وارد شوید
وارد شوید
وارد شوید
انتخاب زبان
008

Al-Anfal 8:4 اولايك هم المومنون حقا لهم درجات عند ربهم ومغفرة ورزق كريم ٤

۴:۸
أُوْلَٰٓئِكَ
هُمُ
ٱلۡمُؤۡمِنُونَ
حَقّٗاۚ
لَّهُمۡ
دَرَجَٰتٌ
عِندَ
رَبِّهِمۡ
وَمَغۡفِرَةٞ
وَرِزۡقٞ
كَرِيمٞ
٤
(4) އެމީހުން ދަންނައެވެ! އެމީހުން އެއީ ކަނޑައެޅިގެން حقّ ގޮތުގައިވާ مؤمن ންނެވެ. އެމީހުންގެ رَبّ ގެ حضرة ގައި އެމީހުންނަށް (މަތިވެރި) ދަރަޖަތަކެއް ވެއެވެ. އަދި ފާފަފުއްސެވުމާއި މާތްވެގެންވާ ރިޒުޤުއެމީހުންނަށްވެއެވެ.
ادامه مطلب

تفسیر بخوانید

Ibn Kathir (Abridged)

Qualities of the Faithful and Truthful Believers

`Ali bin Abi Talhah reported that Ibn `Abbas said about the Ayah,

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ

(The believers are only those who, when Allah is mentioned, feel a fear in their hearts)

"None of Allah's remembr

…

Qualities of the Faithful and Truthful Believers

`Ali bin Abi Talhah reported that Ibn `Abbas said about the Ayah,

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذ

…
تفاسیر بیشتر

در متن بخوانید

فصل ۸, صفحه ۱۷۷, جوز ۹

1. (1) (އޭ رسول ﷲ އެވެ!) أنْفَال އާއިމެދު އެބަހީ عنيمة މުދަލާއިމެދު އެމީހުން يعني: أَصْحَابُ ބޭކަލުން ކަލޭގެފާނާއި ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! أَنْفَال ހުންނާނީ ﷲ އާއި އެކަލާނގެ رسول އާ އަށެވެ. (އެބަހީ: އެދެފަރާތުން އެންގެވިފަދައަކުން عنيمة މުދަލާއިމެދު عمل ކުރެވޭނެއެވެ.) ފަހެ ކަލޭމެން ﷲ އަށް تقوى ވެރިވާށެވެ! އެކަލާނގެއަށް ބިރުވެތިވާށެވެ! އަދި ކަލޭމެންގެ ދޭދޭ ދެމެދު إصلاح ކޮށް ރަނގަޅު ކުރާށެވެ! އަދި ﷲ އަށާއި އެކަލާނގެ رسول އާއަށް ކަލޭމެން ކިޔަމަންތެރިވާށެވެ! އެއީ ކަލޭމެންނީ مؤمن ންކަމުގައި ވަންޏާއެވެ. (އެބަހީ: ކަލޭމެންނީ مؤمن ންކަމުގައިވަންޏާ ކަލޭމެން ﷲ އަށާއި އެކަލާނގެ رسول އަށް ކިޔަމަންތެރިވާށެވެ.) • ދަންނައެވެ! أَنْفَال މި لفظ ގެ މުރާދަކާމެދު مفسّر ންގެބަސް ތަފާތުވެގެންވެއެވެ. އޭގެތެރެއިން އެންމެ ގިނަބޭކަލުން ބުރަވެލައްވާގޮތް މަތީގައި ލިޔެވިގެން މިވަނީއެވެ. والله أعلم. 2. (2) ކަނޑައެޅިގެންވާ (حقيقي) مؤمن ންނަކީ އެމީހުންނަށް ﷲ ހަނދާންކުރެވިއްޖެއްޔާ - ﷲ ގެ ذِكر ކުރެވިއްޖެއްޔާ އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ މީހުންނެވެ. އަދި އެމީހުންގެ މައްޗަށް ﷲ ގެ އާޔަތްތައް ކިޔެވިއްޖެއްޔާ އެއާޔަތްތަކުން އެމީހުންގެ إيمان ކަން އިތުރުކޮށްދޭ މީހުންނެވެ. (އެބަހީ: އެއާޔަތްތަކުގެ މާނައިގެ ސަބަބުން އެމީހުންގެ އީމާންކަން އިތުރަށް ތާޒާކޮށްދީ ގިނަކޮށްދެއެވެ.) އަދި އެމީހުންނަކީ ހަމަކަނޑައެޅިގެން އެމީހުންގެ رَبّ އަށް وكيل ކުރާމީހުންނެވެ. 3. (3) އަދި އެމީހުންނަކީ ނަމާދު قائم ކުރާ މީހުންނެވެ. އަދި އެއީ ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ރިޒުޤުން ހޭދަކުރާމީހުންނެވެ. ޒަކާތްދޭ މީހުންނެވެ. 4. (4) އެމީހުން ދަންނައެވެ! އެމީހުން އެއީ ކަނޑައެޅިގެން حقّ ގޮތުގައިވާ مؤمن ންނެވެ. އެމީހުންގެ رَبّ ގެ حضرة ގައި އެމީހުންނަށް (މަތިވެރި) ދަރަޖަތަކެއް ވެއެވެ. އަދި ފާފަފުއްސެވުމާއި މާތްވެގެންވާ ރިޒުޤުއެމީހުންނަށްވެއެވެ. 5. (5) (އޭ رسول ﷲ އެވެ!) ހަމަ حقّ ގޮތުގައި ކަލޭގެފާނުންގެ رَبّ ކަލޭގެފާނުންގެ ގެއިން ނެރުއްވިފަދައިން مؤمن ންގެ ބައެއްމީހުން ހަނގުރާމައަށް ނުރުހުން ކަމުގައިވިއެވެ. މިއީ بَدْر ހަނގުރާމައެވެ. 6. (6) حقّ އާއިމެދު (އެބަހީ بَدْرُ ހަނގުރާމަޔާމެދު) އެމީހުން ކަލޭގެފާނާ جَدَل ކުރައްވައެވެ. (އެމީހުން ކުރެއްވި جَدَل އެއްކަމުގައި تفسير علم ވެރިންނާއި سِيرَة عِلْمُ ވެރިންގެ މެދުގައި ބަޔާންވެގެންވަނީ އެކަލޭގެފާނު مَدينة އިން ނުކުމެވަޑައިގެންނެވިއިރު ހަނގުރާމައަށް ނުކުމެވަޑައިގަންނަވާ ވާހަކަ ވިދާޅު ނުވެގެންނެވެ. އޭގެ ސަބަބުން ހަނގުރާމައަކަށް ތައްޔާރުވާންވީ ވަރަށް ތައްޔާރު ނުވެވިގެންނެވެ. ހަތިޔާރާ ކާނާ އެދެވޭ ވަރަށް ނުގެނެވިގެންނެވެ. مدينة އިން ނުކުމެވަޑައިގެންނެވީ أبُوسُفِيَان ގެ ވިޔަފާރި قَافِلَة އަށް ދިމާކުރުމަށެވެ.) ނަމަވެސް އެކަލޭގެފާނު ﷲ أمر ކުރެއްވިކަމެއް މެނުވީ ނުކުރައްވާނެކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ. (ހަނގުރާމައިގެ ވާހަކަ ވިދާޅުވީމާ) އެމީހުންނަށް ހީވީ އެމީހުން ބަލަބަލާ ތިއްބާ މަރާދިމާއަށް އެމީހުން ދަމާފައި ގެންދަނީހެންނެވެ. 7. (7) ﷲ تعالى ކަލޭމެން (مؤمن ން) ނަށް ދެ جماعة ންކުރެ އެއް جماعة އެއް ދެއްވާނެކަމަށް وَعْدُ ކުރެއްވި ހިނދުން ކަލޭމެން ލޯބިކުރީ އެދެ جماعة ންކުރެ އެއްވެސް عزّة އެއް قدر އެއް ނެތް جماعة ކަލޭމެނަށް އޮތުމަށެވެ. އަދި އެކަމަކު ﷲ تعالى އެދިވޮޑިގަންނަވަނީ އެކަލާނގެ أمر ފުޅާއި ބަސްފުޅުންވެސް حقّ ފައުޅުކުރެއްވުމަށެވެ. إسلام ދީން ފައުޅުކުރެއްވުމަށެވެ. އަދި ކާފަރުންގެ ބުރިކަށިތައް ކަނޑައިލުމަށެވެ. توحيد އާއި އިދިކޮޅު މީހުންތައް ނެތިކުރެއްވުމަށެވެ. • ދަންނައެވެ. މިތާ މިސިފަވެވޭ ދެ جماعة އަކީ أَبُوسُفِيَان ގެ ވިޔަފާރި قافلة އާއި އެ قافلة ސަލާމަތް ކުރުމަށް مكّة އިން ނުކުތް ކާފަރުންގެ جماعة އެވެ. މި ދެ جماعة ންކުރެ އެއް جماعة مؤمن ންނަށް ދެއްވާނެކަމުގައި ﷲ وعد ކުރެއްވިހިނދުން مؤمن ންނަށް އެދެވުނީ ވިޔަފާރި قافلة ލިބުމަށެވެ. އެއީ އެއްވެސް عزّة އެއް ބާރެއްނެތް قافلة އެވެ. އެއީ ހަމަ އެކަނި ދުނިޔޭގެ މަޖާކޮޅެކެވެ. ނަމަވެސް ﷲ އެދިވޮޑިގެންނެވީ مؤمن ންގެ އަތްމަތިން إسلام دين عزّة ތެރިކުރެއްވުމަށެވެ. مكّة ގެ ކާފަރުންގެ ބޮޑެތި މީހުންނާ ހަނގުރާމަވެވި އެމީހުން ބަލިވެ ދިއުމަށެވެ. بَدْر ގައި އެހަނގުރާމަ ހިނގައި އެކަން އެކަލާނގެ އެދިވޮޑިގެންނެވިގޮތަށް ދިޔައީއެވެ. والله أعلم. 8. (8) (އަދި އެކަލާނގެ އެދިވޮޑިގަންނަވަނީ) حقّ ފައުޅުކުރައްވައި تحقيق ކުރެއްވުމަށެވެ. އަދި باطل، باطل ކުރެއްވުމަށެވެ. ކަނޑައެޅިގެން އަޅުކަން ﷲ އަށް އެކަނި خلاص ކުރެއްވުމަށާއި ބުދަށް އަޅުކަން ކުރުން باطل ކުރެއްވުމަށެވެ. ނުބައި ނުލަފާ مُجرم ން ނުރުހި ތިބިނަމަވެސްމެއެވެ. 9. (9) (އޭ مؤمن ންނޭވެ!) ކަލޭމެން ކަލޭމެންގެ ربّ ގެ حضرة ގައި (عدواة ތެރިންމައްޗަށް) نصر އާއި ސަލާމަތަށް އެދި دعاء ދެންނެވިހިނދުން، އެކަލާނގެ ކަލޭމެނަށް دعاء އިޖާބަކުރެއްވިއެވެ. (އެކަލާނގެ وحي ކުރެއްވިއެވެ.) އެއްބޭކަލަކަށްފަހު އަނެއް ބޭކަލަކު ވިދިވިދިގެން ވަޑައިގަންނަވާނޭ އެއްހާސް މަލާއިކަތް ބޭކަލުން ކަލޭމެނަށް އެހީވުމަށް ފޮނުއްވައިގެން މަދަދު ކުރައްވާހުށީމެވެ. 10. (10) އަދި އެކަން އެއީ އެބަހީ މަލާއިކަތްބޭކަލުން ފޮނުއްވުން އެއީ - އުފާވެރިކަމެއް ކަމުގައި މެނުވީ ނުވެއެވެ. އަދި އެއީ ކަލޭމެންގެ ހިތްތަކަށްވާ ހަމަޖެހުމެކެވެ. ނަމަވެސް نصر ލިބުން ﷲ ގެ حضرة ން މެނުވީ ނުވެއެވެ. ހަމަކަށަވަރުން ﷲ އީ عزّة ވަންތަ حكمة ވަންތަ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

یادداشت‌ها و تأملات

شما هیچ یادداشت و تأملی در مورد این آیه ندارید.

Notes placeholders

با قرآن در ارتباط باشید❤️

یادآوری‌های کوتاه و معنادار برای شروع مجدد، تأمل و ارتباط با قرآن.

قرآن بخوانید، گوش دهید، جستجو کنید و در قرآن فکر کنید

Quran.com یک پلتفرم قابل اعتماد است که میلیون‌ها نفر در سراسر جهان برای خواندن، جستجو، گوش دادن و تأمل در مورد قرآن به زبان‌های مختلف از آن استفاده می‌کنند. این پلتفرم ترجمه، تفسیر، تلاوت، ترجمه کلمه به کلمه و ابزارهایی برای مطالعه عمیق‌تر ارائه می‌دهد و قرآن را برای همه قابل دسترسی می‌کند.

به عنوان یک صدقه جاریه، Quran.com به کمک به مردم برای ارتباط عمیق با قرآن اختصاص دارد. Quran.com با حمایت Quran.Foundation ، یک سازمان غیرانتفاعی 501(c)(3)، به عنوان یک منبع رایگان و ارزشمند برای همه، به لطف خدا، به رشد خود ادامه می‌دهد.

پیمایش کنید
صفحه اصلی
رادیو قرآن
قاریان
درباره ما
توسعه دهندگان
به روز رسانی محصول
بازخورد
کمک
اهدا کنید
پروژه های ما
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
پروژه های غیرانتفاعی تحت مالکیت، مدیریت یا حمایت شده توسط Quran.Foundation
لینک های محبوب
دعاهایی از قرآن
آیه روز قرآن
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
نقشه سایتحریم خصوصیشرایط و ضوابط
© ۲۰۲۶ Quran.com. تمامی حقوق محفوظ است
مشارکت