނެއްގައިވެސް يهودي ންނަށް އުނދަގޫކޮށް ދުއްޕާންކުރާނެބަޔަކު ތިބޭނެއެވެ. އެމީހުންނަށް ހަމަނިދި ނުނިދޭނެއެވެ. އެއީ އެކަން އޮތްގޮތެވެ. އެމީހުންގެ عمل ތަކުގެ ސަބަބުން ދިމާކުރެއްވި ގޮތެކެވެ.) ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ عقوبة އަވަސްވެގެންވާ ކަލާނގެއެވެ. އަދި ހަމަކަށަވަރުން އެކަލާނގެ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.
Devamını Okuyun

Tefsir okuyun.

Ibn Kathir (Abridged)

Eternal Humiliation placed on the Jews

تَأَذَّنَ

(Ta'dhdhana) means `declared', according to Mujahid, or `ordained', according to others. This part of the Ayah indicates a vow,

لَيَبْعَثَنَّ عَلَيْهِمْ

(that He will keep on sending against them) against the Jews,

إِلَى يَوْمِ الْقِيَـمَةِ مَن يَسُومُهُ
…

Eternal Humiliation placed on the Jews

تَأَذَّنَ

(Ta'dhdhana) means `declared', according to Mujahid, or `ordained', according to others. This part of t

…
Daha Fazla Tefsir

Bağlam içinde okuyun

Bölüm 7, Sayfa 172, Juz 9

163. (163) (އޭ رسول ﷲ އެވެ!) ކަނޑުގެ އައްސޭރީގައިވާ ރަށާއިމެދު ކަލޭގެފާނު އެމީހުންނާއި ސުވާލުކުރައްވާ ބައްލަވާށެވެ! (بني إسرائيل ންނާ ސުވާލުކުރައްވާށެވެ!) އެއީ އެރަށުގެ މީހުން ހޮނިހިރުދުވަހަށް މާތްކޮށް ހިތުމުގެ މައްސަލައިގައި ހައްދުފަހަނަޅައިގަތުމުގެ ސަބަބުންނެވެ. އެހެނީ ހޮނިހިރުދުވަހު (ހޮނިހިރުދުވަހަށް މާތްކޮށް ހިތާހިނދު) މަސްތައް ފެންމައްޗަށް ފާޅުވެ ގާތަށް އާދެއެވެ. އަދި ހޮނިހިރުދުވަސް ދިއުމުން މަސްތައް ގާތަށް ނާދެއެވެ. ފާޅުނުވެއެވެ. ތިމަންރަސްކަލާނގެ އެމީހުން إمتحان ކުރައްވަނީ އެފަދައިންނެވެ. އެއީ އެމީހުން فاسق ވާކަމުގެ ސަބަބުންނެވެ. 164. (164) އަދި ހޮނިހިހިރުދުވަހު ކެޔޮޅުކަންކުރުން އެމީހުންނަށް ވަނީ މަނާ ކުރެވިފައެވެ. އަދި އެމީހުންގެތެރެއިން ހެޔޮވިސްނޭ ރަނގަޅު މީހުން ކެޔޮޅުކަން ކުރިމީހުންނަށް އެކަންމަނާކޮށް ނަޞޭހަތް ދިނެވެ. އަދި މި ނަޞޭޙަތް ދިން މީހުންނަށް އަނެއްބަޔަކު ބުނީ "ﷲ އެބަޔަކު ހަލާކުކުރައްވާނޭ ބަޔަކަށް ދެން ކަލޭމެން وعظ ދީ نصيحة ދޭންވީ ކީއްވެގެންހެއްޔެވެ؟ ނުވަތަ ﷲ އެބަޔަކަށް ގަދަވެގެންވާ عذاب ދެއްވާނެބަޔަކަށް ކަލޭމެން وعظ ދޭންވީ ކީއްކުރަންހެއްޔެވެ؟" އެމީހުން އޭގެ جواب ގައި ބުންޏެވެ. "އެއީ ކަލޭމެންގެ رَبّ ގެ حضرة ގައި عذر ދެއްކުމުގެގޮތުންނެވެ. (ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމުގެ فرض އަދާކުރުމުގެ عذر ދެއްކުމަށެވެ.) އަދި އެނުބައި ކަންތައްތައްކުރާމީހުން އެބަހީ ހޮނިހިރު ދުވަހު ހައްދުފަހަނަޅައިގެންދާމީހުން އެކަންހުއްޓައި تقوى ވެރިވޭތޯއެވެ." 165. (165) ދެންފަހެ އެބައިމީހުންނަށް - އެބަހީ ހޮނިހިރުދުވަހުގެ حرمة ކަނޑާ ހައްދުފަހަނަޅައިގެންދިޔަ މީހުންނަށް - އެކަންކަމުން نصيحة ދެވި وعظ ދެވުނު ކަންތައް އެމީހުން ދޫނުކޮށް އަދި ހަނދާންނައްތައިލިހިނދުން (އެބަހީ وعظ ދިން މީހުންގެ وعظ ހަނދާންނައްތާލައި އެ އުރެދުމުގައި ދެމިތިބިހިނދުން) އެމީހުންގެ ކިބައިން އެކަން ނަހީކޮށް މަނާކުރިމީހުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. އަދި އަނިޔާވެރިން އެބަހީ އެނުބައި ކަންތައްކުރިމީހުންނަށް ގަދަ عذاب އެއް ޖައްސަވައި ތިމަންރަސްކަލާނގެ އެމީހުން ހިއްޕެވީމެވެ. އެއީ އެމީހުންކުރާ ނުބައިކަންކަމުގެ ސަބަބުންނެވެ. 166. (166) ފަހެ އެމީހުންނަށް ނަހީވެވުނު ކަންތަކުގައި އެމީހުން މަނާނުވެ ދެމިތިބިހިނދުން ހައްދުފަހަނަޅައި ދިޔަހިނދުން ތިމަންރަސްކަލާނގެ އެމީހުނަށް އެންގެވީމެވެ. ކަލޭމެން ގެއްލިހަލާކުވެ ނިކަމެތިވެގެންވާ ރާމާމަކުނުތަކަކަށްވާށެވެ! - ފަހެ ހޮނިހިރުދުވަހު މަސްހިފި يهودي ން ރާމާމަކުނުގެ ސިފަޔަށް ބަދަލުވެގެން ދިޔައީއެވެ. 167. (167) އަދި ކަލޭގެފާނުންގެ رَبّ އަންގަވާ إعلان ކުރެއްވިހިނދު (ހަނދުމަފުޅުކުރައްވާށެވެ!) އެކަލާނގެ އެންގެވިއެވެ. قيامة އާއި ޖެހެންދެންވެސް އެމީހުންނަށް عذاب ގެ ނުބައި ރަހަ ދައްކާނޭބަޔަކު - އެބަހީ يهودي ންނަށް ނުބައި ރަހަދައްކާނޭބަޔަކު ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފޮނުވާހުށީމެވެ. (ކޮންމެ ޒަމާނެއްގައިވެސް يهودي ންނަށް އުނދަގޫކޮށް ދުއްޕާންކުރާނެބަޔަކު ތިބޭނެއެވެ. އެމީހުންނަށް ހަމަނިދި ނުނިދޭނެއެވެ. އެއީ އެކަން އޮތްގޮތެވެ. އެމީހުންގެ عمل ތަކުގެ ސަބަބުން ދިމާކުރެއްވި ގޮތެކެވެ.) ހަމަކަށަވަރުން ކަލޭގެފާނުންގެ رَبّ އެއީ عقوبة އަވަސްވެގެންވާ ކަލާނގެއެވެ. އަދި ހަމަކަށަވަރުން އެކަލާނގެ އެއީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ. 168. (168) އަދި ތިމަންރަސްކަލާނގެ އެމީހުން يعني: ބަނީއިސްރާއީލުން ބިމުގައި އެކިއެކި جماعة جماعة ށް ބައިބަޔަށް ވަކިވަކިކޮށްލެއްވީމެވެ. އެމީހުންގެތެރޭގައި صالح މާތްމީހުންވެއެވެ. އަދި އެމީހުންގެތެރޭގައި އެއަށްވުރެ ދަށްމީހުންވެއެވެ. އަދި އެކިއެކި ހެޔޮކަންތައްތަކާއި ނުބައިކަންތައްތައް ފޮނުއްވައިގެން ތިމަންރަސްކަލާނގެ އެމީހުން إمتحان ކުރެއްވީމުއެވެ. އެއީ އެމީހުން އެތިބި ނުބައިގޮތް ދޫކޮށް ހެޔޮމަގަށް އެނބުރި رجوع ވޭތޯއެވެ. (ހެޔޮކަންތައްތަކޭ ބުނެވުނު ބަހުގެ މާނައީ ދިރިއުޅުމުގެ ތަނަވަސްކަމާއި މުއްސަނދިކަމާއި އަމާންކަމެވެ. ނުބައިކަންތަކަކީ ދިރިއުޅުން ދަތިވުމާއި فقير ކަމާއި ދަތިގޮތްތައް މެދުވެރިވުމެވެ.)

- Abu Bakr Ibrahim Ali (Bakurube)

Notlar ve Düşünceler

Bu ayetle ilgili herhangi bir notunuz veya düşünceniz yok.

Notes placeholders

Kur'an'la bağlantınızı koruyun ❤️

Yeniden başlamak, düşünmek ve Kur'an'la bağlantıda kalmak için kısa ve anlamlı hatırlatmalar.

Kuran'ı Oku, Dinle, Araştır ve Üzerinde Düşün

Quran.com, dünya çapında milyonlarca kişinin Kur'an'ı birden fazla dilde okumak, aramak, dinlemek ve üzerinde düşünmek için kullandığı güvenilir bir platformdur. Çeviriler, tefsirler, kıraatler, kelime kelime çeviriler ve derinlemesine inceleme araçları sunarak Kur'an'ı herkes için erişilebilir hale getirir.

Bir Sadaka-i Cariye olarak Quran.com, insanların Kur'an ile derin bir bağ kurmasına yardımcı olmaya kendini adamıştır. 501(c)(3) kar amacı gütmeyen bir kuruluş olan Kur'an Vakfı tarafından desteklenen Quran.com, Elhamdülillah herkes için ücretsiz ve değerli bir kaynak olarak büyümeye devam ediyor.

Keşfedin
Anasayfa
Kuran Radyo
Okuyucular
Hakkımızda
Geliştiriciler
Ürün Güncellemeleri
Geri Bildirim
Yardım
Bağış Yapın
Projelerimiz
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation tarafından sahip olunan, yönetilen veya desteklenen kar amacı gütmeyen projeler
Popüler Bağlantılar
Kur'an'dan Dualar
Günün Kur'an Ayeti
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
Site HaritasıGizlilikŞartlar ve koşullar
© 2026 Quran.com. Her hakkı saklıdır
Katkı yapmak