Aanmelden
Aanmelden
Aanmelden
Taal selecteren
007

Al-A'raf 7:111 قالوا ارجه واخاه وارسل في المداين حاشرين ١١١

7:111
قَالُوٓاْ
أَرۡجِهۡ
وَأَخَاهُ
وَأَرۡسِلۡ
فِي
ٱلۡمَدَآئِنِ
حَٰشِرِينَ
١١١
(111) އެމީހުން ދެންނެވިއެވެ. އެކަލޭގެފާނާ އެކަލޭގެފާނުންގެ أخ ގެ ކަންތައް ފަސްކުރައްވާށެވެ! (ނުވަތަ އެމީހުން ބަންދުކުރާށެވެ!) އަދި މަނިކުފާނު ރައްތަކަށް (ސިފައިން) ފޮނުއްވާ (سِحر ވެރިން) އެއްކުރައްވާށެވެ!
Lees verder

Lees Tafsir

Ibn Kathir (Abridged)

أَرْجِهْ

("Put him off"), means, "delay him (for a time)."

وَأَرْسِلْ فِى الْمَدَآئِنِ

("and send to the cities"), areas and provinces of your kingdom -- O Fir`awn,

حَـشِرِينَ

("to collect") to gather magicians from various lands. At this time, magic was the trade of the day and it was widespread and p

…
أَرْجِهْ

("Put him off"), means, "delay him (for a time)."

وَأَرْسِلْ فِى الْمَدَآئِنِ

("and send to the cities"), areas and provinces of your kingdom -

…
Meer Tafsirs

Lees in context

Hoofdstuk 7, Pagina 164, Juz 9

109. (109) فرعون قوم ގެ ބޮޑެތިމީހުން ދެންނެވިއެވެ. ހަމަކަށަވަރުން މިއީ سِحر ދަންނަ سِحر ވެރިއެކެވެ. 110. (110) އޭނާ އެދެނީ ކަލޭމެންގެބިމުން ކަލޭމެން ނެރެލާށެވެ. (فرعون ވިދާޅުވިއެވެ.) ފަހެ ކަލޭމެންނަށް ފެންނަގޮތަކީ ކޮބައިހެއްޔެވެ؟ 111. (111) އެމީހުން ދެންނެވިއެވެ. އެކަލޭގެފާނާ އެކަލޭގެފާނުންގެ أخ ގެ ކަންތައް ފަސްކުރައްވާށެވެ! (ނުވަތަ އެމީހުން ބަންދުކުރާށެވެ!) އަދި މަނިކުފާނު ރައްތަކަށް (ސިފައިން) ފޮނުއްވާ (سِحر ވެރިން) އެއްކުރައްވާށެވެ! 112. (112) އޭރުން މަނިކުފާނުންގެ އަރިހަށް سِحر ދަންނަ ކޮންމެ سِحر ވެރިޔަކާއިގެން އެމީހުން އަންނާނެއެވެ. (ދެން فرعون އެކިރަށްރަށަށް ސިފައިން ފޮނުއްވައި سِحر ވެރިން ޖަމާކުރީއެވެ.) 113. (113) އަދި فرعون ގެ سِحر ވެރިންތައް އަތުވެއްޖެއެވެ. (އަދި އެމީހުން فرعون އަށް ދެންނެވި އެވެ.) އަހުރެމެން ގަދަވެއްޖެކަމަށް ވަންޏާ ހަމަކަށަވަރުން އަހުރެމެންނަށް ބޮޑު އުޖޫރައެއް އޮންނާންވާނެއެވެ. 114. (114) فرعون ވިދާޅުވިއެވެ. އާއެކެވެ. އަދި ހަމަކަށަވަރުން ކަލޭމެންނަކީ އަހުރެންގެގާތް މީހުންކަމުގައި ވާނޭ މީހުންނެވެ. އެންމެ ކުއްތަންވެގެންވާ މީހުންނެވެ. 115. (115) އެމީހުން ދެންނެވިއެވެ. (އެބަހީ سِحر ވެރިން ދެންނެވިއެވެ.) އޭ موسى އެވެ! އެހެންޏާ ކަލޭގެފާނު (ކަލޭގެފާނުންގެ އަސާކޮޅު) އެއްލާށެވެ! އެހެންޏާ އަހުރެމެން މިއީ އެއްލާބަޔަކު ކަމުގައި ވާހުށީމެވެ. 116. (116) އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެން (ގެ سِحر ގެތަކެތި ميدان އަށް) އުކާށެވެ! (سِحر ހަދާށެވެ!) ދެންފަހެ އެމީހުން އެމީހުންގެ (سِحر ގެ ވާބުރިތަކާއި ދަނޑިބުރިތައް) އުކައިލިހިނދުން (އެތަކެތި ميدان އަށް އަޅައިލިހިނދުން) މީސްތަކުންގެ ލޯތަކަށް سِحر ޖެހިއްޖެއެވެ. ލޯތަކުގެ ފެނުން ބަދަލުވެގެން ހިނގައްޖެއެވެ. (އެދަނޑިބުރިތަކާއި ވާބުރިތައް ދިރޭހަރުފަތަކަކަށްވެގެން حركاة ކުރަން ފަށައިފިއެވެ.) އަދި އެބައިމީހުންގެ މިކަންތަކުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެއްޖެއެވެ. އެމީހުން އެހެދީ، ހަމަބޮޑުވެގެންވާ سِحر އެކެވެ. 117. (117) އަދި ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް وحي ކުރެއްވީމެވެ. ކަލޭގެފާނު ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ. (ދެން އެކަލޭގެފާނު އަސާކޮޅު އެއްލަވައިފިއެވެ.) އެހައިރުން އެމީހުން އެބަހީ سِحر ވެރިން އެހެދި އެންމެހާދޮގުތައް ހަރުފަކަމުގައި ލޯތަކަށް ފެނުނު އެންމެހައި ތަކެތި އޭތި ކައިފިއެވެ. އެބަހީ موسى ގެފާނުންގެ އަސާކޮޅުން އުފެދުނު ހަރުފަ އެހުރިހާ سِحر ވެރިންގެ سِحر ކައި ދިރުވައި ނިންމައިފިއެވެ. 118. (118) އަދި حقّ ފާޅުވެ ބަޔާންވެއްޖެއެވެ. އަދި އެ سِحر ވެރިން ހެދިހާތަކެތި باطل ވީއެވެ. 119. (119) އެހިނދު سِحر ވެރިން ދެރަވެ ފޭލިވެއްޖެއެވެ. އަދި ނިކަމެތިވެގެންވާ حال އެނބުރި ހިނގައްޖެއެވެ. 120. (120) އަދި އެންމެހައި سِحر ވެރިން سجدة އަށް ތިރިވެއްޖެއެވެ. 121. (121) އަދި އެމީހުން ދަންނަވައިފިއެވެ. عالم ތަކުގެ ވެރި رَبّ އަށް އަހުރެމެން އީމާންވެއްޖައީމެވެ. 122. (122) އެއީ موسى އާއި هارون ގެވެރި رَبّ އެވެ. 123. (123) (سِحر ވެރިންނަށް) فرعون ވިދާޅުވިއެވެ. އަހުރެން ކަލޭމެނަށް އިޒުނަ ނުދެނިސް ކަލޭމެން އޭނާއަށް އީމާންވީހެއްޔެވެ؟ އޭނާ ތެދުކުރީހެއްޔެވެ. ތިޔައީ ހަމަކަލޭމެން މިރަށުގައި ހަދައިލި ބޮޑުމަކަރެކެވެ. އެއީ މިރަށުގެ أهل ވެރިން މިރަށުން ނެރެންވެގެންނެވެ. ނިކަންހުރެ ކަލޭމެނަށް (ތިޔަކަމުގެ ހިތިކަން) އެނގިދާނެއެވެ. 124. (124) ހަމަކަށަވަރުން ކަލޭމެންގެ އަތްތަކާއި ފައިތައް ކަންކުތިވާގޮތަށް (ކަނާތާ ވާތުފައިވާގޮތަށް) އަހުރެން ކަނޑާނަމެވެ. އަދި ހަމަކަށަވަރުން ކަލޭމެން އެންމެން صليب އަށްލާހުށީމެވެ. 125. (125) އެ سِحر ވެރިން ބުންޏެވެ. ހަމަކަށަވަރުން އަހުރެމެންނީ އަހުރެމެންގެ رَبّ ގެ حضرة އަށް އެނބުރިދާނޭ ބައެކެވެ. 126. (126) އަހުރެމެންގެ رَبّ ގެ އާޔަތްތައް އަހުރެމެންނަށް އައުމުން އެއާޔަތްތަކަށް އީމާންވީކަންމެނުވީ ކަލޭ އަހުރެމެންގެ ކިބައިން ބަދަލުހިފާ އަދި އަހުރެމެންނަށް عقوبة ދޭނެކަމުގައި ނުވެއެވެ. އޭ އަޅަމެންގެ رَبّ އެވެ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އިތުރުކުރައްވާނދޭވެ! އަދި ކިޔަމަންތެރިވެގެންވާ حال އަޅަމެން މަރުގަންނަވާނދޭވެ!

- Abu Bakr Ibrahim Ali (Bakurube)

Notities en reflecties

Je hebt geen aantekeningen of overwegingen bij dit vers.

Notes placeholders

Blijf verbonden met de Koran ❤️

Korte, betekenisvolle herinneringen om tot rust te komen, te reflecteren en verbonden te blijven met de Koran.

Lees, luister, zoek en reflecteer over de Koran

Quran.com is een vertrouwd platform dat wereldwijd door miljoenen mensen wordt gebruikt om de Koran in meerdere talen te lezen, te doorzoeken, te beluisteren en erover na te denken. Het biedt vertalingen, tafseer, recitaties, woord-voor-woordvertalingen en tools voor een diepere studie, waardoor de Koran voor iedereen toegankelijk is.

Als Sadaqah Jariyah zet Quran.com zich in om mensen te helpen een diepe verbinding met de Koran te maken. Ondersteund door Quran.Foundation , een non-profitorganisatie. Quran.com blijft groeien als een gratis en waardevolle bron voor iedereen, Alhamdulillah.

Navigeren
Home
Koran Radio
reciteurs
Over ons
Ontwikkelaars
Product updates
Feedback
Hulp
Doneren
Onze projecten
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Non-profitprojecten die eigendom zijn van, beheerd worden door of gesponsord worden door Quran.Foundation.
Populaire links
Gebeden uit de Koran
Koranvers van de dag
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
SitemapPrivacyAlgemene voorwaarden
© 2026 Quran.com. Alle rechten voorbehouden
Bijdragen